ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ އައުމާއި ދެކޮޅަށް އަލްހާން ފަހްމީ ކޮށްފައިވާ ޓްވީޓެއް ގާސިމް އިބްރާހިމް ރީޓްވީޓް ކުރުމާއި އެކު އެމްޑީޕީ އެކްޓިވިސްޓުން ވަރަށް ބޮޑަށް ރުޅިގަދަވެ، ގާސިމަށް ފާޑުކިޔަމުން އެބަގެންދެއެވެ.

ރައީސް ނަޝީދުގެ ބޮޑު ސަޕޯޓަރެއް އަދި އެމްޑީޕީގެ މީސް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ވަނީ ގާސިމް ރީޓްވީޓް ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގާސިމަށް ރައްދު ދީފައެވެ.

ލޫކަސް ބުނީ "މާހަޔާތް ކުޑަވެގެން ރައީސް ނަޝީދާ ލެޑި ނުގަންނާތި" އެވެ.

https://twitter.com/Lucasjalyl/status/1049924782588710912

އެމްޑީޕީގެ އިތުރު އެކްޓިވިސްޓަކު ކުރި ޓްވީޓެއްގައި ބުނީ "ގާސިމް ތިއުޅުއްވަނީ މޮޔަފުޅު ވެންތޯ" އެވެ.

އެހެން އެކްޓިވިސްޓަކު ބުނީ "މިނިވަން ކަމުގެ ނޭވާ ލެވުމާއި އެކު ގާސިމް ބާޣީއަކަށް ބަދަލުވެ، ރައީސް ނަޝީދުގެ ޚިދުމަތްތަކުގެ މަތިން ހަނދާން ނައްތާލައިފިއެވެ."

ގާސިމްގެ ރީޓްވީޓަށް ތާއިދުކޮށް ގާސިމްގެ ދިފާޢުގައި ޓްވީޓް ކުރި މީހަކު ބުނީ ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހްލާ އަށް އެމްޑީޕީ އެކްޓިވިސްޓުން ފާޑުކިޔަމުން ދާއިރު ނަހްލާ ރިޔާސީ އިންތިޚާބުގައި ކުރި ކެމްޕޭން މަތިން ވެސް އެމްޑީޕީ މެންބަރުން ހަނދާން ނައްތާލާފައިވާ ކަމަށެވެ.

ގާސިމް މިއަދު ރީޓްވީޓް ކޮށްފައި ވަނީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ ޓްވީޓެކެވެ. ޓްވީޓްގައި އަލްހާން ވިދާޅުވެފައި ވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާންގެ ޓްވީޓްގައި ވެއެވެ.

ނަޝީދުއާ ދެކޮޅު ޓްވީޓެއް ގާސިމް މިއަދު ރީޓްވީޓް ކުރައްވާއިރު ގާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ އިބޫގެ ސަރުކާރުގެ ވަޒީރު ކަމަށް އައްޔަން ކުރަން އުޅޭ ކަމަށް ބުނެ އެމްޑީޕީ އެކްޓިވިސްޓުން ގެންދަނީ ވަރަށް ބޮޑަށް ނަހުލާ އަށް ފާޑުކިޔަމުންނެވެ. ބައެއް އެކްޓިވިސްޓުން ނަހުލާގެ ޒާތީ ކަންކަމާއި ބެހި ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ހިމަނައިގެން ޓްވީޓްތައް ކުރަމުން އެބަގެންދެއެވެ. އެމްޑީޕީގެ އެކްޓިވިސްޓުން އައިޝާ އަށް ފާޑުކިޔަމުން ގެންދާނީ ޖޭޕީގެ އެކްޓިވިސްޓުން ގެންދަނީ އެކަމަށް ވަރަށް ވަރުގަދަ އަށް ރައްދު ވެސް ދެމުންނެވެ.

މިއަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. އަޙްމަދު

    ތީތި ފަޅައިގެންދާކަށް ގިނަ ދުވަހެއް ނުނަގާނެ! ޤާސިމު ރީޓްވީޓްކުރީ އެކަން އެގޮތަށް އޮންނަންޖެހޭނޭތީ! ޤާނޫނުގެތެރެއިން އެންމެ މަތީކޯޓުން ޙުކުމެއް އައިސްފައިވާ މީހަކު ، އެމީހަކަށް އެ ޙުކުމް ތަމުފީޛުކުރެވެންވާނެ! މީގައި މައުމޫނެއް ، ޤާސިމެއް ، އަންނި އެއް އަޙްމަދެއް ނޯންނާނެ! ލަޝްކަރުނެރެގެން ކޯޓުގެ ޙުކުމް ވަޅުވައްދައިގެންނުވާނެ! ޔާމީން ކަމުނުދިޔައީ ވަކިމީހަކު ތަފާތުނުކޮށް އެންމެނަށް ހަމަހަމަޔަށް ޤާނޫނު ހިންގުމުން. މީގެކުރިން މީހުންއުޅުނީ އެގޮތަށް އެކަން ނުކޮށްގެން! އެގޮތަށް ކުރީމަވެސް ކަމަކު ނުދިޔަ!

  2. މާސް

    ޖަލައް ދާންޖެހޭނީ

  3. ބޭބެ

    އެމްޑީޕީ އެއްނު!! ގާނޫނަކަށް ގަވާޢިދަކަށް ބެލުމެއް ނޮއޮންނާނެ!! ތިން އަހަރުގެ ވެރިކަމުގައިވެސް މުޅިން އުޅުނީ އެހެން!! ގާސިމާ މައުމާނާ ނުލާ ލާހިކު ކުޅަދާނައެއްނޫނޭ އިއްތިހާދުގެ ފަރާތުން ރައިސްކަމަށް ހޮވުނު އިބްރާހިމް މުޙައްމަދު ސާލިހަށް އެމަގާމު ހުވަފެނުންވެސް ދުށުމަށް!! އެހެންވީމަ ކޯލިޝަންގެ ސަރުކާރުގައި މިހާރުވެސް އެންމެ ބާރުގަދަވާނީ މައުމޫނާ ގާސިމް އެމީހުންނާ ގެޅި ނުގަންނާތި!! އަދި އެމީހުން އެދޭގޮތަށް ކަންތައްތައް ނުކޮށް އެމްޑީޕީން އުޅެން ހަދައިފިނަމަ ވެރިކަން ޖެހޭނީ ހަމަ އޮޅާލަން!! ވަރަށް ބާރުބޮޑުވާނެ!! އެމްޑީޕީގެ އެކްޓިވިސްޓުންނާ އެމްޑީޕީ ބޭނުންހާ ގޮތަކަށް ވެރިކަން ކުރަން ނަހަދާތި!! މިނިސްޓްރީތަކާއި މަގާމުތައް ދިނުމުގައިވެސް!! ހުރިހާ ބާރުގަދަ މިނިސްޓްރީތައް އެމްޑީޕީން ނަގަން އެބަ މަސައްކަތްކުރޭ!! އޭގެތެރޭ ފޮރިން މިނިސްޓްރީ ޑިފެންސް މިނިސްޓްރީ ހޯމް މިނިސްޓްރީ ހިމެނޭ!! އަޅުގަނޑު ދެކޭ ގޮތުގައި މިތިން މިނިސްޓްރީގެ ތެރެއިން ކޮންމެވެސް އެއް މިނިސްޓްރީއެއް އެމްޑީޕީއަށްވެސް ނެގެންޖެހޭނީ!! ޖުމްހޫރީ ޕާޓީއަށްވެސް މީގެތެރެއިން އެކެއް!! މައުމޫނަށްވެސް މީގެތެރެއިން އެކެއް!! ދުންޔާ މައުމޫނު (މައުމޫނުގެ ފަރާތްޕުޅުން) ފޮރިން މިނިސްޓަރަކަށް ރަގަނޅު!! ހޯމް މިނިސްޓަރަކަށް އަބުދުﷲ ކަމާލުއްދީން ނުވަތަ އެފްއޭ (ޖޭޕީ)!! ޑިފެންސް މިނިސްޓަރަކަށް ޝަމާލް ރަގަނޅު(އެމްޑީޕީސައިޑުން)!! މިއީ ކިޔަވައިގެން ތިބި ތަޢުލީމީ ކަމަށް ގާބިލް މީހުން!! ދެން ހުރި މިނިސްޓްރީތައް ހަމަހަމަ އުސޫލުން ގާބިލް މީހުންނަށް ބަހާލަންވީ!! މިނޫންގޮތަކަށް ކަންތައްތައްކުރަން އުޅެފިނަމަ އޯކޭ ނުވާނެ!!

