ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާއާއި، ޢިމާރާތްކުރުމުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ދެވޭ އެވޯޑެއްކަމަށްވާ “ސިޓީ ސްކޭޕް އެވޯޑްސް 2018”ގެ "މާސްޓަރޕްލޭން ޕްރޮޖެކްޓް އެވޯޑް" ހުޅުމާލެއަށް ލިބުމާއި ގުޅިގެން ހައުސިންގ ޑިވެލޮމްމެންޓް ހޯޕަރޭޝަން (އެޗްޑީސީއިން) އުފާ ފާޅު ކުރުމުގެ ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

“ސިޓީސްކޭޕް އެވޯޑްސް 2018" އަކީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ ކުންފުނިތަކަށް އަމާޒުކޮށްގެން ބޮޑެތި އެގްޒިބިޝަންތަކާއި، ކޮންފަރެންސްތައް ބޭއްވުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދުބާއީގެ މަޝްހޫރު ނެޓްވޯކެއްކަމަށްވާ ސިޓީސްކޭޕް ގްލޯބަލްއިން ދެމުން އަންނަ އެވޯޑެކެވެ.

މި އެވޯޑް ދީފައިވަނީ ޑުބާއީގައި ބޭއްވި އިންޓަރ-ކޮންޑިނެޓްގައި މިމަހު 2 ކުން 4 ކަށް ބޭއްވި ފެސްޓިވަލުގައެވެ.

އެޗްޑީސީއިން ބުނެފައިވަނީ ހުޅުމާލެ ތަރައްޤީ ކުރުމުގައި އެންމެ އިސް މާހިރަކީ އެޗްޑީސީ ކަމުން ލިބިގެން މިދިޔަ އެވޯޑަކީ އެޗްޑީސީގެ މުވައްޒިފުންގެ ބުރަ މަސައްކަތުން ލިބިގެންދިޔަ އެވޯޑެއް ކަމަށެވެ. އަދި މިއެވޯޑާމެދު އެޗްޑީސީއާއި މުޅި ރާއްޖެ ފަޚްރުވެރިވާ ކަމަށްވެސް އެޗްޑީސީއިން ބުނެފައެވެ.

އެހެންކަމުން މިކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެޗްޑީސީގެ މައި އޮފީހުގައި ހަރަކާތްތަކެއްވަނީ ކުރިޔަށް ގެންގޮސްފައެވެ.

ހުޅުމާލޭގެ ޕްރޮޖެކްޓްއަށް މިއެވޯޑް ލިބިފައިވާއިރު، ހުޅުމާލޭ މަޝްރޫޢުގެ މަސައްކަތްތައް ޖަޖުންނާ ހަމައަށް ގެނެސްދީފައިވަނީ، އެޗްޑީސީގެ ޑިރެކްޓަރ އޮފް ޕްލޭނިން އެންޑް ޑިވެލޮމްމެންޓް އިސްމާއިލް ޝާން ރަޝީދާއި، ހުޅުމާލޭ މާސްޓަރ ޕްލޭން ކޮންސަލްޓެންޓް ޕްރަފެސަރ ހެން ޗައި ކިޔަންއެވެ. މީގެ އިތުރުން މިޓީމްގައި އެޗްޑީސީގެ އިތުރު މެންބަރުން ހިމެނެއެވެ. މީގެ ތެރޭގައި ބިޒްނަސް ޑިވޮލޮޕްމެންޓް އަދި މާކެޓިންގެ ބައެއް ބޭފުޅުން ހިމެނި ވަޑައިގެންނަވައެވެ.

15 ވަނަ ސިޓީ ސްކޭޕް އެވޯޑް ފޯ އެމާޖިން މާކެޓްގައި ގިނަ އެވޯޑްތަކެއް ދީފައިވާއިރު، މިއެވޯޑްތައް އަމާޒުވެފައިވަނީ ގެދޮރުވެރިކަމާއި ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގައި ކުރިއަރާފައިވާ ދާއިރާ ތަކަށެވެ.