ރިޔާސީ އިންތިޚާބުގެ ވަރުގަދަ ކެމްޕޭން ނިންމާލުމަށް ފަހު ކާމިޔާބުވި ކޯލިޝަނުން އާސަރުކާރުގެ މަގާމުތައް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ކޮންމެ ސިޔާސީ މީހަކީ ވެސް މަތީ މަގާމާއި، ޝަރަފާއި، އަދި ރީތިކޮށް ބުނާ ނަމަ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ބޭނުންވާނެ މީހަކެވެ. ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ކާމިޔާބެއް ހޯދުމުން އެކާމިޔާބުގެ ފޮނު ބުއިމަކީ ހަމަ ކޮންމެ މީހަކަށްމެ ކުރެވިދާނެ ކަމެކެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވި އެއް ސަބަބަކީ ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހްލާ ކެމްޕޭންގައި އަދާކުރެއްވެވި މުހިންމު ދައުރެވެ. ހަ ދަރިން ދޫކޮށް، ލޭގެ ގުޅުމެއް ނެތް ދެބޭފުޅަކު ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ގެންނަން އައިޝާ ކުރި ކެމްޕޭނަކީ ރާއްޖޭގެ އިން ފަހަނައަޅައި ގޮސް ދުނިޔޭގެ ކިތަންމެ ތަނެއް ބެލި ނަމަވެސް ނުފެންނާނެ ފަދަ މިސާލަކަށް ފުދޭނެ ކެމްޕޭނެކެވެ.
އައިޝާ އެތައް ރަށަކަށް ވަޑައިގެން އެމީހުންގެ ގޭގެއަށް ޒިއާރަތްކޮށް، ބައެއް މީހުންނަށް ދަތިވެފައި ހުރި އެތައް ކަމެއް ފުއްދައިދީ، ދެއްކި އަސަރު ގަދަ ވާހަކަތަކަކީ އެތައް ބައެއްގެ ވޯޓް އިބޫ އާއި ފައިސަލަަށް ކާމިޔާބުވި ސަބަބެކެވެ.
ޕީޕީއެމްގެ ވަރަށް ވަރުގަދަ ސަޕޯޓަރުންގެ ގެތަކަށް އައިޝާ ޒިއާރަތް ކުރިއެވެ. ޕީޕީއެމްގެ ކެމްޕޭން ޖަގަހަތަކަށް ވެންނެވިއެވެ. އެޖަގަހަ ތަކުގައި ތިބި މީހުންނާއި ބައްދަލު ކުރިއެވެ. އެމީހުންގެ އިހްސާސްތަކުގެ އަޑު އެހިއެވެ. އެމީހުންގެ ފާޑުކިޔުންތަކާއި ކުރިމަތިލިއެވެ. އެމީހުން ކުރި ތުހުމަތުތައް ބަލައިގަނެ، އެތުހުމަތުތައް ސާފުކޮށްދިނެވެ.
ނަމަވެސް މިއަދު މީގެ މަހެއްހާ ދުވަސް ކުރިން ހިނގާ ދިޔަ މިކަންކަން އެމްޑީޕީގެ ސަޕޯޓަރުންގެ ހަނދާނަކު ނެތެވެ. ނަހްލާ އުޅެނީ އިބޫގެ ސަރުކާރުގެ އިސް މަގާމެއް ބޭނުން ވެގެން ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ނަހްލާ އަށް އެބަކުރެއެވެ. އެއީ ގާބިލް ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ ނަހްލާގެ ވަރަށް ޒާތީ ކަންކަމަށް ވެސް އެމްޑީޕީ އެކްޓިވިސްޓުން ގެންދަނީ ފާޑުކިޔަމުންނެވެ.
ސިޔާސީ މަގާމެއް އަދާކުރަން ގާބިލް ވުމަކީ ކޮބައި ހެއްޔެވެ؟ ލިބިފައި ހުރި ތައުލީމަކަށް ބަލާފައި ހަމައެކަނި މަގާމު ދޭނަމަ މަގާމުތަކަށް ޝަރުތު ހަމަނުވާ ކިތަންމެ ބޭފުޅުންނެއް ހަމައެކަނި އެމްޑީޕީގައި ވެސް އެބަތިއްބެވެ.