  4. ސަމީލް211

    ސޭޓް ފެޔަށް ގޮސްފިއްޔާ ސޭހު އިލްޔާސް ކިހިނެއްބާހަދާނީ

  5. އިބޫ

    ޤާސިމާ ނުލާ އެމް.ޑީ.ޕީ މީހުންނަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ މާބޮޑަށް ނުފުއްޕާތި އެމް.ޑީ.ޕީ

  6. ނޫނޫ

    ކޮބާ ގާސިމް ހީވޭ ކަމެއްހެން؟ އެމް.ޑީ.ޕީ މީހުން ބަލައިގަންނަ ބައެއްނޫން ތީ ކީ. ދެން އެމް.ޑީ.ޕީ.އަށް ވޯޓްދޭން ބުނެވުނީ އޭ ކިޔާ ރޯނަ ފަށާ. ހަހަހަަަ

  7. ހުސޭނާ

    ދެ ބުޅާ ކޯޅެން ފަށައިފި

  8. ހަހަހަހަ

    އޯ ސަޅި. ބޮޑު މަންޒަރު ފެންނަމުން ދަނީ.

  9. ވިސްނާ

    އެހެރަ ބަހުރަވައެއް ދޯ. ސުބުހާނަﷲ. ހާދަ ގޮތެއްނެތް ބަޔެކޭ މީ. ގާސިމްގެ މަސައްކަތް ކޮބާބާ.

  10. އާދަނު

    އާދޭ އާދޭ ނަޝީދު އާދޭ. ޖަލަށްދާން ތައްޔާރުވެ އާދޭ<<<<

  11. 3ނިރު

    ރައީސް ނަޝީދުގެ ކޮންް ޚިދުމަތެއްގެ ވާހަކަބާ މިދައްކަނީ އަހުން ހަމަ ހައިރާން ވެއްޖެ ބޭސްފަރުވާއަށޭ ކިޔާފަ ފިލައިގެން ގޮސްހުރެ ގޮނޑި ދުއްވުން ނޫން ކަމެއް ކުރިބާ!

  12. ނަގޫރޯޅި

    ސޭޓާ އެކީ ސޭހްވެސް މޑޕ އާއި ފޭޔައްޖެހޭނެ. ގާޒީން ބާގީންނަނެ، ބާގީން ގާޒީނައްވެ، އަނެއްކާ ގާޒީން ބާގީންނައްވާނެ. ކޯލިސަނުން ވޯޓު ކާމިޔާބު ކުރީ ނަސީދުގެ ސަޕޯޓު ބޮޑުވެގެންނެއްނޫން، އެއީ ބޭރުގެ ފިއްތުމައް އަދި ގާސިމް އާއި މައުމޫން ހައްޔަރުގަ ތިބީމަ މައުމޫނާ ގާސިމްގެ ސަޕޯޓަރުން ދެންއެހެން ގޮތެއްނެތިގެން މޑޕ އާއި އެއްބައިވާން މަޖުބޫރުވީ. ޔާމިން ގަދަބާރުން ކަންތައްނިންމަން މަޖުބޫރުވަނީ ބޭރުގެ ނުފޫޒުތަކުން މޑޕ އައް އިންސާފުންބެރުން ކަންތައްތައް ފަހިކޮއްދޭތީ. ބޭރުގެ ނުފޫޒު ތަކުން ނުބެހެ އަހަރުމެންގެ ނިންމުން އަހަރުމެން ނިންމަން ދޫކޮއްލާނަމަ ޔާމިންވެސް ދޫދޭނެ.

  13. ކުޑަހުއްތުބޭ

    ބޮޑު ދެގެރި ތެޅެންޏާ ކައްގަލަށް ބާރުކުރާނެ

  14. ދުމްބެ

    އައްނި ޔަކީ ބޮޑޮ ވަބާއެއް

  15. އަހުމަދު

    ކިހިނެއް މިވީ. ހަޖަމެއް ނުވި ދޯ.

  16. ޒާ

    އެމްޑީޕީއަކީ އިންސާފުން ބޭރުން ގުންޑާ ވެގެން ކަންކަން ކުރަން އުޅޭ ބައެއް.

  17. އިބޫ

    ޤަސިމް ކުތި ޚަރަދުތަކުގެ މަތިންވެސް މިހާއަވަހަށް ހަނދާންނެތުނީއެވެ. އެފަކީރު ހުސްވަންދެން ޚަރަދުކުރީމާވެސް އެމްޑީޕީން ދޭނީ މިކަހަލަ ހަދިޔާއެއްކަން ކުރިންވެސް އހަތެމެންނަށް ކުރިންވެސް އެނގެއެވެ.

