ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ޖަލަށްލާން އިދިކޮޅު އިއްތިހާދުގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ މެމްބަރެއް ކަމަށްވާ، އިބްރާހީމް ސަޢީދު ގޮވާލައިފިއެވެ.

އިބްރާހީމް ސަޢީދު ކުރި ޓްވީޓެއްގައި ގާސިމަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށް އޭނާ ބުނެފައި ވަނީ، ގާސިމް "ހޭކުޑަވެގެން ތެޅެނީ،" ކަމުގައި އާއި އޭނާ އަކީ ސީދާ ގޮޅީގައި އޮންނާ ޖެހޭ މީހެއް ކަމަށެވެ. އަދި ގާސިމަކީ ޤައުމަށް އޮތް ވަބާއެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އިބްރާހީމް ސަޢީދު އޭގެ ފަހުން ކުރި ޓްވީޓެއްގައި ބުނީ، ގާސިމަށް އެންމެ ހައްޤު ތަނަކީ "މެންޓަލް ޑިޓެންޝަން ސެންޓަރެއް" ކަމުގައި އާއި، "(ގާސިމްގެ) މުސީބާތުން ސަލާމަތްވާން ޖެހޭ" ކަމުގައެވެ. އޭނާ ވަނީ ގާސިމަކީ "ކޮން ދީނީ ސްކޫލެއްގެ ގްރެޖުއޭޓެއް" ކަމަށްވެސް ސުވާލުކޮށް ޓްވީޓު ކޮށްފައެވެ. މި ހުރިހާ ޓްވީޓެއްގައި ވެސް އިބްރާހީމް ސަޢީދު ވަނީ ގާސިމްގެ ޓްވީޓާ އެކައުންޓު ޓެގުކޮށްފައެވެ.

އިބްރާހީމް ސަޢީދު ޑިލީޓް ކޮށްލާފައިވާ ބައެއް ޓްވީޓުތަކުގެ ސްކްރީން ޝޮޓެއް

ގާސިމަށް ތާއީދުކުރާ ފަރާތްތަކާއި އެނޫންވެސް ބައެއް މީހުންގެ ފާޑުކިއުންތައް، މި ޓްވީޓުތަކުގެ ސަބަބުން އިބްރާހީމް ސަޢީދަށް ރައްދުވާން ފެށުމުން ފަހުން އޭނާ ވަނީ ބައެއް ޓްވީޓުތައް ޑިލީޓުކޮށްލާފައެވެ. އެއަށްފަހު ކުރި ޓްވީޓެއްގައި އޭނާ ބުނެފައި ވަނީ، "ޔާމީނަށްވުރެ ގާސިމް އިބްރާހީމްގެ މުސީބާތް މި ޤައުމަށް ކުޑައެއް ނޫން" ކަމަށާއި މިހާރު އެންމެ މުޙިންމު ކަމަކީ، ":މި ބަލާއިން މިންޖުވުން" ކަމުގައެވެ.

ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއް ގާސިމް މިއަދު ރީ-ޓްވީޓު ކުރެއްވުމާއި ގުޅިގެން އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބައެއް އިސް ބޭފުޅުން، ގާސިމް ޓްގުކޮށް ހުތުރު ބަހުން ވާހަކަ ދައްކައި މަލާމާތްކުރަމުންދާއިރު، ގާސިމްގެ އާއިލާ އާއި އަނބިކަނބަލުންގެ ޒާތީ ކަންކަމާއި ބެހި ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ދައްކަމުންނެވެ.

މިއަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.

ގާސިމް ރީ-ޓްވީޓު ކުރެއްވި އަލްހާނުގެ ޓްވީޓުގައި ވަނީ، "ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން" ކަންކަން ނިންމެން ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އެ ޓްވީޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޔާމިން

  ގާސިމްހިއްވަރުކުރައްވާ ޔާމިންގެއެހީތެރިކަންލިބޭނެ

 2. އަލިބެ

  މީހަކު ދައްކާ ތެދު ވާހަކައަކީ މިވެރިންނާ ދެކޮޅު ވާހަކަ އެއްވިޔާ، ދެން އެމީހަކު ހަވަރަށް ދޭންވީ، މީ އެންމެ ޑިމޮކުރެޓިކު ކަމަށް ދަވްވާ ކުރާ މީހުންގެ ފެންވަރަކީ، ހަޖަމް ކޮށްބަ..

