ކުޑަ ދެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދާ ދެކުދިންނަކީ ގ. ނާޝިދުވިލާ، ފާޠިމަތު ޝާޙާ އިބްރާހިމް (15އ) އާއި މ.މުލައް، ކޮކާހަނދުވަރު، ނާޖިޙާ ޢަލީ (14އ) އެވެ.
ފުލުހުން ވިދާޅުވީ މި ދެކުދިިންގެ ތެރެއިން ފާޠިމަތު ޝާޙާ އިބްރާހިމް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ 23:56 ހާއިރުއެވެ. އަދި ނާޖިޙާ ޢަލީ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރު އެ ދުވަހުގެ ހަވީރު 17:23 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ މިދެކުދިންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޑިއުޓީ ނަންބަރ 3331510 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.
ތިޔައީ ކުޑަ ދެ އަންހެން ކުދިންނެއްނޫން. ބޮޑު ދެ އަންހެންކުދިން.
ކުޑަ ދެ އަންހެން ކުދިންނޭ ބުނީމަ މަހީކުރީ ހަތަރު ފަސްއަހަރުގެ ކުދިން ކަމަށް.
ކުޑަކުދިން އުޅެނީ މަންމަ ކައިރީގަ އެކަނި ބޭރަކަށް ނުދާނެ
ކުޑަކުދިން ނޭބުނީމަހީވަނީ ވަރަށް ކުޑައޭ
ގެއްލޭނެ އެންމެންވެސް މަނންމަ މެން ނުބަލަނީ ވިއްޔާ
ކުނޫޒުތެރެބަލާލަބަލަ
ޜަގަޅައަށް ވިއްޔާ ބުރުގާ ވެސް ނަގައިގެން މިހާރު އުޅޭނީ
ކުޑަތަ؟ އަޖައިބު. ކުޑައޭ ކިޔާނީ 6 އަހަރަށް ވުރެން ދަށުގެ ކުދީންނަށް
އިންޝާﷲ ފެންނާނެ..
ކުޑަކުދިންތޯ؟؟؟؟ މިރޭ ކައިވެނި ކުރިއަސް ކުދިން ލިބޭނެ!!!!!!!!!! އަދިވެސް ކުޑަތޯ
ގާނޫނީ ގޮތުން ކުޑަ އެބުނީ.. ކިހިނެއްވީތަ ކުޑަ ބޮޑު އަށްތަ ވިސްނަނީ ހަމަ އެކަނި އެކުދިން ފެނޭތޯ ހިތުންނަމވެސް ދުއާ ކުރަމާ އިންޝާﷲ