ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 12 މެންބަރުންނާއި އެކު އަލުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަރަށް އަވަހަށް ފެށޭނެ ކަަމަށް އުއްމީދު ކުރާ ކަމުގައި އެމެރިކާ އިން ބުނެފިއެވެ.

އެމެރިކާ އިން މިހެން ބުނީ އެމެރިކާގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ފޯ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއާ އެލައިސް ވެލްސް ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގައި މިއަދު ހެނދުނު 12 މެންބަރުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައެވެ.

12 މެންބަރުންނާއި އެކު އަލުން މަޖިލިސް ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެލްސް ވިދާޅުވިއިރު އޭގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިހަފްތާގައި ޙުކުމް ކޮށްފައެވެ. އަދި އިތުރު ދެމެންބަރެއްގެ ޝަރީޢަތް މިހަފްތާގައި ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ވެލްސް 12 މެންބަރުންނާއި ބައްދަލު ކުރީ މިއަދު ހެނދުނު ޖޭޕީގެ ޖަގަހަ ކުނޫޒުގަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރަކު ވިދާޅުވީ، އެބޭފުޅުންގެ ގޮނޑި ގެއްލުނު މައްސަލައާ ގުޅޭ ތަފްސީލްތައް ވެލްސް ސާފު ކުރެއްވެވި ކަމަށެވެ.

ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާ ވީހާ ވެސް އޮމާންކޮށް ގެންދިޔުމަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް އެބައްދަލުވުމުގައި ވެލްސް ވަނީ ދެއްވާފައެވެ.

ވެލްސްގެ މި ދަތުރުފުޅުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާ ވަކިވަކިން ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި މަދަނީ ޖަމްއިއްޔާތަކާ ވެސް އޭނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އައިޝާ

  އެމެރިކާ އަކަށް ނޭގޭނެ މިތާގަ ކަންތަން ކުރަންވީ ގޮތެއް

 2. ޞުރސން

  ނުބެހޭކަމެއް ނުއޮވޭ އެމެރިކާ .ޝައިތާން

 3. މުހުހުންމަދު

  މިއެމެރިކާޢާޢި މިކިޔާހުޅަނގުގެ ގައުމުތަކޭކިޔާބައިގަނޑުގެ ހިޔާތްކުޑަކަން ވިސްނަބަލަ! ކޮންމެގައުމެއްގައިވެސް ތިބޭގުނބޯތަކެއްގެ ބޮލަށްސަވާރުވެގެން ފާޑެއްގެ ދިމާކުރާތީ އެކޭ ކިޔައިގެން މުޅިދުނިޔޭގައި ފަސާދަ އުފަށްދާ މުޖުތަމައުތަށްފަނާ ކޮށް އެމީހުންގެ ދަލުގައި އެންމެންޖައްސަން އެބަ މަސައްކަތްކުރޭ!!

 4. އަހުމަދު

  ބަލަ އެމެރިކާއަކަށް ނޫނޭ އެނގޭނީ މިްައުމުގެ ކަން ކަން ކުރަން ވާނެގޮތް ބުނެދޭން
  މޮޔަފުޅު ނުވާތި

 5. މަލީ

  2020އަންނަން ވާއިރަށް ޑިއެގޯގާސިޔާއިން ފައިބަން ޖެހޭތީ އައްޑޫ ސިޓީގެ ގަން މިލިޓަޜީ ބޭސް ހެދުމަށް ކުރަން ޖެހޭ މަސައްކަތަށް މަޖިލިސްތެރެއިން ، ރުހުން ހޯދަން ކަމަށް ބެލެވޭ.