23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދުސްތޫރީ މައްސަލައެއް ވެރިކަން ކުރާ ޕާޓީ ޕީޕިއެމް އިން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، މިއަދު އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، ރައީސް ޔާމީންގެ ފަރާތްޕުޅުންނެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތަފްސީލެއް ޕީޕީއެމް އިން ނުދެއެވެ. ޕީޕީއެމް އިން ހަމައެކަނި ބުނީ އެއީ ދުސްތޫރީ މައްސަލައެއް ކަމަށާއި އެ މައްސަލަ، ރާއްޖޭގެ އެންމެ މަތީ ކޯޓަށް ވެއްދީ އިންތިޚާބާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ސަޕޯޓަރުން ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށެވެ.

އިންތިޚާބާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ޕީޕީއެމުގެ ސަޕޯޓަރުން ހުށަހަޅާފައިވާ ކަމަށާއި އިންތިޚާބާ ގުޅޭ މައްސަލަ ކޯޓަށް ވައްދަން ރައީސް ޔާމީން ނިންމެވީ އެ މައްސަލަތަކަށް ބައްލަވާފައި ކަމަށް ޕީޕީއެމް އިން ބުންޏެވެ.

ޕީޕީއެމް އިން އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެޕާޓީގެ އެކްޓިވިސްޓުން ގެންދަނީ އިންތިޚާބާއި ގުޅޭ ގިނަ މައްސަލަތަކެއް މީސް މީޑިއާގައި ފާހަގަ ކުރަމުންނެވެ. އެގޮތުން އަނގޮޓިއެއް ބޭނުން ކޮށްގެން ވޯޓް ކަރުދާހުގައި ފާހަގަ ޖަހާފައިވާ ކަމަށާއި އަދި ވޯޓް ކަރުދާސް ޕްރިންޓް ކުރުމުގައި ވެސް ގޯސްތަކެއް ހަދާފައިވާ ކަމަށް ޕީޕީއެމްގެ އެކްޓިވިސްޓުން ތުހުމަތު ކުރެއެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ވެސް ޕީޕިއެމް އިން ގެންދަނީ ބޮޑެތި ތުހުމަތަކެއް ކުރަމުންނެވެ. ބައެއް މެންބަރުންގެ އެކައުންޓަށް އެތައް މިލިއަން ޑޮލަރެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ބުނެއެވެ.

އިންތިޚާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާއިރު ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި އެހެން ހުރިހާ މެންބަރުން މިހާރު ތިއްބެވީ ސްރީލަންކާގައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އަޙްމަދު

    ކޮނމެއަކަސް ވަރަށްބޮޑަށް ވޯޓާވަނީ ކުޅެފަ! ވޯޓުންވަނީ ވައްކަން ކޮށްފަ! ޔާމީނަށް ލިބުނު ވޯޓުން ގާތްގަނޑަކަށް 26000 ވޯޓްވަނީ ޕަކަޅުކޮށްލާފަ! މިރަށުން އިދިކޮޅަށް ލިބޭނީ 200 ވޯޓު! އެކަމަކު 700 ވަނީ ގުނާފަ!

    • .

      .ހާދަ މޮޅޭ

    • އަލީ އަހުމަދު

      ވޯޓު ލިބޭނެ ވަރެއް އެނގޭނީ ހެއްދެވިފަރާތަށް އެހެން މީހަކަށް ނޭންގޭނެ، ސަބަބަކީ ދެފުއްކެހެރި މީހުން ގިނަވުމާ، ވޯޓު ފޮށްޓާ ހަމައަށް ދާތަނުން މިނިވަނަކަށްވުން، އޭގެކުރިން އޮތީ މަޖުބޫރުކަމެއްގެ ތެރޭގަ، އެހެންވެ ބުނާނީ މިވެނި މީހަކަށޭ ވޯޓު ދޭނީ، އެކަމު ފޮށްޓާ ހަމައަށް ދިޔާމަ، އެމީހަކު ބޭނުން މީހަކަށް ވޯޓު ލާނީ.. ތިޔަ ބުނާހާ ގިނަ ވޯޓުތަކެއް ޔާމީނަށް ލީނަމަ، އެވެރިންގެ މުޒާހަރާ އެހާ ވަނދުކޮށް ނުދިޔާސް.. ހެހެހެ ދެން ލަލަލާ

  2. ކުންބެ

    ދެންލަލާ

  3. ޝަމްއޫނު

    ވޯޓުން ވައްކަން ކޮށްެގެންނުވާނެ. އަހަރުމެން ބަސްބުނެފިން.

