މެޖިސްޓްރޭޓް ކޯޓު ތަކުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށް 15 ބޭފުޅަކު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދު ހާމަކުރިގޮތުގައި، މެޖިސްޓްރޭޓް ކޯޓު ތަކުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށް 15 ބޭފުޅަކު އައްޔަންކުރުން އެ ކޮމިޝަނުން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށެވެ.

އެގޮތުން މެޖިސްޓްރޭޓުން އައްޔަންކުރަން ނިންމާފައިވަނީ ށ. ފޯކައިދޫއާއި، ރ. އަލިފުއްޓާއި، ރ. ދުވާފަރާއި، ކ. ކާށިދޫއާއި، ކ. ހިންމަފުއްޓާއި، ކ. ގުޅިއާއި، ކ. ތުލުސްދޫއާއި، އދ. ދިގުރަށާއި، ފ. ދަރަނބޫދޫއާއި، ދ. ހުޅުދެލިއާއި، ތ. ތިމަރަފުއްޓާއި، ލ. ގަމާއި، ގއ. ވިލިގިއްޔާއި، ފުވައްމުލަކާއި އަދި އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ކިޔުންތެރިންގެ ހިޔާލު