ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަން ތަކެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ފުވައްމުލަކުގައި ބަނގުރާ އުފައްދުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންތަކެއްގައެވެ.

އެގޮތުން ފުވައްމުލަކުގެ ޗަސްބިން ހިމެނޭ 3 ސަރަހައްދެއް ބަލައިފާސްކޮށް، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 20 ލީޓަރުގެ ހަންތަކެއް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަޠީފް

    ޖަޒީރަރާއްޖެ ފައުޅުވުމުގެ ކޮޅުމަތި! ކުޅިސަމާހުންނާނެ ! ރޯލަރޯލަ ތިބޭ ބޯގަޅިން!

    • ހ

      ލަތީފޫ... ތިޔަކީ އަބަދުވެސް މިތާ ކުރާ ކަމެއް.. ކޮންމެހެން ޖަޒީރާ އޭ ކިޔާނެ ކަމެއް ނެތް...