އެމްޑީޕީ އިން 2008 ވަނަ އަހަރުގެ ކެބިނެޓްގެ މަގާމުތަކަށް އައްޔަން ކުރި ބައެއް ބޭފުޅުން އެބޭފުޅުންގެ ދާއިރާތަކުގައި ހޯދި ތަޖުރިބާ އާއި ލިބިފައި ހުރި ތައުލީމެއް ނެތެވެ. ކޮންޓްރަކްޝަން ސައިޓްތަކުގެ މެނޭޖްކަން ކޮށްފައި ހުރުމުން ޕްރޮމޯޓްވީ މިނިސްޓަރު ކަމަށެވެ. އަސްކަރިއްޔާގެ ވަރަށް އާދައިގެ ރޭންކަކުން ކަނޑާލާފައި ހުރި މީހަކަށް ވެސް ދެއްވީ މިނިސްޓަރު ކަމެވެެ. ރިސޯޓެއްގެ ރޫމް ބޯއީ އަކަށް އުޅެމުން ވައްކަން ކޮށްގެން ވަޒީފާ ގެއްލުނު މީހާ އަށް ދިނީ ބޮޑު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ކަމެވެެ. މިލިސްޓް އަދި ވެސް ވަރަށް ދިގުކުރެވި ދާނެއެވެ.
ކަންތައް ވެފައި އޮތީ މިހެން ކަމަށް ވީނަމަވެސް އައިޝާ ފަދަ ރައްޔިތުންނާއި ގާތުން، ރައްޔިތުންގެ އަޑު އަހައިގެން މަސައްކަތް ކުރެވިދާނެ ކަމުގެ ގާބިލްކަން ދައްކަވާފައިވާ ބޭކަނބަލަކަށް އިސް މަގާމެއް ދިނުމަށް އެމްޑީޕީ ބޭނުމެއް ނުވިއެވެ. ސަބަބު ވަރަށް ސާފެވެ.
ގާސިމް އިބްރާހިމަށް ވެރިކަމުގެ ފޮނި މީހުކަމުން ޒައްރެއްގެ މިންވަރު ދޭން ވެސް އެމްޑީޕީ އިން ބޭނުމެއް ނުވެއެވެ. ކުރިން ވެސް ލަފާކުރެވުނު ގޮތައް ގާސިމް ބޭނުން މިކުރީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންކުރާ ހަތިޔާރަކަށެވެ. ވެރިކަން ލިބުމުން ގާސިމްގެ ބޭނުމެއް ނެތެވެ.
ހަޤީޤަތުގައި އައިޝާ އަށް މަގާމެއް ދިނުމަކީ އާދޭސް ކޮށްގެން ވެސް އެމްޑީޕީ އިން އަމިއްލަ އަށް ކުރަން ޖެހޭނެ ކަމެކެވެ. ވެރިކަން ހޯދައިދިން މީހުންނަށް ހެޔޮ ކަމެއް ކޮށްދޭނަމަ، އަދި ގާބިލް ކަން ސާބިތު ކޮށްދީފައިވާ ބޭފުޅުންނަށް މަގާމު ދެއްވާނަމަ އެކަން ވާން ޖެހޭނީ އެހެންނެވެ.
ނަމަވެސް މިއީ ވަކި ބަޔަކު ވެރިކަން ކުރަން ހޯދި ވެރިކަމެއް ކަން މިހާރު ފެންނަ މަންޒަރުތަކުން ވެސް އެބައެނގެއެވެ. އެހެންކަމުން ބުރަ މަސައްކަތް ކުރި މީހުންނަށް އޮތީ ކެތްތެރިކަމާއި އެކު ފަހަތައް ޖެހިލުމެވެ.
އެމްޑީޕީ އަންހެންފިރިހެން ވަކިނުވާ މީހުންނަށް ފުރިހަމަ އަންހެނެއް ބޭނުމެއްނުވޭ އެއްވެސް މަޤާމަކަށް.
އޑޕ އަކީ މަކަރާއި ހީލަތުގެ ބިންގަލެއްގެ
މައްޗަށް އެކުލެވިފައިވާ ހުޅަނގުގެ ފިކުރެކެވެ
ރާއްޖެއަށް އޭތި ނުވިއްކޭނެއެވެ.
