ރައްޔިތުންގެ ނިންމުމާއި ކުޅެން ނޫޅުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ.

މަހުލޫފް މިހެން ވިދާޅުވެފައިމިވަނީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދުސްތޫރީ މައްސަލައެއް ވެރިކަން ކުރާ ޕާޓީ ޕީޕިއެމް އިން ސުޕްރީމް ކޯޓަށް މިއަދު ވެއްދުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ރައްޔިތުންގެ ނިންމުމާއި ކުޅެން ނޫޅުމަށާއި، ރައްޔިތުންގެ ނިންމުން ދަމަހައްޓަން ތައްޔާރަށް ތިބި ފުލުހުންނާއި ސިފައިން ރަނގަޅަށް ކަމަރު ބާރު ކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި ރައްޔިތުންގެ ސަފުތައް އެ ފުލުހުންނާއި ސިފައިންގެ ފަހަތުން ރުކުރުވާލަން ތައްޔާރުވުމަށް ވެސް މަހުލޫފް ވަނީ ގޮވާލައްވާފައެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، މިއަދު އެ މައްސަލަ ޕީޕީއެމް އިން ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، ރައީސް ޔާމީންގެ ފަރާތްޕުޅުންނެވެ.

ޕީޕީއެމް އިން މި މައްސަލަ އެ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހުއެވެ.

ޕީޕީއެމް އިން ބުނިގޮތުގައ ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

އިންތިޚާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާއިރު ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި އެހެން ހުރިހާ މެންބަރުން މިހާރު ތިއްބެވީ ސްރީލަންކާގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޥިއްތެެ

    ކުޅޭނަން.ކީއްކުރެވޭނީ.މީހަމައެކަނި ކަލޭގެ ވޯޓެއްނޫ

  2. ހުސޭނުބޭ

    މޮޔަ ބޮލައް އަރައިގެން ހޮޮޅި ވާހަކަނުދައްކާހުރޭ، ކަލޭމެން ވައްކަން ކުރީމަ އެކަން ބަލަންވެގެން މިއުޅެނީ،

  3. ހަސީން

    މަހުލޫފު ކިތަންމެއިންޒާރެއް ދިނަސް ހުށަހެޅިފަވާ މައްސަލަތައް ބެލުމަށްފަހު އިންތިޚާބު ބާތިލުކުރާވަރުގެ މަށްސަލައެެް ހުރިނަމަ ބާތިލްކުރާނެ.

  4. ޢަބްދުﷲ

    މަގުމަތިން އިންޞާފު ނުހޯދޭނެއެވެ.

  5. ފެޓް

    މީ ދެން ކާކު މީހަކު މިހާރަކު ކަލޭދައްކާ ވާހަކައެއް އަޑެއްނާހާނެ

  6. ސަން

    ކުރިންނިންމި އިރު ކަލޭ ކޮބާ. ނިންމި ބައިގަ ދޯ.

  7. ހައްގުބަސް

    ކަލެއަށް ރައްޔިތުން ވޯޓު ދީގެން ކަލޭ ހޮވީ ޔަހޫދީ ޖަމާއަތާ ގުޅިގެން އުޅޭކަށް ނޫން ހޭދެބައި ނުވެ ހުރޭ ކަލޭ ހޮވި ރައްޔިތުންނަށް ދޯކާދީފަ ރިލޯޑް ކުރަން ދުވި މީހެއް ކަލޭ ތީ

  8. އަލީ

    ދޮގުފުރޭތަ މަޚުލޫފު