ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއި ގުޅޭ ގޮތުން މީސް މީޑިއާގައި ދެކެވޭ ވާހަކަތަށް ބަލައި ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި ޖުމުހޫރީ ޕާޓީގެ މެދުގައި ކޯޅުން ބޮޑުވެފައިވަނިކޮށް ނަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ޖުމުހޫރީ ޕާޓީގެ ލީޑުރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއާއި ގުޅޭގޮތުން މީސް މީޑިއާގައި ދެކެވޭ ދަށުދަރަޖައިގެ ވާހަކަތަށް ބަލައެއް ނުގަނެވޭނެ, އެބޭފުޅާއަކީ ހުރިހާ ފުރުސަތުތަކެއް އަދި އެންމެހާ ހައްގުތަށް ފުރިހަމައަށް ލިބެން ޖެހޭނެ ބޭފުޅެއް" ކަމަށެވެ.

އައިޝާގެ ދިފާޢުގައި ނަޝީދު ވާހަކަފުޅު ދެއްކެވިއިރު އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ނަހްލާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަހްލާ އިބޫ ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް އެމްޑީޕީ އެކްޓިވިސްޓުން ތުހުމަތު ކުރެއެވެ. އެމްޑީޕީ އެކްޓިވިސްޓުން ބުނާ ގޮތުގައި ނަހުލާ އަކީ އެފަދަ މަގާމެއް އަދާކުރެއްވޭ ވަރުގެ ގާބިލް ބޭކަނބަލެއް ނޫނެވެ.

އެމްޑީޕީ އާއި ޖުމުހޫރީ ޕާޓީގެ އެކްޓިވިސްޓުންނާއި ޕާޓީގެ އިސް ބޭފުޅުންގެ ދެމެދުގައި އިއްޔެ ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކޮށްފައެވެ. މަސްރަހު އިތުރަށް ހޫނުވީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ކުރެއްވި ޓުވީޓެއް ގާސިމް ރީޓުވީޓު ކުރުމުންނެވެ.

އަލްހާން ކުރެއްވި ޓްވީޓުގައި ވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާންގެ ޓްވީޓްގައި ވެއެވެ.

ގާސިމް ވަނީ އެ ޓްވީޓުގެ ދިފާޢުގައި ފަހުން އިތުރު ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި ގާސިމް ވިދާޅުވީ، އަލްހާންގެ ޓްވީޓު ރީ-ޓްވީޓު ކުރެއްވީ، އޭނާ ވިދާޅުވީ ޤާނޫނީ ގޮތުންނާއި ދީނީގޮތުން ބެލިޔަސް ރަނގަޅު ވާހަކައަކަށް ވާތީ ކަމަށެވެ.

މިއަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. Miadhu

    ހުވާކުރެވެންދެން މީހުންކޮޅު މައިތިރި ކޮށްލަނީ ގަދަލިބެންދެން ސަޕޯޓަރުން ހަނުތިބިބުމަށް އެގޮވާލަނީ ގާސިމަކަށް އަންނި އަދި އެމްޑީޕީގެ ސަޕޯޓަރެއް ދުވަަހަކުވެސް ވަފާތެރިއެއް ނުވާނެ

    • ހަސީން

      ގާސިމް އަދި މައުމޫނަކަށް ވެސް ނަޝީދު ހިތްހެވެއް ނުވާނެ. މިހާރުވެސް އެދެމީހުނަށްވުރެ ޔާމިން ނަޝީދު މާހެޔޮއެދޭނެ. ބަލަންތިބޭތި.

  2. އަހުމަދު ސަރީފް

    ރައީސް ނަޝީދެވެ. މަނިކުފާނު މިކަމަށް ނުވަނަނާށެވެ. މަނިކުފަނުގެ ވެރިކަން ބަދަލްކުރި އެކަކީ ގާސިމް. މިކަން އަހަރުމެން ހިތުން ނުފިލާނެއެވެ.