ޥިކިފަ އޮތިިިި. ހަނު ހުރެެ
ބޮޑު ވޯޓް ވަގު ދޯ
ތިވީ ހަމަ ރަނގަޅަށް ރާކަނިމަސް ހުއްނާނީ ކެވިފަ...... ވަރަށް ސަލާމް
މިމީހުންނަށް ހާދަ އަސަރެއް ކޮށްފިޔޭދޯ. ތިހެން ދޭތެރެ ޖައްސަން އުޅުނަކަސް ތިކަމެއް ނުވާނެ. ތީ ޔަހޫދީންގެ އަމަލެއް.
ބަލަ އަހަރެމެން ދޭތެރެ ޖައްސާކަށް ނުޖެހެޔޭ. ކަލޭމެންގެ ހަޔާތް ކުޑަކަމުން އަމިއްލައަށް ކޯލިޝަން ރޫޅިއްޖެއޭ
ކާކު އުޅެނީ ދޭތެރެ ޖެހިފައި ތިބި ބައިގަނޑެއް އިތުރައް ދޭތެރެ ޖައްސަން. ނޫޅެ މޮޔަވެގެން. އެމްޑީޕީގެ އަސްލަކީ ލާދީނީ ފިކުރު. ޢެފިކުރައް ގޮސް ހުއްޓިފަ.
ގާސިމް އެނބުރި އައުން އައިސާ އަށް ހައްގު މިންވަރަކަށް ނުވޭތޯ
ހާމިދު އަބްދުލްޣަފޫރު މެން ލޮލީ ޖާބިރު މެން މީ ކޮންބައެއް؟ ތަންތަނަށް ވަދެ ފިލާ ރާބޯން ތިބެފަ ނިކުމެ އަނގަ ތަޅަން ލަދު ގަންނަންޖެހޭނެ،! އަހަރެމެންގެ ޕާޓީގެ ކެމްޕޭން އަށް ތިމީހުން ނިކުތް ނަމަ މީހުން ބަލައެއް ނުގަންނާނެ!
ފޯކަސް ގެއްލުވާލަން ތިވާކަހަ ޖަހައިގެން ފިތުނަ ހައްދާނެކަމެއް ނެތް..އައިޝާ ވެސް ޤާސިމް ވެސް ބޭނުންވަނީ އިންތިޚާބީ މަޤާމެއް.. އެބަހީ ދަނގެތީ ދާއިރާގެ ގޮނޑި.. އެމްޑީޕީންގެ ވާނުވާ ނޭނގޭ ބައެއް އެކްޓިވިސްޓުން ކިޔައިގެން އުޅޭ އެއްޗެއްތީ ކެބިނެޓޭ.
ކާކު ބުނީ އައިޝާ ނުކިޔަވައޭ؟ ލަންކާއިން އޭލަވެލް ނިންމާ ޑިގްރީ ހެއްދެވި.. އިބޫ ގެ ތަޢުލީމީ ފެންވަރަކީ ކިހާވަރެއްބާ
ކޮން އައިޝާއެއްތަ؟ އިންތިޚާބު އޮތީކާމިޔާބު ވެފަ. އެންމެން ބޭރުކޮށް އެމްޑީޕީގެ ސަރުކާރަކަށް ހަދާނެކަން ޔަގީން. މިއީއަސްލު އެމްޑީޕީގެ ސިފަ. ދެންގާސިމް ދުއްވައިގަންނާނީ ވެރިކަން ބަދަލުކުރަން. ފަސްއަހަރު ހަމަނުވިއަސް ތިމީހުން އަތުން ވެރިކަނ އަތުލެވޭނެ.
ތީ ހަޤީގަތަކީ،އެއީ އެމީހުންގެ ގޮތް..
އައިސާއަކީ ޑިގްރީ ހަދައިގެން ހުރި ކުއްޖެއް. ގަޓުހުރި ކެރޭ މުރާލި ކަނބަލެއަ. ދެން ކޮބާތަ މައްސަލައަކީ
އައިޝާ ހުރީ އައިޝްގެ ހައްޤު މަޤާމުގަ ޤާސިމްގެ އަންހެނުގެ..
ނާޤާބިލް މީހުން ތަންތަނައް ލައިގެން ކީކުރާނީ. ޕާޓީތައް ގުޅުނޭ ކިޔާ ޖިހޭތަ މުޅި އާއިލާަށް މަޤާމް ދޭން
ވަރަށް ފުރިހަމަ ލިޔުމެއް.