  4. ޢަބްދުﷲ

    ތިޔައީ ވަރަށް އުފާވެރި ޚަބަރަކަށް، ޔަޢުނީ، މިރާއްޖެއަށް ފައިދާހުރި ރަނގަޅު ޚަބަރަކަށް ވެދާނެއެވެ. އެހެނީ، 2013 ވަނައަހަރާއި 2018 ވަނައަހަރާއި އަޅައި ބަލާއިރު، 2013 ވަނައަހަރުގައި ދިމާވެފައިވާ މައްސަލަތަކާއި 2018 ވަނައަހަރުގައި ދިމާވެފައިވާ މައްސަލަތައް ފަރަގުބޮޑު ތަފާތަކުން ތަފާތެވެ. މިގޮތުންބަލާއިރު، އިންތިޚާބުގެ ދާއިމީ ނަތީޖާ އީސީގެ ފަރާތުން ރަސްމީގޮތުން އިޢުލާނު ނުކުރަނީސް، އީސީގެ މެންބަރު ޙަބީބުގެ އަމިއްލަ ޓްވީޓަކުން މުޅި ރާއްޖޭއަށް ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ހާމަކޮށްފައިވުމާއި، އިންތިޚާބާބެހޭ ޝަކުވާތަކެއް ހުއްޓައި އީސީގެ މެންބަރުން ހިތުހުރިހައި ގޮތަކަށް ރާއްޖޭންބޭރަށްގޮސް ވީޑިއޯ ކޮންފަރެންސް ހަދައި ޤާނޫނާއި ޚިލާފަށް ނުރަނގަޅު ނުފޫޒު ބޭނުން ކޮށްފައިވުމާއި އަދި އެމެންބަރުންނަކީ، ޕީޕީއެމުގެ މާސިންގާ ދައުރެއް އޮވެގެން މަޖިލީހުން ޖާގަލިބިފައިވާ މެންބަރުން ކަމަށްވާއިރު، ވޯޓުނެގުމާ، ވޯޓުގުނުމާ، ނަތީޖާ އިޢުލާނު ކުރުމުގެ ތެރޭގައި ޕީޕީއެމާއި ދެކޮޅަށް ފާޅުގަިއި ގަދަބަސް ބުނަމުން ގެންދަވާފައިވުމާ، ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ބުނުމުގެ އެއްވެސް ޙައްޤެއް، ބާރެއް، އިޚްތިޔާރެއް، ލިބިފައިނުވާ ޙާލަތުގައި އީސީގެ ރައީސް ޝަރީފު ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ބުނެފައިވަނީ، ޤާނޫނުގައިވާ ގޮތުގެމަތިން އެކަން ކުރަމުންދާ ގޮތާއި ޚިލާފަށްކަމާ، ޤާނޫނީގޮތުން އެފަދަވާހަކައެއް ނުބުނެވޭފަދަ މަޤާމެއްގައި، ވަކިބައެއްގެ ތާއީދުހޯދައި ލިބިގަތުމަށް ކުރެވޭ މިބާވަތުގެ ކަންކަމަކީ، ކޮމިޝަނުގެ މުސްތަޤިއްލުކަން ކަށަވަރު ކޮށް ނުދޭ ކަންކަމަށްވާއިރު، އެކަމަށް ކަނޑައެޅިފައިވާ ވަގުތުޖެހުމުގެ ކުރިން ކޮށްފައިވާ މިބާވަތުގެ ކަންކަމަކީ، އާދަވެގެން ކަންހިނގަމުންދާ އުޞޫލުން ބޭރުގައި އީސީގެ ފަރާތުން މިއިންތިޚާބުގައި ކޮށްފައިވާ ކަންކަމަށްބަލާއިރު، މެލޭސިޔާގައި އެކައުންޓްތަކަށް ކަޅުފައިސާ ވަދެފައިވާ ކަމުގެ މައްޗަށް ލިބިފައި ޑޮކިޔުމެންޓޭޝަންތަކަކީ، މިކަންކަމަށް ބާރުލިބިދޭ ޕޮލިހުގެ ލިޔުންތަކެއް ކަމަށްވާއިރު، މިއިންތިޚާބާބެހޭގޮތުން ދެކެވޭ މިބާވަތުގެ ވާހަކަތަކުގައި މިކަންކަމަށްވެސް އެޑްރެސްކުރެވޭނެއެވެ.

