ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަން ހިމަނަން ޖެހިދާނެ ކަމަށް ބުނެ އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރު އިންޒާރު ދެއްވައިފިއެވެ.

ހާމިދު މި އިންޒާރު ގާސިމަށް ދެއްވާފައިމިވަނީ ގާނޫނީ ގޮތުން މިނިވަންވެގެން ރާއްޖެ ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގާސިމް މިއަދު ގޮވާލެއްވުމުންނެވެ.

އެކަމާ ގުޅިގެން ގާސިމް ޓެގް ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ހާމިދު ވިދާޅުވީ "ތިޔަހެން އުޅުއްވަނިކޮށް އީޔޫ ލިސްޓަށް އަރާފާނެ" ކަމަށެވެ.

ހާމިދުގެ އިންޒާރު ގާސިމަށް ދެއްވާފައިވާއިރު ނަޝީދަށް ފާޑުކިޔާފައި ކުރި ޓްވީޓެއް ގާސިމް މިއަދު ރިޓްވީޓެއް ކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ބައެއް ފަރާތްތަކުން އަންނަނީ ގާސިމް އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ގާސިމް ރި ޓްވީޓް ކުރެއްވީ ނަޝީދުގެ މައްޗަށް ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް ރާއްޖެ އަންނަން އުޅޭތީ އެކަމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ކޮށްފައިވާ ޓްވީޓެކެވެ. އާންމު ގޮތެއްގައި ރީޓްވީޓް ކުރުމުގެ މާނަ އަކީ ޓްވީޓްގައި ހިމަނާފައިވާ ވާހަކަތަކަށް ތާއިދު ކުރުމެވެ.

މި ޓްވީޓަކާއި ގުޅިގެން ގާސިމަށް ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ގާސިމް ވަނީ އެ ޓްވީޓް ދިފާއުކުރައްވާފައެވެ. ގާސިމް ވިދާޅުވީ އަލްހާންގެ ޓްވީޓު ރިޓްވީޓް ކުރީ އޭނާ ވިދާޅުވީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކަތަކަކަށް ވާތީ ކަމަށެވެ.

"ކީރިތި ރަސޫލާގެ ހަދީޡް ބަސްފުޅެއްގެ މާނައިގައި ވަނީ، ބަސްބުނި މީހާއަށް ނުބަލާށޭ. ބުނި ބަހަށް ބަލާށޭ" ގާސިމް ވިދާޅުވެފައިވެއެވެ.

މިއަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މަށަކަށް ހީއެއްނުވޭ އެއީ ޙަދީޘްބަސްފުޅެއްހެނެއް. އެއީ ޢިލްމުވެރިންގެ ބަސްފުޅެއް! ދެން އަނެއްކޮޅުން ޤާސިމު ވަރަށް ބާރަށް ބުނެފައޮތީ "ކެނެރީގޭ ނަޝީދު މިރާއްޖޭގެ ވެރިކަމަށް ގެންނާކަށް ދުވަހަކުވެސް މަސައްކަތެއް ނުކުރާނަށް. މިހާރުވެސް އަޅުގަނޑު މި މަސައްކަތްކުރަނީ އޭނަ ވެރިކަމަށް އަޔަނުދޭން." މިފަހަރު ޤާސިމު ހީކުރެއްވީ ނަޝީދުގެ ބާރެއް ނޯންނާނެޔޭ! އެހެންވެ މަސައްކަތްކޮށް ޚަރަދުވެސްކުރީ! އެކަމަކު މަކަރުންނަމަވެސް ވޯޓު ކާމިޔާބުވުމާއެކު މިފެންނަނީ ނަޝީދުގެ ބަލާ ބޮޑުވެފައިވާތަން! ސާބަސް ޤާސިމު! ދޫނުކުރާތި!

  2. ނަގޫރޯޅި

    ތިހެން ކިޔަގެން ގާސިމްމެން ދޮންކުދިންދެކެ ބިރުންނޭ ކޯލިސަން ހެދީވެސް.

  3. ކަލޯ

    މަޖިލިސް މޭޒައް އެރިގޮތައްތޯ!

