އިދިކޮޅު އިއްތިހާދުގެ ނަމުގައި އެކުވެރި ބޮޑު ކޯލިޝަނެއް ހަދައިގެން ކުރިމަތިލީ ރިޔާސީ އިންތިޚާބަށްފަހު، އެ އިއްތިހާދުގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވާހަކަތައް ބަދަލުވަމުން ދާތީ އެ އިއްތިހާދުގެ ބައިވެރިއެއް ކަމަށްވާ އަދާލަތު ޕާޓީގެ ބައެއް އެކްޓިވިސްޓުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފިއެވެ.

އިދިކޮޅުން ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) އިންތިޚާބުކޮށް ދިނުމަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އިންތިޚާބުގައި ވޯޓު ދީފައިވާއިރު، ވޯޓަށް ފަހު އެމްޑީޕީން ވަނީ އިބޫގެ ވެރިކަމަކީ އެމްޑީޕީގެ ވެރިކަމެއްގެ ގޮތުގައި ސިފަކުރާން ފަށާފައެވެ. އަދި ހުރިހާ ޕާޓީތަކަށް ވޯޓުން ލިބުނު ކާމިޔާބީއާއި އެކު، ނިންމުންތައް ނިންމުމުގެ އިޚްތިޔާރު އޮތީ ހަމަ އެކަނި އެމްޑީޕީއަށް ކަމަށް ވަނީ ސިފަކޮށްދޭން ފަށާފައެވެ. މިކަމުގެ ސަބަބުން އިދިކޮޅުން ހެދި އެކުވެރި ކޯލިޝަން ވަނީ ބައިބައިވާން ފަށާފައެވެ.

މިކަމާއި ގުޅިގެން އަދާލަތަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން މީސްމީޑިއާގައި ނުރުހުމުގެ ޝުޢޫރުތައް ފާޅުކުރަމުންދާއިރު، އެފަރާތްތަކުން ބުނަމުންދަނީ މިއީ އެމްޑީޕީގެ ވެރިކަމެއް ނޫން ކަމުގައި އާއި މިއީ އިއްތިހާދުގެ ހުރިހާ ބައިވެރިންގެ ވެރިކަމެއް ކަމުގައެވެ. ނަމަވެސް މި ވާހަކަތަކަށް ރައްދުދީ އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން މިހާރު ދަނީ ފާޅުގައި އެފަރާތްތަކަށް މަދަދުވެރިވެ އިންތިޚާބުގެ ކުރީން ކެމްޕޭނުގައި މަސައްކަތްކޮށްދިން ބައެއް ފަރާތްތަކާއި ކުރިމަތިލައި ބަދު ބަސްތައް ރައްދުކުރަމުންނެވެ.

އަދާލަތު ޕާޓީގެ އިތުރުން އިދިކޮޅު އިއްތިހާދުގެ މުޙިންމު އެއް ޕާޓީ ކަމަށްވާ ޖޭޕީގެ ބައެއް މެމްބަރުންނާއި ވެސް އެމްޑިޕީ އެކްޓިވިސްޓުންނާއި މެދު މިއަދު ދަނީ ކޯޅުން ބޮޑުވަމުންނެވެ. އެގޮތުން 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، "ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން" ކަންކަން ނިންމެން ނޯންނާނެ ކަމަށް ބުނެ ކޮށްފައިވާ ޓްވީޓެއް، ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހީމް ރީ-ޓްވީޓު ކުރި މައްސަލައިގައި ދެ ޕާޓީގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވުން އުފެދިފައެވެ.