  5. މީހާ.

    ޙިތުގާ ޝައްކު އުފެދޭ ކަމެއްވާނަމަ އެކަމެއް ބެލުމަކީ މައްސަލައެއްނޫން.

  6. ޢަބްދުﷲ

    ތިޔަ މައްސަލައަކީ، ރަނގަޅު މައްސަލައެއް! ތިޔަ މައްސަލާގެ ސަބަބުން މިރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުމާ ހިމޭންކަން ލިބިގެންދާނެ! މިނިވަންކަމާ، ސިޔާދަތާ، އިސްތިޤްލާލު ރައްކާތެރިކުރުމަށް ހިތްވަރުލިބޭނެ! ރައްޔިތުންގެ ނިންމުން ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދެއްވުމުގައި ކުރަންޖެހޭ އެއްވެސްކަމެއް ނުކޮށް ދޫކޮށް ނުލެވޭނެ! ތިޔަ މައްސަލާގެ ނަތީޖާއަކަށްވާނީ ސިޔާސީވެރިން އެއްގަލަކަށް އެރުން!

  7. ޒާ

    މިކަމުގައި އެންމެ މޭކަރާނީ އެންޑީޕީ މީހުން. އެއީ އިންސާފު ދެކެ މާ ބިރުގަންނަ ބައެއް. ގޯހެއް ނުހަދާނަމަ ކީއްވެތަ ކޯޓު ދެކެ ބިރުގަންނަނީ؟

  8. ޤައުމީ ލޭ

    ކެތްތެރިވެ ތިއްބަވާ(.) ހުރިހާ ފަރާތްތަކުންވެސް އަދުލު އިންސާފުން ޢަމަލުކުރެއްވީމަ ހުންނާނީ ރަނގަޅަށް(.) މުސްކުޅިން ބުނެއެއްނު، ފުރިފަހުރި އެއްޗެއް ގުޑުގުޑެއް ނާޅާނޭ(.) އެހެންވެއްޖެއްޔާ، ދެން ވާގޮތް ބަލަން ކެތްތެރިކަމާއެކު ރައްޔިތުން ތިއްބަވާ(.) އެންމެ ކުޑަދުންވަންތަ، އެންމެ މޮޅަށް ދެކެދެނެވޮޑިގެންވާ ފަރާތަކީ ޙާލިޤްވަންތަ ﷲ ކަން ހިތްމައްޗަށް ގެނެސް، ރުޅިވެރިކަން އެއްވެސް ފަރާތަކާމެދު އިސްނުކުރައްވާ(.)

  9. ހުސޭނު

    ސައްކުވަންޔާ އިބޫ ހޮވުނީތޯ ނޫނީ ހޮވީތޯ ބަލައިލުމަކީ ގޯހެއްނޫން. 2013ގަވެސް ހަމަބެލީތާ. ވޯޓުލާނީ ރައްޔިތުން އެހެންވީމަ ތެޅޭކައް ނުޖެހެ. ކޮންމެ އިރަކުން ހުވާކުރިޔަސް ހުވާކުރާ ދުވަހުން ފެށިގެން 5 އަހަރުގެ ދައުރެއްލިބޭނެ. ދެން ކޮންކަމަކާތޯ އަޅުގަޑުމެންގެ ނިންމުން ދަމަހައްޓަން ފުރާނައިންވެސް ގުރުބާންވާނަމޭ ތިގޮވަނީ؟ ޑިމޮކްރަސީ އާއި އިންސާފުގެ ބޯޑު ގެންގުޅެންޔާ މައްސަލަތައް ބަލަން ފުރުސަތު ދޭން ހިއްވަރުވެސް ހުއްނަންވާނެ.

