ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި މާރާމާރީތައް އިތުރުވެ، ކުޑަކުދިން މާލޭ މަގުތަކުގައި މަރާލުމުން ކަންކަން ފާލުން ނެއްޓި، ބޮއްސުންލާފައިވާ މިންވަރު ދައްކުވައިދޭ ކަމަށް ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ. އިބޫ ވިދާޅުވީ އެކުގައި މަސައްކަތް ކޮށް ރާއްޖެ އަކީ އަމާން ތަނަކަށް ހަދާނަން ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި މާރާމާރީތައް އިތުރުވެ، ކުޑަކުދިން މާލޭ މަގުތަކުގައި މަރާލުމުން ކަންކަން ފާލުން ނެއްޓި، ބޮއްސުންލާފައިވާ މިންވަރު ދައްކުވައިދޭ ކަމަށް އިބޫ ވިދާޅުވި އިރު ރޭ މާލޭގައި ހިންގި މާރާމާރީ އެއްގައި ކުޑަ ކުއްޖަކު ވަނީ މަރާލާފައެވެ. ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި މާލޭގައި ނުރައްކާތެރި ތިން މާރާމާރީ އެއް ވަނީ ހިންގާފައެވެ. އަދި އައްޑޫ ސިޓީގައި ވެސް ވަނީ ނުރައްކާތެރި މާރާމާރީއެއް ހިންގާފައެވެ.

ފުލުހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުޑަ ކުއްޖަކު ނިޔާވި މާރާމާރީ އާއި މާލެ އާއި އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީގެ މައްސަލަތައް ވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުންގެ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.

ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށާއި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލެއާއި އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހޯދައި މިހާރު ވަނީ ހައްޔަރު ކުރެވިފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މާލެ އާއި އަދި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިފަ ކުރުމުގެ ގޮތުން ކުށްކުރުމުގެ ރޫހް މިވެށީގައި ހަރުލެއްވުމަށް އެއްވެސް ފަރާތަކަން ފުރުސަތު ނުދޭނެ ކަމަށެވެ.

"މިފަދަ އަމަލުތައް ހިންގާ މިފަދަ އަމަލުތަކަށް ހިތްވަރުދޭ ފަރާތްތައް ހޯދައި އެފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކޮށް ޤާނޫނީ ގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ. ހަމައެކާއި އެކު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އަބަދުވެސް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ޑެލްބޯއި

  މިހާރު ހުރި ގާނޫނުތަކުގެ ދަށުން ވެސް ކަންކަން ހަމައަކަށް އަޅުވާލަން ނަގާނީ ހަފްތާއެއް. އެކަމަކު އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށް ވަކި މީހަކަށް ބަޔަކަށް ބަލާނުލާ ޑީލްތައް ނަހަދާ ކަން ކުރީމާ އެކަންވާނީ. މަނިކުފާނު ވެސް އަންނި ސަލާމަތް ކުރުމަށް ކުރީ ދަޢުރެއްގައި ވޯޓެއް ދެއްވި ވާހަކަ އަޑު އިވުނު. އެހުންނަނީ ދެރަކަންތައްތައް.

 2. ބަޓާ

  ކަންކަން ފާލުން ނެއްޓުނީ ބޮޑެތި ޓެރަރިސްޓުން މިނިވަން ކުރީމަ

 3. މަޖޯ

  މަނިކުފާނު ފާލަށް އަޅުއްވާ

 4. ނަސީމް

  އިބޫ ވެސް ބޭކާރުވާހަކަ ނުދައްކަވާ ެިޚުލާސްތެރިކަމާއެކު ގައުމުގެ ކަންކަން ހަމަމަގަށް އަޅުވާފަ ނިކަން ދަތްކަބަލަ. ކެއްތެރިކަމާއެކު ބަލަން މިތިބީ.

 5. ާަަ އަލީ

  ކަންކަން ބަލައި ފިޔަވަޅު އަޅާ ވާހަކަ ޕޮލިހުން ދެއްކީމަ ގަބޫލުކުރަން ދަތި. ސަބަބަކީ އަހަރެންނަކީ ސ.ހިތަދޫ މީހެއް. އަހަރުމެން އުޅޭ ގޭގެ މައްޗަށް ގާ އުކަން ފެށީމަ 7 އަހަރުގެ ދަރިފުޅު ބިރުން ގޮސް ރޯވަރުން ޕޮލިހަށް ގުޅީމަ ބުނީ ދަރިފުޅު ގޮވައިގެން ހޮސްޕިޓަލް އަށް ދާށޭ. ކިޔާފަ ރުޅި އައިސްފަ ބުނީ މިތަނަށް ދެން ނުގުޅާށޭ. މިއީ ވެސް ޕޮލިހުންގެ އަމަލު ހުރި ގޮތް

  • ހަމަ ހިނިއަންނަނީ

   ކޮއްކޯ... ޢަލީ މީ ޖަޒީރާ ރާއްޖެ ....

