ރިޔާސީ އިންތިޙާބާއި ގުޅޭ ގޮތުން ރައީސް ޔާމީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.

ސުޕްރީމް ކޯޓާއި ހަވާލާ ދެއްވާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި، ހުށަހެޅުމުގެ ހުއްދަ ދޭން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅުންހުރި މައްސަލަތައް ކޯޓުތަކަށް ހުށަހެޅީ ފުލުހުން ދިން ޖަވާބަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށް ޕީޕީއެމް އިން މިއަދު ވަނީ ބުނެފައެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ހިނގަމުންދިޔައިރު ކުރިމަތިވި ތަފާތު މައްސަލަތަކާއި ގުޅޭގޮތުން އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން ގިނަ ޝަކުވާތަކެއް އެ ޕާޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ޝަކުވާތަކަށް ރިއާޔަތް ޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ އިންތިހާބީ ހައްގުތަށް ގެއްލިފައިވާކަމަށް ގަބޫލުކުރެވޭނަމަ އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެގޮތުން އެ މައްސަލަތައް ފުލުހަށް ހުށަހަޅައި، އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ އިންތިހާބީ ހައްގު ހޯދުމަށް އެ މައްސަލަ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ޕީޕީއެމް އިން ބުނިގޮތުގައ ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

"މި ޕާޓީގެ މެމްބަރުންގެ ހައްގުތަކާއި، މި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވި 96 ހާހަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަކީ މި ޕާޓީއެއްގެ ޒިންމާއެއް ކައުންސިލުން ދެކެމެވެ" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމް އަކީ އަބަދުވެސް ގާނޫނީ ތަރަހައިގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ނަމޫނާއަކަށް ވީހިނދު، ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމުގައި އަދި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމުގައި ޑިމޮކްރެސީގެ އިމުގެ ތެރެއިން އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު އަމަލުތައް ބަހައްޓާނެކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ އަރުވާފައެވެ.

ރައީސް ޔާމީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވި ނަމަވެސް އެމައްސަލަ ޝަރީޢަތައް ހުށަހެޅުމުގެ އަޑުއެހުން ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ކަރުހަކުރު

  2. ޅާބެ

    ސަތޭކަ ފަހަރު އިންތިހާބު ބޭއްވިއަސް ޔާމީނު އަށް އިންތިހާބަކުން މޮޅުނުވެވޭނެކަން ޔަގީން. ދެން ވަހީދަށް ވީވަރުވެސް ވެއްޖެއްޔާ ނަސީބެއް.

  3. ނަންނަ

    ޕީީޕީ މީހުންނައް ހަޖަމު ނުވަނީ

  4. Anonymous

    ކޯޓްތައްމެދުވެރިކޮށް ގައުމު ހަލާކު ކުރާނެކަމެއްނެތް

  5. ސަންޕަ

    ސުޕަރބް. ޔާންޓޭ

  6. ޢަބްދުﷲ

    01 - މިރާއްޖޭގެ ދީނަކީ، ތައުޙީދާއި ޢަދުލުއިންޞާފުގެ ދީނެވެ.

    02 - މިރާއްޖޭގައި ޤާނޫނީ ޢިލްމަކީ، ވަކިޚާއްޞަބަޔަކަށް ކޮންމެހެން އެނގުން ލާޒިމުކުރާ ޢިލްމަކަށްވީނަމަވެސް މިރާއްޖޭގައި ޤާނޫނީ ޢިލްމު ލިބިފައިވާ މީހުންގެ ޢަދަދު މަދެއްނޫނެވެ،

    03 - މިރާއްޖޭގައި މަތީމަރްހަލާގެ ކޯޓްތަކަށް މައްސަލަތައް ހުށަހެޅުމުގެ ދޮރުތައް ތަންމިނަށް ހުޅުވާލާފައިވަނީ، ޢަދުލުއިންޞާފުގެ ދާއިރާ ފުޅާކުރުމަށްޓަކައެވެ.