  10. Anonymous

    ބައެއް ވޯޓްފޮށިތައް އިޢުލާންކުރިއިރު ކިއުނީ މަތީއަދަދު ޔާމީނަށް ލިބފައިވާ ފޮށިތައް އިދިކޮޅަށް އިބޫއަށް ބަދަލުކޮށްގެންނެވެ. ބައެއް ރަށްރަށުގެ ފޮށިތައް ގުނާ ނުނިމެނީސް އަވަސްއަރުވައިގެން ކިޔާފައިވެއެވެ. ބޭރަށް ފުރައިގެންގޮސްފައިވާ އީސީގެ މެމްބަރުންތިބީ އެމްޑީޕީގެ ހައިލެވެލްގެ އެކްޓިވިސްޓުންނާއިއެކު ސިރީލަންކާގެ ސެވެންސްޓަރ ހޮޓެލްތަކުގައެވެ. އަދި މައެއް މަޢުލޫމާތްތަކުން އިގޭގޮތުގާ ގަވާއިދާއި ޚިލާފަށް ވޯޓްފްށިތައް ކަނޑާއިގެން މަސައްކަތަތައްކުރި އަދި ކޮމްޕްލެއިންސް ބިއުރޯގެ ދެމެމްބަރުން ކަނޑާލި މައްސަލަ މިއީ ޖަރީމާ ހިންގާފައިވާކަމުގެ ބޮޑެތި ހެކިތައް، ތަހުގީގުނުކޮށް ދޫކޮށްލައިގެން ނުވާނެ، އެތައް ރައްޔިތެއްގެ ޙައްޤުތައް

  11. Anonymous

    ނުވަނެ އިންޝާالله

  12. احمد

    انشاء الله ނުވާނެ ތިކަމެއް

  13. އަބްދުއްލާ

    އެމްޑީޕން ވޯޓްލީދުވަހު އާންމުކުރީ ވޯޓް ކަރުދާހުގަ މައްސަލަ އުޅޭ ކަމަށާ 1 ގަ ފާހަގަ ޖަހައިފިނަމަ އެ ފާހަނގަ 2 އަށް ބަދަލުވާނެ ކަމަށް ބުނެ މީހުންގެ ސިކުނޑިތަކާ ކުޅެފައިވޭ .އަޅުގަނޑު ކިޔުގާ ހުއްޓާ މީހަކު އަޅުގަނޑު ގާތު އެވާހަކަ ބުނި އަޅުގަނޑުބުނިން ތިވާހަކަ ގަބޫލުކުރާނީ މޮޔައިންކަމަށް.

  14. ޕީޕީމް

    އިރާދަކުރެއްވިޔާ ކާމިބު ވާނެ.

  15. ޢަބްދުﷲ

    ރައްޔިތުންގެ ނިންމުން ރައްޔިތުންނަށް ލިބިފައިނުވާނަމަ، ކޯޓްމެދުވެރިކޮށް އެޙައްޤުތައް ހޯދޭނެއެވެ. މިހާތަނަށް ކުރެވުނު ތުހުމަތުތަކަށް އީސީގެ ފަރާތުން ޖަވާބުދީފައިނުވާއިރު، ހަނުހުރުމުގެ ފުރުޞަތު އީސީގެ ފަރާތުން ބޭނުންކޮށްފައިވާއިރު، މިބާވަތުގެ ކަންކަމުގައި ތުހުމަތުން ބަރީއަވުމަށް އެއްވެސް ބަހެއްނުބުނެ، ހަނުހުރުމަކީ، އެއްބަސްވުން ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބެލޭނެއެވެ.

  16. މާރިޔާ

    ﷲރަހުމައްފުޅުން
    ޔާމިންއައް ކާމިޔާބްދެއްވާމިގައުމްސަލާމައްކުރައްވާށި އާމިން

  17. ؟؟؟؟

    ވައްކަމުގެ ވާހަކަ ނުދައްކާ ފްލެޓް ދިނުމުގައި ވައްކަން ކުރި ބަޔަކު އެހެން މީހުންނަށް ވަގަށް ގޮވުން މާ ރީއްޗެއް ނޫން.

