ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެދުގައި ދެކޮޅުވެރިކަމާއި ނުތަނަވަސްކަން އުފެދި ސޯޝަމް މީޑިއާ މަންސަތަކުގައި ކޯޅުން ބޮޑުވެފައި ވަނިކޮށް، ޕާޓީތަކުގެ ޚިޔާލު ތަފާތުވި ސަބަބު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓުގައި، އިދިކޮޅު އިއްތިހާދުގެ ތެރޭގައި ހިނގަމުންދާ ކަންކަމަށް އިޝާރާތްކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގައި ހިމެނެނީ ތަފާތު ފިކުރު ކަމަށެވެ. އަދި ރާއްޖޭގެ ޝަރުޢީ ނިޒާމު އިސްލާހު ކުރަން ހިންގަން ޖެހޭ ކަންކަމުގައި ވެސް ޕާޓީތަކުގެ ޚިޔާލު ތަފާތު ވެދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ޑިމޮކްރެސީގެ އަސާސްތަކާއި އެއްގޮތަށް ޚިޔާލު ތަފާތުވުންކަމާއި އެކުގައި ޙައްލު ހޯދޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

"ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގަ ހިމެނެނީ ތަފާތު ފިކުރު. ރާއްޖޭގެ ޝަރުޢީ ނިޒާމު އިސްލާހުކުރަން ހިންގަން ޖެހޭ ކަންކަމުގައިވެސް ޕާޓީތައް ޚިޔާލު ތަފާތުވެދާނެ. އެހެނަސް، އަޅުގަނޑުގެ ނަޒަރުގަ ޑިމޮކްރެސީގެ އަސާސްތަކާ އެއްގޮތަށް ޚިޔާލު ތަފަތުވުންތަކާއެކީގަ ހައްލު ހޯދޭނެ،" ރައީސް ނަޝީދުގެ ޓްވީޓުގައި ވެއެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި، ރާއްޖޭގެ ޝަރުޢީ ނިޒާމު އިސްލާޙު ކުރުމަށް ހިންގަންޖެހޭ ކަންކަމުގައި ސިޔާސީ ޕާޓީތައް ޚިޔާލު ތަފާތު ވެދާނެ ކަމަށް ވިދާޅުވެފައި ވާއިރު، މީގެ ކުރިން އެމްޑީޕީން ޢާންމު ކޮށްފައިވާ ސިޔާސަތެއްގައި، ސުޕްރީމް ކޯޓަށް ރާއްޖެއިން ބޭރުގެ ފަނޑިޔާރުން ގެންނަން އޮތް އޮތުމަށް، ޖުމްހޫރީ ޕާޓީން ވަނީ ފާޅުގައި ދެކޮޅު ހަދާފައިކަން ފާހަގަކޮށްލެވެއެވެ.

އިދިކޮޅު އިއްތިހާތުގެ ތެރޭގައި މިއަދު މައްސަލަ ހޫނުވެފައި ވަނީ، ރައީސް ނަޝީދު "ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން" ކަންކަން ނިންމެން ނޯންނާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކުރެއްވި ޓްވީޓަކަށް ތާއީދުކުރައްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރީ-ޓްވީޓު ކުރެއްވި ހިސާބުންނެވެ. މިކަމާއ ގުޅިގެން އެމްޑީޕީ އެކްޓިވިސްޓުންނާއި ޕާޓީގެ އިސް ބޭފުޅުންގެ ފާޑުކިއުން ގާސިމާއި ޖޭޕީއަށް އަމާޒުވަމުންދާއިރު، ގާސިމް ވަނީ އެ ޓްވީޓުގެ ދިފާޢުގައިވެސް ފަހުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އަލްހާންގެ ޓްވީޓު ރީ-ޓްވީޓު ކުރެއްވީ، އޭނާ ވިދާޅުވީ ޤާނޫނީ ގޮތުންނާއި ދީނީގޮތުން ބެލިޔަސް ރަނގަޅު ވާހަކައަކަށް ވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ މި ޓްވީޓާއި އެކު އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓުންނާއި ޕާޓީގެ ބައެއް އިސް ބޭފުޅުން، ގާސިމް ޓްގުކޮށް ހުތުރު ބަހުން ވާހަކަ ދައްކައި މަލާމާތް ކުރަމުންދާއިރު، ގާސިމްގެ އާއިލާ އާއި އަނބިކަނބަލުންގެ ޒާތީ ކަންކަމާއި ބެހި ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ދަނީ ދައްކަމުންނެވެ.

