ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް "މައިތިރިވާން" އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން، ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.
ހާމިދު މިގޮތަށް ވިދާޅުވެފައި މިވަނީ، ގާސިމް މިއަދު ރީ-ޓްވީޓު ކުރެއްވި ޓްވީޓަކާއި ގުޅިގެން އިދިކޮޅު އިއްތިހާދުގެ ތެރޭގައި ކޯޅުން ބޮޑުވެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ހާމިދު ވިދާޅުވެފައި ވަނީ ގާސިމްވެސް "އެހާ ބާރަށް" ނޫޅުއްވުމަށާއި، "ކުޑަކޮށް މައިތިރި ވާން" ވެއްޖެ ކަމަށް ވިދާޅުވެފައެވެ.
"ގާސިމްވެސް އެހާ ބާރަށް ނޫޅުއްވާ، ކުޑަކޮށް މައިތިރިވާން ވެއްޖެނު!" ހާމިދުގެ ޓްވީޓުގައި ވެއެވެ.
Gasim ves, ehaa baarah noolhuvvaa, kudakoh maithiri vaan vejjenu!
— Hamid Abdul Ghafoor (@HamidhAG) October 10, 2018
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަބްދުﷲ ރިޔާޒަށް އިޝާރާތްކުރައްވާ ހާމިދު މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ، "އިއްޔެ ހެދުނުވެސް އޭގެ ކުޑަ ބޭޅާ އަހިރު އެހާ ބާރަށް ނޫޅުއްވަން ދަންނަވާލޭމާ، އަޑި ނޭނގޭ ޓްވީޓާ މުއައްސަސާތަކެއް ވަރަށް ކޯފާއިސްވެ، ކޯލިޝަން ހަލާކު ކުރާތީ ވަރަށް ހައްޤު ބަސް ވިދާޅުވި،" ކަމަށާއި އޭނާއަށް ވެސް "ރޮވުނު" ކަމަށެވެ.
Iyye hendhunuves eyge kuda beylhaa arihu ehaa baarah noolhuvvan dhennavaa leemaa, adi neygey Twitter muassathakeh varah koafaa isve, koalison halaaku kuraathee varah haggu bas vidhaalhuvi. Algandah ves rovunu.
— Hamid Abdul Ghafoor (@HamidhAG) October 10, 2018
އަލްހާނުގެ ޓްވީޓް، ރީ-ޓްވީޓު ކުރެއްވުމާއި ގުޅިގެން ގާސިމަށް އެމްޑީޕީ އެކްޓިވިސްޓުންނާއި ޕާޓީގެ އިސް ބޭފުޅުންގެ ފާޑުކިއުން އަމާޒުވަމުންދާއިރު، ގާސިމް ވަނީ އެ ޓްވީޓުގެ ދިފާޢުގައި ފަހުން އިތުރު ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި ގާސިމް ވިދާޅުވީ، އަލްހާންގެ ޓްވީޓު ރީ-ޓްވީޓު ކުރެއްވީ، އޭނާ ވިދާޅުވީ ޤާނޫނީ ގޮތުންނާއި ދީނީގޮތުން ބެލިޔަސް ރަނގަޅު ވާހަކައަކަށް ވާތީ ކަމަށެވެ.
އަލްހާން މިއަދު ކުރެއްވި ޓްވީޓުގައި ވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާންގެ ޓްވީޓްގައި ވެއެވެ.
މިދަނީ ރަނގަޅަށް
އަދި ހުވާނުކުރެވޭ. ހުވާކުރެވުނީމަ ގާސިމު ފަކީރު ގަންހިންގާނެ ތޯއްޗެއް. މަ އޭރުވެސް ބުނީމު ގާސިމާއޭ އެމްޑީޕީގެ ގުއިރޮދީގަ ނުޖެހޭށޭ. ކީއްކުރާނީ؟ ބުރުމާއެއްވީމަ ކަންނޭނގެ. ޖެހުނު ތަނެއްގަ ލޯވަޅުއަޅަމުން ދުވެނެގީ.
ތާރީޚު މިދަނީ އިއާދަވަމުން. ދެން އޮތީ ފަޚުރުވެރި 7 ފެބުރުއަރީ. އެބަ އިންތިޒާރުކުރަން.
މައިތިރި އެއްނުވެވޭނެ އެންމެން އެއްވެގެން ކެއްކި ބޮނޑިބަތް މިހާރު މޭކަރަން ފަށައިފި. ދެން ލަސްތަކެއްނުވެ ވާނީ ބޭގަރާރު.
ޢޭ ﷲ އަޅަމެނގެ މުސްލިމު ވެރިޔާގެ މައްޗައް އަނިޔާވެރި ކޯޅޭސަން ބައިބައިވެ ރޫޅިގެން ދިއުން އަވަސް ކުރައްވާންދޭވޭ.أمين
ގާސިމު ވަރަށް ދެރަކޮށް ކުރިކަމެއް ޔާމީނާއި ދެކޮޅުވުމަކީ، އެމްޑީޕީ އަކީ އެޕާޓީ ނޫން ބަޔަކަށް އަޅާލާ ބައެއް ނޫން.
އަނހާ މީނަވެސްއެބައިޅޭތަ؟މަހީކުރީމީނަމިހާރު......
ގާނޫނީ ގޮތުން މިނިވަން ވެގެން އަންނަން އުޅެގަ ކެނެރީގެ ނަޝީދު މަމެންގެ ގައުމަށް ތަމެން އަދި މަޑުކޮށްލަގަ 13 އަހަރު ވަން ދެން ލަންކާގައި އެއިރަށް މަމެން މިރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކޮށްފައި ތަމެންނަށް ގޮވާލަން އަންނަންވީމަ އިނގޭތޭ ދެން ރެޑޭ މެން ވެސް ވެދިޔަ ކަމެއް ހަނދާން ނައްތާލާ މަމެން ޕިންކީން އަތުގައި ހިފަން އުޅެގަ ތަމެން ޖަރުމަން ޓަޗް ހުންނާނެ ނޫންތޭ މިހާރު ޖަރުމަން ޓަޗް ޕްލަސް ޕިންކީ ޓަޗް އެމޭޒިންގް އެން ފްލޯލެސް ދޯ. އަންނަގަ ދެން ޕިންކީން ގޯއްޗަށް ތަމެންނަށް އެއިރުން ދޭނަމޭ ގާފަރު ފަޅު އެއްކޮށް ހިއްކައިގެން ލާރޖް އިންޑަސްޓްރިއަލް ޕާރކެއް ހަދަން 1000 އަހަރުގެ މުއްދަތަށް އެއިރުން އެނިމުނީ އެއް ނޫންތޭ އަންނަގަ ދެން އަންނަގަ އަންނަގަ ތިޔާ ބަލާ ބޮޑު އިންޑިއާ އަށް ރާއްޖެ ވިއްކާލާ ކެނެރީގެ ނަޝީދު ދޫކޮށްލާ ހަމަ މިހާރު އޭނާ ފޫކޮޅު ގައި ސައްޕެއް ޖަހާ ސިޑިން ވައްޓާލާ އަނެއްކާ ބިން މައްޗަށް އެނިމުނީ އެއް ނޫންތޭ ކެޔޮ ގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ދިޔާ ދޯ.