  4. ކުޑަކާފު

    މިއޮށް ރޯގަތީ ،، ހުޅުފަޅައިގަންނަނީ ،، ޕެޓްރޯލް ނުޖަހާތި މާބާރަށް އަނދާފާނެ.. ހހހހހހހހ

  5. ވަހީދު

    ޔާމީން ބަލިވީ 18،000 ވޯޓުން. އަދި އިބޫ ހުވާވެސް ނުކުރޭ. ވޯޓުގެ މައްސަލަ ސްޕްރީމް ކޯޓުގައި އޮއްވައި ގާސިމުގެ އަނބިންނާއި ދަރިންނާއި ބެހިގަތީމަ ރަނގަޅެއް ނުވާނެ.

  6. މީހާ

    ކަލޭމެން ވައްތަރު މީހުނަށް ބިރުދެއްކުން

  7. ދަތްދޫނި

    ސޭޓޫ ތަ މައިތިރި ވެގެން ހުރެބަލަ!

  8. ޤައުމު

    ހާމިދު ކަލޭ ތީކާކު މާ ފުއްޕަން ސަިޒުގަ ހުރެޭ އިސްކޮޅައް ބަލަާފަ ފުއްޕާ

  9. ލައްޓި

    އަންނިއާ ދިމާއަށް އެއްޗެއް ބުނެފިއްޔާ އީޔޫއިން ފިޔަވަޅު އަޅާފާނެ. އެއީ އެ މީހުންނަށް މި ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގޭނީ އެކަލޭގެ މެދުވެރިވެގެން ކަމަށްވާތީ.

    • ބަންގާޅު އަނބިސޮރު

      ކަލޯ ލައްޓިޔާ. ކަލޯމެން ޔާޢްޓޭ އާއަދުރޭ ޔާ ނިހާނު ގޮވައިގެން އައިސް އަހަރެން ކައިރީ ތިޔަ ކުޅެނީ ވަކި ކޮންކުޅިޔެއް

  10. Anonymous

    ކުނިގޮނޑުގަ އުޅޭ ފުޅަ ތަކުގެ ދަށުވީމަ ހިތުހުރި އެއްޗެއް ކިޔާނެ

  11. ރައްޔިތުން

    އެހާލަތުގަ ނަޝީދު ރިސިވް ކުރަން ދިޔަތީވެ އިބޫވެސް އަދި ފައިސަލް ވެސް ޔާމީން ބަންދުކޮށްފައެވެ. ދުރަށް ވިސްނާށެވެ.

  12. Miadhu

    ކޮބާ ގާސިމު އެސޮރުމެންގެ ސައިޒު އެފެންނަނީ ހާމިދު މިއީ އަދި ކާކު އެކަމު އެހެރީ ބުލާބަސް ހީވާކަހަލަ މިގައުމު މިންގަނީ އދ އާއި އީޔޫގެ ގަރާރެއްގެ ދަށުންމެ އެހެންވިއްޔަ މިރާއްކޭގެ ޤާނޫނު އަސާސީގެ ބޭނުމެއްނެތްތަ

  13. ައަލީ

    ސާބަހޭ ޤާސިމް .... އެންމެ އިންޗިއެއްވެސް ދޫ ނުދޭތި

  14. މޫސަ

    ޙާމިދު ލޯގނޑެއްގެ ކައިރިއަށް ހުއްޓި ކަލޭގެ ހަމަ އިސްކޮޅު ބަލާލަބަލަ

  15. މުންތާޒު

    ބަލަގަ މި މުއްކުރު ހާމިދަކު ހުރިކަމެއް މީގެ ކުރިއަކުން ނޭގޭ . ޔާމީނުގެ ޚުދުމުޚުތާރު ކަމުގެ ތެރޭގައި ބަސްބުނެ ސިޔާސީގޮތުްން އެންމެ އިސްކޮށް މަސައްކަތް ކުރި މީހުންގެތެރޭ އަބްދުއްލާ ރިޔާޒާއި ގާސިމްއާއި ފާރިޝް އާއި މައުމޫނު ހިމެނޭ. ފިނޮޅުގައި ރާބުއި މައްސަލާގައި ތާށިވެދާނެތީ ތިޔަ ހާމިދު އޮތީ ފިލާފައި. ނެރުނު ނޫސް ބަޔާނެއްވެސް ނެތް. މިހާރު އެމްޑީޕީއަށް ވެރިކަން ލިބުނީމާ އަނގަފަޅައިގެން އުޅުނަސް ތިޔައީ ބޮޑު ފިނޑި ރނޑ އެއްކަން ޔަގީން

  16. ަޒިންޔޭ

    އިބޫއައް ވޯޓު ލިބިގެން ދިއުމަކީ އެމްޑީޕީ އެތެރޭގަ ތިބި މސްތުވާ ސަރުބަތު ބޯ މީހުން ބަލައިގަތީކަމުގައި ދެކިގެން ނުވާނެއެވެ. ހާމިދުމެންކަހަލަ މީހުން ކޯލިޝަން ސަރުކާރުގައި ބައިވެރިކުރުމަކީ ރައްޔިތުން އެދޭ ކަމެއް ނޫންކަމުގައި ހަނދާން ކޮއްދެމެވެ.

