ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން ރައްޔިތުންގެ މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަކި ކުރުމުގެ މަސައްކަތް އެ ޕާޓީން ފަށައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒް ޕީޕީއެމް ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމުން ވަކިކުރަން މިއަދު ޕީޖީ ގްރޫޕްގައި ވަނީ މަޝްވަރާ ކޮށްފައެވެ. ނަމަވެސް އެކަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ރައީސް ޔާމީނާއި މަޝްވަރާ ކުރެއްވުމަށް ފަހު އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށެވެ. ރިޔާސީ ޕީޕީއެމް ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމުން ވަކިކުރުމަށް ރައީސް ޔާމީންގެ ތާއިދު ލިބިއްޖެނަމަ ރިޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނިންމާފައިވާ ކަމަށް ވެއެވެ.

ޕީޕީއެމްގެ މެންބަރުން ރިޔާޒާއި މެދު ހިތްހަމަނުޖެހިގެން އުޅެނީ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގަތުމުން އެކަމަށް މަރުހަބާ ދަންނަވައި ދެ ބޭފުޅުންގެ ފޮޓޯއަކާއެކު ވަކިވަކިން ކުރެއްވި ޓްވީޓްތަކުގެ ސަބަބުންނާއި މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އެކުގައި ނެންގެވި ފޮޓޯއެއް އިލްހާމް ފޭސްބުކްގައި އާންމު ކުރެއްވުމާ ގުޅިގެންނެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އަށް ލިބުނު ނާކާމިޔާބާއި ގުޅިގެން ރިޔާޒް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީނަށް ނާކާމިޔާބުވީ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން ބޮޑުވެ ޕާޓީ ތެރޭގައި ތިބި އިހުލާސްތެރިން ދޫކޮށް، ގޮތް ނޭނގޭ މީހުންނަށް އިތުބާރު ކުރުމުން ކަމަށެވެ.

ރިޔާޒްގެ މައްޗަށް އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރިއެވެ. ހާއްސަކޮށް އެމްޕީއެލް އަށް ތެޔޮ ސަޕްލައި ކޮށްދިނުމާއި، ފެނަކަ އަށް ބޭނުންވާ އަޑީތެޔޮ ސަޕްލައި ކޮށްދިނުން ރިޔާޒްގެ ކުންފުންޏަކާއި ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ. ނަމަވެސް ފަހަކަށް އައިސް ރިޔާޒް ޕީޕީއެމްގެ ހަރަކާތްތަކުން ފެއަށް ޖެހިވަޑައިގެންފައި ވާތީ އިދިކޮޅު ފަރާތްތަކުން މިހާރު އެވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަފްލާ

    ނެރެލާއަވަހަށް

  2. އަބްދުއްލާ

    މީހުނާ ދެކޮޅުވެރިވެގެން އުޅުމަކީ މާތްވެގެންވާ އިސްލާމްދީނުގާވެސް އޮންނަ ގޮތެއްނޫން . މީހަކާ ދެބަސް ވިޔަސް 3 ދުވަހުގެތެރޭ ހިޔް ނިޔަތް ތެދުކޮށް ހަލާސްކުރަންޖެހޭނެ މުސްލިމުންގެ ގޮތަކީ އެއީ .އަދިވެސް ގޮތް ދޫކުރާކަށް ނުވޭތަ ؟ ނާށކާމިޔާބުވީ ޕާޓީ ބައިބައިކޮށްލުމުންކަން ޔަގީން އަދިވެސް ބައިކުރައްވަނީތޯ

  3. އަލީ ޙުސައިން

    ސާފުކުރާ ޖަހައިގެން ތިޔަ ދޮވެލެވުނީ. ޟިހާރު ހަމަ ހުދު ފޮތިކޮޅެކޭ އެއްވަރުވާނެ.

  4. ބުއްޅަބޭ

    މާކުރިންވެސް ތިކަން އެނގޭ، އަންހެނުންސިޔައީ މައުމޫނުކޮޅަށް

  5. އަހަންމާ

    ރިޔާޒު ރެޑްވޭވްސަލީމު ނާޒިމްރަޝާދު މިތިބީ ވަކިވާންނިންމާފަތިބިމީހުން

  6. ނުޞްރާ ޢަލީ

    އެމްޑީޕީ ބަލިވެގެންދިޔަ އެއްވެސް އިންތިޚާބެއްގައި އެމްޑީޕީގެ ލީޑަރޝިޕަށް މަލާމާތްކޮށް ޒިންމާރައްދުކޮށް އެއްޗެތިކިޔައެއް އެމްޑީޕއަކުން ނޫޅޭ! އެކުވެރިކަމާއެކު އިތުރަށް ހިތްވަރުކޮށްފަ މަސައްކަތްކުރާތަން ފެންނަނީ! ޕީޕީއެމްގެތެރެއިން ފެންނަނީ ބަލިވާކޮންމެފަހަރަކު ޕީޕީއެމްގެ ލީޑަރޝިޕަށް ޕީޕީއެމްގެލީޑަރުން އެއްޗެތިކިޔާ ޒިންމައިން ރެކޭތަން! ރެޑްވޭވެސަލީމް ، ރިޔާޟުރަޝީދު ވިސްނާތަންފެންނަނީ އަމިއްލަ ވިޔަފާރިއަށް! އތުރަށް ހިތްވަރުކޮށްފަ ހަށިފޮޅާލާފަ ތެދުވަންޖެހުނީމާ މިގޮތަށް އެހެންމީހުންގެބޮލަށް އެކަން ކަނޑާލާފަ ތިމާމެން ކަމުންރެކެންއުޅުަމަކީ ދެފުށްދެގޮތްކަމުގެ ހެކިި!

  7. ސައުދީ

    އަދިވެސް އިތުރަށް ބައިބައި ކުރަނީތަ؟؟؟؟