ރައީސް ޔާމީންގެ ސަރުކާރުން ދޭން ނިންމާފައިވާ 7000 ފްލެޓް ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ ޕީޕީއެމް އަށް ނިސްބަތްވާ މީހުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނިކޮށް ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް އުފައްދާފައިވާ ކޯލިޝަންގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ގެ އާއިލާގެ ތިން މެންބަރަކަށް ފްލެޓް ލިބިފައިވާކަން ކަށަވަރު ވެއްޖެއެވެ.

ފިލްމީ ދާއިރާގައި ވެސް ހަރަކާތްތެރިވާ އައްޔަ ފާހަގަ ކުރެވެނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވަރަށް ބޮޑު ސަޕޯޓަރެއްގެ ގޮތުގައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އޭނާ ވަނީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެން އެޕާޓީގައި ވަރަށް އިސް އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އިދިކޮޅު ކެމްޕޭން ޓީމްތަކާއި އެކު އެކި ރަށްރަށަށް ގޮސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ފައިސަލް ނަސީމަށް ތާއިދު ހޯދައި ދިނުމަށް އައްޔަ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައި ވެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އިއުލާން ކޮށްފައިވާ ފްލެޓް ލިބޭނެ މީހުންގެ ވަގުތީ ލިސްޓްގައި ފްލެޓް ލިބޭނެ ކަމަށް ހިމަނާފައިވާ މީހުންގެ ތެރޭގައި އައްޔަގެ މަންމަ އާއި އެއްބަނޑު އެއްބަފާ ދެ ދައްތަ އެއް ހިމެނެއެވެ. އައްޔަ އާއިލާގެ ތިން މެންބަރަކަށް ފްލެޓް ލިބޭނެ ކަން ވަގުތީ ލިސްޓުން ކަށަވަރު ވެފައި ވާއިރު އައްޔަގެ ކޮއްކޮ އެއް ވަނީ ފްލެޓް ލިބޭނެ މީހުންގެ ވެއިޓިން ލިސްޓެއް ގައި ވެސް ހިމެނިފައެވެ. އެހެންކަމުން އައްޔަގެ އާއިލާގެ ހަތަރު މެންބަރުންނަށް ފްލެޓް ލިބުމުގެ ފުރުސަތު އެބައޮތެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވީ ވަރަށް ނިކަމެތިކޮށް އުޅޭ އާއިލާތަކުގެ ތިން މެންބަރުންނަށް ވެސް ފްލެޓް ލިބިފައިވާ ކަމަށެވެ.

ފްލެޓް ލިބޭނެ މީހުންގެ ވަގުތީ ލިސްޓް އާންމު ކުރަމުން ދާއިރު އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ލިސްޓަށް އަދި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ކެކެކެކެކެކެ

  "ކޮރަޕްޝަން" ގަ ތި ބައިވެރި ވެވުނީ. އަވަހަށް ފްލެޓްތައް ދޫކޮށްލާ ސާފު ހުދު ފޮތިކޮޅުމެން. ތިހިރީ ވާވަރަކީ. ތިމާމެންނަށް ލިބުނީމަ އޯކޭ. އެހެން ބަޔަކަށް ބަނޑުފުރާނަމުއްތިވެސް ނުކުރެވެންވީ. ހާދަ މޮޅު ހަމައަކާއި އިންސާފެކޭ ދޯ؟ ވާހ ވާހ ތިއްތި.

 2. ???

  ސްޓެޕް އައްޔާ ކާކު ކަލޭ ގޯތި މީހުނަަށް ފުލެޓު ދިނީ.. ތި ކިޔާ ވަގުކަލޭނގެ އެއްނު.

 3. ޕޕޕ

  ނޫނޭ ޕީޕީ އެމް މިހުންނަށް ފޮލެޓް ލިބޭނީ. އެހެން ޕާޓީމީހުނަށް ނުލިބޭނެ ހުއް

 4. ރަޝީދު

  ޢެ 3 މެމްބަރުން އެއީ އެމްޑީޕީ ތޯ،؟އެވަރު ވެސް ސާފުކޮށްދެއްވާ!

 5. އައްޔަ

  އެކަމު 2023 ގަވެސް ވޯޓެއް ނުދޭނަން!

  • ތެދު

   އަމިއްލަ ނަފްސައްވެސް ހަރާންކޯރު ވެވޭއިރުވެސް ނޭންގޭ. މި ވަރުގެ މީހުން މިއީ.

 6. Anonymous

  ވޯޓުވަގުން އަތުން އަތުލާ

 7. ައައްޔަ

  ޝުކުރިއްޔާ މުއިއްޒު

 8. ޔަގީން

  އެކަމުންވެސް ވަރައް ސާފުކޮއެބައިގޭ ރައީސް ޔާމީން ގެ އިހުލާސް ތެރިކަމާ ތެދުވެރިކަން އަދި ތިއުޅޭބައިގަޑު ރޮމުން ރޮމުން ރައީސް ޔާމީން ގެ ތެދުވެރިކަމާ އޯގާތެރިކަން އިހުސާސުވީމަ އަނެކާވެސް ރައީސް ޔާމީންއައް ތާއީދުކޮއަޑުއުފުލާނެ މާގިނަ ދުވަހެއްނެތް

 9. ޙަސަން

  އަހުރެންގެ އަންހެނުނަކީ އެމްޑީޕީ މީހެއް! އަހުރެންނަކީ އަދާލަތުގެ މީހެއް! ބޭބެއަކީ އެއްޑީޕމީހެއް! މަންމައަށާ ބޭބެއަށް ފްލެޓްލިބުނު. މަންމައަކީ މައުމޫނަށް ތައީދުކުރަމީހެއ! ޝުކުރިއްޔާ ޔާމީން

 10. އަސްލު

  ޢަސްލު ވާގޮތަކީ ކޮންމެވސް ވަރަކަށް އެހެންމީހުނަށް ދޭންޖެހޭނެތާ....އެކަމަކު ގިނައިން އޮތީ ޕޕމ މީހުނަށް ދީފަ...މީހަގީގަތް...އަހރެންގެ ބޭބެގެ 9 ކުދިން ތިބޭ....ލޭއަޅާ 2 ކުދިން ތިބޭ...80 ވުރެ މތިން ޕޮއިންޓް ލިބުނު...އެކަމަކު ކޯލެއްއައީ ފްލެޓްލިބުނުކަމަށް....ކުރީ ސުވާލެއް...ޔާމީންގެ ސިޔާސަތަށް ތާއީދު ކުރަންތޯ....އެވާހަކަ ދައްކަން ބޭނުން ނުވާ ވާހަކަ ބުނުމުން ޝުކުރިއްޔާއަކުން ނުލިބުނު ފްލެޓެއް...

 11. ޖަޒީރާ ފަލި

  ވަގު ފުލެޓް، ވަގު ފައިސާ ދޯ ކަލޯ އައްޔަ. ބާރަށް އަތްޖަހާ

 12. އަހުމަދު ކަލޯ

  ރަގަޅު.ދުނިޔޭގަ ހުރިއްޔާ ކޮންމެވެސް ދުވަހަކުން ލިބޭނެ

 13. ތެދު

  ބަލަ ޔާމީނަކީ ވ ބޯޑު މީހެއް، ފްލެޓް ދޭއިރު އިދިކޮޅައްވެސް ލިބޭނެ ކޮންމެސް ވަރެއް އޭރުންދޯ ފަހުން ކިޔާނެ އެއް ޗެއް ހުންނާނީ. ދިވެހިން ތެރޭގަވެސް ގަމާރުން އުޅޭދޯ.