  18. Anonymous

    ވ ރީތި ވާނެހެން ީވަނީ މި ފިލްމު ނިމޭއިރު ނޭވާ ހިފަހައްޓާލާގެން ތިބެންެ ޖެހޭނެހެް ހީވަނީ

  19. ޢައިޝަތު

    ލޫކަސް ހާދަ ބަހުރުވަ ހަޑިޔޭ! ލަދުކޮބާ!

  20. އަބްދުއްލާ

    ނަސީދު ދޫކުރާނަމަ ޖަލުގާ ތިބި ހުރިހާ ކުށްވެރިން ދޫކުރަންވާނެ ގާނޫނުއަސާސީގެ 17 ވަނަމާއްދާ މީހާ ފުރާފަިވާ މަގާމަކަށް ނުވަތަ މުއްސނދިކަމަކަށް ތަފާތެއް ނުކުރެވޭނެ.ނަސީދަށް ކުރި ހުކުމް ގާނޫނުގާ އެބައޮތް ހުކުމް ކުރީ ސާބިތުވެގެން . ސާބިތުކުރީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ޔައުމިއްޔާ އިންނާ މުލީއާގޭގަ ނަސީދު އަތުންލިޔެފައިވާ ލިއުމުންނާ .ޕޯޑިއަމްތަކުގާ ނަސީދު ދައްކަވާފަ ހުރި ވާހަކަތަކުން މާނަޔަކީ ކިތާބީ ހެއްކާ އިއުތިރާފީ ހެކިން. ހުރިހާ ދިވެހިންގެ ލޯމަތީ ހިންގިކަމަކަށް ދޮގު ހައްދަވަމުނަދާއިރު ވެރިަކަށް އައުމަ މަސައްކަތް ކުރަން ލަދު ނުގަނޭބާ ؟

  21. ބުލް

    އަދި މިއުޅެނީ ހުވާ ނުކުރެވި.. އެހާ އަވަހަށް ގާސިމް ހަދާނެ ގޮތެއް ހަދަން ފަށައިފި.. ގާސިމްގެވެސް ބޮލެއް ނެތީމަ މައްސަލައަކީ..

  22. މޫސަ..

    ގާސިމް ތިކުރެއްވީ ހަމަ ވަރަށްރަގަޅު ކަމެއް ގާނޫނީ އިމުގެތެރެއިން ނަޝީދު މިނިވަންވާންޖެހޭނީ އެެމްޑީޕީގެ އެކްޓިވިސްޓް ލޫކަސް ޖަލީލް ކަންކަން ހަމަޖް ކުރަން ދަސްކުރަން ވެއްޖެ...ހެހެހެހެހެހެެ

  23. ލާމު

    އެޓްވީޓްގައި ނެތް ގޯސްވާހަކައެއް. ކޯޓުން ގޮތެއް ނިމިގެންނޫނީ މިނިވަނެއް ނުވާނެ. ކޯޓުން ނިނިމޭނަމަ މިނިވަނެެއް ކަމަށް ނުބެލެވޭނެ. އަންނިއކަސް ގާސިމަކަށް މައުމޫނަކަސް. އެހެންނޫނީ ކޯޓުތަކުގެ ބޭނުމެއްނެތް.

  24. ޙައްޤު ބަސް

    ﷲ ގަންދީ ހުވާކޮށްފަ މި ބުނަނި ގ.ކެނެރީގޭ މުޙައްމަދު ނަޝީދު އަކަށް މި ދިވެހި ފަސްގަނޑަކުން ރައްކާތެރިކަމެއް ނުލިބޭނެ. މީ ނަސޭހަތެއް ނޫން. މީ އިންޒާރެއް. މި ޤައުމަށް އެނބުރި ނާންނާތި. ☝️ﷲ އަކްބަރު

  25. ވަހީދު

    ދައުލަތުގެ ނިޒާމުގެ ތެރެއިން ކަންކަން ކުރުމަށް އެދުމަކީ ލެޑިގަތުން ކަމަށް އެމްޑީޕީގެ ނަގާކިޔާ މީހުންނަށް ވިސްނޭކަމީ ހައިރާންވާ ކަމެއްނޫން. އެއީ ރޭވިގެން ގާސިމު ކޯލިޝަނުން ބޭރުކުރުމަށް ހިންގޭ އެންޓިކެންޕޭނެއް... ބަލަން ތިބެމާ ވާއެއްޗެއް.