ސިޔާސީ މި ކޯޅުމުގެ ތެރެއިން ގާސިމަށް އެކި ގޮތްގޮތުން އިންޒާރުދީ އޭނާގެ އާއިލާ އާއި އަނބިދަރިންގެ ޒާތީ ކަންކަމާއި ބެހި ދަށު ދަރަޖައިގެ ވާހަކަތަކާއި ހަޑި ހުތުރު ބަހުން އެފަރާތަށް ނިސްބަތްކޮށް ވެސް އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބޮޑުން މިހާރު ދަނީ ވާހަކަ ދައްކަމުންނެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އިބްރާހީމް ސަޢީދު ކޮށްފައިވާ ޓްވީޓްތަކެއްގެ ސްކްރީން ޝޮޓެއް

ރިޔާސީ އިންތިޚާބުގެ ކުރީންވެސް އިދިކޮޅު ކޯލިޝަނުގައި ޖޭޕީ އާއި އެމްޑީޕީ އާއި ދެމެދު މިފަދަ ނުތަނަވަސްވުންތަކެއް އުފެދިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ގާސިމް ވަނީ އެމްޑީޕީ އާއި ވަކިން، އެ ޕާޓީގެ އެއްވެސް ބޭފުޅަކު ނުހިމެނޭ ގޮތަށް ވަކި ކޯލިޝަނެއްގެ ދަށުން ސަރުކާރެއް ޤާއިމް ކުރުމުގެ ތަސައްވުރެއްވެސް އިއުލާނުކޮށްފައެވެ. އިންތިޚާބު ބޯމަތިވެފައިވީ އެ ދަނޑިވަޅުގައި އެމްޑީޕީން ޖޭޕީ އާއި ސުލްޙަވެ އެ ޕާޓީގެ އެހީތެރިކަން ހޯދި ނަމަވެސް، ވޯޓުގެ ކާމިޔާބަށްފަހު ހުރިހާ މަސައްކަތެއް ކުރި ޕާޓީއަކީ އެމްޑީޕީގެ ނަޒަރުގައި އެޕާޓީ ކަމަށް ވަނީ ވެގެން ގޮސްފައެވެ.

ޤާނޫނު އަސާސީގައި ވާގޮތުން ރައީސަކު އިންތިހާބު ކުރަންޖެހޭނީ ފަސް އަހަރަށް ކަމުގައި ވީނަމަވެސް، އިންތިޚާބުން އިބޫއަށް ކުރި ލިބިއްޖެނަމަ ގެންނާނީ ދޮޅު އަހަރުގެ އިންތިޤާލީ ވެރިކަމެއް ކަމަށްވެސް ހަމަ އެކަނި އެމްޑީޕީގެ މެނިފެސްޓޯގައި ކުރިން ވަނީ ނިންމާފައެވެ. ވޯޓުން އިދިކޮޅު ކެންޑިޑޭޓް، އިބޫ ކުރި ހޯދި ހިސާބުން އެ ނިންމުމާއި ގުޅިގެންވެސް ޕާޓީތަކަށް އަދި އެއްބަސްވެވުމަކަށް ނާދެވިފައިވަނީ، ޕާޓީތަކަށް ވޯޓުން ލިބުނު ކާމިޔާބީ އަކީ ހަމަ އެކަނި އެމްޑީޕީއަށް ވެރިކަމަށް އާދެވުން ކަމުގައި އެޕާޓީން ދެކޭތީ ކަމަށް ގިނަ ބަޔަކު މިހާރު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. Anonymous

  ދެން ކަލޭމެން މަހަށްދޭ. މިއީ މޑޕ ގެ ވެރިކަމެއް. މޑޕ ގެ ފިކުރު އެކަނި ހިނގާނީ. ގާނޫނު ދަންނައެއްޗެއއނޫން ކޯލިޝަން ސަރުކާރަކީ.

 2. އެދުރު

  އެމްޑީޕީގެ ހިޔަޅުކަން އެނގި ތިބެ ދޯ ތި ހުރިހާ ކަމެއް ކުރީ

 3. ކާފަފ

  ކޮކްޓެއިލް ކޯލިސަން

 4. ޢަބްދުﷲ

  ތިޔަކަމުންވެސް އެނގެނީ، ނުސީދާ، ނުރަނގަޅު، ކަންތައްތައް ހިނގާފައިވާ ކަމެވެ.

 5. މުހުންމަދު

  މީހެއްގެގައިގައި އެއްހަރަކުން ދެފަހަރު ކަށްޓެއްނުޖެހޭނެވާހަކައަކީ ހަމަތެދުވާ ހަކައެއް. އެކަމަކު އެއީ މުސްލިމެއްގެ ގައިގައި.

