ރޭ ދަންވަރު ގާތްގަނޑަކަށް 2 ޖަހާ ކަން ހާއިރު 14 އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އެކުއްޖާ ނިޔާވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ށ.ފޭދޫ ހީނާމާގޭ (ގ. ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފެވެ. މާލޭގެ ސްކޫލެއްގައ ގްރޭޑް 7 ގައި ކިޔަވަމުން އަންނަ އިސްމާއިލް ޝައްފާން ނިޔާވެފައިވަނީ ލިބުނު ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. ރޭ ދަންވަރު އިސްމާއިލް ޝައްފާނަށް ހަމަލާދީފައިވަނީ، ގ.ސަބްދޭރިޔާ މަގުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާއިލް ޝައްފާނަށް ޒަޚަމްވެފައިވަނީ ގޭންގް މާރާމާރީއެއްގައެވެ. ހަމަލާދީފައިވަނީ އިސްމާއިލް ޝައްފާންގެ ކަރަށެވެ.
މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ރޭ ވެސް ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އިއްޔެ ހަވީރުވެސް ވަނީ ޣިޔާސުއްދީން ސްކޫލް ކައިރީގައި ހިންގި މާރާމާރީއެއްގައި 26 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލާފައެވެ.
ޢިއްނާލިއްލާހި އޥައިއްނާ އިލެއިހި ރާޖިއޫން!
އަވަސް އަރުވާލައިގެން ނުހައްގުން ފުލެޓާ ބިންތައް ޕާޓީގެ މީހުންތަކަށް ބެހުމުގެ ބަދަލުގައި ޔާނޫ މިޖަރީމާތއް ބަލާ ތަހުގީގު ކޮށްބަލަ،
ތިވަރުގެ ކުޑަކުއްޖެއް ދަންވަރު ބޭރުގައި އުޅޭއިރު އެކުއްޖާގެ މައިންބަފައިން ކޮބައިބާ.. ވަރަށް ދެރަ
އެކުއްޖާ އެގަޑީގަ (ދަންވަރު) މަގުމަތީގައުޅެންވީ ސަބަބެއް ކޮބާ؟؟
ސުކޫލު ކުދިން ދަންވަރު ބޭރުގަ އުޅެން ހުއްދަ އޮވޭބާ؟؟
ޖެނެރަލް ޝިޔާމް އިސްތިއުފާ
މޑޕ ގެ ކަމަކަ ވ ވައްތަރު
ނިޔާވި ކުއްޖާާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި އާމީން
ބެލެނިވެރިންގެ ޒިންމާ ކޮބާ؟ ކުޑަކުދިން މަގުމަތީގައި އުޅެންޖެހޭނީ ބެލެނިވެރިންނާއި އެކު ދަރިން ނުބެލެހެއްޓޭކަން މިއެންގެނީ
14 އަހަރުގެ ކުއްޖެއް އެގަޑީގަ ބޭރުގައި އުޅެގެން ނުވާނެ ދޯ..
إنا لله وإنا إليه راجعون اللهم اغفر له وارحمه މިއީ ހިތާމައާއި މުޞީބާތުގެ ވަގުތެކެވެ.
އަސްލު ސޫރަ ފެންނަނީ
ހޫން. ޔާމީނުގެ ބާރެއް ނޫނޭ މީ. ޖަޒީރާއޭ މީ. ދެން ކޮން ވާހަކައެއް ދައްކާކަށް
ހާދަ ދެރަކަމެކޭ މީ.. މައިން ބަފައިން މިކަމުގަ ޒިންމާ ނަގަންޖެހޭ.. ހާދަ ބިރުވެރި އޭ މަލެ ތެރެ. ފިރިމީހާ، ކޮއްކޮ، ބޭބެ، މިނޫނަސް ބޭރުގަ ވާނަމަ އެނބުރި އަންނާނެ ކަމުގެ ގެރެންޓީ އެއް ނޯވޭ.
ހާދަ ބިރުވެރި އޭ. އަރެން ކަހަލަ ކިތައް މީހުން ނަށް މި ކަމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑު ބިރުވެރި ކަމެއްގަ ވާނެބާ. ގެއިންވެސް ނުކުންނަން ބިރުގަނޭ
ޖަޒީރާ ރާއްޖެ ވ އަމާން
ސުވާލަކީ ގްރޭޑް 7 ގައި ކިޔަވަމުން ދާނީ މައިންބަފައިންގެ ބެލުމުގެ ދަށުން ރައްކާތެރިކަން ލިބަގެންވާ ޢުމުރުގެ ދަރިވަރެއްތޯ؟ނުވަތަ........ ދެން ދަންވަރު 2 ޖަހާއިރު މަގުމަތީގަ އުޅުނީ ކީއްކުރަންތ؟ އުޅުނު އުޅުމަކީ ރަނގަޅު ކަމަކަށް ނުވުމުގެ ނަތީޖާ އެފެނުނީ. މައިންބަފައިން ވެސް ވެއްޖެނޫންތަ ދަރިން ބަލާބެލެހެއްޓުމަކީ އަމިއްލަ ޒިއްމާއެއް ކަމުގައި ދެކި އެގޮތުގަ ދަރިން ތަރުބިއްޔަތު ކުރަން. މިހާރު ދަރިފުޅު މަރުވީމާ ބުނާނެ އެސޮރަކީީ ވަރަށް ބަސްއަހާ ކުއްޖެކޭ. އެކަމަކު ދަންވަރު ގަޑީގަ ގޭން ބޭރަކު އުޅެން ޖެހޭނެ ސަބަބެއް ނެތް.
