ގުޅިފައިވާ ޕާޓީތަކުގެ ގުޅުން ހީނަރުވާ ޒާތުގެ ކަންކަން ހުއްޓާލުމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމަށް އިލްތިމާސްކުރާ ކަމަށް، އިދިކޮޅު އިއްތިހާދުގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ހަސަން ލަތީފު މިގޮތަށް ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް، މުޙައްމަދު ނަޝީދު "ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން" ކަންކަން ނިންމެން ނޯންނާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކުރެއްވި ޓްވީޓަކަށް ތާއީދުކުރައްވާ، ގާސިމް ރީ-ޓްވީޓު ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަން ތެރޭގައި ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާއި ގުޅިގެން ހަސަން ލަތީފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދުވަސްތަކެއް ވަންދެން ކުރި ބުރަ މަސައްކަތުން އެކުލަވާލާފައިވާ ގުޅިފައިވާ ޕާޓީތަކުގެ ގުޅުމަށް ހީނަރުވާ ޒާތުގެ ކަންކަން ކުރެއްވުން ހުއްޓާލެއްވުމަށް ގާސިމަށް އިލްތިމާސް ދަންނަވާ ކަމަށެވެ.

"ދުވަސްތަކެއް ވަންދެން ގިނަ ބަޔަކު ކުރި ބުރަ މަސައްކަތުން މިހާހިސާބަށް ގެނެސްދިން ގުޅިފައިވާ ޕާޓީތަކުގެ ބަދަހި ގުޅުމަށް ހީނަރުވާ ޒާތުގެ ކަންކަން ކުރެއްވުން ހުއްޓާލެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރަށް އިލްތިމާސް ދަންނަވަން،" ގާސިމް ޓެގުކުރައްވާ ހަސަން ލަތީފު ކުރެއްވި ޓްވީޓުގައި ވެއެވެ.

އަލްހާނުގެ ޓްވީޓް، ރީ-ޓްވީޓު ކުރެއްވުމާއި ގުޅިގެން ގާސިމަށް އެމްޑީޕީ އެކްޓިވިސްޓުންނާއި ޕާޓީގެ އިސް ބޭފުޅުންގެ ފާޑުކިއުން އަމާޒުވަމުންދާއިރު، ގާސިމް ވަނީ އެ ޓްވީޓުގެ ދިފާޢުގައި ފަހުން އިތުރު ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި ގާސިމް ވިދާޅުވީ، އަލްހާންގެ ޓްވީޓު ރީ-ޓްވީޓު ކުރެއްވީ، އޭނާ ވިދާޅުވީ ޤާނޫނީ ގޮތުންނާއި ދީނީގޮތުން ބެލިޔަސް ރަނގަޅު ވާހަކައަކަށް ވާތީ ކަމަށެވެ.

ގާސިމްގެ މި ޓްވީޓާއި އެކު އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓުންނާއި ޕާޓީގެ ބައެއް އިސް ބޭފުޅުން، ގާސިމް ޓްގުކޮށް ހުތުރު ބަހުން ވާހަކަ ދައްކައި މަލާމާތް ކުރަމުންދާއިރު، ގާސިމްގެ އާއިލާ އާއި އަނބިކަނބަލުންގެ ޒާތީ ކަންކަމާއި ބެހި ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ދަނީ ދައްކަމުންނެވެ.

އަލްހާން މިއަދު ކުރެއްވި ޓްވީޓުގައި ވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާންގެ ޓްވީޓްގައި ވެއެވެ.

މިއަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.

ޖަލު ޙުކުމުގައި ހުންނެވުމަށްފަހު ރާއްޖެއިން ބޭރަށް ނަޝީދު ފުރާ ވަޑައިގަތީ މައިބަދައިގެ އޮޕަރޭޝަނަކަސް ކަމަށް ވިދާޅުވެއެވެ. ނަމަވެސް ބޭސްފަރުވާއަށް ދިން މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެމަނިކުފާނު ރާއްޖެއަށް އަނބުރާ ވަޑައިނުގަންނަވައެވެ. އަދި ފަހުން ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވައި ބޭރުގައި ހުންނަވައިގެން ސިޔާސީ މަސައްކަތްޕުޅު ފައްޓަވާފައެވެ. ނަޝީދު ރާއްޖެއިން ބޭރުގައި އުޅުއްވާތާ އެތައް ދުވަހެއް ވެގެން ދިޔައިރު، މައިބަދައިގެ އޮޕަރޭޝަން އަދިވެސް ކުރެއްވިކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަންމަޑޭ

    ޚަލެއަކަށް ނެންގޭނެ

  2. ޕަކަޕަކަޕަކާސް

    ޙައްހައްހާ.ކޮން ގުޅުމެއް ފޔރަތަމަވެސް އޮތީ.ނެތް އެއް ގުޅުމެއްވެސް.ޔާމީން ސަޅި ވެރިކަމެއް ކުރާތީ ވެރިކަމާ ތޮޅެން އުޅުނީ

  3. 3ނިރު

    ލަދުހަޔާތް ކޮބާ ގާސިމްއާ ގާސިމްގެ އަންހެނުން ނަށް މިއާލާތުން ކިތައްމެ ވަރެއްކުރިޔަސް ވަރި ހަމަ ގާސިމްނއެއްޗެކޭ ބުނީމަ ގޯސްވީ ގާސިމް ބުނި އެއްޗެއްގެ ދޭހަކޮއްބަލަ ޖަލު ހުކުމެއްގަ ހުރިމީހަކު ފިލައިގެންބއުޅެފަ މާލެއައީމަ ޖަލަށް ގެންދާތަން ބަލަން ގާސިމް ނޭދޭވާހަކަ ބުނީ މޅެ އަންނަތަނުން ހިފާ ހައްޔަރު ކުރާނެތީ ކީއްކުރާނީ ހިނދުކޮޅުގަވިއްޔަ ތިބެވެނީ