 3. އަޖާބެއްނު

  އަންނިއާ އެމްޑީޕީގެ ބަލާ މިގައުމަށް އެންމެ ބޮޑީ...ސާފުވެއްޖެ؟؟؟....

 4. ގޮނާސަކް

  ކޮން ޚިޔާލު ތަފާތުވުމޭ ކިޔަންތޭ ތަމެން އެމްޑީޕީ އެއްޗިއްސަށް ޚިޔާލު ތަފާތުވުން ކެތެއް ނުކުރެވެއޭ ޑިމޮކްރަސީ އަކީ އެއީ ޚިޔާލު ތަފާތުވުމުގެ ތެރެއަށް ރެސްޕެކްޓެޑް މިލަފްޒް ގެނައުން ތަމެންނަށް ނޭގެއޭ މިކަން ކުރަން ކޮން ޚިޔާލު ތަފާތުވުމޭ ކިޔަންތޭ ކޮން ޑިމޮކްރަސީ އެއްތޭ ބޮޑު އެއް ޑިމޮކްރަސީ އޮންނާނީ އެއީ އެއާރޕޯރޓް ޖީއެމްއާރަށް ވިއްކާލާ އޮޅުދޫންނޭ ކިޔާ ރަންރީނދޫ ބޮޑޭ ކަޓް ކާލުން ދީސް އާރ ދަ ތިންގްްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ އޯއް ޔޭއް.

 5. ޢަބްދުﷲ

  މިރާއްޖޭގައި އުޅެނީ، ތަޞައްރަފު ނުފުދޭ ބަޔެއްކަމަށް ބަލައި، އެހާދަށު ދަރަޖައިގެ ވިސްނުން ޙިއްޞާކުރުމަކީ، ވަރަށްބޮޑު ގޯހެކެވެ. ބިދޭސީ ފުލުހުންނާއި ބިދޭސީ ސިފައިންނާއި ބިދޭސީ ފަނޑިޔާރުން މިރާއްޖެ އަށް އިމްޕޯޓް ކުރުމަކީ، މިރާއްޖޭގައި ކުރެވޭނެކަމެއްނޫނެވެ. މިކަންކަމަށް މިރާއްޖޭގެ ރައްޔިތުން ފާޅުގައި ބުނާނީ ނޫނެކެވެ.

  • ނިންނި

   ކިހާދެރަކަމެއް މިވެރިން އަދި މި އުޅެނީ ހުވާކުރާހިސާބަޢް ނާދެވިގެން މިހާރު ކޯޅެންފެށީ . ޢިބޫވިސްނަވާފަ ނުނީ ކަމެއް ނުކުރުން އެދެން ޤާސިމަށް ގޯނާ ކޮށްގެން ވެރިކަން ނުހިންގޭނެ އެންޑީ

 6. މީނާ

  އަދި މިއުޅެނީ ހުވާ ނުކުރެވިގެން މިހާރު ބައިބައިވާކަމުގެ ކުލަވަރު ފެންނަން ފަށައިފި.ސާބަހޭ އަމިއްލަ އެދުމުން ފޯވެފަވާ އެމް.ޑީ.ޕީ

 7. ބޭބެ

  އެމް.ޑީ.ޕީ އަކީ މިގައުމުގެހަލާކު އެއީ މިތަނުގަ ނަޞާރާ ދީން ފެތުރުމައްޓަކާ ހުޅަނގުގެ ނަޞާރާއިން އަންނިއަށް އެހީވެދީގެން އުފައްދާފައިވާ ސެކިއުލާ ޕާޓީއެއް ޔާ ﷲ ދިވެހިރައްޔިތިން މިނުރައްކަލުން ސަލާމަތް ކުރައްވައިފާންދޭވެ. އާމީން

 8. ދަރީ

  އެބުނީ ވަރަށް ބޮޑު ތެދެއް. ސޭޓު މީ ހަމަ ބޮޑު މުސީބާތެއް

 9. ޕިންކީސް

  މަމެން ދޭތެރެޖަސަން ތިބިިއްޔާ ބައި ބައި އަރުވާލާނަން... އަހަރުމެންގެ މަގްސަދަކީ މި ގައުމު އިނދަ ޖައްސާލުން...