ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ސީރިއާ އަށް ދިޔަ ދިވެހި އަންހެނެއްގެ ތަޖުރިބާތައް ލިޔެފައިވާ ފޮތެއް އިނގިރޭސި ބަހުން ނެރެފިއެވެ.

"އަ ޓިކެޓް ޓް ސީރިއާ" ނަމަކަށް ކިޔާ މިފޮތް ލިޔުއްވާފައި ވަނީ އިންޑިއާގެ ލިޔުންތެރިއެއް ކަމަށްވާ ޝިރިޝް ތޮރާތު އެވެ. ޒުވާން ދިވެހި އަންހެނަކު ފިރިމީހާ އާއި އެކު ސީރިއާ އަށް ދަތުރު ކުރި ގޮތާއި ސީރިއާގައި ދިރިއުޅުން ވޭތު ކުރި ގޮތް މިފޮތުގައި ވަނީ ގެނެސްދީފައެވެ.

ފޮތުގައި ބުނެފައިވާ ގޮތުގައި ދިވެހި އަންހެން މީހާގެ ނަމަކީ ޒާހީ އެވެ. ޒާހީ އޭނާގެ ފިރިމީހާ އާއި އެކު ސީރިއާ އަށް ދިޔައިރު އެދެވެނީ ކޮން ތަނަކަށް ކަމެއް އޭނާ އަކަށް ނޭނގެއެވެ. ފޮތުގައި ބުނެފައިވާ ގޮތުގައި ފިރިމީހާ ޒާހީ ކައިރީ ބުނީ މިދަނީ ސިންގަޕޫރަށް ޗުއްޓީ އަަކަށެވެ.

ދިވެހި އަންހެނަކާއި ބެހޭ ގޮތުން ނެރެފައިވާ ފޮތުގެ ބޭރުގަނޑު
ދިވެހި އަންހެނަކާއި ބެހޭ ގޮތުން ނެރެފައިވާ ފޮތުގެ ބޭރުގަނޑު

ދީނީ ހަރުކަށި ޚިޔާލު ގެންގުޅޭ ފިރިމީހާ އާއި އޭނާގެ އާއިލާގެ މެންބަރުން ވެސް ޒާހީ އާއި އެކު ސީރިއާ އަށް ދިޔައެވެ. އޭގެތެރޭގައި ފިރިމީހާގެ އެއްބަނޑު އެއްބަފާ ދެއަންހެނުން ވެސް ހިމެނެއެވެ. އޭގެތެރެއިން އެކަކުގެ ފިރިމީހާ ވަނީ ސީރިއާގައި ޖާނުންފިދާވުމުގެ ހަމަލާއެއް ދީގެން މަރުވެފައެވެ.

ޒާހީ ރާއްޖެ އިން ފުރުމާއި އެކު އޭނާ ގެއްލިގެން ޒާހީގެ ބޭބެ ފުލުހުންނަށް މައްސަލަ ވެސް ހުށަހެޅިއެވެ. އަދި ރަހުމަތްތެރިޔަކު މެެދުވެރިކޮށް ވެސް ޒާހީ ހޯދުމުގެ މަސައްކަތް ކުރިއެވެ. އެމަސައްކަތުން ޒާހީ ސީރިއާ އަށް ދަތުރު ކުރަމުންދާ ކަން އެނގުނެވެ. ނަމަވެސް އޭރު އޭނާ ހުއްޓުވޭ ވަރަށް ވުރެ ލަސްވެއްޖެއެވެ.

މިފޮތުގައި ވަނީ ޒާހީ ސީރިއާގައި ހޭދަކުރި ދިރިއުޅުމާއި، އެނބުރި ރާއްޖެ އައުމަށް ކުރި މަސައްކަތްތައް ވެސް ހިމަނާފައެވެ. މިފޮތް މިހާރު އޮންލައިންކޮށް ފޮތް ވިއްކާ ވެބްސައިޓްތަކުގައި ވިއްކަން އެބަހުއްޓެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. މަ ވެސް މީ ދިވެއްސެއް....މިއުޅެނީ ސީރިޔާގާ

 2. އިންޑިއާގެ މުއްލާއިން ރާއްޖެ ބަދުނާމުކޮށް އަގުވައްޓަން ހިންގާ ޖަރީމާ.. އިންޑިއާގެ ރޭޕު ކެޕިޓަލުގެ ވާހަކަތަކަަށް ސުޓީރީހަދައިގެން ވިއްކިއްޔާ މާތާހިރުވާނެ.. މަމެންވެސް ލިޔެފާނަން ދަ ގުއި އިންޑިއާ ކިޔާފަ

 3. ވަރަށް ކިޔާލާ ހިތްވެއްޖެ

 4. ފޮތުގެ ވާހަކަ ދައްކާ ނީމުނުއީރުވެސް ފޮތުގެ ނަމެއްވެސް ނުލީޔެވުނު.. ތީޔާ ބޮޑައް ވައްތަރީ ހަމަ ފުލޯކު ވާހަކަ އަކާއީ..ރަނގަޅައް ވީއްޔާ ތީ ހެއްދެވީ ފޮތެއްވެސް ނޫން.. އެހެންވީމަތާ ފޮތުގެ ނަމެއްވެސް ނެތީ..

 5. އާޓިކަލްގަ ކޮމާކޯޅި އެއްގެ ތެރޭގައި ލިޔެފަ އިން 4 ބަސް ހަޒީން އަށް ނުފެނުނީމަވަރަށް ދެރަ.

 6. ރައްޔިތު މީހާ

  ތީ ފްލޯކް ވާހަކަ އަކާ ބޮޑަށް ވައްތަރީ...އިންޑިއާ މީހަކުނު ލިއުނީ....

 7. ާޭެއަސްލު

  ތަނަކައްދާއިރު ވަރައްވިސްނާބަލަންޖެހޭނެ

 8. اشام جيد الحمد الله
  دولة اسلامية باقية
  الله أكبر

 9. އަޓިކެޓު ޓު މަލިކު

  މަލިކަށް ދެވޭނެ ގޮތުގެ ފޮތެއް ނުނެރެނީ ކީއްވެ؟ ވަރަށަ ކިޔަން ބޭނުން