ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށްވާއިރު، މިރާއްޖޭގައި އެހެން ދީނަކަށް އަޅުކަން ކުރާ ތަންތަން އަޅަން އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

ޑިފެންސް މިނިސްޓަރުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ދާދި ދެންމެ ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއަކީ 100 އިންސައްތަ މުސްލިމް ޤައުމެއް ކަމަށާއި، ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނަނީވެސް "ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން" ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއިން އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ފުރުޞަތެއް ނޯންނާނެ ކަމަށާއި، ރާއްޖޭގައި އެހެން ދީންތައް ކުރިއަރުވައި، އެހެން ދީންތަކަށް އަޅުކަންކުރާ ތަންތަން ބިނާ ކުރުމަކީ ދިވެހިން ބަލައިގަންނާނެ ކަންކަން ނޫން ކަމަށެވެ.

"އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ދިވެހިރާއްޖެއިން އެއްވެސް ފުރުޞަތެއް ނޯންނާނެއެވެ. އެހެން ދީނަކަށް އަޅުކަންކުރާ ތަނެއް ބިނާކުރަން، ނުވަތަ އެހެން ދީނެއް ރާއްޖޭގައި ފަތުރަން އުޅުމަކީވެސް ދިވެހިން ބަލައިގަންނާނެ ކަމެއް ނޫނެވެ. ނަމަނަމަ ރާއްޖޭގައި އެކަން ކުރަން ނޫޅެއްޗެވެ." މިނިސްޓަރު ލިޔުއްވާފައިވެއެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، ކްރިސްޓިއަން ދީން ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރުމުގެ މަސައްކަތް އެންމެ ވަރުގަދަ އަށް ކުރާ އެއް ޖަމާޢަތް ކަމަށްވާ "އޯޕެން ޑޯސް ޔޫކޭ އެންޑް އަޔަލޭންޑް" އިން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ކްރިސްޓިއަނުން އަޅުކަން ކުރުމަށް ޗާޗެއް އަޅާނެ ކަމަށް ބުނެފައި ވަނިކޮށެވެ.

އޯޕެން ޑޯސް އަކީ ކްރިސްޓިއަން ދީން ފެތުރުގެމުގެ މަސައްކަތް 1955 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ޖަމާޢަތެކެވެ. އެޖަމާޢަތުން ބުނާ ގޮތުގައި ކްރިސްޓިއަނުންނަށް ދިރިއުޅެން މުޅި ދުނިޔެ އިން ވެސް އެންމެ އުނދަގޫ 13 ވަނަ ގައުމަކީ ދިވެހިރާއްޖެ އެވެ. ރާއްޖޭގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ކްރިސްޓިއަނުން އަޅުކަން ކުރަން ޗާޗެއް އަޅާނެ ކަމަށް އޯޕެން ޑޯސް އިން ބުނީ ޔޫޓިއުބްގައި އާންމު ކޮށްފައިވާ ވީޑިއޯއެއްގައެވެ.

އެވީޑިއޯގައި ވާހަކަ ދެއްކި މީހަކު ބުނީ ރާއްޖެ އަކީ ކްރިސްޓިއަނުންނަށް ދިރިއުޅެން އެންމެ އުނދަގޫ ގައުމު ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ވިއްސަކަށް ފަންސަވީހަކަށް ކްރިސްޓިއަނުންނަށް އަޅުކަން ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

"އަހަރެމެންގެ އުއްމީދަކީ ވެސް އަހަރެމެންގެ ލަނޑުދަނޑިއަކީ ވެސް ފަސް އަހަރު ތެރޭގައި ދިވެހިރާއްޖޭގައި ޗާޗެއް އެޅުން." އޯޕެން ޑޯސްގެ ފަރާތުން ވީޑިއޯގައި ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފަސް އަހަރު ތެރޭގައި ރާއްޖޭގައި ޗާޗެއް އަޅާނެ ކަމަށް ދުނިޔޭގައި ކްރިސްޓިއަން ދީން ފަތުރާ އެންމެ ބޮޑު އެއް ޖަމާޢަތުން ބުނިއިރު އެޖަމާޢަތުންނާއި އަދި އިތުރު އެހެން ޖަމާޢަތަކުން ވެސް އިއްޔެ ވަނީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސް ކަމަށް ވަޑައިގަތުމުން ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން ފަސޭހަ ވާނެ ކަމަށް ބުނެފައެވެ.

ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނާ ދެކޮޅަށް ހިންގާ ހަރަކާތްތަކާ ދެކޮޅަށް އަޑު އުފުލުމުގައި ނަމޫނާ ބަޔެކެވެ. ދިވެހި ތާރީޚަށް ބަލާއިރުވެސް އެފަދަ ދަނޑިވަޅުތަކުގައި ދިވެހިންގެ ހިތްވަރާއި، ފަންވަރު ފިސާރި ރަނގަޅަށް ވަނީ ދައްކުވައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. މުޙައްމާ

    އެހެންވަރު ރިސޯޓުތަކުގައި ބުދު ބެހެއްޓިއިރު ޝަރިއްޕޭ ހުރީ ހޭނާރާތަ.

  2. އަފްލާ

    ލާދީނީ މީހުންނަށް ވޯޓް ދިން މީހުން ތިބޭނެ ތާ ދޯ

  3. އަލީ

    ސާބަސް ޑިފެންސް މިނިސްޓަރ/ ލާދީނީ ފިކުރުތައް މިހާރު ކުޅެމުންއެދަނީ ދިވެހިންގެ ލެޔާ/ ޗާރޗް އަޅަންހުއްދިން މީހަކުވެސް ރާއްޖޭގައި ހުއްޓަކަ ނުދޭނަން!

  4. ބަނާ

    އަހރެމެންގެ ހަށީގައި ފުރާން ހުރިހާ ހިނދަކު ތިޔަކަމެއް ނުރާކަށް ނުކެރޭނެއެވެ. އަހަރެމެން ދައްކާ ވާހަކައަކީ އެމްޑީޕީއާ ކުރިންޓިއަނުންނާ ގާތްގުޅުމެއް އޮންނަ ކަމުގެ ވާހަކައެވެ. ދިވެހިންގެ ބަޔަކު އެކަމަށް މަގުފަހި ކުރުވީއެވެ. މިކަމަށް އެމްޑީޕީން ފުރުސްތުދޭން މަޖުބޫރުވާނެއެވެ. ސަބަބަކީ ވެރިކަމަށް އާދެވުނީ އެމީހުންގެ އެހީތެރިކަމާ އެއްބާރުލުމާ އެކުގައި ކަމަށް ވުމެވެ.

  5. އިއްބެ

    މާ ދީންވެރިގޮތް ދައްކަން އުޅުނަސް ކަލޭގެ ގޮތް ރައްޔިތުންނަށް ވަރަށް ރަގަޅަށް އެނގޭ. ތީ ގައުމުގެ ބިންތަކާއި ރަށްތައް ވިއްކާލި ބައިގަނޑެއްނު. ރިސޯޓްގައި ބޮޑު ބުދު ފައްޅިވެސް އަޅާފަ ތީދެން މާ ދީން ވެރިމީހަކަށް ވާން އުޅުނީމަ ގޮވާނީ އަތަށް.

    • މާރެ

      އޭ އިއްބެ ބުދުފައްޅިއެޅީ އެމްޑީޕީއަށް ސަޕޯޓްކުރާ މީހެއްގެ ރިސޯޓެއްގައޭ ޔާމީނުގެ ސަރުކާރުން އެތައްފަހަރަކު އެތަކެތި ނަގަން އެންގީމަވެސް ނުނެގީ ސަރުކާރު ބަދުނާމުކުރަންވެގެނޭ ތިޔަފާޑަށް ވާހަކަ ނުދައްކާތި ކަލެއަކީ މާރަނގަޅުމީހެއްނޫނޭ ކަލޭ ތިޔަކކުރާ ކަންތަކާ ހާވާ ހަޑި އަހަރުމެންނަށްވެސް އެނގެއޭ ދެންއެކަންތައްވެސް ޔާމީނު ގެ ސަރުކާރަށް ނުބެލެހެއްޓޭތީވެ ކަލޭ އުޅޭގޮތްދޯ

  6. ހަހަ

    ކަލެއަށް ކީއް ކުރެވޭނީ ދަތްދޮޅި މިނިސްޓަރު

  7. ައަވަސް.

    ސާބަސް މިނިސްޓަރ.