  4. މަހަށްދޭބަލަ

    ސްޕްރީމް ކޯޓުން އޮތީ ކެނެރީގެ ނަޝީދަށް ކޮށްފައިވާ ހުކުމް އަކީ އެއީ ރަނގަޅު ހުކުމެއް ކަމަށް ނިންމާފައި ދެން ކަފާލާތުގެ ދަށުން އޭނާ މިނިވަން ވާނަމަ ރާއްޖޭގެ ޖަލުތަކުގައި ތިބި ޑްރަގް ލޯރޑުން ވެސް މިނިވަން ވާން ޖެހޭނެ ކެނެރީގެ ނަޝީދު ރާއްޖޭން ބޭރަށް ދިޔައީ ބޭސް ފަރުވާ އަށް ކުށްވެރިއެއްގެ ގޮތުގައި ހުރެމެ އަދި ސަރުކާރުން އޭނާ ބޭސްފަރުވާ ނިންމާ އަންނަން ބުނުމުން އޭނާ އެވަނީ ސަރުކާރަށް ފިލާފައި އެއީ ވެސް ކުށެއް މިނިވަން ނުވާނެއޭ ކެނެރީގެ ނަޝީދު މަހަށްދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ ދެން.

  5. ޢަބްދުﷲ

    މިރާއްޖޭގައި ޤާސިމުގެ މުދަލާއި ފައިސާއާއި ތަކެތި ރިސޯޓްތަކާއި ބޮޑެތި ވިޔަފާރިތައް ހުއްޓާ މިރާއްޖެއަށް އެއްވެސް ދެރައެއް، ގެއްލުމެއް، ނުތަނަވަސްކަމެއް، ލިބޭފަދަ ގޮތަކަށް ކުރެވޭ ކަންކަމަށް ޤާސިމު ރުހުން ދެއްވާނެތޯ ސުވާލުއުފެދެއެވެ.

  6. އަހްމަދު

    ބަލަ ހަސަނާ ގާސިމް ސޭޓުއެއްޗެއްބުނީމަތަގޯސްވަނީ ހަސަނު ނުދެކެންތަ ސޭޓުގެ އަންހެނުން ކެބިނެޓައްއަންނައްއުޅެނީއޭކިޔައިގެން ތިޔަޕާޓީގެ ބޯބުރާންތިން އެގޮވާގޮވެލިފަތި މިސަރުކާރުގަ ސޭޓުގެހިއްސާވެސް ކުޑައެއްނުވާނެ ސޭޓުބޭނުންވާމީހުންނަށްވެސް މަގާމުތައްދެވޭނެ ތިޔަކާމިއާބީގަ އެކަމަނާގެ ހިއްސާވެސް ކުޑައެއްނޫން ތިޔަތިބި މާރިޔާމެންނައްވުރެ މާމުހިންމުދައުރެއް އައިޝާ އަދާކުރި މިހަގީގަތްބަދަލެއްނުކުރެވޭނެ

  7. ރައްދު

    ޤަސިމަކީ މިގައުމަށް ވަރަށްގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ
    އެމަނިކުފާނާއި ނޝީދާ އަޅާކިޔޭނީ ކޮން އުސޫލަކުން ކޮން ހަމައަކުން ހެއްޔެވެ ގާސިމަކީ
    ބިނާ ކުރައްވާ ބޭފުޅެކެވެ އެކަމަކު ނަޝީދަކީ
    ނިއުކުލަރ ހަތިޔާރެކެވެ

  8. Miadhu

    ހަސަނާ ކަލެޔާ މާރިޔާ އާއި ދެމީހުން ތިހުރިހާ ނުބައެއް ހަދަނީ ގާސިމެެއނޫން މިފަހަރުވެސް ދަރިންކޮޅު އުކާލާފައި އެ އައިޝާ ފަކީރު ތެޅުނު ތެޅުން ހަނދާންހުރީ ތިޕާޓީން ކޮންމެމްބަރެއް ގާސިމު ފެއަށް ޖެހިލާ މައުމޫނު ކައިރިއަށް ލެފިލާ ތިތަނުން ފޭވެގަނޭ ސަލާމް

  9. ކަބީރުބެއްޔާ

    ކަލޭމެން ޤާސިމު ގާތްކުރީ ޚަރަދުކުރަން ފަސޭހައަކަށެވެ. ޤާސިމަކީ ދެއުޅިއެއްނުވާ ބޭކަލެއްކަން އެގޭތީ ޤާސިމު ހައްދައިގެން މުޅި ކޯލިސަނަށްލިބުނު ވޯޓުގެ 15 ޕަސެންޓްވޯޓް ޤާސިމުގެފުށުން ވަނީ ލިބިފައެވެ. އެއީ 20205 ވޯޓެވެ. މައުމޫނު ހައްދައިގެން ވަނީ 10 ޕަސެންޓް ވޯޓް ހޯދާފައެވެ. އެއީ 13470 ވޯޓެވެ. އަދާލަތާއި އެމްޑީއޭގެ ފުށުން ވަނީ 5 ޕަސެންޓް ވޯޓު ހޯދާފައެވެ. އެއީ 6735 ވޯޓެވެ. އެމްޑީޕީއަށް ލިބުނީ ދެން އޮތް އެއްޗެކެވެ.

  10. Anonymous

    ކޮން ގުޅުމެއްގެ ވާހަކަތޯ؟
    ދައުލަތަށްދަރާފަ އޮތްދަރަނިން ސަލާމަތްވާން ހަދާފަ އޮތް ޑީލްގެ ވާހަކަތޯ