 6. ޢިބޫ

  ކަންތައްތައް ރާއްޖޭގައި ފާލުން ނައްޓުވާލީ ކަލޭމެން. ޢަދިވެސް ކަލޭމެންގެ ވެރިކަމުގައި ވާނީ ގޯސް. ޢެއީ ކލޭމެން ބޭނުންވަނީ މިހެން ކަންކަންވާން.

 7. ވޭލްޝާރކް

  ފާލުން ނެއްޓިފަ ހުރިކަން އެނގޭއިރު ބަލަން ނުތިބެ ފާލު އަޅުވަންވީނު..

 8. އަފްލާ

  ޢީބޫ ފާލުގެ ވާހަކަ ދައްކާއިރު ވިސްނާލަ ބަލަ ގްރޭޑް 7 ދަރިވަރަކު ރޭގެ ދޭއްޖެހިއިރު މާރާރީއެއްގަ ނިޔާވީ ކޮބައިތޯ މައިން ބަފައިން ނުވަތަ ބެލެނިވެރިން 14 އަހަރުގެ ކުއްޖާ 2 ޖަހާއިރު ބޭރުގަ އުލހެވެނީ އެއީ ކާކުގެ ޒިންމާއެއްތޯ ؟ރ ޔާމީނުގެ ޒިންމާއެއްތޯ؟މަނިކުފާނު ގރޑ 8 9 ކިޔަވާފަ ވެރިކަން ލިބުނަސް އެނގުމާއި ނޭނގުމާއި ވ ތަފާތހ ވާނެ

 9. ސަމާ

  ބަލަ ތިހުރިހާ ކަމެއް ފާލުން ނުނެއްޓުމަށް އަރާބަލަ. އިބޫ ކަލޯގެ ވެރިކަމެއް މީހަކު ދެން ނުމަރާނެ. މީހަކު މަރެއްވެސް ނުވާނެ. ހުރިހާކަމެއްދާނީ ބަރާބަރށް. އަފްރާޝީމް، ޔާމީން ރަޝީދު ރިޟުވާން މެރިމީހުން ވެރިކަމުގެ އެއްމެ ފުރަތަމަ ދުވަހު ބަލާފަ އެކަންކުރިމީހުންނަށް ޙައްޤު އަދަބު ހޯދައިދޭނެ.ތިކަން ވާނުވާ މިތިބީ ބަލަން. ކަމެއްވާނީ ކިހިނެއް ތިއުޅެނީ ވެރިކަމުގަ ފާ ހަރުނުލައިގެން ކޮކްޓެލް އަރާރުން ބޮޑުވެގެން ތިއުޅެނީ.ތިކޯލުން ދެން ހުސް އޮންނާނީ.

 10. ކަބީރު

  މިގައުމުގެ ޖަލުތަކުގައި ތިބި ބޮޑެތި މާސިންގާ ކުށްވެރިން ދޫވުމާއެކު މާލޭގެ މަގުމަތަށް ނާމާންވެ ކުރީގެ ހާލަތަށް ރުޖޫއަވާން ފަށައިފި އެވެ.

 11. އަލީ އާދަމް

  ހަމަ މާރާމާރީ އެއް ހިންގާިއރަށް ޕޮލިހުން ބުނާނެ ޙާއްސަ އޮޕަރޭޝަނެއް ހިންގާ ވާހަކަ، ދުވަހަކުވެސް ހާއްސަ އޮޕަރޭޝަނެއް ހިންގާގެން ތިކަންތައް ހުއްޓުވޭތަނެއް ނާދޭ، އަރަތެއްކަހަލަ ކަމެއްތީ.. ކުރިން ފިޔަވަޅުތައް އެޅޭނަމަ މާރާމާރީ އެއްނުހިންގޭނެ، ފުރުޞަތު ދޭތީ ހިންގެނީ.. ފުލުންހެ މުއައްސަސާ އެބަޖެހޭ ރީފޯމްކުރަން..

 12. ސަންތި

  ބުޅާތައް ގޯނިން ބޭރުވަނީ މައިތިރިކުރެވޭނެތަ

 13. Anonymous

  އަހަރެމެން ދެކޭނަން ފާލަށް އަޅުވާތަން/ ބުނަންތަ ތިޔަކަމަކީ އިބޫއަށް ކުރެވޭނެ ކަމެއްނޫން ދޮގުހަދާ ރައްޔިތުން ހައްދަން އިބޫމެން ވަރަށްމޮޅުވާނެ!

