އިދިކޮޅު ސިޔާސީ ޕާޓީތައް އުވާލުމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލެއްވި ގޮވާލެއްވުމާއި ގުޅިގެން އިދިކޮޅު ޕާޓީތަކުން މިއަދު އަދުރޭ އަށް ބަހުގެ ހަމަލާތަކެއް ދީފިއެވެ.

މިއަދު މ.ކުނޫޒުގައި އިދިކޮޅު ޕާޓީތަކުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ ކަންކަން ވާގޮތް އެންމެނަށް އެބައެނގޭ ކަމަށާއި މިވެރިކަން ބަދަލުވާނެކަން އަދި އެއީ ވަރަށް ކައިރީގައި އޮތް ކަމެއްކަން އެންމެނަށް ޔަޤީން ކުރެވޭ ކަމަށެވެ.

"އަބުދުއްރަހީމް އެއް އުޅުވަނީ ވަރަށް ބޮޑަށް އޮޅިވަޑައިގެން, އިދިކޮޅު ޕާޓީތަކަށް ފައިސާ ދެނީ އަބުދުއްރަހީމުގެ ގޭގައި ހުންނަ ފޮއްޓަކުން ނަގައިގެން ނޫން, އަދި އެއީ މަޖިލީހުން ފާސްކޮށްގެން ރައްޔިތުންގެ ފައިސާއިން ދޭ އެއްޗެއް" އަލީ ހުސައިން ވިދާޅިއެވެ.

އަލީ ހުސައިން ވިދާޅުވީ އެހެންކަމުން އެއްވެސް ފަރާތެއްގެ ބިރެއްނެތި އިލެކްޝަންސް ކޮމިޝަނުން މިނިވަން ކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ވެރިކަން ބަދަލުވާނެކަން އެކޮމިޝަނަށް އެނގޭއިރު އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތައް އުވާލުމަކީ ހައްލެއް ނޫންކަމަށާއި ސިޔާސީ ޕާޓީތައް އުވާލައިގެން ހައްލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރުވެސް ހުރިހާ ޕާޓީތަކުގެ ލީޑަރުން އެތިބީ ޖަލުގައި ނަމަވެސް ސިޔާސީ ޕާޓީ ތަކުގެ މަސައްކަތަށް ބުރުލެއް ނާރާ ދަނީ ބާރަށް ކުރިއަށް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތައް އުވާލުމަކީ ރައީސް ޔާމީނަށް އޮތް ހައްލެއް ނޫން، ހަމައެކަނި އޮތް ހައްލަކީ ގާނޫނީ މަގަށް ރުޖޫއަވުން. ނަމަވެސް މިހާރު މިފެންނަނީ ހުރިހާ ދިމާއަކުވެސް ރައީސް ޔާމިން ފިތިފައިވާ މަންޒަރު އެހެންވީމާ މިވެރިކަން މިދަނީ ނިމެމުން" އަލީ ހުސެއިން ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން މި ގައުމަށް ޣައްދާރުވާ ކަމަށް ތުހުމަތުކޮށް އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް އެފަދަ ޕާޓީތައް އުވާލަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ޢަލީ

  ޢަލީހުސައިން އެކަނި ކުރެވުނުވަރެއްކުރޭ ތިކަން ތިދަނީ ނިމެމުން މާގިނަދުވަހެއްނުވެ ނިމިގެން ހިނގައިދާނެ. ޢިންޝާﷲ

  • ޔއގ

   ވ ރަނގަޅު ވާހަކައެއް ތި ވިދާޅުވީ. ތިކަންތައް ތިއޮތީ ނިމިފަ. ދެން އެންމެ އަވަހަށް އަޑު އިވޭނި ޔާމިން ޖަލުގެ ކުޑަގޮޅީގަ އޮތް ޚަބަރު. ޢިންޝާާﷲ

 2. އަބްދުއްލާ

  އަލީ ހުސައިން އަކަށް އެކައްޗެއްވެސް އެގޭހެނެއް ހީއެއްނުވޭ . ގާނޫނާ ގާނޫނުއަސާސގެ ބޭރުން އުޅުއްވެވެނީ އިދިކޮޅޭ މިކިޔާ ބައިގަނޑުން އެނޫންފަރާތްތައް އަދި ސަރުކާރު ހިގަމުންދަނީ ގާނޫނީ އިމުގެތެރޭގައި . ނަސީދާ ގާސިމަށް މަރު ހުއްދަވޭ އެއީ އިސްލާހުކުރުމުގެ ނަމުގާ ފަސާދަ ކުރާ ދެމީހުނަށް ވުމުން އެކުމް އެމީހުނަށް ވާޖިބްވާތީ

