ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ނިސްބަތްވާ އިސް އޮފިޝަލުންތަކެއް ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރުކުރަން އުޅޭ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެމްބަރުން އަލީ ހުސައިން ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދު މެންދުރު 12:30 ހާއިރު ޓްވިޓާ މެދުވެރިކޮށް އެފަދަ މައްސަލައެއް ހުށަހަޅުއްވަން ތައްޔާރުވަމުން އަންނަކަމަށް އަލީ ވިދާޅުވިއިރު، މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ ވަނީ އެ މައްސަލަ ހުށަހަޅާފައިވާކަމަށް ވިދާޅުވެފައެވެ.

އަލީ ހުސައިން ވިދާޅުވީ، މި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ގިނަ އަދަދެއްގެ ފައިސާތަކެއް ރާއްޖެއިން ބޭރަށް ގެންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށްވެސް އޭނާ ވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ އަރިހުގައި އެދިފައެވެ.

ނަމަވެސް މިކަން ކުރަން އުޅެނީ ސަރުކާރުގެ ކޮން އޮފިޝަލުންތަކެއްކަން ވެސް އަދި އެ ފައިސާތައް ރާއްޖެއިން ބޭރަށް ގެންދަަން އުޅެނީ ކޮންއިރަކު ކަމެއްވެސް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އަލީ ހުސެއިންގެ މި ވާހަތަކާއެކު މީސް މީޑީއާގައި އެއްބަޔަކު ވަނީ މިއަދު މެންދުރު ފަހުގެ ފްލައިޓަކުން އެ ފައިސާތައް ރާއްޖެއިން ބޭރަށް ގެންދަން އުޅޭ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާއަލީ ހުސައިން

    ދެންފަހެ، ބަޔަކު މޮޔަވާވަރުގެ ވާހަކަތައް މިދައްކަނީ. ޚޮންތާކަށް ކާކުތަ ގައުމުން ފައިސާ ބޭރުކުރަން އުޅެނީ.

  2. ސައިލެންޓް މެޖޯރިޓީ

    މީނަ މާމޮޅު ދިވެހި ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސަށްވުރެ މީހާދަ ގަދަ ގޮލައެކޭ މީނަ މީ ވަން.އެން. ޢޮންލީ ވަކީލު މަޖިލިސް ކޭމަރޓް ސީ.އައިޑީ މޭން ގަދަ ކަލޭ

  3. ބޭބެ

    ފޭކް ވާހަކަ!! އަލީ ވަހީދު ކަރާ ވިއްކައިގެންނޭ ކިޔާފަ ބޫން ބޫން ކިޔާފަ އެމްޑީޕީއަށް ބަދަލުވުމުގެ މަރުޙަލާތރެއިން ނެގި ފައިސާގަނޑު ކޮބާ!! ކަލޭގެ މައްސަލަ ޖެހެނީ ފުރަތަމަ ތަހްގީގުކުރަން!!

  4. ދުމޭ

    މިއީ ހަމަ ފްލޯކެއް. ހަގީގީ ސީރިއަސް މައްސަލއެއްނަމަ މީސްމީޑިއާއަށްވުރެކުރިން ހުށަހަޅާނީ.

  5. ހުސްނީ

    ދެން އަންނަ ދައުރެއްގައި މަޖިލިސް މެމްބަރުކަމަށް ކުރިމަތިލާ ވޯތް ހޯދަން މަ

    ކައިރިއަށް ނާންނާތި. ވަރަށް ސާފް ކޮށް މިބުނަނީ މަނުދޭނަން ޢަލީ ޙުސައިނަކަށް

    ވޯޓެއް.