އަލްހާން މިއަދު ކުރެއްވި ޓްވީޓުގައި ވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާންގެ ޓްވީޓްގައި ވެއެވެ.

އަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.

ޖަލު ޙުކުމުގައި ހުންނެވުމަށްފަހު ރާއްޖެއިން ބޭރަށް ނަޝީދު ފުރާ ވަޑައިގަތީ މައިބަދައިގެ އޮޕަރޭޝަނަކަސް ކަމަށް ވިދާޅުވެއެވެ. ނަމަވެސް ބޭސްފަރުވާއަށް ދިން މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެމަނިކުފާނު ރާއްޖެއަށް އަނބުރާ ވަޑައިނުގަންނަވައެވެ. އަދި ފަހުން ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވައި ބޭރުގައި ހުންނަވައިގެން ސިޔާސީ މަސައްކަތްޕުޅު ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ވަހީދު

    ހައްގު ބަސްބުނާ މީހާއި ދިމާކުރުމަކީ އެމްޑީޕީގެ އަސާސެއް. ޖޭޕީން ވަރަށް ވިސްނުންތެރިކަމާއި އެކު އުޅެގެންނޫނީ ސަރުކާރުގައި ނުހިފެހެއްޓޭނެ.

  2. ޖސޖސހ

    ޑިމޮކުރަސީ އަކީ ނަސީދު ބުނީމާ ބުނިކޮންމެ ގޮތެއް އެއީ ޑިމޮކުރަސީ އަކީ

  3. މަހަށްދޭބަލަ

    ސްޕްރީމް ކޯޓުން އޮތީ ކެނެރީގެ ނަޝީދަށް ކޮށްފައިވާ ހުކުމް އަކީ އެއީ ރަނގަޅު ހުކުމެއް ކަމަށް ނިންމާފައި ދެން ކަފާލާތުގެ ދަށުން އޭނާ މިނިވަން ވާނަމަ ރާއްޖޭގެ ޖަލުތަކުގައި ތިބި ޑްރަގް ލޯރޑުން ވެސް މިނިވަން ވާން ޖެހޭނެ ކެނެރީގެ ނަޝީދު ރާއްޖޭން ބޭރަށް ދިޔައީ ބޭސް ފަރުވާ އަށް ކުށްވެރިއެއްގެ ގޮތުގައި ހުރެމެ އަދި ސަރުކާރުން އޭނާ ބޭސްފަރުވާ ނިންމާ އަންނަން ބުނުމުން އޭނާ އެވަނީ ސަރުކާރަށް ފިލާފައި އެއީ ވެސް ކުށެއް މިނިވަން ނުވާނެއޭ ކެނެރީގެ ނަޝީދު މަހަށްދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ ދެން.

  4. ޢަބްދުﷲ

    ތިޔަކަމަކީ، ނަޝީދަށް މަޢާފުދެއްވުމަކީ، މިރާއްޖޭގައި ޒަމާނުއްސުރެ ޢަމަލުކުރެވޭ ދުސްތޫރީ ހަމަތަކުގެމަތިން އެކަންކުރުމުގެ ފުރުޞަތު ލިބިއްޖެނަމަ، ރަނގަޅަށް މޮޅަށް ކުރެވެންއޮތް ކަމަކަށްވާއިރު، ޤާނޫނާއި ޚިލާފަށް އެކަން ކުރުމަށް ބާރުއެޅުމަކީ، ރަނގަޅު ނިޔަތެއް އޮވެގެން ކުރައްވާކަމެއްތޯ ސުވާލުއުފެދެއެވެ.

  5. ގލޅ

    އެމްޑީޕީގެ ފިކުރާއި އަމަލްތައްހުންނަ ގޮތާއި
    ހުންނާނެ ގޮތް އެންމެހާ ދިވެހި ރައްޔިތުން ދަނެއެވެ
    އަދި ޚާއްސަކޮށް ނަޝީދަކީ ވަރަށް ތަފާތު
    މީހެކެވެ ނުބައި ނުލަފާކަން ދެއްކުމާއި ހަރުކަށި
    ކަމާއި މަކަރާެި ހީލަތް ހެދުމާއި މިހެންގޮސް ދެން
    ކިޔާނެކަމެއްނެތް ހުރިހާނުލަފާ ސިފައެއް ނިކަން
    ރީތިކޮށް ޖަމާވެފައިވާ މީހެކެވެ