 3. އެޑަމް

  އަދުރޭމެންތީ ކިޔަވައިގެން މަޤާމުލިބިފައިވާމީހެއްނޫނެ އެއީ ވައްކަންކޮށްގެން އަރުވާލި މީހެކެ ޓިނުވަގު ގޮވާއަޑުއަހަން

 4. ރީތި މޫސަ

  އަލީ ހުސޭނާ އަބްދުﷲ ރިޔާޒަކި ޤާސިމްގެހަލާކު މުޅިޖުމްހޫރީ ޕާޓީގެވެސް ހަލާކު

 5. ްާގާސިމޫ

  ގަޅި އުކާނީ މޭވާއަލާގަހަށް

 6. ނުރަބޯ

  އެއްވެސް ދިމާލަކުން ރައީސްޔާމީނެއް ނުފިތޭ. ދިވެހިދައުލަތުން ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ފައިސާ ބަހަނީ އެމީހުން ބަޣާވާތް ކުރާކަށް ނޫނެވެ. ޒިއްމާދާރު މަސައްކަތްތަކެއް ކޮށް، ގައުމު ތަރައްގީކޮށް ކުރިއަރުވާ، ރައްޔިތުންނަށް ލުއިފަސޭހަތައް ހޯދައިދޭށެވެ. އެ މަގްސަދު ޙާޞިލް ނުވާކަމަށް ވަންޏާ ކީއްކުރާ ސިޔާސީ ޕާޓީތަކެއްތޯއެވެ. އެހެންވީމާ ވީހާ އަވަސްގޮތަކުން ތިޔހުރިހާ ސިޔާސީ ޕާޓީތަށް އުވާލާ، ރައްޔިތުންނަށް ހަމަ ނޭވާލެވޭވަރުކޮށްދިނުމަކީ މިސަރުކާރުން ކޮށްދޭންޖެހޭ ކަމެކެވެ.

  • މޮޒިމް

   ޢޭހެންވީމަ ތިބުނެވުނީ/އެއްބަސް ވެނުނީ އިދިކޮޅުފަރާތް ތަކުގެވަރުގަދަ ކަމުން ރައިސް ޔާމިނާ އޭނަގެ ސަރުކާރު އޮތީނޭވާހޮޅި އައްއެޅިފައޭތަ؟

 7. މުހައްމަދުސުލައިމާނު

  އެހެނެއް ނުނިމޭނެ އެހާފަސޭހައެއްކޮށް ކޮއިފުޅު މޮޔަދޯ؟

 8. މާލެ

  ޒިއްމާދާރު އިދޮކޮޅު ޕާޓީއެއް މިހާރަކު ރާއްޖެއަކު
  ނެތެވެ އެހެންވީމާ ދައުލަތުން އިސްރާފު ނުކުރުމަށްޓަކާ އިދިކޮޅު ޕާޓީތައް އުވާލަން
  ޖެހެއެވެ އަދި އެޕާޓީތަކަށް ދޭފައިސާ ރައްޔިތުންނާ
  ގުޅުންހުރި އެހެން ކަންކަމުގައި ބޭނުން ކުރަން
  ޖެހެއެވެ ދައުލަތުގެ އާމްދަނީއިން އިސްރާފް
  ކޮށްގެން ނުވާނެއެވެ

 9. ރަފާފް

  ކޮބައި ހިތްވަރެއް ހުރިއްޔާ ތިކިޔާ އަދާލަތު އަމިއްލަ ނަފުަުސުން ފައިމައްޗަށް ތެދުވެ ޙަރަކާތެއް ހިންގާ އަހުރެމެންނަށް ދައްކާބަލާށެވެ! ނުވާނެއެވެ.

 10. ޙަފްޞާ / މާލެ

  އުފެދިއްޖއ ކޮންމެ އެއްޗެއް ފަނާވާނެއެވެ. އާ ކޮންމެ އެއްޗެއް ބާވާނެއެވެ. މިޔަކީ ބަޔަކު ބުނެގެން ވާ ކަންތައްތަކެއް ނޫނެވެ. މިއީ އިލާހީ ޤާނޫނެވެ. އެކަމަކު އިންޝާއަﷲ މިވެރިކަން ޒަމާންތަކަކަށް ދެމިއޮންނާނެއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެއްފަހަރުން ކާމިޔާބުކޮށް ރައީސްކަމުގެ ހުވައި ، ރައީސް ޔާމީން ކުރައްވާތަން ކަލޭމެން އިދިކޮޅޭމެން އެހާހިސާބަށް ދިރި ތިބިނަމަަ ފެންނާނެއެވެ.