 6. ފަތަރާސީ

  ޖޭޕީ ބޭނުންވި ކަން އެއޮތީ ކޮށްދީފަ. އެއީ ގާސިމު މިނިވަން ކުރުން. މައުމޫނު ބޭނުންވި ކަންތައް އެޔޮތީ ކޮށްދީފަ. އެއީ މައުމޫނާ އެސޮރު ދަރި މިނިވަން ކުރުން. ދެން އިމްރާން ކަހަލަ މުއްލާއިން ދުލެއް ނުކުރެވޭނެ. ބިކޯޒް ވީ ކޭމް ވިތްއަ މިޝަން. އެހެންވީމާ މިހާރު ހިނގަންޖެހޭނީ އެމްޑީޕީ ފުރިހަމަ ބާރު.

 7. ވަހީދު

  މައްސަލަ ހޫނުވީ ގާސިމުގެ އަނބި އައިޝާ ސަރުކާރުން މަގާމެއް ދީފިއްޔާ ބޭނުން ހިފާނަމޭ ބުނީމަ، އާނިޔާ އޭނާއި ގާސިމުގެ ދަރިންނަށް ބަދު ބަސް ބުނި ހިސާބުން.

 8. ވަހީދާ

  ގާސިމަށް އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަން.

 9. ޏިޔާޒް

  ޢަހަރުމެން ވެސް މަސައްކައް ކޮއްކެން ވެރިކަމައް އައީ މެމްޑީޕީ މީހުން އެކަނި ދިން ވޯޓެއް ނޫން

 10. ަިއިލްމު ހޯދޭހިޔާ

  ދެން ލަލަލާ ވީ އާ އެމްޑީޕީ ކޯލިޝަން ޑީލް އިސް ޑަން އެސް ޔޫ ބެގަރސް ރިކުއެސްޓެޑް
  ސޯ އެފް ދަ މައުތް ޝަޓް އެންޑް ލިވް އިން އަވަރ ޖަޒީރާ ރާއްޖެ
  ލަލަލާ

 11. ހަމަ ބުއްދި

  ލަހެއްނުވިތާ ދޯ.

 12. އަހުމަދު

  ތިޔާގެތެރެއިން އެންމެނުލަފާ ބަޔަކީ އަދާލަތު. އެއީ މޑޕ ގެ ނުލަފާކަން އެނގިތިބެ އެކޮޅަށް އެހީތެރިވީމަ.

 13. ދެން ލަލަލާ

  ކޮން ކޯލިޝަނެއްތަ ، މީ އެމް ޑީ ޕީ ގެ ސަރުކާރެއް، މާބޮޑަށް ފުއްޕަން ނަހަދަށްޗޭ.

 14. ދަތުރު

  ހާދަހާދެރަގޮތެކޭމިވަނީ ހިތާމަހުރިކަމެއްމީ

  މިލޮބުވެތި ޤައުމު މިނިވަންކަންމަތީ އަބަދުގެ

  އަބަދައް ލަހައްޓަވާށި. އާމީން

  (ލަދުހަޔާތުގެ ކުނޑިފަށްވެސްނެތް ބޯހަލާކު)

 15. ޑިމޮކްރަޓިސްޓް

  ތީ މަ އޭރުވެސް އާދޭސްކޮށްފަ ގޮވިވާހަކަ.. އެމްޑީޕީއަކީ ދުވަހަކުވެސް އެމީހުންގެ އަމިއްލަ ޕާޓީނޫނި އެހެންބަޔެއް ބަލައިގަންނާނެ ޕާޓީއެއްނޫން.. އެމީހުންގެ އޮތީ އެންމެ އެދުމެއް.. ޕާޓީތައް ގާތްކޮށްގެން ވެރިކަން ހޯދުން.. އެކަން އެމީހުން ކޮށްފި.. މިހާރު ތީ ބާކީ ޕާޓީތަކެއް..

