ނުރައްކާތެރި މާރާމާރީތައް ހުއްޓުވަން ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވީ ރޭ މެންދަމު މާލޭގައި ހިންގި މާރާމާރީއެއްގައި 14 އަހަރުގެ ކުއްޖަކު ނިޔާވުމާއި ގުޅިގެން ދެންމެ ނެރުއްވި ބަޔާނެއްގައެވެ.
ފުލުހުންގެ ބަޔާނުގައި ވިދާޅުވީ ކުޑަ ކުއްޖަކު ނިޔާވި މާރާމާރީ އާއި މާލެ އާއި އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީގެ މައްސަލަތައް ވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުންގެ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.
"ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށާއި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ވާހަކަވެސް ދަންނަވަމެވެ. އެގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލެއާއި އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހޯދައި މިހާރު ވަނީ ހައްޔަރު ކުރެވިފައެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުން ވިދާޅުވީ މާލެ އާއި އަދި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަ ކުރުމުގެ ގޮތުން ކުށްކުރުމުގެ ރޫހް މިވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަން ފުރުސަތު ނުދޭނެ ކަމަށެވެ.
"މިފަދަ އަމަލުތައް ހިންގާ މިފަދަ އަމަލުތަކަށް ހިތްވަރުދޭ ފަރާތްތައް ހޯދައި އެފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކޮށް ޤާނޫނީ ގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ. ހަމައެކާއި އެކު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އަބަދުވެސް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.
ރޭ ދަންވަރު ވަޅިން ހަމަލާ ދިނުމުން ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމަށްވާ ށ. ފޭދޫ ހީނާމާގޭ (ގ. ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފެވެ. މާލޭގެ ސްކޫލެއްގައ ގްރޭޑް 7 ގައި ކިޔަވަމުން އަންނަ އިސްމާއިލް ޝައްފާން ނިޔާވެފައިވަނީ ލިބުނު ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. ރޭ ދަންވަރު އިސްމާއިލް ޝައްފާނަށް ހަމަލާދީފައިވަނީ، ގ.ސަބްދޭރިޔާ މަގުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާއިލް ޝައްފާނަށް ޒަޚަމްވެފައިވަނީ ގޭންގް މާރާމާރީއެއްގައެވެ.
ކަލޭމިންނަށް ކޮންކަމެއް ކުރެވެނީ މާރާމާރީ ހިންގަން،
ޢާދޭސް އާދޭސް ދިވެހި ސިފައިންނާއި ފުލުހުންނޭ މިގައުމު ޚާއްސަކޮށް ފުރަމާލެ އަކީ އަމާން ތަނަކަށް ހަދާދީބަލަ ޕްލީޒް
ދެތިންމީހުން މަރާލާއިރަށް އަބަދުވެސް ތިހެން ބުނާނެ ވާ ކަމެތް ހަމަހަރާން
ތިބޭފުޅުން ހަމަ ތިހެން ބަޔާނެއް ނެރެލީމަ ނިމުނީ .. ވައްސަލާން އާމީން.. ނިކަން ފުލުހުން ނާއި ސިފައިން ނުކުމެ އެންމެން ގޭންގް ތައް ނައްތާލަބައް.
ޜ ރޭދަންވަރު ކީއްކުރަން ކިޔަވާކުއްޖަކު ބޭރުގަ އުޅެންވީ އެހެންވީމަ އުމުރުން ކިތަންމެ ހަގަކަސް ޒުވާންވެގެން ދަރިން ނަވުމަތިވެގެން އުޅުމަކީ މައިން ބަފައިން އިތުރަށް ވިސްނަންޖެހޭކަމެއް
އެބުނާ ޙާއްސަ މަސައްކަތަކީ މާދަން އެމީހުން ދޫކޮށްލުން
ފުލުހުންނާ ސިފައިންނަށް ގޮވާލަން ، ތިޔަ ކިޔާ ގޭންގު ތަކުގެ " ހިސްޓްރީ" ރަގަޅަށް ސާފުކޮށް އޮޅުންފިލުވާ ، އެބަޔަކު ހޯދާ ތިޔަ ފަރާތްތަކަށް ހަވާލުކުރުމުގެ ބާރާއި " ޕަވަރު" އާއްމު ފަރާތްތަކަށް ހަވާލުކޮށް ދެއްވާ...
އެއީ ގައުމު ހަލަބޮލި ކޮށްލަނީ ގަސްތުގަ.
ކަލޭމެން ކުރުވާ ކަންތަައްތައް