  18. ހަސަންކޮ

    ގާސިމް އިބުރާހިމް ވެސް ޔާމީން އަށް ތާއީދު ކުރަން ނިންމައިފި...!!!

  19. ނާނު

    އަސްލު ޖަލު ދެކެބިރުގަންނަނީ..

  20. ޫޔާސިރު

    ވަގުއްނައް ހީވާނީ ދެން އުޅެނީވެސް ހުސް ވަގުއްނޭ ! ތި ކޮމަންޓް ކުރާ މީހުން ނައް ބުނެލަން ބޭނުން ވަނީ 2013 ގަ ކުރި ވައްކަން ކޮބައިހޭ ؟ ކޯޓް ތަކުން ހުކުން އިއްވި މީހުން މިއަދު ޖަލުތަކުން ތި ނެރެނީ ކީއްވެހޭ! މީހޭ ތިބުނާ އިންސާފާއި ހަމަ ހަމަ ކަންމަތީ ތި ހިންގި ވެރިކަމަކީ ޔާމީނު .ކެވިފަ އޮއިލެއް ގިނަކަމުން ހެދިފަ ހުރި ގޯސް ތައް ބޮޑުކަމުން ކުރެވުނު ވައްކަން ގިނަކަމުން ދެން އޮތީ ކުޑަގޮޅި ކަން އިނގޭތީވެ ހަމަ ތެޅެނީ . ނަމަ ނަމަ ހަނދާން ކުރާތި ކޮއްމެ ފަހަރަކު ކޯޓުތަކައް ލައިގެން ވައްކަން ކުރަން ނުވިސް ނާތި އެޖާގައެއް ނުދޭނަން އެމް ވީ ޕޮލިސް

    • ވޯޓް ވަގު

      އެމް ވީ ޕޮލިސް އޯ. ކޯޓަށް ވެސް ދާނަން. ވޯޓު ބާތިލުވެސް ކުރާނަން. މިބައިގަނޑު ތެޅޭ ވައްތަރުން އެކަކަށް ވެސް އޮޅިގެން ނޫޅޭ ވޯޓުން ވައްކަން ކޮށްފިކަން

  21. ބަނާނަ މޭން

    ތިލިބުނު ވޯޓުކޮޅުވެސް ދެން ޔާމީނައް ނުލިބޭނެ

  22. Anonymous

    ޝަރީިފ ހިފަހަިތަަ

  23. ހުސޭނުބޭ

    އަހަރުމެން އަދިވެސް ވޯޓްދޭނީ ރައީސް ޔާމީނަށް، އިންޝާﷲ، މިގައުމަށް އެއްވެސް ގޮތަކުން ދެރައެއް ލިބޭކަށް ބޭނުމެއްނޫން، މި ފަސްއަހަރު ގައުމު ދިޔައީ ވަރަށް އަމާންކޮށް، ބޭރުގެ ނުފޫޒުން ގައުމު ސަލާމަތްކުރަން ބުރަ މަސައްކަތް ކުރެއްވި، ހިތާމަޔަކީ ގިނަ ރައްޔިތުން ގައުމާ ދޭތެރޭ އެއްވެސް ވަރަކަށް ފިކުރު ނުކޮށް އަމިއްލަ އެދުން އިސްކުރީ، މިހާރު ފެނިގެން މިދަނީ މިހުރިހާ ކަންކަން ފާލުން ނެއްޓިގެންދާ މަންޒަރު، މިއީ ގައުމުދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިޔަކު ހިތާމަ ކުރަންޖެހޭ ކަންކަން.