 16. ޚަލީލު

  އެމްޑީޕީ އަށް ވޯޓްދިނީ ދިން ބަޔަކު ކޯލީޝަން އަކަށް ނޫން ވޯޓް ކަރުދާހުގަ ވެސް އިންނާނީ އެމްޑީޕީ ގެ ލޯގޯ އަދި އިބޫ ވެސް އެއީ އެމްޑީޕީ މީހެއް އެހެންވީމާ މަމެން އެމްޑީޕީ ކުދިންގެ ބާރު އޮންނަން ވާނީ ކޮން ގާސިމެއް ކިޔާކަށް ގާސިމަށް ތަ ވޯޓް ލީ ނޫނީ މައުމޫނައް ތަ މިދެން މުސީ ބާތެއްނު ކަލޭމެން މައިތިރި އަރާބަލަ ގާސިމޫ މައުމޫނޫ ނަސްރީނާ ބައްޔެއްނު

 17. ފެހި ގާނޫނުއަސާސީ

  ފެހި ގާނޫނު އަސާސީ ގައި ކޯލިޝަން އެއީ ހިމާނަފަވާ ޢިބާރާތެއްނޫން. ހިމަނާފަވަނީ 120 ވަނަ މާއްދާގެ (ހ) ގަ ހިމާނާފަވަނީ އެއްވެސްބަޔަކު ނުވަތަ އެކަކަށްވުރެ ގިނަބަޔަކު އެއްބައިވެގެން ވެރިކަމަށް ހޮވިއްޖެނަމަ 5ހަފްތާ ތެރޭގައި ކޯޅެން ފަށަންޖެހޭނެކަމަށް. އަދި އިންތިގާލީ މަރުހަލާއެއް އިޢުލާންކޮށް އަލުން ވޯޓްލާ ރަޢީސް އަކު ހޮވަންޖެހޭނެކަމަށް....... ދެން ކޯޅޭ.... އެއަށްފަހު އަލުން އިންތިޚާބެއް ބާއްވާ....

 18. އަކުރަމް

  މުނާފިގުން އަހުދަށް ކަމޭނުހިޔާނެ ވައުދެއްވިއްޔާ ހަނދާން ނައްތާލާނެ. ތި ފެންނަންފެށީ އަދި ކުޑަ މިންވަރެއް. ނަޝީދު މިނިވަން ކޮށްފިއްޔާ މުޅި ޖަލުވެސް ޖެހޭނެ މިނިވަން ވަން. ވ ވަާހަކަ މިބުނީ

 19. ރުޒާނާ ޗޮއްޕަޓު

  އެމްޑީޕީގެ ވެރިކަމަކަށް ވެ ނިމިއްޖެ. ތިތިބީ ވާނެ ހައެތި ވެ ރަނގަޅަށް ބޮނޑި ބޮވިފަ. ދެން އަލީ ޒާހިރުމެން މޫނު ބުރުގާ އަޅައިގެން ނޫނީ މަގުމައްޗަށް ނުނިކުންނާތި. ލަދުގަންނަން މިޖެހުނީ މަށަކަށްނު.

 20. ވޮއީސް އޮފް ހުވަދޫ

  ޜީދުލުގެ ފިކުރު ، ފަސާދާއިގެ ފިކުރު އެބަޖެހޭ ދީނަށް ފުރައްސާރަ ފިކުރު ، އެބަޖެހޭ މި ގައުމުން ފޮހެލަން ، މި ފިކުރުގައި މި ތިބަ މީހުން މިތިބީ މަސްތުވެ މޮޔަވެފައި ، ވިސްނާލަ ބައްލަވަ އަދި މިއުޅެނީ ހުވާނުކުރެވި ގެން ، ސޯއްބެ ވ މިގެނައީ އެންމެން މޮޓިކިޔާގެން ، މިހާރަކު އެންމެން ހުރިހާ ޕާރޓީން ކުރި ކަމެއް ނެތް ، މަސްތީ ހާމިދު ބޭނުން އެއްޗެއް ބޭނުން މީހަކަށް ގޮވާލަނީ ، ހަމަ ފައްކާ ޔަހޫޒާއިން ތަކެއް ، ހެޔޮނުވާނެ ފައްސާލާ،

 21. ގައުމު

  ގާސިމް އަށް އެހެންނަހަދާ އޭނައަކީ ބަލި ކުއްޖެއް....