  17. ޕިސް

    އެމްޑީޕީ އާލެެއްގަނޑާ ވެރިކަމަކީ ކަލޭމެންގެ އެއްޗެއްކަމަށް ހީވެސްނުކުރާތި. އަންނަން މިއުޅޭ ވެރިކަމަކީ އެތަށްބަޔަކު ވީ ޣުރުބަނީ އެެއް. އަހަރުންވެސްމީ އިބޫ އަށް ވޯޓު ދިންމީހުން، އެކަމަކު ތި އަންނި އަކަށް ތާއީދެއް ދުވަހަކުވެސް ނުކުރާނަން. ގާސިމް އެދައްކަނީ ހަމަ ރަނގަޅުވާހަކަ، އަންނި ރާއްޖެ އަހިސްފިޔާ ޖެހޭނީ ހަމަ ގޮޅިއަށް ދާން...............އަދި މަޖިލިސް އިންތިޙާބު ވެސް އެބައޮތް ކަން ހަނދާންކުރާތި..............

  18. އާދަމް

    ﷲ ވަޙީކުރެއްވި (މާނަ):

    { كافر ވި މީހުން (ދަންނާށެވެ! (އެއުރެންގެ އެއްބަޔަކީ، އަނެއްބަޔެއްގެ އެހީތެރިންނެވެ. ތިޔަބައިމީހުން އެކަންނުކުރާނަމަ) އެބަހީ: ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް نصر ދީ އެހީވެ ނޫޅޭނަމަ) ބިމުގައި ފިތުނަވެރިކަމާއި، ބޮޑުވެގެންވާ ފަސާދަވެރިކަން އުފެދިދާނެތެވެ. }

    ރެފަރެންސް:
    http://quran.mv/#!/8/73

    { އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި، نصارى އިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. }

    ރެފަރެންސް:
    http://quran.mv/#!/5/51

    ދިވެހިން ހަޤީޤަތް ޤަބޫލުކުރާނެނަމަ...ޢަދާވާތްތެރިންނާއި މިތުރުން ޚިޔާރުކުރަން ދަންނާނެނަމަ.

    ﷲ ތަޢާލާއަށް އަޅަމެން ވަކީލުކުރަން.

  19. ކްރޯޑް

    މާތާހިރުކޮށް ކަންތައްކުރާ ބައެއްތަ އެއީ ކަރަޕްޝަނަށްގޮސް ހުސްވެފަ ކަރަޕްޝަންގެ ވާހަކަ ލިޔަން ފެށީމަ ނޫސްވެރިޔާވެސް އެވަނީ މަރާލާފަ އެފަދަ މީހުންގެ ވާހަކަ އަބަދުވެސް ތިޔަ އެމްޑީޕީ މީހުން ދައްކާނީ

  20. މިތުން

    ހާދަހާ ކެއްތެރިކަމެން ނެތޭދޯ

  21. މިތުން

    ނުފުންޕާ

  22. ކަލޯބެ

    ވައްތަރެއްގެ ބްލެކްމެއިލް އެއްތަ
    ހާމިދުމެން އެސޮމެންދެކެ ބިރުގަންނާނީ، ހަޑިހަންބެގެ އައުވާނުން

  23. ވޮއީސް އޮފް ހުވަދޫ

    ހާމިދޫ ! ކަލޭ ތީ ދިވެހީން ބިރުގައްނުވަން އަޅެފަހެ ކާކު ، ކަލޭގެ ސައިޒު އޮޅިގެން ނޫޅޭ ކަލޭ އަލިފާނާއި ނުކުޅޭތި ،

  24. ކޯލިސަން

    ތިޔަ އެމް.ޑީ.ޕީ ގަތިއުޅޭ އެކްޓިވިސްޓުން އެއީ މަތިންފާތްބައިގެން އުޅޭ ބަޔެކަން ގަބޫލް ކުރަނީ ހަމަ ބޭރުކަރާގެ ލާދީނީކާފަރުން ތިބުނާ އަންނި ވަންނި އެއީ ކަކުތަ ހަމަމާލެއައީ ހައްޔަރުކުރީ

  25. އަޙްމަދު

    އާޔަތާ ޙަދީޘް ކިޔަން ޖެހޭނީ އެގޭ މީހުން.

