ރިޔާސީ އިންތިހާބާ ގުޅުންހުރި މައްސަލަތައް ކޯޓުތަކަށް ހުށަހެޅީ ފުލުހުން ދިން ޖަވާބަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ހިނގަމުންދިޔައިރު ކުރިމަތިވި ތަފާތު މައްސަލަތަކާއި ގުޅޭގޮތުން އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން ގިނަ ޝަކުވާތަކެއް އެ ޕާޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ޝަކުވާތަކަށް ރިއާޔަތް ޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ އިންތިހާބީ ހައްގުތަށް ގެއްލިފައިވާކަމަށް ގަބޫލުކުރެވޭނަމަ އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެގޮތުން އެ މައްސަލަތައް ފުލުހަށް ހުށަހަޅައި، އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ އިންތިހާބީ ހައްގު ހޯދުމަށް އެ މައްސަލަ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ޕީޕީއެމް އިން ބުނިގޮތުގައ ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

"މި ޕާޓީގެ މެމްބަރުންގެ ހައްގުތަކާއި، މި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވި 96 ހާހަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަކީ މި ޕާޓީއެއްގެ ޒިންމާއެއް ކައުންސިލުން ދެކެމެވެ" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމް އަކީ އަބަދުވެސް ގާނޫނީ ތަރަހައިގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ނަމޫނާއަކަށް ވީހިނދު، ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމުގައި އަދި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމުގައި ޑިމޮކްރެސީގެ އިމުގެ ތެރެއިން އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު އަމަލުތައް ބަހައްޓާނެކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަލާތި

    އަލުން ބަލައިގެން ވެސް އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް ނުފެނުނު ނަމަ ކަމަށް ތަމެން ބުނި ނަމަވެސް މަމެން އެކަން ގަބޫލުނުކުރާނަމޭ ތަމެން ތިޔާ ދައްކާ ވާހަކައިގައި ވަރަށް ބޮޑަށް ތަމެން އިންތިޚާބުފގައި އޮޅުވާލާފައިވާ ކަމަށް މަމެން ތުހުމަތު ކުރަމޭ ބުއްދި އަށް ގަބޫލު ނުކުރެވޭ އެއްގޮތަކަށް ވެސް ތަމެން ދައްކާ ވާހަކަ އެއް މަމެންނަށް ބޮޑަށް ލަފާ ކުރެވެނީ ތަމެން ތިޔާ ހަދަނީ ދޮގު ކަމަށް.

  2. ޢަބްދުﷲ

    ވޯޓްއޮޅުވާލުމާބެހޭގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކަށް އެކަށީގެންވާ ރަނގަޅު ޖަވާބެއް ލިބޭނީ ކޯޓްމަރްޙަލާ ކަޑައްތުކުރުމުން ކަމަށްވާއިރު، ޕީޕީއެމުން އެކަންކުރައްވާ މައިގަނޑު މަޤްޞަދަކީ، ކޮބައިތޯ ސުވާލުނުއުފެދެއެވެ.

  3. ޢަބްދުﷲ

    ފުހުންނަށް ހުށަހަޅާ ބައެއް މައްސަލަތައް ސީދާ ކޯޓަށް ހުށަހެޅުމަށް ފުލުހުން އަންގަވައެވެ. އެއީ މިރާއްޖޭގައި އަބަދުވެސް ކަންހިނގަމުންދާ އުޞޫލެވެ. އަދި ޚާއްޞަކޮށް މިރާއްޖޭގެ ދުސްތޫރީ ނިޒާމު ބިނާވެފައި އޮންނަނީ، މަތީމަރްޙަލާގައި ދުސްތޫރީ މައްސަލަތައް ބެލުމުގެ މައްޗަށެވެ.

  4. Anonymous

    ރަގަޅުކަމެއް