 22. Anonymous

  ދީންވެރިންގެ ނަމުގާތިބެގެން ކުޅުނު ޖާހިލު ރޯލުގެ ނަތީޖާއަކީ ކަލޭމެންގެ އަތަށްގޮވުން، ދިވެހިރާއްޖެ ނުދެކޭފަދަ ތަރައްޤިއާއި ތަމައްދުނު ގެނެސްދެއްވި ކަންކުރަން ދަންނަ، ޖެހިލުންކުޑަ، ހިކުމަތްތެރި ޤާބިލުވެރިޔަކު ދުއްވާލާފައި މުރަގަގަސްދޮށު މާލިމީން ވެރިކަމަށް ގެންނަން ވޯޓުދިން ދިވެހިންގެ ބޯގަޅިކަމާއެވެ. އިތުރު ފަސްއަހަރު ރައީސް ޔާމީނަށް ދެއްވިނަމަ ދުނިޔެ އާސޯޚްކޮށްލާފަދަ ކުރިއެރުން މި ކުޑަ ދިވެހި ޤަވްމަށް ގެނެސްދެއްވީހެވެ. އެންމެ ފަސްއަހަރުގެ ޓާމަކުން ގެނެސްދިން ކުރިއެރުން އެހުރީ ފެންނާށެވެ. މީހަކަށް ހަސަދަވެރިވިޔަސް ގައުމާއި ކުޅޭ އެއްޗެއްނޫން، ޚާއްސަކޮށް ރޯނުއެދުރު ޝިދާތާ، އަނާރާ، ރޯނު އަލީޒާހިރު، ކަންނެލިއޮޑި އިލްޔާސު

 23. ނުރަބޯ

  ބަލަގަ އަދާލަތުވެސް ޖޭޕީވެސް ތިޔައީ އެމްޑީޕީ އާއި ގުޅިގެން ސަރުކާރެއް ހިންގަން އުޅެ، އެކަންނުވެ ހިތިތަޖުރިބާ ތަކެއް މީގެ ކުރިންވެސް ކޮށްފަތިބި ބައެކެވެ. ކަން އެހެން އޮއްވާ، އަދި އެމްޑީޕީގެ އިދިކީލި އަދި ލާދީނީ ސިޔާސަތަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވަނީސް ތިޔަ ދެބައިމީހުން އެމްޑީޕީގެ ފައިބުޑަށްގޮސް ކޯލިޝަނެއް ހަދައިގެން އެ ކޯލިޝަނަށް މަކަރާ ހީލަތުން ވެރިކަން ހޯދައިދިނުން އެއީ ކަލޭމެންގެ ޙަސަދަވެރި ކަމާ، ވިސްނުން ކޮށިކަމުންނެވެ. އެހެން ކަމުން ދެން ކަލޭމެންނަށް އޮތީ ކަލޭމެން ފޭހުނު އިލޮށިގަނޑު ކަލޭ މެންގެ ލޮލަށް ހެރުނީމާ އެކަމުގެ ވޭން ލިބިގަތުމެވެ.

