ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު، "ހިޔާ" ދަށުން ހުޅުމާލޭގައި އަޅަމުންދާ 7000 ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުތައް ހައުސިންގ މިނިސްޓްރީން މިއަދު ދަނީ ޢާންމު ކުރަމުންނެވެ. މިހާރު އިއުލާން ކުރަމުންދަނީ ދެ ކޮޓަރީގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތައް ކަމަށްވާއިރު، ދިހަ ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް ދަނީ އިއުލާނު ކުރަމުންނެވެ.

މިއަދު އާއްމު ކުރަމުންދާ ލިސްޓުތަކުގައި ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާށް ޚާއްޞަ ކެޓަގަރީއާއި، ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްޞަ ކެޓަގަރީ އަދި އެކަނިވެރި މައިންނާއި މައިންބަފައިންނަށް ޚާއްސަ ކެޓަގަރީ ހިމެނެއެވެ. މީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކެޓަގަރީއާއި، މާލޭގެ ދަފްތަރުގައި ހިމެނޭ މީހުނާއި، މާލޭގެ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތައްވެސް ހިމެނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ "ހިޔާ" މަޝްރޫއުގެ ދަށުން 10 ކެޓަގަރީއަކުން ފްލެޓް ލިބޭ ފަރާތްތައް މިއަދު އާއްމު ކުރަމުންދާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ނިންމާފައިވާ 400 ގޯތީގެ މަސައްކަތްތައްވެސް ހައުސިންގ މިނިސްޓަރީން ދަނީ ކުރިއަށް ގެންދަމުންނެވެ. އެ 400 ގޯތި ލިބޭ ފަރާތްތައްވެސް އަންނަ ހަފަތާގެ ތެރޭގައި އިއުލާން ކުރެވިގެންދާނެއެވެ.

ހިޔާ ފްލެޓް: އެޗް4 އިން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ލިސްޓު - މި ކެޓަގަރީން ފްލެޓް ލިބޭނީ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ 299 ފަރާތަށް. މިއީ ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓެގަރީ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކީއްވެ އެންމެނަށް. އެހންކެޓަގަރީވެސް އެނމެން ބޭނުންވާނެ.

  2. ޙބފފ

    ނިސްބަތުން މާގިނަ ތިޔަމީހުންނަށް ދިންލެއް

  3. ކަމަނަ

    ޙާދަ ދެރައޭ އަޅުގަނޑު މާލޭގަ ދިރިއުޅޭތާ 20 އަހަރުވީ ދެ ދަރިން އެބަ ތިބި، އަދިވެސް ފްލެޓެއް ނުލިބޭ ، ފްލެޓެއް ލިބޭތޯ މިފަހަރު ވޯޓްދިނީވެސް ޔާމީނަށް، އެކަމަކު ފްލެޓެއް ނުލިބުނު، މިތަނުގ ނަރުހުން ތެރޭގަ އެބަތިބި މާލެއައިސް 2 އަހަރު ނުވާ މީހުން ފްލެޓް ލިބުފަ، މީ އިންސާފުތޯ، ހަމަ މިގޮތަށް ، މިފަހަރު ފްލެޓް ލިބުނު ޓިޗަރުން ތެރޭގަ އެބަތިބި މާލެ އައިތާ 1 އަހަރު ނުވާ މީހުން. ޢެނގޭ ދަންނަ މީހުން.
    ދެން ދުވަހެއްގަވެސް ނުދޭނަން ވޯޓެއް.