ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަ ކޮށްލުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާވައިގެން ރާއްޖެ ގެނައި ކަމަށް ތުހުމަތު ކުރާ، ސްރީލަންކާގެ ސްނައިޕަރު، ލަހިރު މަދުޝަންކާ މިނިވަންކުރުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) ލަންކާގެ ކެބިނެޓް މިނިސްޓަރަކާއި އެކު މަޝްވަރާ ކުރައްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން އިބޫ މަޝްވަރާކުރައްވާފައި ވަނީ، ލަންކާގެ މިނިސްޓަރ އޮފް ޕްރޮވިންޝަލް ކައުންސިލްސް، ލޯކަން ގަވަމަންޓް އެންޑް ސްޕޯޓްސް އަދި އެޤައުމުގެ ޤާނޫނުހަދާ މަޖިލީހާއި ރައީސް ސިރިސޭނާއަށް ޤާނޫނީ ލަފާ އަރުވާ ކައުންސިލްގެ މެމްބަރުކަމުގައި ހުންނަވާ، ފައިޒަރު މުސްތަފާއާއި އެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި ފައިޒަރު މުސްތަފާ، މަދުޝަންކާ މިނިވަން ކުރުމާއި މެދު މަޝްވަރާ ކުރުމަށް އިބޫ އާއެކު ބޭއްވި އެ ބައްދަލުވުމުގައި އިދިކޮޅު ރަނިންގމޭޓް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ. މި ބައްދަލުވުމުގެ ފޮޓޯތައްވެސް އެ ނޫސްތަކުން މިހާރު ވަނީ ޢާންމު ކޮށްފައެވެ.

ފައިސަލް ނަސީމް، ލަންކާގެ ކެބިނެޓް މިނިސްޓަރ ފައިޒަރު މުސްތަފާއާއި އެކު

އޮކްޓޯބަރު 2015 ގައި ހައްޔަރުކުރި މަދުޝަންކާގެ ޝަރީޢަތް މިހާރު ކުރިއަށްދާއިރު، މިހާތަނަށް ބޭއްވުނު އަޑުއެހުންތައް ކުރިއަށްގެންގޮސްފައި ވަނީ ސިއްރުންނެވެ. ރައީސް އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި މަދުޝަންކަ ހައްޔަރުކޮށްފައިވާއިރު އޭނާ ވަނީ ދައުލަތުގެ ތުހުމަތަށް އިންކާރުކޮށްފައެވެ.

ލަހިރު މަދުޝަންކަ - ފޮޮޓޯ: މިހާރު

ރައީސް އަވަހާރަ ކޮށްލަން ރޭވި މައްސަލާގައި ކުރީގެ ނައިބު ރައީސް އަދީބާއި މަދުޝަންކާގެ އިތުރުން ދައުވާ ކޮށްފައިވަނީ މ. ލިލީޕާކް ފަޒީލު ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސެއިންގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  މިއީތޯ އިންސާފުގާއިމުކޮށް އިންސާފު ހޯދައިދިނުމުގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލު ހިންގުމަށް ފައިވިއްދާލާފައިވާ އާސަރުކާރުގެ އުސޫލަކީ،؟؟ ނޫނީ ޑިމޮކްރަސީއަކީ؟؟ އަދި ހުވައި ނުކުރެވިގެން އުޅެނިކޮށް އާ ރައީސު ކުޅެންފެށި ރޯލު ވަރަށްވެސް އިތުބާރާއި ހަރުދަނާކަން އެބަހުރި، ރައީސު ޔާމީނަކީ ތިމީހުން އެންމެ ރުޅިއަންނަ ހަސަދަވެރިޔާ ކަމުގައިވިޔަސް އެއީވެސް އިންސާނަކަށްވީހިނދު ހެޔޮވެރިކަމެއްކުރާނެ ވެރިޔަކު މީހެއްގެ ފުރާނަ ދުއްވާލުމަށް ރާވަމުންދިޔަ މީހަކު ޖަލުން މިނިވަންކުރުމަށް މަސައްކަތް ނުކުރާނެ، ވާ ސާބަސް

 2. ރާއި

  ފައިސަލް ނަސީމް. ފައިސަލް އިބްްރާހިމް އެއް ނޫން

 3. ރޮންދާ

  ތިމީހާ މިނިވަންކޮށްފަ ދޫކޮއްލައިފިއްޔާ މަބަލާނީ ތިމީހާ ގެނައި ކުރިޔާލައި ރާވައިގެން ކަލޭމެން ކަމަށް ވަރަށް ސަލާމް

 4. އަހުމަދު

  ބަލަ އިބޫ މަނިކުފާނު އަވަހާރަކޮށްލަން މީހަކު އުޅެފިނަމަ ދޫކުރާނަންތޯ.

 5. ސޫޒާ

  އެފެންނަނީއިބޫ ބުނާ ތިމަންމަނިކުފާނުގެ ސޫރަ. ފެނޭތަ ދިވެހިންނަށް ވާގޮތް. ކޮންބަޔަކާގުލިގެން މި އުޅެނީ. ކިހިނެތް ވެގެން މި އުޅެނީ ރާއްޖެ ހަލާކުކުރަން އެމް.ޑީޕީން ކުރާ މަސައްކަތްތައް ނާކާމިޔާބު ކުރައްވާށި! އާމީން

 6. ލޮކުމިނިއްސާ

  ހެޔޮނުވާނެ އެމީހާ ފަކީރު ދޫކޮށްލާ. އެމީހާޔަކީ ހަމަ ރާއްޖެއަށް އައި ފަތުރުވެރިއެއްގެ ގޮތުގައި އައިސް ވަޒީފާ އެއް ލިބޭތޯ މަސައްކަތްކުރަމުން އައި މީހެއް . ނިކަމެތި ފަގީރަކަށް ވީތީ ޔަމީނު ހަމަ ގަންނަން ބޭނުންވާ ގަޑުގަ އެމީހާ ފަކީރު ހަޖަމުކޮށްލީ. ކޮންފަދަ ބޮޑު މުސީބާތެއް މިޔާމީނަކީ. ހުވާ މިބުނީ . މިޔާމީނު ގެ އެއްފަޅީ ވާކުރައްވާތޯ އެންމެން ދުޢާ ކުރާވަރުވެސް ވެއްޖެ. ވަކި ކަމެއްނޫނޭ ހުރިހާ ކަމެއްގައިވެސް މިމީހާގެ ހަރާމް ޒާދާކަން މިހުރީ ދައްކާފަޔޭ. މީ އަޅެފަހެ ދައްޖާލުތަ