ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔާފައި ކުރި ޓްވީޓް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދިފާއުކުރައްވައިފިއެވެ.
ނަޝީދުގެ މައްޗަށް ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް ރާއްޖެ އަންނަން އުޅޭތީ އެކަމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ކޮށްފައިވާ ޓްވީޓެއް ގާސިމްގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ރިޓްވީޓްކޮށްފައެވެ. އާންމު ގޮތެއްގައި ރީޓްވީޓް ކުރުމުގެ މާނަ އަކީ ޓްވީޓްގައި ހިމަނާފައިވާ ވާހަކަތަކަށް ތާއިދު ކުރުމެވެ.
މިކަމާ ގުޅިގެން ގާސިމް އަށް ވަރަށް ބޮޑަށް ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، އެ ޓްވީޓު ދިފާއުކުރައްވާ ގާސިމް ވިދާޅުވީ އަލްހާންގެ ޓްވީޓު ރިޓްވީޓް ކުރީ އޭނާ ވިދާޅުވީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކަތަކަކަށް ވާތީ ކަމަށެވެ.
"ކީރިތި ރަސޫލާގެ ހަދީޡް ބަސްފުޅެއްގެ މާނައިގައި ވަނީ، ބަސްބުނި މީހާއަށް ނުބަލާށޭ. ބުނި ބަހަށް ބަލާށޭ" ގާސިމް ވިދާޅުވެފައިވެއެވެ.
Alhugandu @AlhanFahmy Retweet Kuree Eynaa Vidhaalhuvee Qaanoonee Gothunaai Dheenee Gothun Beliyas Rangalhu Vaahaka’akah Vaathee!
Keerithi Rasoolaage Hadhees Basfulhehge Maanaigaa Vanee, Bas Buni Meehaayah Nubalaashey, Buni Bahah Balaashey!— Qasim Ibrahim (@qasimibrahim) October 10, 2018
ނަޝީދުއާ ދެކޮޅު ޓްވީޓެއް ގާސިމް މިއަދު ރީޓްވީޓް ކުރެއްވިއިރު ގާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ އިބޫގެ ސަރުކާރުގެ ވަޒީރު ކަމަށް އައްޔަން ކުރަން އުޅޭ ކަމަށް ބުނެ އެމްޑީޕީ އެކްޓިވިސްޓުން ގެންދަނީ ވަރަށް ބޮޑަށް ނަހުލާ އަށް ފާޑުކިޔަމުންނެވެ. ބައެއް އެކްޓިވިސްޓުން ނަހުލާގެ ޒާތީ ކަންކަމާއި ބެހި ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ހިމަނައިގެން ޓްވީޓްތައް ކުރަމުން އެބަގެންދެއެވެ. އެމްޑީޕީގެ އެކްޓިވިސްޓުން އައިޝާ އަށް ފާޑުކިޔަމުން ގެންދާނީ ޖޭޕީގެ އެކްޓިވިސްޓުން ގެންދަނީ އެކަމަށް ވަރަށް ވަރުގަދަ އަށް ރައްދު ވެސް ދެމުންނެވެ.
މިއަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.
މި އެމް.ޑީ ޕ.ީ އަކީ އިންސާފަށް ލޯބި ކުރަން ދަންނަ ބައެއް ނޫން. ވަކަރުގެ ވައްތަރު އާއިޝާއަށް ކޮށްލި މަލާމާތް ނިކަން ދެކިބަލަ.
ދެއަތަށް އެބުރޭ ބުރުމާ.. މާ ދީން ދަންނަ މީހަކަށް ވެގެން.. މި ބުރުމާ ޖަލަށް ނުލައި އިބޫއަކަށް ވެރިކަމެއް ނުކުރެވޭނެ...
ރޫޙާނީ ލީޑަރާއި ކުޅެންޏާ ދޯ
ގާސިމް ބުރޯ މިބައިގަނޑާއި އެކު ކަލޭ ކޯލިޝަން ތިހެދީ.... ދެން ސައިޒުގަ އަނގަ ނުގަޅާ ހުރޭ.... އެމް.ޑީ.ޕީ އިން ރަސްކަން ކުރާނީ
ކޮންމެ އެއްޗެއްކިޔަސް ގާސިމް ބުނީ ރަނގަޅުވާހަކައެއް. އެކްޓިވިސްޓުން ކޮންމެކަމަކާ ތި ކެކިއަރަނީ ކިހިނެއް ވެގަނެގެންތަ؟؟؟؟؟ އަންނިއަކީ ކަލޭމެން މިހާރު ބަލަންޖެހޭމީހެއްނޫން!!!! އެއީ ބޭކާރުގޮލައެއް!!!!
ޙަދީޘްގެ ރެފަރެންސް ކޮބާ؟
އެމްޑީޕީ އިން މަރުހަބާކިޔާ ޢިއްޒަތް ދޭންވީ އެމްޑީޕީއާ އެކު ގުޅިގެން މަސައްކަތްކުރި ޕާޓީތަކުގެ އިސް ފަރާތްތަކާއި ޢާންމު ދިވްހި ރައްޔިތުންނަށްތޯ؟ ނުވަތަ ނަޝީދަށްތޯ؟ ބަލަ 7 ފެބްރުވަރީން ފެށިގެން ނިކަމެތިވެ ހާލެއްގަ ޖަޒުބާތުގަ ވަޅުޖެހިފަ އޮތް ތިޔަ އެމްޑީޕީ އަށް މިދުވަސް ލިބުނީ އެ ނަޝީދުގެ ސަބަބަކުންނޫން. ހޭބަލިވެގެން ނޫޅޭ! އެތައް ބަޔަކު ވި ގުރުބާނީއަސް މިހާރު ތިޔަ ހަރާންކޯރުވެވެނީކަން އެނގޭތަ؟ ތިޔަފާޑަށް އުޅޭ އެމްޑީޕީ ނޫން އެތައް ބަޔަކު އިބޫއަށް ވޯޓުދިނީ ނަޝީދު ބުނެގެނެއްނޫން. އެއީ މިއަދު މިގައުމަށްޓަކާ ބަޔަކުވި ގުރުބާނީއެއް. މިކަން ހަނދާންނެތިއްޖެ ނަމަ އަނެއްކާވެސް ހިތި ރަހައެއް ލާފާނެ އަރުގަ.
އަލްހާންގެ ވާހަކަ އެއި ގާނޫނީ ބޮޑު ތެދު ވާހަކައެއް. ގާސިމްގެ ވާހަކަވެސް ރަނގަޅު. އެމްޑީޕީ ސައޮޒުވާންވީ.
ނަސީދެއް ގާސިމެއް ނޯންނާނެ ދީނާނުކުޅޭތި
ސޭޓުމޮޔަފުޅުވީތޯ އައިޝާ އާކައިވެނިކޮށްގެން އުޅޭކަމުގެ ޔަގީންކަން ދެިވިދާނެތަ ސޭޓުކައިރިންވަރިވެފައައިޝާ އިންމީޙާ ކޮބާބާ ޖަވާބެއްބޭނުން