  26. ޒީނާ

    ވަގުތު މީހުން ހާދަ މަސައްކަތެއް ކުރެޔޭ ކޯލިޝަން ބައިބައި ކުރަން. ގައުމުގެ ހަމަޖެހުން ނަގާނުލާބަލަ.

  27. އަލިކޮއި

    އެމްޑީޕީ އެކްޓިވިސްޓުންނަށް ލާރިދީގެން މިކަން ކުރުވަމުން މިދަނީ ސީދާ އަންނި ވެރިކަމަށް އަންނަން ބޭނުންވެގެން. ބަލަންތިބޭ ރައީސް ނަޝިދު މާލެ އައސިް މާ ގިނަދުވަހެއް ނުވާނެ އެމްޑިޕީ އިން ނައިބް ރައީސް ގެ އިތުބާރު ނެތް ކަމުގެ ވޯޓްނަގަން މަސައްކަތް ފަށާނެ ޔާމީން އާއި ގުޅިގެން .. އެމްޑީޕީ 2 ފަޅިވުމުގެ ކުލަވަރުވެސް ވަރަށް އަވހަށް ފާއްދާލާފާނެ ކަމުގެ އަދު އެބައިވޭ.. އިސްތިއުފާ ރައީސް މި ގައުމު ދުއް އެންމެ ބޮޑުޚާއިނު އަދި ބާޣީ މުހައްމަދު ނަޝިދު(އަންނި) އަކީ އިންޑިއާ ސަރުކާރު ގެ އަޅެއް..

  28. ކަނަމަނަ

    ތިޔަވަނީ ހަމަވާންވީގޮތް. ޤާސިމަށް ޖެހެނީ ދެއަތްފޮޅާލާފައި ހުންނަން. ރާމާމަކުނުގެ ބޯކިބާބެހުމަށް ތިކަން ނިމޭނީ. ބަލަންތިބޭ.

  29. މަ

    ނަޝީދާ ލެޑޭނެ ދިވެހި ހުރިހާ ރައްޔިތުން

  30. ބުޅާ

    އަލްޙަމްދުލިއްލާހި. އަހަރުމެން ކޯޅޭޝަން ތެރެއިން ދެކެން ބޭނުންވާ ދުވަސް އަންނަނީ.

  31. ޟަޢީފު

    އަންނި އަށް ނުގެޅޭން ވީ އެއީ މަތީންފައިބާފަހުރި މީހެއްތަ! އޭނަ ކުރި ކުށަށް ހުކުމް ކުރީ. ވެރިކަން ކުރިޔަސް އޭނަ އަށް ގާނޫނުން އެންމެން ހަމަ ހަމަ ކުރާކުރުމުން ބަރީއްޔަ ވެގެން ނުވޭ. ލޫކަހެއް އެހެން އެއްޗެއް ކިޔާނެކަމެއް ނެތް. ހަޖަމުގެ މައްސަލަ އުޅޭތީ އެއުޅެނީ. ދެން އެހެން ނޫނަސް ކޮން ލޫކަސް އެއްތަ. އެއްވެސް އަދަބެއް އަޚްލާޤެއް ހުންނަ ބައެއް ނޫން އެއީ. މި ސިޔާސީ ބައިވަރު ގަނޑާއި ހެދީ އުޅެވެން ނެތޭ މިހާރު.. ގައުމު ހަލަބޮލިކޮށް ހީވަނީ އެހެންފަދަކަމެއް ހެން. އަންނި ރާއްޖެ އަިމަ ހައްޔަރު ކުރާނެ. ޙައްޔަރު ކުރެވެން ޖެހޭނެ. އެހެން ނޫނީ ކަލޭމެން ތިގެނައި ޑިމޮކްރަސީގެ ބޭނުމެއް ނެތް. ތިންބާރު ވަކިވެފައޭ ކިޔައިގެން ރައްޔިތުން ގަޅަހައްދައިގެން ފިތުނަ އުފައްދަން ނޫޅޭ...

  32. ފަރާޒު

    އިންޒާރުދޭނެކަމެއްނެއް މިހާރަކު އަދިވެސް އުންދޯއްޔައްލާގެން ހެއްލާ

  33. ނަންނި

    އަންނި ވީ އެއަށްވުރެ ގިނަދުވަހަށް ޖަލަށް ލާން. އިބޫވެސް ހޮވުނީ ކޯލިޝަންްގެ ސަބަބުން. ހައްހައްހާ. ކޯލިޝަން ރޫޅެނީ.