  3. ސުރޭ

    ރައީސް ނަޝިދަށް ކުރި ތާއީދު އަނބުރާ ގެންނަން ޖެހިދާނެ. މޑޕ ގެ މެންބަރުން ގޮތް ނިންމާނީ ނަޝިދުއެއްނޫން

  4. ހައްޕު

    މިއީ ނަޝީދުގެ އެންމެ ސަޅި ތަންކޮޅަކީ. އެއްވެސްމީހަކު ބާކީކޮށް ނިކަމެތި ކޮށްލުމުގެ ވިސްނުން ނުގެންގުޅުއްވާކަން. އެފަދަ ބަޔަކު އެމްޑީޕީގަ ތިބިއްޔާ ވީއެންމެ އަވަހަކަށް ކިބުރުވެރިންގެ ދަރުބާރު ފެކްސަނާ ގުޅެންވީ. ދިވެހިންނަށް މަނިކުފާނު ކަމުދަނީ ދިވެހިސަގާފަތާ ދޯޅަ އަދި ދިވެހި ވިސްނުމުގެ ބޭފުޅަކަށް ވާތީ.

    • ނަސީމް

      ނަޝީދުއަކީ ދިވެހި ސަގާފަތާ ވަރަށް ބީރައްޓެހި މީހެއް. އޭނައަކީ ދޮންކުދީންގެ ސަގާފަތާ އެމީހުންގެ އުޅުން މިގައުމްށް ތައާރަފު ކުރަން ބުރަކޮށް މަަސަތްކަތް ކުރަމުންދާ ގުންޑާއެއް. ހަމަހިލާ އޭނަބޭނުންގޮތަކަށް މިގައުމު ބައްޓަން ކުރާކަށް ދޫކޮށެއްނުލެވޭނެ. އިބޫވެސް މާގޮތްބޮޑު ކުރަންޏާ ނަޝީދު ބޭލިވަރަށްވުރެ ފަސޭހައިން ބާލާނެކަން ހަނދާނުގަ ބެހެއްޓުން އެދެން!

    • ރާއްޖެ

      ތިއީ ސިޔާސީ މީހުންގެ ސަޅި ކަމަކީ. ރައްޔިތުން ގަޅި ހައްދަން މޮޅީ. ނަޝީދު އެކުރީ އެކަން. ތިތިބެނީ ޓްވީޓެއް ކުރީމަ ގަޅި ހެދިފަ.

  5. ގލޅ

    ނަޝީދު ރާއްޖެއައމާއި އެކު ޖަލުކުރެންޖެހޭނެ
    13 އަހަރުގެ ފަހުން ސިޔާސީކަންކަމުގަ އުޅެވޭނީ. ގާސިމަމަށް ދަންނަވަންއޮތީ މިހާރުން
    މިހާރަށް ކޮކްޓޭލާ ފެއަށް ޖެހޭށޭ ސީދާ ލައިނަށް
    އަރުއްވާށޭ ނިއުކުލިއާ ހަތިޔާރާ ދުރުހެލި ވާށޭ

  6. ހުސޭނުބޭ

    މީނަ ބުނެގެން ޤާސިމްގެ އަނބިކަނބަލުންނޭ ކިޔައިގެން އެގޮތަށް ވާހަކަދައްކަނީވެސް! އެ ވެގެން އެ އުޅޭ ގޮތަކީ ޕީޕީއެމް އިން އެބަ އޮތް އިންތިޚާބާ ބެހޭ މައްސަލަ ސްޕްރީމް ކޯޓަށް ވައްދާފައި. އެކަމުގެ ބިރުގައި މިއަދު އިރުއަރަންވާއިރަށް ޤާސިމް ތި އޮތީ ގޯނިފުލަށް ލާފައި!

  7. ގާސިމް ފުއާދު

    އައިޝާ އަށް ޖިންސީ ފުރައްސާރަ،ނުކިޔާހުތުރު އެއްޗެއްނެތް.ކުރާނެހާ ކަމެއްކޮށްފައިމީހަކު ،ރޭޕްކޯށްފައި ފަހުން އެކަން ކުރާކަށް ހެޔިނުވާނޭ ،އޭނަގެ އިއްަޒަތާއި ކަރާމަތް ހިމާޔަތްކުރާށޭ ކިޔާފައި ޓުވީޓްކޮށްލީ ހުރިހާކަމެއްވެ ނިމުނީމަ.ތިޔަށް ކިޔަނީ ހިޔަޅުގެ އުސޫލު ނޫންތޯ.ބަލަ މިއީ އެމް.ޑީ.ޕީ އެކަނި ވެރިކަމެއްނޫން.ޖޭ.ޕީ ބައިވެރިނުވިނަމަ ހަދާން ނައްތާލާ.އޭރުވެސް އިގޭ ޔާމީނަށް ވުރެވެސް ހިޔަޅުކަން ބޮޑު ބައެއްކަން ތި އެމް.ޑ.ޕ އަކީ.