  8. ކަންބޮޑުވެފައި

    މާތްކަލާކޯ - ކާކުތަ ބުނީ ފައްޅި އަޅާވާހަކަ؟ ހަމަ ސިޔާސީ ޕޮއިންޓް ޖަހަން ހަމަ އެއްޗެއް ބުނެލީ. އެކަމަކު ބުނަން ވާހަކައެއް. ކިތަންމެ ގަދަ ދެއްކިޔަސް ރާއްޖޭގެ ގިނަމީހުން ބޭނުންވާ ގޮތަށް ކަންތައް ފުރޮޅިގެން ދާނީ - އެކަމުގެ ލާމަސީލު މިސާލެއް 23 ސެޕްޓެމްބަރ ގައި ފެނިގެން އެދިޔަޔީ!

  9. ޢަފީފު

    ބުނެލަން އައްޑުއަތޮޅުގަމުގާ އިނގިރަެސިންއަޅާފާހުރިފައްޅިއެއްހުރި އެކަމަކު ދުވަހަކުވެސް ދިވެއްސަކައް އެތަނައް ދާކައް ނައަންގާ އޭރު އެންގިނަމަ ދާން މަޖުބޫރު ވާނެ އޭރު އެމީހުންގެ ދީން ނުފަތުނަނީތަ ކޮންމެވެސް މަކަރުވެރިވާހަކައެއް ދައްކައިގެން ރައްޔަތުންއޮޅުވޭތޯމަސައްކަތްނުކުރުމައް ގޮވާލަން އައްޑޫ ފައްޅިއައް ދިވެހިންވަނުންވެސް މަނާ ދެން އަތްޖަހާ ރާއްޖޭގާ ފައްޅިއެޅީ ޔާމީނު ސަރުކާރުގެ ފަސްއަހަރުގާ ދެއްތޯ

  10. ލައްޗޭ

    އައްސަރިބަހާއިސާބަސް މިނިސްޓަރ ޝަރީފް ތީ އިސްލާމްދީން ދެކެ ލޯބިވާ ދިވެހި ދަރިންނަށްކީ އިންޝާﷲ

  11. ބޭބެ

    ހުވާކޮށްފަ މިބުނަނީ ރޯކޮށް އަންދާ އަޅިޔަށް ހަދާލާނަން، މި ބިމުގައި ފައްޅި އަޅަން ނޫޅޭ!! އަހަރުމެންގެ ފުރާނަ ދުއްވާލާފަނޫނީ ތިކަމެއް ކާމިޔާބެއް ނުވާނެ!! އަދި އެކަންކުރަން މިރާއްޖެއިން ހިތްވަރުދޭ މީހުންވެސް ދެވަނަ ވިސްނުމަކުން ވިސްނާލާތި!! ނިމުނީ!! އިންޝާ ﷲ

  12. ރައްޔިތުން

    ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނަނީވެސް "ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން"ކަމަށް ބުނާ ބުނުމަކަށް ކުޑަވެސް ލޮޅުމެއް އަންނާނެ ކަމެއް މި ގައުމުގައި ނުވާނެ.

  13. ޢަލީ

    ތިޔައީ މަނިކުފާނުގެ ޚިޔާލު އެކަމަކު މިރާއްޖޭގައި އެބައުޅޭ އެކަން ނުވެގެން އުޅޭމީހުންކޮޅެއް. މިފަހަރު އެކަން އެމަގުން ކުރާނެ.

  14. އެޑަމް

    ކާކުތަ އަޅަން އުޅެނީ، އެނގެންޏާ ތޯތޯ ވާހަކަ ނުދައްކާ ޤާބޫލްކުރެވޭވަރުގެ ހެއްކާއި އެއްޗެހި ހޯދާފަ ދަޢުވާކޮށްބަލަ ..

  15. އަން

    ތިޔާއުޅެނީ އޮޅގެން. ދިވެހިންގެ ގިނަބަޔަކު ބޭނުމީ ތިފަދަ ތަންތަން އަޅަން. ތަރުބަވެތި މާހައުލުގައި މައްސަލަ އުޅޭކަމަށް އަދިވެސް ގަބޫލު ނުކުރެވެނީ ކީއްވެބާ!