  6. Miadhu

    ތިގޮވީ އަތަށް ހުވާކުރެވެންދެންވެސް މިފަހަރު ހިފަހައްޓާ ނުލެވުނު ކުރީ ފަހަރުވާ 13 ދުވަސްވި އަދިވެސް ދިވެހިންގެ ތެރޭގައި އެމް ޑީ ޕީ ގެ ފިކުރު ނުދަންނަ މީހުން އުޅެނީދޯ ދެންވެސް އަތްޖަހާ. ކޮބާ އިބޫއަށް ވޯޓުދިން ޖޭޕީ ކުދިންކޮޅު. ދެން އަތްޖަހާ

  7. ޗާލީ

    ބަލަ ތިޔަ ވިދާޅުވި ސްޕްރީމް ކޯޓުންނޫންތޯ 1 ފެބުރުވަރީ ގައިވެސް ނަޝިދު ދޫކޮށްލަން އަމުރު ނެރުނީ. ދެންކޮން ސްޕްރީމް ކޯޓުގެ ވާހަކައެއް ތިދައްކަނީ؟

  8. އައިކުޑް

    ހެއިލޯ މާނޭ ހެއިލޯ ރެޑޭ ތަމެން ދެކުދިން ސަލާމް ކޮށްގެން ތިބޭ އިރު ހާދަ ސްވީޓޭ ދޯ ތަމެން ދެކެ މަމެން ޕިންކީން ރުޅިއެއް ނޫނޭ ދެން އެހެން ނޫނަސް އެއްގޯއްޗެއް ގެ ކުދިންނަށް ރުޅި ނުވެސް ވެވޭނެ ނޫންތޭ މަމެން ވަރަށް މިސްވެއޭ ތަމެން ދެކުދިން އިނގޭތޭ ތަމެން ދެކުދިން ދެން އަންނަން އުޅެގަ ޕިންކީން ގޯއްޗަށް ބަލާ ބަލަ މިހިރީ މެޓާ މިހިރީ ޗޮކްލެޓް އިނގޭތޭ އަންނަގަ ދެން ނާނާނާ ނާނާނާ ޔޫނޯ އައި ވުޑް ހޭޓް ޓު ބްރޭކް ޔުއަރ ހާރޓް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި..

  9. ދެޓްޑޭދެޓްޑޭ

    މައުމޫނު އާއި ގާސިމް މި ދެކުދިން އަތާއި އަތް ގުޅުވާލި ގޮތަށް މަމެން ހީކުރަމޭ ތަމެން ދެކުދިން މަމެން ޕިންކީން ނާއި އެކު އަތާއި އަތް ގުޅުވާލާނެ ކަމަށް އަދި ރަންރީނދޫ ބޮޑޭ މެން ވަރިކޮށްލާނެ ކަމަށް ހަމަ މިހާރުން މިހާރަށް މަމެން ޕިންކީން ވެރިކަމަށް 2013 ގައި އައި ދުވަސް އެއީ ރީތި އަބަދުވެސް ރީތި ދުވަހެކޭ އުފާވެރި ދުވަހެކޭ އިޓްސް ބިއުޓިފުލް އެން އިޓްސް ކަމިންގް އެގެއިން އިޓްސް ސަޕޯސްޑް ޓު ބީ ލައިކް ދިސް އިޓްސް އޯލް އޯކޭ ދެޓް ޑޭ ދެޓް ޑޭ ދެޓް ޑޭ ދެޓް ޑޭ ދެޓް ޑޭ ސޯ ސްވީޓް..

  10. ދަތްދޫނި

    ސޭޓަށް ހީވަނީ ލައްކަ އެކޭދޮތަ! ސޭޓަކީ މިހާރު ރައްޔިތުން ބަލައި ގަންނާނެ މީހެއްނޫން.

  11. ޕާރފެކްޓް

    ގާސިމް އެވިދާޅުވާނީ ހަމަ ޕާރފެކްޓް ވާހަކަ ތަކޭ ތަމެން ތިޔާ އުޅެނީ އަބަހައްދަވެގެންނޭ ފަޔަށް ހިނިއަރައިގަނެގެން ސަންތިމަރިޔަނބޭ މެން އުޅޭ ގޮތަށް ތަމެން ނޫޅެގަ އިނގޭތޭ ގާސިމް އެއީ މަމެން ޕިންކީންގެ ގޯތީގެ ކުއްޖެކޭ ދޯ ގާސިމް ދޮންބެ އަންނަން އުޅެގަ ޕިންކީން ގޯއްޗަށް މަމެން ނާއި އެކު ލާރޖް ކޮށް ހިޔާ އެކޮމްޕްލިޝްޑް ޕްރޮގްރާމް ޖައްސަން އެއިރުން ސީދާ މާލޭން ޖަރުމަންގެ ފްރެންކްފާރޓް އަށް އަޅާލާނީ އޯވަރ ވޯޓަރ ބްރިޖް އެއް އިނގޭތޭ ޕާރފެކްޓް ދޯ ލައްބައޭ...