    04 - މިރާއްޖޭގައި ޝަރުޢީ ޙައްދުތައް ޤާނޫނު އިސްތިސްނާ ކުރާކަމަށް ބުނެފައިވަނީ، ރައްޔިތުންގެ ޙައްޤުތަކަކީ، ޙުރުމަތްތެރި ވެގެންވާ ޙައްޤު ތަކަކަށްވާތީއެވެ.

  7. ރައްޔިތުން

    ވޯޓް ލުމުގެ ކުރިންވެސް ޔާމީނުގެ ކެމްޕެއިން ޓީމްތަކުން ފާޅުކަން ބޮޑު ގޮތެއްގައި ކިޔަމުން އައީ ހުރިހާ ވޯޓެއް އިބޫ އަށް ދިނަސް ގޮނޑީގައި އިންނާނީ ޔާމީން ކަމަށް މީދެން ބޮޑު އަރަތެއްނޫން

  8. Anonymous

    އިދިކޮޅު ކޯލިޝަނޭކިޔާބަޔަކު ކިތައްމެވަރަކަށް ފުރައްސާރަ ކުރިޔަސް ތިހަރުދަނާ ޝަޚުސިއްޔަތު ރައީސުޔާމީން ތަންފުކެއްވެސް ދޫނުދެއްވާތި؟؟ވޯޓުކަރުދާސް ޗާޕްކުރި ހިސާބުން ފެށިގެން ވޯޓުލާނިމި އަދި އިޢުލާން ކުރަންދެންވެސް ހިންގާފައިވާ ބޮޑެތި ޚިޔާނާތާއި ޖަރީމާ ވަނީ ފަޅާއަރާފަ، ފަޅާއަރަންފެށިތަނާ އެތިބީ ގައުމުންބޭރަށްގޮސް ފިލާފައި، ނުގުޅާގަނެފައިވާ އެތަކެއް ރައްޔިތުންގެ ހައްގު ހޯދަން ވެވެންއޮތް ގުރުބާނީއެއް ވުމަކީވެސް މަނިކުފާނުގެ ޒިންމާއެއް

  9. ޤައުމީ ލޭ

    އިބްރާހީމް މުޙައްމަދު ޞާލިހަކީ ބޮޑު ކަނޑުކޮހެއްތަ އަޅެ؟ މިހެން މުބުނީ އެބޭފުޅާގެ ތަރުޖަމާނަކަށް މާރިޔާ ދައިތައަށްވުރެ ދޫފަސޭހަ މަންޖެއަކުވެސް މިއޮތް ބޮޑު ޤައުމުން ލިބިވަޑައިނުގަތީތޯ؟ އަނެއްކާ މާރިޔާދައިތައަކީ ފެހި ޤާނޫނު އަސާސީއަށް ކޮޅަށް އަރާ، ކީރިތި ޤުރްއާނަށަށް ފުރައްސާރަ ކޮށްފައިވާ ދޫތުރާ ދައިތަގަނޑެއް(.) އިބޫއަށް ވާ ސާބަސް(.) މަނިކުފާނު ރަނގަޅުވާނީ ބަޖެޓަށް ވޯޓް ނުދެއްވަ، ބޮޑު މުސާރަ ނަންގަވައިގެން އުޅުއްވުން(.) އެތެރޭގަ އެއްޗެއް ހުރީއަކީވެސް ނޫންތާ(.) ޤައުމުގެ ވެރިއަކަށް މިވަރުގެ ބޭފުޅަކު ކަމުދާނެ ގޮތެއް ނުވިސްނެ އެއްގޮތަކަށްވެސް(.)

  10. ޢަފްލާ

    އިބޫގެ އެތެރޭގަ އެބައޮތް ހިތެއް ލަގޮނޑިއެއް ގޮހޮރެއް މިއިން ވެރިކަން ކުރާނީ ސިކުނޑި ނެތަަް އޯކޭ ވާނެ ކީއްކުރާ ސިކުޑިއެް ލޯ އެބަހުރި