  26. ސަންޕަ

    ކޮބާ ޖާސިމޫ ކިހިނެހީވޭ؟ ވަރަށްސާފުދޯ؟ ދެނަކާދެނެއްނެތް. ކަލޯގެވިޔަފާރިބަނގުރޫޓް ކޮށްލާނެކަމުގެ ބިރުއެދައްކަނީ. ލަވަމުންގެންގޮސްރަނގަޅަ ތިއޮތީ މަޅިފަތީގަ ޖެހިފަ.

  27. ޓައްޕު ޙަސަނު / އިނގުރައިދޫ

    ހާމިދު ކަލޭ ތީކާކު. މާ ފުއްޕަން. ސަިޒުގަ ހުރެބަލަ. ކަލޭ ހީކުރަނީ ވެރިކަމަށް އިބޫ ހޮވީ ހަމައެކަނި އެމްޑީޕީ މީހުން ކަމަށްދޯ؟ އިމްތިޙާބަށް ކަލޭ ކުރި މަސައްކަތެއް ދައްކަބަލަ. އަނެއްކޮޅުން ތިއީ އެއްވެސް ބަރުދަނެއް ހުރި މީހެއް ވެސް ނޫން. އިސްކޮޅަށް ބަލަާފަ ފުއްޕަބަލަ! ވ.ސަލާމް

  28. މޮޔަ ދިވެހިން

    ކޮބާ ފެނޭތަ ހަރާންކޯރު ވާނެ މިންވަރު. އީޔޫ ގެ ލިސްޓް ތިހަދަނީ ހާމިދު އެއްނުން. އިންތިހާބު ބާތިލް ކުރައްވާށި. އާމީން.

  29. އިންސާނާ

    ހާމިދޫ ބިރުނުދައްކާ ޔާމީނު މީހުންނައް ބިރުދައްކަނީކަމައް ބުނެ ބިރު ނުދައްކާނެކަމައް ވައުދު ވެގެން ރައްޔިތުން ވޯޓުދިނީ އެހެންވީމާ މޮޔަ ވާހަކަ ނުދައްކާ އެހެން ނޫނީ ވައްޓާލަފާނެ

  30. ވަކި ކޮޅެއްނެއް

    ހާމިދު އަމީންފައިސަލް ނަސީމް މިކަހަލަމީހުން ތިބެންޏާ އެމްޑީޕީ ވާނީ ހަލާކުނަސީދުވެސް މޑުން ހުރުން ބުއްދިވެރި..

  31. ޖަމާލް

    މިރާއްޖޭގައި ހިނގާ ހުރިހާ ކޮރަޕްޝަނެއްގެ ފަހަތުގައި ހުންނަނީ ބުރުމާ. ބުރުމާއަށް މިއަދު ކޯޓްގެ ޙުކުމްތައް ބާޠިލް ކޮށްގެން ހުރެވިދާނެ.ތިމަންނާއަކީ މަންމަގެ ބަނޑުން ވިހޭދުވަހު ހުރި ގޮތަށްހުރިމީހަކަށް ހެދިގެން ނުހުންނާތި. އަދި ބުރުމާ ގާސިމް ޖަވާބުދާރީ ވާނެ ދުވަހެއް އޮންނާނެ.އެއީ މަޙުޝަރުގެ މައިދާން. މިރާއްޖޭގެ ހުރިހާ ކޯޓްތަކާއި ކޯޓްތަކުގެ ފަނޑިޔާރުން ބުރުމާ އޮންނަނީ ގަނެފަ. މިރާއްޖޭގައި އެއްވެސް ވެރިކަމެއްގައި އަދުލު އިންސާފެއް ނުލިބޭނެ. އޭރަކު ވެރިކަމުގައި ތިބޭ ކޮޅަކަށް ޖެހިގެން ކޯޓްތައް ތިބެނީ.