  12. މަހަށްދޭބަލަ

    ޖޭއެސްސީގެ މެމްބަރަކު ވަކާލާތު ކުރައްވަން ވަޑައިގަތުމަކީ އަޚުލާގީ މައްސަލައެކޭ ތަމެން އަތުގައި އޮތީތޭ އަޚްލާގީ މައްސަލަ މިނަން ކިޔާ ޑިޓެކްޓަރެއް އަޅެ އޮތިއްޔާ ދައްކަގަ މަމެންނަށް ނެތޭ ދެން ކޯއްޗެކޭ ކިޔަންތޭ ތަމެން ދެން ތިޔާ އުޅެނީ މިހާރު ވެރިކަން ނުލިބިގެން ވަގުވޯޓް އިން ވެސް ކާމިޔާބު ނުވުމުން ބުއްދި ފިލާ ގޮސްގެންނޭ މަމެން ބުނަން ނެތީމު ދޯ. ދަ ބެޓުލް އިޒް އިން އަވަރ ހޭންޑް ނައު އިނގޭތޭ މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

  13. މަހަށްދޭބަލަ

    ގާނޫނީ ގޮތުން މަނާ ކަމެއް ނޫން ޖޭއެސްސީ ގެ މެމްބަރުން ކާން ބޯން ކުރާ މަސައްކަތް ކުރުމަކީ އެކަން ކުރެވޭނެއޭ ރޭނިސް ސަލީމް ވެސް ކާން ބޯން ކުރާ މަސައްކަތް ހުއްޓުވައެއް ނުލެވޭނެއޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  14. މިލިޓަރީ

    އެމްޑީޕީ މީހުން ނަކީ ގޮތެއްފޮތެއްނެއްބައެއް. އެމީހުންގެ ސަބަބުން މިރާއްޖެ މިދަނީ އަހުލާގުނެއްޓިގެން.

  15. ޝާމީ

    މޑޕ ބޭނުން ގޮތަކަށް ބޭނުންކަމެއް ނުވީމަ އެތަނެއް އެ ގޯސްވީ އިސްލާހު ކުރަންވީ ޑިމޮކްރަސީ ނެތީ މަކަރާހީލަތުންވެސް ކަމެއް ކާމިޔާބު ވެއްޖެ ނަމަ ޑިމޮކްރަސީ ފުރިއުތުރި އަރަނީ ކަމައް ގަބޫލުކުރާ ބައެއް މޑޕ އަކީ..

  16. ޖަމީލް

    އެމްޑީޕީ މީހުންބޭނުންވަނީ ކޮންމެ ގޮތަށް ހަދާފަވެސް ވެރިކަން. ތިދަނީ ކޯލިޝަން ވީދަ ވީދައިގެން. އެންމެން އެއްކޮށްގެން ދޮގު ބުހުތާނު ވާހަކަ ދައްކައިގެން އައިވެރިކަމަކީ ހަމަ އެއްމެ ބޭނުމެއްގަ ކުރި ވެރިކަމެއް. އެމްޑިޕީ މީހުން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ތެވީ. އޭރުވެސް ބުނިން އެމްޑީޕީ ހަމަވާނީ އެމްޑީޕީ އަށޭ.

  17. ޅަގޮޑި

    ާނަޝީދު މިކާކު ޑިމކްރަސީިކިޔަން

  18. ލުކޫ

    މި އިންތިޚާބުން ކާމިޔާބު ލިބުނީ އެމް.ޑީ.ޕީގެ ކެންޑިޑޭޓަށް. އަޅުގަނޑު ލީ ކަރުދާސް ކޮޅުގަ އޮތީ އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ގެ ވާހަކައެއް، އެއަކުނެތް ގުޅިފައިވާ ޕާޓޯއެކޭ. ނުވަތަ ކޯޅޭ ކޯލިޝަނެކޭ ނެތް. އެހެންވީމަ ކާމިޔާބު ކުރީ އެމް.ޑީޕީން އަދާލަތަކުން ނުވަތަ ޖޭ.ޕީ އަކުންވެސް ނޫން ،ވަރަށް ސާފު ދެއްތޯ!