ގެއްލިގެން ހޯދި ދެ އަންހެން ކުދިން ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިއަދު ގެއްލިގެން ހޯދަމުން ދިޔައީ، ގ. ނާޝިދުވިލާ، ފާޠިމަތު ޝާޙާ އިބްރާހިމް (15އ) އާއި މ.މުލައް، ކޮކާހަނދުވަރު، ނާޖިޙާ ޢަލީ (14އ) އެވެ.

މިދެކުދިން ފެނިފައިވަނީ ކޮންތަނަކުން ކަމެއް އަދި ފެނިފައިވަނީ ކިހާ އިރަކު ކަމެއްވެސް ފުލުހުން ހާމަކޮށްފައިއެއް ނުވެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަން ފެށުމުން މިދެކުދިންވަނީ އަމިއްލަޔަށް ގެޔަށް ގޮސްފައެވެ.