ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު، "ހިޔާ" ދަށުން ހުޅުމާލޭގައި އަޅަމުންދާ 7000 ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުތައް ހައުސިންގ މިނިސްޓްރީން މިއަދު ދަނީ ޢާންމު ކުރަމުންނެވެ. މިހާރު އިއުލާން ކުރަމުންދަނީ ދެ ކޮޓަރީގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތައް ކަމަށްވާއިރު، ދިހަ ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް ދަނީ އިއުލާނު ކުރަމުންނެވެ.

މިއަދު އާއްމު ކުރަމުންދާ ލިސްޓުތަކުގައި ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާށް ޚާއްޞަ ކެޓަގަރީއާއި، ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްޞަ ކެޓަގަރީ އަދި އެކަނިވެރި މައިންނާއި މައިންބަފައިންނަށް ޚާއްސަ ކެޓަގަރީ ހިމެނެއެވެ. މީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކެޓަގަރީއާއި، މާލޭގެ ދަފްތަރުގައި ހިމެނޭ މީހުނާއި، މާލޭގެ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތައްވެސް ހިމެނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ "ހިޔާ" މަޝްރޫއުގެ ދަށުން 10 ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް މިއަދު އާއްމު ކުރަމުންދާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ނިންމާފައިވާ 400 ގޯތީގެ މަސައްކަތްތައްވެސް ހައުސިންގ މިނިސްޓަރީން ދަނީ ކުރިއަށް ގެންދަމުންނެވެ. އެ 400 ގޯތި ލިބޭ ފަރާތްތައްވެސް އަންނަ ހަފަތާގެ ތެރޭގައި އިއުލާން ކުރެވިގެންދާނެއެވެ.

ހިޔާ ފްލެޓް: އެޗް5 އިން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ލިސްޓު - މި ކެޓަގަރީން ފްލެޓް ލިބޭނީ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ 735 ފަރާތަށް. މިއީ ޓީޗަރުންނަށް ޚާއްސަ ކެޓެގަރީ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ކޮބަޢިތޯ ގުޅިފަޅުން ފުލެތްގަތް މީހުންނައް ދޭންވައުދުވި
    ފުލެޓް ތައް

  2. ?

    މަށަށް ވެސް ލިބިއްޖެ