  8. ވަރުވާ

    ކަތިވަޅިގެއްލި، ކޮށިދަނޑު ގެއްލި، މަރިޔަނބުވެސް ޤާސިމަށް ގެއްލެނީބާ؟ އަޅުގަނޑު ވަރަށް ރަނގަޅަށް ކާފަޔަށްދާންދެން ދަންނަ ޢާއިލާއެއް. ނަޝީދަކަށް އެ ޢާއިލާއެއް އެނގިވަޑައެއް ނުގަންނަވާނެ.

  9. އާދަނު

    އަވަހަށް ވަޑައި ގަންނަވާ. އަންނަތަނުން ހިފައިހައްޔަރުކޮށް ހުރަގެއަށްގެންދާނަން.

  10. ޖަމާލް

    އެއީ ނަޝީދު ރަނގަޅު ވެގެން ކުރާކަމއެއްނޫނެވެ. އެއީ ނަޝީދުގެ މަކަރުވެރިކަމުން ކުރާކަމެކެވެ.

  11. ޢަފްލާ

    ކޮންމެ މީހެއްގެވެސް ަބުރެއް އޮންނާނެ ހައްގުތަކެއްވެސް އޮންނާނެ އެކަމަކު މީ އައިޝާ 6 ކުދިން ދޫކޮހްފަކުރި ބުރަ މަސައްކަތހުގެ އަގު ވަޒަން ކުރާ ގޮތްތޯ އައިޝާގެ ކުށެއްނެތް ޤސިމްގެ ކުށް އަނބިމީހާ އިސްތިހާރުވެގެން މީހަކަށް ވެރިކަން ހޯދަދޭން ކުރި މަސަހކަތހުގެ ނަތީޖާ ވ ހިތި އައިޝާ އަޡްވެސް ވޯޓް ލިބޭނެ ގައިމު

  12. ނުކުރާނަމޭ

    ރާއްޖޭގައި މިހާރު ވޯޓް ލާ ގޮތަށް ވޯޓް ލައިގެން ނިކުންނަ ނަތީޖާ މަމެން ގަބޫލު ނުކުރާނަމޭ އެއީ ރައްޔިތުންގެ ނިންމުން ކަމަށް މަމެން އެކަން ގަބޫލުކުރާނީ ވޯޓް ލާމީހާގެ އައިޑީ ކާރޑް ނަމްބަރު ވޯޓް ކަރުދާސް ކޮޅުގައި ޖަހާ އެމީހާ ވޯޓްލާ ކަރުދާސް ކޮޅުގެ ކާރބަން ކޮޕީ އެއް ވޯޓް ލާ މީހާ އަތަށް ލިބޭ ގޮތަށް ވޯޓް ލުމުގެ ޕްރޮސެސް ކުރިއަށް ގެންދިއުމުންނޭ އެއިރުން މަމެން ގަބޫލުކުރާނަމޭ އެއީ ރައްޔިތުންގެ ނިންމުން ކަމަށް އެނޫން ނަމަ މަމެން ގަބޫލު ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ..

  13. Anonymous

    ނަޝީދު ރަނގަޅަކަށް އެއްވެސް ކަމެއް ނުކުރުއްވާނެ ، އަމިއްލަ އެދުމެއްނެތި...

  14. ފެންފުށި

    އިޔަހޫދީ ޕްރޮޕަގެންޑާ

  15. ރަދުން

    ހާދަ ހޫނުގަދައޭ. ފިނިކުރަން އެންޓާޓިކާއަށް 4 މީހަކު ފޮނުވިޔަސް އެތަން ވިރިކެކޭނެހެން ހީވަނީ.

  16. ކައުންސެލަރު

    މަގޮލާ ހިންޏާ ބިނދެނީ! ކެކެ

  17. ސުވާލު

    އަންނިމެން ދުވަހަކުވެސް ޤަުމަށް ހެޔޮ އެދޭނެބާ!