  24. ހުސޭނުބެ

    އަހަރުމެން އަދިވެސް ވޯޓްދޭނީ ރައީސް ޔާމީނަށް، އިންޝާﷲ، މިގައުމަށް އެއްވެސް ގޮތަކުން ދެރައެއް ލިބޭކަށް ބޭނުމެއްނޫން، މި ފަސްއަހަރު ގައުމު ދިޔައީ ވަރަށް އަމާންކޮށް، ބޭރުގެ ނުފޫޒުން ގައުމު ސަލާމަތްކުރަން ބުރަ މަސައްކަތް ކުރެއްވި، ހިތާމަޔަކީ ގިނަ ރައްޔިތުން ގައުމާ ދޭތެރޭ އެއްވެސް ވަރަކަށް ފިކުރު ނުކޮށް އަމިއްލަ އެދުން އިސްކުރީ، މިހާރު ފެނިގެން މިދަނީ މިހުރިހާ ކަންކަން ފާލުން ނެއްޓިގެންދާ މަންޒަރު، މިއީ ގައުމުދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިޔަކު ހިތާމަ ކުރަންޖެހޭ ކަންކަން.

  25. ޢަލީ

    ރައްޔިތުންގެ ލޯތްބެއް ކޯޓަކުން ނުހޯދޭނެ .މަށާ މަގޭ އާއިލާގެ ވޯޓް ޔާމީން އަށް ހަރާމް

  26. ވާނެ

    ޢައިޝާގެ ދެކަބަލުން ޔާމީނަށް ތާއީދުކުރަން ނިންމައިފި

  27. ޢަބްދުﷲ

    ވަގުތީ ނަތީޖާއަކީވެސް އީސީގެ ފަރާތުން ރަސްމީގޮތުން އިޢުލާނު ކުރަންޖެހޭ ނަތީޖާއަކަށްވާއިރު، ސަރުކާރުގެ ކަމާބެހޭ ފަރާތުން (އީސީ) ވަގުތީ ނަތީޖާ ރަސްމީގޮތުން އިޢުލާނު ނުކުރާހައި ހިނދެއްގައި އަމިއްލަ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތަކުން ވަގުތީ ނަތީޖާ އިޢުލާނު ކުރުމަކީ، ޤާނޫނީގޮތުން ބަލައި ގަނެވޭނެ ކަމެއްނޫނެވެ. އެހެނީ، އަމިއްލަ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތަކުން އަވަސް އަރުވާލައިގެން ކިޔައިދޭ ނުވަތަ ބުނެދޭ ޚަބަރުތަކާއި މަޢުލޫމާތުގެ ޞައްޙަ ކަމުގެ މައްޗަށް ދޭތެރެ ދޭތެރެއިން ސުވާލުއުފެދި، މައްސަލަ ޖެހެމުންދާއިރު މިކަމަކީ، އެއްވެސް މީހަކަށް ދެބަސްވެވޭނެ ކަމެއްނޫނެވެ.

  28. ާބިސްމަޅި

    އިންތިޚާބް ބާތިލުކުރަންފެނޭތޯ ނުވަތަނޫންތޯ ބަލަންވީނު؟ މައްސަލަ އުޅެންޏާ އެވެސްކުރެވިދާނެކަމެއް. ވިޔާނުދާ ބޭކާރު ވާހަކަތައްދައްކާ ޖަދަލުކޮށް އެއްބަޔަކުއަނެއްބަޔަކަށް ވަގައްގޮވާ ދުލައްއާހާ އެއްޗެއްގޮވާ ވަގުތުނަގާ ނުލާ މިލަހަލަ ކޮންމެވެސް ސުލްހަ ެރިގޮތެއް އިޚްތިޔާރުކުރީމަ އެވީ.

  29. ކަލޯ އައްޕަ

    ކުރިޔަށްގެންނދޭ. ނޮވެމްބަރ 17 އަންނަށް އަދި ދުވަސްކޮޅޭއް އެބައޮތް. އަނެއްކާވެސް ސްޕްރިމް ކޯޓުން ހުކުމް ނެރިަ ހުވައި ކޮށްފަ " ޑޯންޓް އަންޑަ އެސްޓިމޭޓްމީ " "އަހަރެންގެ އަސްލު ސިފަ އިންތިޚާބުގެ ފަހުން ދައްކާނަން" އަވަހަށް މިދެކަންތަޢް ކޮށްފަ ދިވެހި މާލިއްޔަތުން ވައްކަން ކޮށްލާ