 24. ބޮއްބޮ

  އެމްޑީޕީ އެކޭ އެއްގޮތަށް އެޕާޓީގެ އެކްޓިވިސްޓުންނަކީ ވެސް އިޙުސާން ތެރިކަން ގަބޫލުނުކުރާ، ލަދުޙަޔާތް ކުޑަ ބައިގަނޑެކެވެ. ވޯޓުދިން ބަޔަކު ވޯޓުދިނީ ކޯލިޝަނަކަށްނޫނޭ އެމްޑީޕީ އަށޭ ބުނެ ކުރަމުންދާ ކޮމެންޓް ތައް މީގެ ހެއްކަކަށް ފުދެއެވެ. ބަލަގަ ތިޔަ ބައިގަނޑު ގެ އުއްމީދުގެއްލި ބިމަށް ތުންގަޑު ހެރިފަތިއްބާ ގާސިމު ކަލޭމެން ގޮވައިގެން ސަރުކާރާ ދެކޮޅަށް ނިކުމެ ކުނޫޒު ކަލޭމެންގެ ހިތަކަށްދީގެން އަމިއްލަ ޖީބުން ޚަރަދު ކޮށްގެން މުސްކުޅިބެއާ ސޭކު އިމްރާނާ ބައިވެރިކޮށްގެން ކުރި ބޮޑު މަސައްކަތުން ނޫންތަ ކަލޭމެންނަށް ވެރިކަން ހޯދިދާނެކަމުގެ ކުޑަވެސް އުއްމީދެއްލިބުނީ؟ އެއިރުވެސް ގާސިމަށް ހެޔޮއެދޭ އެތައްބަޔަކު ގާސިމު އެކަމުން ދުރުކޮށް ސަލާމަތް ކުރަން މަސައްކަތްކުރި އެވެ. އެގޮތުން ގާސިމުގެ ގާތުގައި ކުރިން މަސައްކަތްކުރި އިކްރާމް ޢަބްދުއް ލަޠީފް ކުރިމަސައްކަތް ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް މަސައްކަތް ކުރިކުރި ހެން ގާސިމުގެ ނުބައި ނުލަފާކަމާ ޖައްބާރު ކަން ކުރިއަށްނެރެ އިހުނަށްވުރެ ބާރަށް އެކަމާ އުޅެގަތީއެވެ. އެހެންކަމުން މިއަދު ކަލޭމެންނަށް ގާސިމު އެކަންޏެއްނޫން މައުމޫނާ، އިމްރާނުގެ ބޭނުމެއްވެސް ނޯންނާނެއެވެ. އަދި އެމީހުން ކޮށްދިން ކަމެއްވެސް ނޯންނާނެއެވެ.

 25. ސަރީފާ

  ފުރަތަމަ އެމްޑީޕީގެ ވެރިކަމެއްކަމަށް ވިދާޅުވީ އަންނި " އަނެއްކާވެސް ޚުދު މުޚުތާރު ވެރިކަމަކަށް އެމްޑީޕީއިން ނިމުން ގެނެސްދީފި" ކަމަށް އަންނި ވިދާޅުވި މިބުނެވުނީ އެމްޑީޕީއިން ޔާމީީީީނު ބަލިކުރިކަމަށްބދޮއްތަ

 26. ޖާމާލް

  ދެން ކުރާނެ ކަމެއްނެތް ތިއޮތީ އެމްޑީޕީގެ ބޭނުން ފުދިފަ. ދެން އެމްޑީޕީ އާ ދެކޮޅު ހަދާ ކޮންމެ މީހަކު އައުޓް. އެމްޑީޕީ އުޅުނީ އެމްޑީޕީ ވެރިކަން ވެއްޓި ހުރިހާ މީހުން ލައިގެން އަލުން ވެރިކަން ހޯދަން. ތިއޮތީ އެކަން ޙާސިލް ވެފަ ދެންލަލަލަ.އޭރުވެސް ޕިޕީ އެމް ހަޅޭލި ތީ ވަކި ބޭނުމަކު ވެރިކަމަށް ނިކުތް މީހުން ކަމަށް. އެމީހުންގެ ބޭނުންވެސް ބުނި. އަދުލޭ އިންސާފޭ. ކިޔުނުތަ؟

 27. ގަސިތު

  ރަނގަޅުވާހަކައެއް މީ އެމްޑީޕީ ގެ ވެސް އަދި ޖުމްހޫރީ ޕާރޓީގެވެސް ވެރިކަމެއްނޫން. މީ ޕީޕީއެމްގެ ވެރިކަން. އެ އީ ވަރަށްބޮޑު ތެދެއް.

 28. ޢަލީ

  މުނާފިގު ދީނާދެކޮޅު ޕާޓީ ، އެމްޑީޕީ