މާލޭގައި ބޮން ގޮއްވަން އުޅުމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން އެ މީހުން ދުކޮށްލާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލާފައި ވަނީ ސިއްހީ ހާލަތަށް ރިއާޔަތްކޮށެވެ. އެ މީހުން ބަންދުން ދޫކޮށްލި ނަމަވެސް، އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ލިބިފައި ނެތެވެ.
އެ މައްސަަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންނަކީވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފައިވާ ބައެކެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި މި ހަތަރު މީހުންނަކީ ކޯޓު އަމުރެއްގެ ދަށުން ހަތަރު ތަނެއް ފާސްކޮށް ހައްޔަރުކުރި ދިވެހިންތަކެކެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބަލާފައި ވަނީ، މއ. ކިނާރާ ހައުސް އާއި މއ. އެނބޫގައި ހުންނަ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހާއި މއ. ނަމޫނާގޭގެ އިތުރުން މ. ވޯލްނަޓް ކިޔާ ގެއެކެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރި އެޓިކް އޮފީހަކީ ބިދޭސީ ރެކްރޫޓް އެޖެންސީއެކެވެ. ނަމަވެސް ބޮން ހެދުމަށް ބޭނުންކުރާ ކެމިކަލެއް ކަމަށްވާ ޓީއެންޓީއާއި ބޮން ހެދުމަށް ބޭނުންކުރާ ބައެއް އެހެން ތަކެތި ވެސް އެތަނުގެ ތެރެއިން ގިނަ އަދަދަކަށް ވަނީ ފެނިފައެވެ.
އަދި ހައްޔަރުުކުރި އެ މީހުންނަކީ އައިއެސްއަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކާފައިވާ މީހުންނާއި ސީރިއާ އަށް ދާން އުޅެނިކޮށް މީގެ ކުރިން އަތުލައިގަނެފައިވާ މީހުން ކަމަށް ވެއެވެ.
ޓީއެންޓީ ނުފެންނަ ކަމަށް ފުލުހުން ބުނނީ. ފްރޭމްއަކާ ވައްތަރީ
ސިޔާސީ ބޭނުމަށް ފުރޭމުކޮށްގެން ޖަލުގައި އެތައް އަހަރެއްީ ބައިތިއްބާފަ ދެން ކޮން ވާހަކައެއް ދައްކަން ތިއުޅެނީ، ސިފައިން އަމިއްލައަށް ބޮން ހަދާ އެެއްޗެހި އެ ތަނުގައި ބަހައްޓާފަ، މީޑިޔާ ސުޓަންޓް ޖައްސާ ޖަލައްލި ބަޔަކަށްތިވާނީ!
ރަގަޅު، ތިގޮތަށް ނުހައްގުން ހައްޔަރުކޮށްފަތިބި އެންމެން ދޫކޮށްލަންވީ! މއީީ ސަޢޫދީީ އަރަބިއްޔާއެއް ނޫން ބޭނުން ކޮންމެ ގޮތެއް ހަދަން.