މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި މާރާމާރީ ހިނގާފައިވަނީ ގިޔާސުއްދީން ސްކޫލް ކައިރިންނެވެ.

ފުލުހުން ވިދާޅުވީމ އެ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:26 ހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވީ، މި ހާދިސާގައި އަނިޔާވި ޒުވާނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި ޒަޚަމްވި ޒުވާނާ އާއި ބެހޭ މަޢުލުމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިއަދު ހިނގި މި މާރާމާރީގައި ޒަޚަމްކޮށްލި ޒުވާނާއަށް ޙަމަލާ ދިނީ ކޮން އެއްޗަކުން ކަމެއް، ނުވަތަ އެ މާރާ މާރީ ހިންގީ ކިތަށް މީހުން ވެގެން ކަމެއް އަދި ނޭނގެއެވެ. ފުލުހުން މިހާރު ދަނީ މި ހާދިސާ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ.

އެ މާރާމާރީގައި ޒަހަމްވި ޒުވާނާއަށް އައިޖީއެމްއެޗްގެ އިމަޖެންސީގައި ދަނީ ފަރުވާދެމުންނެވެ. މިކަމާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 26 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީގެން އެ ހޮސްޕިޓަލްގެ އީއާރުގައި ފަރުވާދެމުން އަންނަ ކަަމަށެވެ. އަދި އެ މީހާގެ ހާލު ސްޓޭބަލްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިއަދު މެންދުރު މާލޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ އެއް ހިންގާފައި ވާއިރު، މީގެ ދެ ދުވަސް ކުރިން މާލޭގައި ހިނގި މާރާމާރީއެއްގައި ޒުވާނަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައި ވެއެވެ. އެ ޒުވާނާއަށް ފަރުވާ ދެމުންދަނީ ސީރިއަސް ހާލުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މީގެ އިތުރުން މީގެ ހަތަރު ދުވަސް ކުރިން އައްްޑޫ ސިޓީ މަރަދޫފޭދޫގައިވެސް ޒުވާނަކަށް ޙަމަލާދީ ޒަޚަމްކޮށްލުމުން، ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މާރާމާރީތައް ވަނި ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ދާދިފަހުން މާލޭގައި ހިންގި މާރާމާރީއެއްގައި ވެސް ކަރަށް ވަޅި ހަރައި ޒަޚަމްކޮށްލި ޒުވާނަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އިތުރު ތަފްޞީލް

  މިއަދު މެންދުރު، ޣިޔާސުއްދީން ސްކޫލް ކައިރިން ވަޅިޖެހީ، ބަންގާޅީ އެއްގެ ބޮލަށެވެ. ހަމަލާދިނީ ސައިކަލެއްގައި އައި ދެމީހެކެވެ. ހަމަލާދީފައި އެދެމީހުން ފިލީއެވެ. މަންޒަރު ދުށް މީހަކު ބުނިގޮތުގައި އެއީ ކާރު ފޮހެން އޮތް މީހެކެވެ. ހަޅޭއްލަވާ އަޑަށް ބަލާލި އިރު، އެމީހާގެ ބޮލުގެ ސިކުނޑިވަޅާ ދިމާލަށް ވަޅި ޖަހާފައި، ނައްޓާލާފަ އަނެއްކާވެސް ވަޅިޖެހީ އެވެ. އެމީހާ އަށް އެހީތެރިވީ ސްޓޭޑިއަމްގައި އުޅުނު ކުދިބައެކެވެ.

  • ވަޅި

   ސާބަސް، ތިވަރެެއް ނެއް ހަމަ

  • އިން

   ސުބުހާނަﷲ. ހަމަ ތެދެއްތަ؟

 2. ޅަކޮތަރު

  ސާބަހޭ ދިވެހި ފުލުހުންނަށް... ހިތައްއަރާ މިވެރިން ގެ ލަދު ކޮބާ ބާއޭ ބޮޑު މުސާރަ ނަގާގެން ވާކަމެއް ހަރާން

 3. ޕްރައިވެޓް

  ތީ ބަޔަކު އަޑީގަ ތިބެގެން ކުރުވާ ކަމެއް މި ލާ ދީނީ ބައިގަނޑު ކުރުވާ ކަމެއް، ރައްޔިތުން ބިރުވެރި ކަމެއްގެ ތެރޭގައި ބައިތިއްބަން ވެގެން ކުރާ ކަމެއް

  • ނިޔުމަަަ

   ތިޔަަމިނުގެކަމެ

 4. ހަރާންކޯރު

  މި ގައުމަކުން ތި ކަމެއް ނުހުއްޓޭނެ.އެއީ ފުލުހުންނާ ކްރިމިންލް ކޯޓުގެ ގާޒީ އިންނާ ތި ގުރޫޕްތަކުގެ މީހުން މާ ޕާޓު. ވެރިންނާ ސިޔާސީ މީހުން މިކަމަށް ވުރެ ބޮޑަށް ސަމާލު ކަންދެނީ ވެރިކަމަށް. މީހުން މަރަމުން ދުވާ ކުށްވެރިން ހިފާ ހައްޔަރު ކުރިމުގެ ބަދަލުގެ ކޯޓު ތަކުން ވެސް އަވަދި ނެތި އެ އުޅެނީ އެމީހުން އަމިއްލަ އަށް ކުރި ހުކުންތަށް ބާތިލް ކުރެވޭތޯ.

 5. ބުލް

  ކުޑަކުއްޖެއް.. ބެލެނިވެރިޔާގެ ޒިންމާ އަދާ ނުކުރެވޭއިރު ފުލުހުން ބޮލައް ކަނޑާކައް ނުޖެހެ

 6. ދާއިން

  ރަނގަޅު