  16. އަލްޖިބްރާ

    ރިސޯރޓް ތަކުގައި ބުދު ބެހެއްޓީ ކަލޭގެ ބެލުމުގެ ދަށުން ނޫންތަ ؟ ދެން ކޮން ކަމަކާ ތިހަޅޭއްލ؛ަވަނީ ! ކަލޭގެ ވަޒީފާ ގަޑުވެސް ގެއްލޭނެ ކަމީ ޔަޤީންކަމެއް !

  17. ޢަހަރެން

    މިޤައުމުގަ ތިޔަފަދހަ ކަމެއް ހިނގުމުގެ ޤާބިލްކަން ހުރި މީހަކު ނެތް. ޢިބޫއަށް އޮޔި ތާއީދު ފެނިގެން ހަޖަމު ގޯސވާބަޔަކު ރާވާގެން ހިނގާ ޕޮރޮޕިގެންޑަތަކަކީ ރައްޔެތުން ބަލާގަންނާނޭ ކަމެއް ނޫން

  18. Anonymous

    ލާދީނީ ވުމަށް ޝަރީފު ހަނދާންކޮށްދެނީބާ

  19. ޔާމިން

    ސާބަހޭތީދިވެހިދަރިންނަކީ

  20. މުޙައްމަދު ޢަރީފް

    މިރާއްޖޭގައި ވެރިކަން ކުޜާ އެއްވެސް ބޭފުޅަކު ހީނުކުރާތި ތިމަންނާގެ ވެރިކަމެއްގައި ޗާޗަލް އަޅާނަމޭ އެކަމެއްނުވާނެ މިނެގޭވޯޓުތަކުންވެސް ރާއްޖޭގެ ރައްޔިތުންނަކީ ކޮންކަހަލަ ފިކުރެއްގެ ބައެއްކަން ވިސްބަޔަކަށް އެނގެންވާނެ ޔާމީނަށްވިޔަސް އިބްރާހީމް މުޙައްމަދު ސާލިޙަށްވިޔަސް އެފަދަކަމަކަށް ފުރުޞަތު ދީފިނަމަ އެހިސާބުން ވެރިކަމުގެ މުއްދަތު އެހަމަވީ ވިސްނާތި މާތްވެންވާ އިސްލާމްދީނާއި ނުކުޅޭތި

  21. Anonymous

    މިރާއްޖޭގައި ވެރިކަން ކުޜާ އެއްވެސް ބޭފުޅަކު ހީނުކުރާތި ތިމަންނާގެ ވެރިކަމެއްގައި ޗާޗަލް އަޅާނަމޭ އެކަމެއްނުވާނެ މިނެގޭވޯޓުތަކުންވެސް ރާއްޖޭގެ ރައްޔިތުންނަކީ ކޮންކަހަލަ ފިކުރެއްގެ ބައެއްކަން ވިސްބަޔަކަށް އެނގެންވާނެ ޔާމީނަށްވިޔަސް އިބްރާހީމް މުޙައްމަދު ސާލިޙަށްވިޔަސް އެފަދަކަމަކަށް ފުރުޞަތު ދީފިނަމަ އެހިސާބުން ވެރިކަމުގެ މުއްދަތު އެހަމަވީ ވިސްނާތި މާތްވެންވާ އިސްލާމްދީނާއި ނުކުޅޭތި

  22. ދިވެހިން

    އަހަރެން ބޭނުންވަނީ މިޤައުމުގެ ވެރިޔަކަށް ޕިލިޕިންސްގެ ރައީސް ޑުޓާޓޭ ކަހަލަ މީހެއް ގެންނަން..

  23. ޜަށުމީހާ

    ސާބަސް ޑިފެންސް މިނިސްޓަރ

    R

  24. އިއްބެ

    "ކަންބޮޑުވެފައި" ނިކަން ޚަބަރު މީހަކުލައްވާ ކިޔުއްވަބަލަ ފައްޅި އަޅާ ވާހަކަ ބުނީ ކާކުކަން އެނގެންދެން.

  25. ރެކިފުތާ

    ބަޔަކު އެހެން ދީނެއް ގެންނައުޅޭވާހަކަ ތިޔަދައްކަނީ ޝަރީފަކީ މިހާރުވެސް ކޯޓުގައި ބަދުއަހުލާގީ މައްސަލަތަކެއް ސާބިތުވެއި ހުރި ތިޔަބުނާ އިސްލާމްދީނަށް އުޅުއްވާ ބޭފުޅުކަށްވާތީވެ.