ޒިންމާ އަދާ ކުރާނީ ކޮންބަޔެއް. ހައްގު އަދަބު ދޭނަމަ މިހެން ނުވީސް
ބެލެނިވެރިން ނެތި މަގުމަތި ވެގެން އުޅޭ ކުދިން ކަން އެބަ ހާމަވޭ..!! ވިސްނާލައްވާ...!!
މާރާމާރި ހިނގުން ހުޓާލަން އެބަޖެހޭ.
އިންނާލިﷲ ވައިއްނާ އިލައިހި ރާޖިއޫން.
ތަފުސީލް ކޮބާ
މީ ވަރަށް ދެރަކަމެއް. މީގެންވެސް އިންގެނީ އިސްލާމީ އަގީދާ ބަލިކަށިވެފައިވާ ވަރު. ބެލެލެނި ވެރިންގެ ޒިންމާ އަދާ ނުކުރާ ކަމުގެ ހެއްކެއްމީ. މަރުހޫމާގެ ފުރާނަޔަށް ހެޔޮރަހުމައްލައްވާށި. ޢާމީން.
ޢައްޑޫ މާރާމާރީ ސީޒަން
14 އަހަރުގެކުއްޖާ ރޭގަނޑުދަންވަރު 2 ޖަހާކަށްހާއިރު ގޭންބޭރުގައިއުޅޭއިރު އެކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެބެލެނިވެރިފަރާތްކޮބައިތޯ؟މިސުވާލަށްޖަވާބުދީބަލަ ހުރިހައި މާރާމާރީތަކުގައި ޒިންމާނަގަންޖެހެނީ މައިންބަފައިންނެވެ.
އެގަޑީ އެވަރު ކުއްޖެއް ބޭރައް ނިކުންނަން ޖެހޭނެ ސަބަބެއް ނޭންގެ.
މީހުން މެރުމަކީ ވަރަށް ނުބައި އަމަލެއް، އެކަމަކު ދަންވަރު 2 ޖަހާއިރު 14 އަހަރުގެ ސްކޫލަށްދާ ކުއްޖަކު މަގުމަތީގަ ހުންނަންވި ސަބަބެއް ނުވިސްނުނު...
14 އަހަރުގެ ކުއްޖަކު މެންދަމުން އަލިވެ 02 ޖަހާއިރު މަގުމަތީގަ ކިއްތޯ ކުރަނީ؟ ބެލެނިވެރިންގެ ޒިންމާ ކޮބައިތޯ؟ އެޢުމުރުގެ ކުދިންތައްވެސް ގޭންގު ތަކުގައި! ﷲ މި ޤައުމަށް ހެޔޮ ގޮތް މިންވަރު ކޮށްދެއްވައި ހރުދަނާ ޖީލެއް ބިނާކޮށްދެއްވާށި!
ކީއްކުރަން ދަންގަޑީގައެވަރު ކުދިން ބޭރުގަ އެއުޅެނީ . ދެރަކަމެއް.
މަރަށް މަރު ނުހިފައި މި ގައުމުގައި މާރާމާރީ ހައްލު ނުކުރެވޭނެ ހައްލު ނުކުރެވުނަސް މީހަކު މަރައިފި މީހާ ސަރުކާރުން މަރަންޖެހޭ އެއީ ﷲ ކަނޑައަޅުއްވާފައިވާ ޙުކުމް.
ބަޑިހިފައިގެން ނުކުމެ ތި ގޭންގްތައް މަރާހުސއކުރަންވީ!! ބަލާއެއްމީދެން. ޜައްޔިތުންގެސަލާމަތަށް ވަޅި، ކަތިވަޅި ހިފައިގެން ބޭރަށްނުކުންނަންވީ!
މާގަޓުވެގެން ގޭންގުވެގެން ސުކޫލުކުދިންވެސް އުޅެނީ މާލޭކޮންމެވެސް ނަންހިގާގޭންގެއްނަން ކިޔާލާފަ ފޮނިކަޑާލީމަ ނިމުނީ
ލޮބުވެތި މައިންބަފައިންނޭވެ.
