ރައްޔިތުން ވޯޓުން ނިންމާފައިވާ ނިންމުން ކޯޓުން ބަދަލުކުރާނެ ކަމަށް ނުބެލެވޭ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވެފައިވަނީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދުސްތޫރީ މައްސަލައެއް ވެރިކަން ކުރާ ޕާޓީ ޕީޕިއެމް އިން ސުޕްރީމް ކޯޓަށް މިއަދު ވެއްދުމާ ގުޅިގެންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އިންތިހާބުން ބޮޑުތަނުން ބަލިވެ ވަޑައިގަތްކަން ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާފައިވާ ކަމަށާއި އަދި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުންނާއި ރަސްމީ އިދާރާތަކަކުން ވެސް ތިބީ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށްގެން ކަމަށެވެ.

އަދި ރައީސް ޔާމީން ބަލި ގަބޫލުކުރެއްވުމުން ރައްޔިތުންގެ ނިންމުން ދަމަހައްޓާނެކަމުގެ ޔަގީންކަން ފުލުހުންނާއި ސިފައިން ވެސް ދީފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"މި ހުރިހާ ހެއްކާއި ގަރީނާ އެއްކޮޅަކަށް އޮވެފައި ކޯޓަކުން އެ ނޫން އެހެން ގޮތަކަށް ނިންމަވާނެ ކަމަށް ގަބޫލުކުރަން ދަތި" މާރިޔާ ވިދާޅުވިއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ ވަރަށް އޮމާންކަމާއެކު ކުރިއަށްދަނިކޮށް މިފަދަ މައްސަލައެއް ކޯޓަށް ވެއްދުމުން ސިފަވަނީ ރަށުތެރެ ހަލަބޮލިކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ޕީޕީއެމް އިން މި މައްސަލަ އެ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހުއެވެ.

ޕީޕީއެމް އިން ބުނިގޮތުގައ ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

އިންތިޚާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާއިރު ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި އެހެން ހުރިހާ މެންބަރުން މިހާރު ތިއްބެވީ ސްރީލަންކާގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރިޝްމީ

    ސްޕްރިމްކޯޓުން ނެރޭ އަމުރަކަށް ޕީޕީއެމް ބޯލަބަން ތައްޔަރުހަމަ. ދެން ތިބޭނީ ތިޔަގެނައި ކޯލިސަންގެވެރިކަން ދާގޮތެއްބަލަން! ހީވާގޮތުން ތިންމަސްނުވަނީސް ކޯލިސަން ރޫޅި ވެރިކަން ވީދި ވެއްޓޭނޭކަމަށް ބެލެވެނީ!

  2. Anonymous

    2018ގަ އިންތިޚާބުގަވެސް ރައްޔިތުން ނިންމި ގޮތަކާއިމެދު ކޯޓުތަކުން ބަދަލުކޮށްފައިވާކަން އަދި ރައްޔިތުން ހަނދާން ނުނެތޭއިރު ކީއްވީތޯ މިހާރު އެހެން ނުވާނެކަމަށް ދެކެންވީ؟؟ -

  3. ޢަބްދުﷲ

    އޮންނާނީ ޙައްޤާއި ބާޠިލެވެ. ޙައްޤު ފާޅުވުމުން، ބާޠިލުގޮތުގައި ނުތިބޭވޭނެއެވެ. ޕީޕީއެމުގެ ފަރާތުން އުފައްދާފައިވާ ސުވާލުތަކަށް އީސީގެ ފަރާތުން އެކަށީގެންވާ ރައްދެއް ނުދެއްވައެވެ. ޕީޕީއެމަށް ލިބިފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ނުކުރުމަށް އީސީގެ ފަރާތުން ޕީޕީއެމަށް އަންގާފައިވަނީ، ޤާނޫނާއި އެއްގޮތަށްތޯ ސުވާލުއުފެދެއެވެ.

  4. އައްލެއިކަލޯ

    ހައި މަރީ. ރައްޔިތުންގެ ނިންމުން އީސީން އޮޅުވާލީމާ ދެން ދާނީ ކޯޓަށް، ދެން ތަހުގީގު ކުރާނީ، ދެން އިންސާފު ކުރާނީ... އެއީ ރަނގަޅު ބަދަލު، އެއީ އިންސާފު.

  5. ޕްރައިވެޓް

    ކަލޭ ފަނޑިޔާރަކައް ހުރިއްޔާ ތިކަން ވާނީ ތިހެން

  6. Abdul Latheef

    ރައްޔިތުންގެ ނިންމުމެއްނޫނޭ ބަދަލު ކުރަންއުޅެނީ. ވަގުން ކުރި ވައްކަމުގެ މައްސަލަ އައް ގޮތެއް ނިންމަން އުޅެނީ.

  7. ހުސޭނުބޭ

    ރައްޔިތުން ކަހެރުވަކޭ ކިޔާ މީހެއްތަމީ، ކަލޭމެންގެ މުޞީބާތް މިގައުމަށް ޖެހިގެން މިއުޅެނީ، މިކަމުން އަރާ ނުގަނެވިގެން މިއުޅެނީ، ކުރާ ކޮންމެކަމެއްގަ އޮޅުވާލުމާއި މަކަރު، ކަލޭމެންނަށް ދުވަހަކުވެސް ހެޔޮ ނިޔަތެއްގަ ކަމެއްކުރާކަށް ނޭގޭނެ، އަމިއްލަ އެޖެންޑާ އިސްކޮއްގެން ގައުމު ސުންނާފަތިކުރަން އުޅޭ ބައެއްތީ، ﷲގެ ރަޙްމަތުން ދުވަހަކުވެސް ކަލޭމެންނަށް ތިކަމެއްނުވާނެ، ތިކަހަލަ މުނާފިގުންނަށް އޮތީ ދެދުނިޔެއިންވެސް އަބާއްޖަވެރިކަން.

  8. ޢެހަނދާ ް

    މާރިދައްތަ ބުންޏަސްތެދެއްވާނީތެދަކަށް. ދެންއެހެންނޫނަސް ހަމަކޮންމެމީހަކުވިޔަސް މަގާމްދިފާއުކުރަން އޮތްމިފަދަ ރަނުގެފުރުސަތެއް ވިއްޔާދުލެއްވެސްނުކުރާނެ ހެން ހަމަހީވޭ.

  9. އިބޫ

    ވައްކަންކޮށް މީހެއް ނުވަތަ ބައެއްގެ ޙައްޤަށް ލިބޭ ގެއްލުމަށް އިންސާފު ހޯދާދޭނީ ކޮންތާކުންތަ މާރިޔާ ދައިތަ ބުނެދީބަލަ