 11. ޙަސަން

  ވެއްޓެނީ.. ވެއްޓެނީ.. ރައްޔިތުން ގުބޯ ހައްދައިގެން މަގުމައްޗަށް ނެރެވޭތޯ. ވެއްޓޭ ތަނެއް ނުފެނޭ. މަގުމައްޗަށް ނިކުންނަ މީހުން ވަނީ މަދު. ޢަލީ ޙުސައިން ހަމަހޭގަބާ؟

 12. ޔުސުބު

  ބަލަ އަލީ ހުސޭނާ މަޖިލީހުން ފާސްކޮށްގެން ދޭން ބުންޏަސް ގައުމުގައި ފިތުނަފަސާދަ އުފައްދަން އެފައިސާ ނުދެވޭނެ...ފިތުނަ އުފައްދަން ކަލޭ އަންބޮނޑިން ފައިސާ ނަގާ.

 13. އ މ ރ ބ

  ޢަލީ ހުސެއިންނަށް ދަންނަވާލަންއޮތީ، ވެރިކަން ވައްޓާލަން ކިތައް ތާރީޚްދެވިއްޖެތޯ، ވެރިކަންވެއްޓިއްޖެހެއްޔޭ، ނުވާނެތިކަމެއް، ތެޅިތެޅިތިބެންޖެހޭނީ، ފުރަތަމަ ތިމާމެންގެ އެތެރޭގެ ކަންކަން އިސްލާޙްކޮށް ހަމަމަގަށްއަޅުވަބަލަ، ކޮބާލީޑަރުންތައް؟ އެމީހުން އެ ތިބީ ފިނިކޮޓަރިތަކުގައި ބޭރުގައުމުތަކަށްގޮސް، ތިޔަ މަދުބައިގަނޑުމަގުމައްޗަށް ދޫކޮށްލާފާ، އހެނ

 14. ނަފީސް

  އަދުރޭ ވިދާޅުވެލެއްވި ވާހަކަފުޅަށްތާއީދުކުރަން ސަބަބަކީ ސިޔާސީޕާރޓީތަށް އުފެއްދި މަޤްސަދުޙާސިލްނުވެ ޤައުމުަބައިބައިވެ ދީނާ،ޤައުމާ،ރައްޔިތުންނަށްނޭދެވޭއަސަރު
  ކޮށް ރައްޔިތުންގެފައިސާއިން ޕާރޓީތަކަށް އެހާގިނަފައިސާތަކެއްދިނުމަކީ ބޭކާރުކަމެއް
  ކަމުގައިވާތީ ގައުމުގެ ހަމަޖެހުމާ ޕާރޓީތަކަށް ދެއްވާ ފައިސާތައް ޕާރޓީތައްނެތްއިރު
  ސަލާމަތްކުރެވޭ

 15. ތަލަބޯ

  16 ގަ ނުވެއްޓި ޖެނަމަ މަދެން ނިމުނީ އެހިސާބުން މަދެން ދާނީ ރަށަށް. އެހިސާބުން މަދެނެއް ނުނިކުން ނާނަން މިހާރުވެސް ވަޒީފާ ދޫކޮށް ދުވަސް ތަކެއް ހޭދަ ވެއްޖެ ވީކަމެއް ނެތް މިފަހަރު 16 ވާގޮތަކުން ދެން އިނގޭނީ

 16. ފައިޒް

  ރައްޔިތުން ފައިސާދެނީ އެމީހުންނަށް ނޮހޮރުއްޕާން ކުރަންތަ..

 17. ބާބޫ ނާޒް

  އަލީ ކަލޭ ބުނެގެންތޯ ވެރިކަން ނިމެނީ ކަލޯ ތެޅި ތެޅި ޖެހޭނީހުންނަން ދެންވެސް ވެރިކަން ކުރާނީ ރައީސް ޔާމީން އެއިރުން ކަލެޔަށް މަސްވެރިކަން މިދުވަސް ކަލެޔަށް ފެންނާނެ .