ކުރީގެ ރައީސް، މުހައްމަދު ނަޝީދުޔ ޖަލަށް ގެންދާ މަންޒަރު ބަލަން ބޭނުންފުޅު ނުވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިގޮތަށް ވިދާޅުވެފައި މިވަނީ، ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަޝީދު، "ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން" ކަންކަން ނިންމެން ނޯންނާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކުރެއްވި ޓްވީޓަކަށް ތާއީދުކުރައްވާ، ގާސިމް ރީ-ޓްވީޓު ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަން ތެރޭގައި ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ގާސިމްގެ އަމިއްލަ ޓީވީ ޗެނަލް، "ވީޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވަނީ ރަނގަޅު ދަޢުވާއެއް ނޫން ކަމަށެވެ. އަދި އެމަިކުފާނަށް އިންސާފު ލިބެން ޖެހޭނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ޝަރުޢީ މަރުޙަލާއިން ސަލާމަތްވާނެ. ރައީސް ނަޝީދަށް އިންސާފުވެރި ޝަރީޢަތެއް ލިބެން ޖެހޭ. ރައީސް ނަޝީދުގެ މައްސަލަ ދިރާސާކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެމަނިކުފާނުގެ ވަކީލުންނަށް އިލްތިމާސްކުރަން،" ގާސިމް ވިދާޅުވިއެވެ.

އަލްހާނުގެ ޓްވީޓް، ރީ-ޓްވީޓު ކުރެއްވުމާއި ގުޅިގެން ގާސިމަށް އެމްޑީޕީ އެކްޓިވިސްޓުންނާއި ޕާޓީގެ އިސް ބޭފުޅުންގެ ފާޑުކިއުން އަމާޒުވަމުންދާއިރު، ގާސިމް ވަނީ އެ ޓްވީޓުގެ ދިފާޢުގައި ފަހުން އިތުރު ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި ގާސިމް ވިދާޅުވީ، އަލްހާންގެ ޓްވީޓު ރީ-ޓްވީޓު ކުރެއްވީ، އޭނާ ވިދާޅުވީ ޤާނޫނީ ގޮތުންނާއި ދީނީގޮތުން ބެލިޔަސް ރަނގަޅު ވާހަކައަކަށް ވާތީ ކަމަށެވެ.

އަލްހާން މިއަދު ކުރެއްވި ޓްވީޓުގައި ވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާންގެ ޓްވީޓްގައި ވެއެވެ.

މިއަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޙަމެ

  ޢަހަރުމެން ބޭނުން ދެކެން

 2. އަންނިގެ އަމާ

  ދަރިފުޅަށް ޖަލުގޮޅިނޫން އިތުރު ތަނެއް ނެތް މި ރާއްޖެއަކު، އެހެންވީމަ ނައިސް ހުރުން ރަނގަޅީ.

 3. ޞިސްޓް

  ޤާސިމް އަސްލު މިހާރު ތަނއކޮޅެއް ސައިލެންޓްވާންވެއްޖެދޯ ފަހަރެއްގަ ގޯހެއްވެދާނެތީބުނެލީ

 4. ޢަފްލާ

  ޤާސިމްގެ އަންހެނުން ހުރިހާ މަސައްކަތެއް ކުރީ އިބޫ ހޮވަން އައިޝާ އަށް ދިން ވޯޓް މަދެއްނުވާނެ

 5. ބޭބެ

  އެމް.ޑީ.ޕީ އަށް މިހާރު ޤާސިމި ބޭނިމެއްނޫން ފާޅުގާ އެމް.ޑީ.ޕީ ކުދިން މިބާރު ބުނަމުން ދަނީ ޤާސިމުގެ ބޭނުމެއް މިހާރަކުނެތޭ ފައިސަލު ނާއިބަކަށް ހުންނަން ބޭނުންނަމަ އެމް.ޑީ.ޕީ އަށް ސޮއިކުރާށޭ ކެބިނެޓް އެކުލަވާލުމުގެ ބާރުލިބިގެންވަނީ ރައީސަށޯ

 6. ގާސިމް

  ޓެރަރިސްޓުން ތިބެންޖެހޭނީ ޖަލުގަ އަހަރެންބޭނުން އެތަނދެކެން މިގައުމު އަޅުވެތިކުރުމަށާއި އިންޑިޔާ ސިފައިން މިތަންހިފުމަށް ގޮވާލާ މިގައުމށް ދަތިކުރުމުގެ ފިޔަޅުމަށް ޔަހޫދީންގެކއިރީ އާދޭސްކޮށް މިގައުމު ބޮއެކޓްކުރުމަށަށްގޮވާލި ގޮވާލުން މިމައްސަލަތަށް ބަލާ އިތުރު 15 އަހަރަށް ހުކުންކޮށްޖަލަށް ލާންޖެހޭ މިގައުމަށްގައްދާރުވެފަ ހުރި ގައިދީއެއް މިހިރީ ބޮޑެތި ކުއްތަކެއް މިކަންކަން ބަލާ ފިޔަވަޅު އަޅންޖެހޭ ނޫނީ އެހެންމިހިނަށް މިކަހަލަގެ ފުރުސަތު ލިބިގެންދާނި ގައުމަށް ޚިޔާނާތް ތެރިވާމީހުނ ތިބެންޖެހޭނި އަނދަގޮނޑީގަ

 7. ޙާޤީގަތް

  ކޯޅޭޝަނުން ހަތަރު ފަޅިއަށް ކޭކު ފަޅާ?

 8. އަބޯ

  ނަސިދަކީ ކުށްވެރި އެއް . ނަސިދަށް ކުރި ހުކުމް ގާނޫނުގާ އެބައޮތް ރަހީނު ކުރުން ސާބިތު . އެއީ ކޯޓް އަމުރަކާ ނުލާ މީހަކު ފޮރުވާފަ ވާތީ

 9. ޖަޒީރާ

  ކުއްވެރިން ތިބެންޖެހޭނީ ޖަލުގަ މޑޕ ކިތައްމެވަރަކައް ފެލުނަކަސް ނަސީދަކީ ކުއްވެރިޔެއް އައީ ޖަލައް

 10. ނުރަބޯ

  ގާޒީ ޢަބްދުﷲގެ ޙައްގުތައް ގެއްލިގެންދާތަން ދެކެން ބޭނުންދެއްތޯ، ގާނޫނުގައި އޮތީ އެހެންތޯ.....؟