ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ދިވެހި ސިފައިން ބަލަހައްޓަމުންދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ހ) އިން "ރައްޔިތުންގެ މަޖިލީހުގެ ގެއާއި ގޯތިތެރެއާއި މަޖިލީހުގެ ދަށުން ހިންގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާން ވާނީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން" ކަމަށް ކަނޑައަޅާފައިވާތީއާއި ދިމިޤްރާތީ މުއައްސަސާތައް ޙިމާޔަތްކުރުމުގައި ސަލާމަތީ ޚިދުމަތްތަކުން އެހީތެރިކަން ދޭންވާނެކަމަށް ޤާނޫނުއަސާސީގެ 237 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރ 2013/5) ގެ 27 ވަނަ މާއްދާގެ (ބ) ގައި، "ރައްޔިތުންގެ މަޖިލީހުގެ ގެއާއި އެގޭގެ ގޯތިތެރެއާއި ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅާ ގޮތުގެމަތިން، ދައުލަތުގެ ސަލާމަތީ ބާރުތަކުން" ކަމުގައި ބަޔާންކޮށްފައިވާތީއެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 3 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ ޙުރުމަތާއި ޤަދަރު ހިފެހެއްޓުމާއި މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަފަދަ އެއްވެސް ޢަމަލެއް ހިންގައިފިނަމަ، ނުވަތަ އުނިކަމެއް އަތުވެދާނެކަމަށް ބެލެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ، މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށް ބަޔާންކޮށްފައިވީހިންދު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލުނުކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުއްވި ދުވަސްވަރަކީ ރާއްޖޭގައި ސިޔާސީ ހަމަނުޖެހުންތަކެއް ހިނގަމުންދިޔަ ދުވަސްވަރަކަށްވެފައި، އެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ސެކިޔުރިޓީ ވަރުގަދަ ކުރުމަށާއި އެތަނުގެތެރޭގައި ހިނގާފާނެ ޤާނޫނާ ޚިލާފު ކަންކަން ހުއްޓުވައިދިނުމަށް ސިފައިންނަށް ރައްޔިތުންގެ މަޖިލީހުން އަންގަވާފައިވެއެވެ. ޤާނޫނުއަސާސީގެ 239 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެ" ކަމަށެވެ.

ގޮނޑި ގެއްލިފައިވާކަމަށް ބެލެވުނު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރައްޔިތުންގެ މަޖިލީހަށް ވަނުމުގެ ފުރުޞަތު ދީފައިނުވަނީ، އެ ޙާލަތުގައި އެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުން އަންގަވާފައިވާތީއެވެ.

ވީމާ، ރައްޔިތުންގެ މިޖިލީހުގެ މެންބަރުންގެ ތެރެއިން ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގަވާފައިވާ މެންބަރުން މަޖިލީހަށް ނުވައްދުމުގެ ޒިންމާ ދިވެހި ސިފައިންނާއި ފުލުހުން އުފުލަންޖެހޭނެ އެއްވެސް ޤާނޫނީ ހަމައެއް ނޯންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަބްދުއްލާ

    ނަގާކަށް ނުޖެހޭނެ.

  2. ޙަމެ

    ނޮވެންބަރ 3 ގެ އެތައްދިވެހިންނެއް ސަހީދުކޮއްލި އިރު ގައުމު ދިފާއުކިރަން ނިކުތް ސިފައިން ޒިންމާ ނަގަން ޖެހޭނެތަ

  3. ރީނދޫ ބައިގަނޑު

    ސިފައިންނާ ފުލުހުންނާ ނުގެޅޭތި ނަޝީދުގެ އަޅުބައިގަނޑު..

  4. އިލްޔާސް ޙުސައިން

    އެމީހުނަށް މިޖިލީހަށް ނުވަދެވުނީ އިލެކްޝަން ކޮމިޝަނުގެ ނިންމުމަކާއި އަދި ސްޕްރީމް ކޯޓްގެ ހުކުމަކާއި ގުޅިގެން އެކަމުގެ ޒިންމާ އެއްވެސް ފަރާތަކުން ނަގަން ޖެހެންޏާ ނަގަންޖެހޭނީ އެދެ މުވައްސަސާއިން ފުލުހުންނާއި ސިފައިންނާއި ބެހޭ ކަމެއްނޫން

  5. ދިންހާ

    ވަރަށް ރިސާރޗް ނުކޮށް ލިޔެފައިން އާޓިކަލެއް، އެބައެއްގެ ހުދޫދުން ބޭރުވުމޯ. މަޖްލީސް ކޮޓަރިތަކަށްވަދެ ޕެޕާ ސްޕްރޭކޮށް އެއީ ކޮން އުސޫލެއް؟ ފުރަތަމަ ކަމަކީ ރައީސްގެ ދައުރު މަޖްލީސްގެ ދައިރު އަދި ޖުޑީޝަރީގެ ދައުރު މިއީ އެކަތި އަނެކައްޗާ ފުށު އަރަންޖެހޭ އެއްޗެއް ނޫން. ހަމަހަމައިގެ 3 ބާރު. ރާއްޖޭގެ ހީވާކަހަލަ ހުރިހާއެއްޗަކީ ރައިސް ހެން އަދި ކޯޓަކީ އެނާގެ ދަށުން ހިނގާ އެއްޗެއްކަން

  6. ހަސަނު

    އެހެންވިއްޔާ ޒިންމާ ނަގަން ޖެހޭނީ މަޖްލިހުން އެކަން އެންގި ބައެއްތަ؟

  7. ރައްޔިތުން

    ނުޖެހޭނެ ސަލާމަތީ ބާރުތަކުން އެކަމުގެ ޒިންމާއެއް ނަގާކަށް- ޒިންމާނަގަންޖެހޭ މަޖިލީހުން، އެއީ މެމްބަރުންގެ ކަންކަން ގާނޫނީ އިމުން ބޭރުން ދާތީ އެކަމަށް ގޮތެއް ނިންމާނީ މަޖިލީހުން އަދި ޚާއްޞަކޮށް މަޖިލީހުގެ ރައީސް މަސީހުގެ ޒިންމާއެއް ތިޔައީ.