ހުޅުމާލޭން ނުއަގުގައި ބިން ނިކަމެތި ރައްޔިތުންނަށް ވިއްކަނީއޭ ކިޔައިގެން ދަ ރާއްޖެތެރޭން މާލެ އަށް އަރާ ތިބި ބަޔަކު އެއް ހިއްސު މަދު އުސޫލުން އެމެންގެ ރަށުން ގޯތި ދޫނުކޮށް ހިފަހައްޓާ ގޮތަށް އެކަން ކުރަން އުޅުމުންނޭ ދަ ރާއްޖެތެރެ ތަރައްގީ ނުވެ އޮތީ ހަމަ އަގެއް ނޫން 4 ލައްކަ ރުފިޔާ އަކީ އެއީވެސް ބޮޑު އަގެއް ހަމަ އަގަކީ 1000 އަކަފޫޓްގެ ގޯއްޗެއް ކުއްޔަށް ދޭންވީ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރު ދުވަސް ވަން ދެން ބިން ކޮންމެ މީހަކަށް 100 އަހަރު ދުވަސް ތެރޭ ކުއްޔަށް ބަދަލެއް އައިސްގެން ނުވާނެއޭ އެޗްޑީސީ އަށް މާ ބޮޑު ތަންފައިދާ ވާނެއޭ މިއުސޫލުން ކަން ކަން ކުރުމުން ދަ ރާއްޖެތެރޭން އައިސްފައި ތިބި އެއްހިއްސު މަދު އުސޫލުން ވިސްނާ މީހުން އެޗްޑީސީގެ ބޮޑުން ނަށް ތިބޭހާ ދުވަހަކު އެމެންނަށް ބިއުޓިފުލް ވިސްނުމެއް ނުވިސްނޭނެއޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ...
.ޢައިޝާ އަށް މަގާމެތްދިނުމަކުން މައްސަލައެއްނެތް. .އެކަމު އައިޝާ ރަށްރަށަށް ގޮސް އެއޮއް އުޅުނު ވައްތަރު ފިރިހެނުން ގައިގަބައްދާ ހީވަނީ ދުވަހަކު ފިރިހެނަކު ނުދެކޭހެން
ނުކިޔަވާ އިބޫގެ ސަރުކާރެއްގަ ނުކިޔަވާ އައިސާވެސް ރަގަޅުވާނެ. ގާސިމަށް އޭނަ ހިތު ހުރިހާ ގޮތަކަށް އޭނަ ބޭނުންވާހާ މީހަކަށް އެމްޑީޕީ ސަރުކާރުގެ ކެބިނެޓުން ޖާގަ ކަށަވަރު ކުރެވެންޏާ ކީއްކުރާ އިބުލެއް ކީއްކުރާ ފައިސާލެއް ގައިމު ވޯޓު ކަރުދާހުގަ އޮތީ އެދެމީހުންގެ ނަން ގާސިމުގެ ނަމެއް ނޫން. ހޮވުނީވެސް އެދެމީހުން.
އަނެއްކާ ދެން ގާސިމް އައިސާއަށް ތިމަގާމު ހޯދަދޭން އެހާ ވަރަށް އުޅެ އޭނަޔަށް ފޮނި ބައިސާ ދައްކާފަ އެކަން ނުވެއްޖެއްޔާ ގާސިމްގެ ޑިގު އެންމެން ކުރިމަތީ ދިޔައީ ހާއްސަކޮއް ގާލްސްކުދިން ކުރިމަތީ.
