"ޗެނަލް 13"އާ ދެކޮޅަށް އަބުރުގެ 7 މައްސަލައެއް އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި އެކޮމިޝަންގެ ފަރާތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް ހުށަހަޅައިފިއެވެ.

"ރާއްޖެ ޓީވީ" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އޭނާ އަމިއްލައަށް "ޗެނަލް 13" އާ ދެކޮޅަށް "އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު"ގެ ދަށުން ހަ މައްސަލައެއް ބްރޯޑްކޮމް އަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އަބުރުގެ އިތުރު މައްސަލަ ބްރޯޑްކޮމްއަށް ހުށަހަޅާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އާއި ހަވާލާދީ "ރާއްޖެ އެމްވީ" އިން ބުނީ ޝަރީފް ހުށަހެޅުއްވި ހަ މައްސަލައަކީ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާނުކުރުމާ ގުޅިގެން، އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ޕީޕީއެމް އޮފީސް ކުރިމަތީގައި ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާތަކުގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ނިސްބަތްކޮށް، ހާއްސަކޮށް ޝަރީފްއަށް ނިސްބަތްކޮށް ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށާއި އަދި "ވަގަށް" ގޮވަމުންދާ މަންޒަރާއި އަޑު ހިމެނޭ ކޮންޓެންޓް "ޗެނަލް 13" އިން ބްރޯޑްކާސްޓްކޮށް، އޭނާގެ އަބުރަށް އަރައިގަނެފައި ވާތީ ހުށަހަޅާފައިވާ ހަ މައްސަލަ ކަމަށެވެ.

އަނެއް މައްސަލައަކީ އިލެކްޝަންސް ކޮމިޝަނުގެ ހަތަރު މެމްބަރަކު ފިލައިގެން އުޅޭ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެ "ޗެނަލް 13" އިން މިހާރު ދައްކަމުންދާ މަންޒަރުތަކުގައި ޓީވީ ކަނަކަށް އެ މެމްބަރުންގެ ފޮޓޯ ދައްކަމުންދާ މައްސަލައެއް ކަމަށާއި އެމައްސަލަ ހުށަހެޅީ ކޮމިޝަނުގެ ފަރާތުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް އަސަރު ކުރާވަރުގެ ކަމެއް ހިނގާފައި ނެތް ކަމަށެވެ.

ނަމަވެސް ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ވަނީ ރިޔާސީ އިންތިޚާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެމައްސަލައިގެ މާބޮޑު ތަފްސީލެއް ޕީޕީއެމް އިން ހާމައެއް ނުކުރެއެވެ. ޕީޕީއެމް އިން ވިދާޅުވެފައި ވަނީ އިންތިޚާބާއި ގުޅޭ ވަރަށް ގިނަ ޝަކުވާތަކެއް އެޕާޓީއަށް ލިބިފައި ވާތީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ދެން ކަލޭވެސް ޗުކުލާ މަހަކަށް ވެގެން ރީނދޫކުލަ އަރުވައިގެ އުޅޭ! މިހާރު ކިރިޔާ ހަޤީޤީކުލަ ތި ފެންނަނީ! މަރުހަބާ!

  2. Miadhu

    މައްސަލައެއް ނެތްވަރު ޝަރީފު ތިއުޅެނީ ކީއްވެގެން ހިފި ނުހުރެވިގެން ކެއިވަރު ގިނަކަމުން އުޅެނީހެން ހަމަ ހީވަނީ

  3. އައަނީ

    އޮޅުވާލީމަދޯ އޮޅުވާލިޔޭބުނާނީ
    އެންނޫނީދެންކީވެފިލަންވީ؟؟؟
    އެހެންނޫންނަމަމަވެސްފިލަންވީނު
    ދެންކީވެޖަވާބުދާރީނުވެވިގެންތިއުޅެނީ؟
    ލަދުންބޯހަލާކުވާވަރުވޭ؟

  4. މަހުމޫދު

    ކަލޯ ސަރީފޫ ރިޔާސީ އިންތިހާބުގެ ނަތީޖާއާމެދު މައްސަލަ ޖައްސައިމައްސަލަ ބަލަމުންދަނިކޮށް ވޯޓްކަރުދާސްތައް ނައްތީ މިއީ ކޮން ގިންތީއެއްގެ ތެރޭގައި ހިމަނޭކަމެއްތޯ؟ ގޮވާއެއްޗްތި މަދިއްޔެއްނޫ!