އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ރާއްޖެެއިން ބޭރަށް ކުރެއްވި ދަތުރުފުޅުށްފަހު މިއަދު ރާއްޖެއަށް ވަޑައިގެންފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި އިބޫ ރާއްޖެ އިން ވަޑައިގެންނެވީ މި މަހުގެ ހަތްވަނަ ދުވަހުގެރެއެވެ. ރާއްޖެ އިން ބޭރަށް ކުރެއްވި މި ދަތުރުފުޅުގައި އިބޫ ވަޑައިގެންފައިވަނީ ސިންގަޕޫރަށެވެ.

ރާއްޖެ އަށް ވަޑައިގަތުމުގެ ކުރިން އިބޫ މިއަދު ހެނދުނު ސްރީލަންކާ އަށް ވެސް ވަޑައިގެންނެވިއެވެ. އަދި ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގައި އިބޫ ވަނީ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާއާ ބައްދަލުކުރައްވާފައެވެ.

މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިފަހުން އިބޫ ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    މިއީ މިރާއްޖޭގެ ރައްޔިތުންނަށް ބޭރު ޤައުމުތަކުން ދެއްވާ ޤަދަރާއި އިޙްތިރާމެވެ. މީގެކުރިން މިފަދަ އެއްވެސް ޤަދަރެއް އިޙްތިރާމެއް އިބޫއަށް ލިބިފައިނުވަނީ، އޭރު ރައްޔިތުންގެ ފަރާތުން އެއްވެސް ޤަދަރެއް އިޙްތިރާމެއް އިބޫއަށް ދެއްވާފައިނުވުމުންނެވެ.

  2. ރިޔާޒު

    ޤަދަރުދޭން ޖެހޭ މީހުންނަކާ ނޫން އެބައްދަލުކުރަނީކީ،.... ދީނަށް ޖޯކްޖަހާ ދީނުގެ ޢަދާވާތްތެރިންނާ އެ ބައްދަލުކުރަނީ،،،،