އައިސާ ވެސް ވިސްނާލުން ރަގަޅު ގާސިމްގެ އެހެން އަބިކަބަލުން ތިއްބެވި އިރު އެބޭފުޅުންނަށް ވުރެ ތިމަންނަޔާ ގާސިމާ މާ ކުލޯޒްއޭ ދައްކަން އުޅުން އެދެން ކިހާ ވިޔާނުދާ ކަމެއްކަން. ދެން އަހަރެމެންނަކައް ބެކްގުރައުންޑެއް ނޭގެ ދޯ. އެހެން ހުރިހާ އަބިން ވެގެން ގާސިމް އައިސާ ކައިރިޔަށް ފޮނުވައިގެން ހިތްހަމަޖެހިގެން އެމީހުން ތިބެދާނެދޯ އެއީ އަހަރެމެން އެންމެ ލޯބިވާ އައިސާއޭ ކަލޭ މެންނޭ މޭކަރަނީ އަހަރެމެން ބޭނުމީ ގާސިމު އުފަލުގަ ބަހައްޓަންށޭ. ލޯބިވުމަކީ އަނެކާގެ އުފަލަކީ ތިމާގެ އުފާކަމުގަވެސް ދެކުމޭ. ސްޓޯރީ ވަރަށް ކަސޯޓީ މަވެސް މިހުނަންނީ އަގްލީ އެޕިސޯޑްގެ އިންތިޒާރުގަ
ދަރިން ތަރުބިއްޔަތު ކުރުމަށް ގޭގަ ހުރުމަކީވެސް އަގު ނުކުރެވޭފަދަ ގައުމީ ހިދުމަތެއް. ބުނެލީ
ކެނޑުމުގެ ކުރިން ވަކަރަށް ޖެހުމަކީ، މިޒަމާނުގައި ކުރާ ކަމެއްނޫނެވެ. އެއީ ތަންކޮޅެއް ކުރީ ޒަމާނެއްގައި ކޮށް އުޅުނު ކަމެކެވެ. އޭރު އެކަންކުރާ ގޮތަކީ، މާލިއްޔާއަށް އަގު އަދާކުރުމުން ދެއްވާ ސިޓީތަކަށް ފަޅުރަށްރަށުން ރުއްކަނޑާއިރު، ރަށްވެރިޔާގެ އެނގުމާ ފެނުމުގެ މަތިން އެއީ ކަމުދާ ރަނގަޅު ރުކެއްތޯ ބަލައި ކަށަވަރު ކުރުމަށް ރުކުގައި ފުރޯޖަހައި ވަކަރުލާތޯ ބަލައި ރުއްކެނޑައި ބޭނުންކުރުމެވެ. އެހެނީ، ބޭރުންބަލާއިރު ވަކަރުލާކަމަށް ޤަބޫލުކުރެވުނަސް ރުއްކަނޑައި ރުއްފަޅާއިރު، ވަކަރުނުލާ ރުއް ރުއް ހުރެއެވެ. އެބަހީ، ވަކަރު ނުލާ ރުކެއްގެ ބޭނުމެއް ނޯވެއެވެ.
ކޔެވުމަކީ ހަމަ އެކަނި ސުކޫލަކަށް، ކޮލެޖަކަށް ނުވަތަ ޔުނިވާސިޓީއަކަށް ގޮސްގެން އެކަނި ވާކަމެއްނޫން. ބޭނުން ނަމަ ގެޔަށް ކިޔަވާދޭ މީހުން ގެނެސްގެން އަމިއްލަ ގޮތުން އިންތިހާނު ތަކުގަ ބައިވެރި ވެގެން ކިތައްމީހުން ރާއްޖޭން ބޭރުން ވެސް އެ ޑިގްރީ ނިންމަނީ. މި ޒަމާނަކީގޭގަ ހުރެގެންވެސް ކިޔެވޭ ޒަމާނެއް. ޓެކްނޮލޮޖީ އެބައޮތް، ރީންދޫން މިހުންނަށް ވާނުވާ ނޭންގުނަސް އެގޭމީހުން އެބަ އުޅޭ.
އމޑޕ އެންމެނެއް ނޫން. އެކަމަކު އމޑޕ ފިކުރަކީ ޔަހޫދީ ފިކުރު. އމޑޕ އާހެދި ހަލާކުވެ ހެޔޮއެއްޗެއް ބުނިނަމަވެސް އެކަން ބަލައިނުގަނެ ފިކުރޭކިޔާފަ އެތިބޭ މީހުނަކީ ޔަހޫދީ ނުވަތަ ނަސްރާނިއްޔަތަށް ހެއްލިފަ ވާ ބައެކޭ ބުނެވޭނީ
ޓިބުނީ ހެޔޮކޮށް ބޭރުގެ ނުބައި ފިކުރު
ވޯޓު ލިބިހޮވެ ނިމިއްޖެނު.
މިނިސްޓަރު ކަމަކީ ވަރަށް ގާބިލް މީހުންނަށް ކުރެވޭ ވަރަށް ޒިންމާ އުފުއް ލަންޖެހޭ މަސައްކަތެއް، ގައުމު ކުރިއަށް ގެންދެވޭނީ ރަންގަޅު ލީޑަރުންނާއި މަސަައަކަތް ހަވާލުކޮއްގެން..