  18. ރައްޔިތުން

    ޓްރަބަލް އިން ޖަޒީރާ ދޯ.... 17 ނުވަނީސް ކޯލިޝަން ކުދިކުދި ވަނީ.. އޭރުވެސް މަމެންނަށް އެނގޭ މިވަރު ކަން ވާނީ...

  19. ރަގަޅު

    ބޮލައް ޗިޕްޖަހައިގެންވެ× ބާރު އތުޖެހެންދެން ހިފަހައްޓާ ބާރު ހަމަ ލިބުނީމަ ބުރުވާލާތި...........

  20. އެކަނބުލޯ

    ޤާސިމް ނޫޅޭ އައިޝާ މިނިސްޓަރު ކަމަށް ލާކަށް އެއީ ދަނގެތީ ދާއިރާގެ މެންބަރު އިންޝާﷲ.. އެމްޑީޕީން ޑިމާންޑުކުރަނީ އައިޝާއަށް މިނިސްޓްރީއެއް ދީފަ ދަނގެތީ ގޮޑި އަތުލަން.. ޤާސިމަށް އެނގޭ އެއީ ހީލަތެއްކަން

  21. ސާމް

    ރައީސް ނަޝީދު މިކަމުގެ ތެރެއަށް ނުވަންނަވާ! ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމުގައި އިސްރޯލެއް އަދާކުރިމީހެއް ޤާސިމަކީ. އެކަމެއް އަހަރެމެންގެ ހިތަކުން ނުފިލާނެ ދުވަހަކުވެސް.

  22. ޟުހައަމާ

    އަންނި އަށް ތާއީދު ކުރެވޭނީ އެމްޑީޕީ އަށް ތާއީދު ކުރމަށް ފަހުގައެވެ. ޤާސިމަށް ތާއީދު ކުރާ މީހަކަށް އެމްޑީޕީ އެއްވެސް އެކްޓިވިސްޓަކު ތާއީދު ކޮށްގެން ނުވާނެ އެވ.

  23. ސައިބޯނި

    ގާސިމު ބުނީ ވަރިއެއް ނުކުރާނަމޯ

  24. ތަކުރުބޭ

    މިހާރު ތިވާގޮތުން ދެން އެއްމެ ރަނގަޅުވާނީ އިންތިހާބު ބާތިލްކުރުން

  25. ޜުޒާނާ ޗޮއްޕަޓު

    ހަހަހަ ދެން ވާނީ ތިންފަށް ވިއްޔަ. މިހާރުވެސް ވެފަ ނޫން ކަމެއްވެސް ނޭގޭވިއްޔަ.

  26. ބިރު

    އައިސާއަކީ މިހާރު ގާސިމުގެ އަބިކަބަލުން ކަމަށް ގަބޫލު ނުކުރެވެ

  27. ާAhmed

    ނަޝީދަޢް ބަލައިގަނެވޭހާ އެއްޗެއް ނޫނޭ ޕާޓީގެ ހުރިހާ މެންބަރުން ބަލައިގަންނަން ޖެހޭނީ. ޙާދަ އަންޑިމޮކްރެޓިކޭ! ޢެހެން ނޫނަސް ގާސިމަށްވެސް އެގޭ އެއްޗެއްތާ އެއްފުޅައްމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިން ފުންމާލާނެކަން. ނަޝީދާ ބެހޭގޮތުން އެވެރިންނަށް އެގޭލެއް މަދީ. ޢެގޭނަމަ ގޮވީސް.

  28. ޒަރުޤާވީ

    ހާމާނު ބަނީ އިސްރާއިލް މީހުނަށް ޖެސި ގޭމް

  29. ހާމިދު ދާއީ

    ގޯހެއް ތިބޭޅާ އަށް ހެދިއްޖެ. ދެން ރަނގަޅުކުރަން އުޅުނަސް ވާނެކަމެއް ނޯންނާނެ. އިންޝާ ﷲ. މިފަހަރު އިންތިހާބު ބާތިލުކޮށް، އަލުން ސައްހަ އިންތިހާބަކުން އެމްޑީޕީއާއި އެމީހުންގެ ބައިގަނޑު ބޮޑު ބައްޔަކުން ބަލިވާނެ.

  30. ސަޓޯ ތުރާކުނު

    އަންނި ބީ ލައިކް އޯ އެމް ޖީ..... އައިޝާ އިޒް ހޮޓް....