ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު، "ހިޔާ" ދަށުން ހުޅުމާލޭގައި އަޅަމުންދާ 7000 ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުތައް ހައުސިންގ މިނިސްޓްރީން މިއަދު ދަނީ ޢާންމު ކުރަމުންނެވެ. މިހާރު އިއުލާން ކުރަމުންދަނީ ދެ ކޮޓަރީގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތައް ކަމަށްވާއިރު، ދިހަ ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް ދަނީ އިއުލާނު ކުރަމުންނެވެ.
މިއަދު އާއްމު ކުރަމުންދާ ލިސްޓުތަކުގައި ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާށް ޚާއްޞަ ކެޓަގަރީއާއި، ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްޞަ ކެޓަގަރީ އަދި އެކަނިވެރި މައިންނާއި މައިންބަފައިންނަށް ޚާއްސަ ކެޓަގަރީ ހިމެނެއެވެ. މީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކެޓަގަރީއާއި، މާލޭގެ ދަފްތަރުގައި ހިމެނޭ މީހުނާއި، މާލޭގެ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތައްވެސް ހިމެނެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ "ހިޔާ" މަޝްރޫއުގެ ދަށުން 10 ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް މިއަދު އާއްމު ކުރަމުންދާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ނިންމާފައިވާ 400 ގޯތީގެ މަސައްކަތްތައްވެސް ހައުސިންގ މިނިސްޓަރީން ދަނީ ކުރިއަށް ގެންދަމުންނެވެ. އެ 400 ގޯތި ލިބޭ ފަރާތްތައްވެސް އަންނަ ހަފަތާގެ ތެރޭގައި އިއުލާން ކުރެވިގެންދާނެއެވެ.
ހިޔާ ފްލެޓް: އެޗް6 އިން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ލިސްޓު - މި ކެޓަގަރީން ފްލެޓް ލިބޭނީ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ 500 ފަރާތަށް. މިއީ އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ ކެޓަގަރީ.
ޙަމަ ވަރަށް ނާއިންސާފުން ކޮއްފަ އޮތް ކަމެއް. ޙަމަ ދޭން ފެންނަ މީހަކަށް ދީފަ ތިއޮތީ. ކުލި ދެއްކޭނެ ފެންވަރު ވެސް ހުރިތޯ ބަލާ ނުލާ ހަމަ ދީ ނިންމާލީ.. އެކަނިވެރި މައިންނޭ ކިޔާފަ ކެޓަގެރީ ހަދާފަ ކަރާފަޅާފަ ހައްދައިގެން ވޯޓު ޙޯދީ.. ބޭކާރު ހަރަދު ތަކެއް ބޭކާރު ވަގުތު ތަކެއް ހަމަ ތި ފޯމު ގަނޑު ލާން ކިއު ގަ ޖެހިގެން.
ސަރުކާރު ބަދަލުވުމުގެ ކުރިން ގާތް މީހުނަށްދީ ނިންމާލީ އަވަހާ!!!
ޢެއްމެ ނިކަމެތިތިކުރ
ޢެއްމެ ނިކަމެތިކޮށް ކަންތައް ތިކުރީ އެއްމެ ނިކަމެތިކޮށް އުޅޭ އެކަނިވެރި މައނުންނަށެވެ. .ބޮޑު މުސާރަލިބޭ މީހުންގެ ތެރެއިން ެއެއްވެސް މީހަކު ބާަކީ ނޮކޮށް ހުރިހާމީހުނަށް ތިހިރީ ބަހާފައެވެ. .ފުދުންތެރިކަން ކުޑަމީހުއްނަަށް ތިހިރީ ވަރަށް ބޭއިންސާފުން ކަންތައް ކޮށްފަކަން ވަށްރަނގަޅަށް އެނގެއެވެ.
ލިބުނީމަ އުފާވާނެ ނުލިބުނީމަރުޅިއައްނާނެ މިއީ އިންސާނީ ތޮބިއްޔައް
ވަރަށް ވަރަށް ދެރަވެއްޖެ.. އަހަންނަކީ އެކަނިވެރި މައެއް ކުޑަކުއްޖަކު އެކަނިމާ މއެކަނިއެކަނި ތަންތަން ކުއްޔަށް ހިފައިގެން އެއްވެސް މީހެއްގެ ފައިސާގެ އެހީތެރިކަމެއް ނެތި އުޅެނުންދާ މީހެއް.. ކީއްވެ ނުލިބެންވީ.. ވަރަށް ދެރަ