ގައުމު މިހާލަތަށް ވެއްޓުނީ ތިޔަދެމީހުންގެ ޒިންމާ ހެޔޮގޮތުގައި ނުނެގުނީމައެވެ. ކޮންމެ ސަބަބަކާހެދިހުރެވެސް މެއެވެ. މިވަގުތަށް މުހިންމީ ސަބަބުތައްދެނެގަތުމެއްނޫނެވެ. އެހެނަސް މިދަރިފުޅު ގަރުބަގަތީއްސުރެ ތިޔަ ދެމިހުންގެ ކޮނޑުގައި ދިނީ ގޮތުންނާއި ދުނިޔަވީގޮތުން މިވަނީ މިޒިންމާ އެޅިފައެވެ.
* އެހެންކަމުން ގައުމުގަ އަމާންކަން ބަލަހައްޓަން ފުލުހުންނާ ސިފައިން ތިބޭނެކަމަށް ވަރިހަމަ ކޮށްފަ ދަރިފުޅު ގެއަށް ވަނުމުގެ ކުރީން ތަންމައްޗަށް އަރާ ނުނިދާށެވެ.
* ދަރި ހުރީ ކާކުކައިރީ ކޮންތާކު ކިހިނެތްކަން ބަލާން ހިތަށް އަރާ ކޮންމެ ފަހަރަކު ރިމޯޓްނަގައިގެން ދެފައި މައްޗަށް ނަގާ ޓީވީ ބެލުމާއި ފޯނުން ސްމާޓް ވުމުގެ ބަދަލްގަ ނިކުމެ ވީނުވީ ތަނެއްބަލާ ދަރި ތިމާގެ ލޯމަތީން ކެއްސުނަނުދޭށެވެ.
* ދަރީން ކުރާ ގޯސްކަންތައްތައް ސްކޫލުން ތިމާއަށް އަންގާލެވުނީމަ އެހިނދުންފެށިގެން ދަރިފުޅަށް ޚާއްސަސަމާލުކަމެއްދޭންފަށާށެވެ. އެއޮތީ ރެޑްނޯޓިސް އެޑްވާނސްކޮށް ނެރެވިފަކަމަށް ބަލާށެވެ.
* ދަރި ކުރިމަތީ އެހެންމީހުން ގޯސްކޮށް ވާހަކަ ނުދައްކާށެވެ. އޭގެބަދަލްގަ ކޮންމެ ގޮތަކަށް ހަދާފަވެސް އެންމެ ނުރުހޭމީހާގެވެސް ރުހޭކަމެއްގެ ވާހަކަދައްކާށެވެ.
* ވީހާވެސް ގިނައިން ހެއްދެވިފަރާތަށް ދުޢާދަންނަވާށެވެ. އަދި ދަރިންލައްވާ 5 ވަގުުތު ނަމާދު ގާއިމްކުރުވާށެވެ.
* އުމުރުން 11،12،13 މިއީ އުނަދަގޫ3 އަހަރެވެ. މިމަރުހަލާގަ އހުނަށްވުރެވެސް ބޮޑަށް ލަގަނުގަ ހިފަހައްޓާ ދޫކޮށް ނުލާށެވެ.
މިކަންތައްތައް ކުރުމުގައި އިހްމާލުވެ ކަންނެތް ވެއްޖެނަމަ ތިޔަ ބެލެނިވެރިޔާގެ ދަރީންގެ މުސްތަގުބަލު އޮޔާދިޔައީއެވެ. ފަހުން ހިތާމަ ނުކުރާށެވެ.
މީހަކު ޒިނޭކުރިޔަސް ޔާމީނު މީހަކު ވައްކަންކުރިއަށް ޔާމީނު މީހަކު މެރިޔަސްޔާމީނު މީތަންކޮޅެއްބޮޑު ވަރު
މިކުއްޖާގެ މައިންބަފައިންގެ ޒިންމާކޮބާ ދަންވަރުބޭރުގައުޅޭއިރު ސްކޫލް ޖުއްޖެއްދޯނީ ބަލަންވާނެނުން
މީހުން މެރުން ގިނަވުން ޤިޔާމާތުގެ އަލާމާތެއް
ދެރަ ޚަބަރެއް
ކޮންމެ ދަރިޔަޔަކުމެ އުފަންވަނި މަންމަ ޔަކާ ބައްޕަ ޔަކު މެދުވެރި ވެގެން ދޯ ވިމަ މިކަހަލަ ހުރިހާކަމެއްގެ ަދަބު ފުރަތަމަ އެކުދިންގެ މައިބަފައިންނައްދެވި
14 އަހަރު ދަންވަރު މަގުމަތީ... 14 އަހަރު ގްރޭޑް 9 ގަ އުޅޭވަރު... އެކަމު 7 ގަ!!!
މީ ޔާމީނު ކުރުވާ ކަމެއް.
ޙެޔޮނުވާނެ އަހަރެންގެ ދަރިންނަށް ދައްކާލާނެ ރަނގަޅު މުޖުތަމަޢުއެއް އަހރެން ބޭނުން
ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް ހެޔޮ.