 14. Anonymous

  ރައީސު އިބޫ ނޫންތަ ރައީސު ޔާމީނު މަރަން އަދީބު ގެނެސްފައިވާ ލަންކާގެ ސުނައިޕަރް ޖަލުން މިނިވަންކުރަން އުޅެނީ، ގައުމު އަ.ާން ތަނަކަށްހަދަން މަސައްކަތް ކުރަންޖެހެނީ ކޮންމެހެން ރައީސުކަންލިބި ގޮނޑިކޮޅަށް ސަވާރުވީމައެއްނޫން ހަމައެކަނި ރައީސު މީހާވެސްނޫން، އެއީ ހުރިހާ ރައްޔިތުންގެ ފަރުދީ ޒިންމާއެއް،

 15. ބޮޑު ދެލޯ

  މީގެ ކުރިންވެސް ކަންހިނގާފައިވާގޮތައް ބަލާއިރު، މާރާމާރީތަކާއި ގުޅިގެން މިހާރު ހައްޔަރު ކޮށްގެން ތިއުޅޭ ކުދިންކޮޅު އަވަހަށް ދޫކޮށްލަން ވެއްޖެ. އެހެންނޫނިއްޔާ އެކުދިންނަށް އަނިޔާކުރާތީއާއި މީރުކޮށް ކާންނުދޭތީއާއި ހަރު އަޑުން ވާހަކަ ދައްކާ ތީއާއި މިކަންކަމާހުރެ އެޗް އާރ ސީ އެނުން ހިންދަމާލާފާ ތެދުވެ އެކުދިން ދޫކޮށްކަން ގޮވަން ފަށާފާނެ ވިއްޔަ!!!!!

 16. އިލްޔާސް ޙުސައިން

  މާރާމާރީތައް އިތުރުވެފައި ވަނީ ޖަޒީރާ ރާއްޖޭގެ މަލަމަތި ފެންނަން ފެށީމަ، ކަލޭމެން ޤައުމު ހަލަބޮލިކުރަން މަސައްކަތް ކެނޑިނޭޅި ކުރަމުން ދިޔައިރުވެސް ވޭތުވެދިޔަ 05 އަހަރެއްހާ ދުވަހު މިޤައުމު އޮތީ ވަރަށް އަމާން އޮމާންކޮށް

 17. ސިޒާ

  އަދިވެސް ޖެނެރަލް ޝިޔާމަށް ރިޝްވަތުދީ

 18. ނާފިއު މާލެ

  އިބޫމެން ރާވާގެން ހިންގާ ޖަރީމާ މީ. ޤައުމު ހަލަބޮލިކޮށް ވެރިކަމާގެން ތެޅިއަރުވަނީ.

 19. އިބްރާހިމް

  ތިޔަ މަނިކުފާނުމެން އަބަދުވެސް ޤައުމު ހަލަބޮލިކުރަން. ތިމަސައްކަތް ހުއްޓާލާ ބިޑެތިކުށްވެރިން މިނިވަންނުކުރޭ!

 20. ތީނަ

  ވަރަށް އުފާވެއްޖެ އިބޫ ވެރިކަމަށް އަރާފަ މީހުން މެރުން ހުއްޓާލަދެއްވާ.

 21. ބޭބެ

  ކަންކަން ފާލުން ނެއްޓުވީ ކޮންބައެއްތޯ؟ ނުވަތަ ކަންކަން ފާލުން ނައްޓަން މަސައްކަތްކުރަނީ ކޮން ބައެއްތޯ!! ޓީމުތަކެއް ހަދައިގެން ބައިބަހައިގެން ކޮންމެ ދުވަހަކު މުއައްސަސާތަކަށް ވަދެ އެވިކަމެއް ކުރާނަމޭ މިވެނި ކަމެއް ކުރާނަމޭ ބުނެ މުވައްޒަފުންނަށާ ވެރިންނަށް ބިރު ދައްކަމުން މިގެންދަނީ ކޮންބައެއްތޯ!! ގައުމު ހަމަމަގަށް އެޅޭނީ ހުރިހާ އެންމެންވެސް ގައުމު ހަމަމަގަށް އަޅުވަން ކުރާ މަސައްކަތެއްގެ މިންވަރުން!! ސިޔާސީގިޮތުންވިޔަސް ރަގަނޅަށް ތަސައްރަފު ނުފުދޭ މީހުން ސިޔާސީގޮތުން މަންފާތަކެއް ޙާސިލްކޮށް ގައުމުން ވައްކަންކުރަން ފޫގަޅައިގެން ހޭބޯނާރާ ވެރިކަމާ ތޮޅެ ވެރިކަމަށް އާދެވޭލެއް ލަސްވެގެން އުޅޭނަމަ ގައުމު ހަމަމަގަށް ނޭޅުވޭނެ!! ފުރަތަމަ ގައުމާމެދު ވިސްނުން ބަހައްޓައިގެން ނޫންގޮތަކަށް ގައުމު ހަމަޔަކަށް ނޭޅުވޭނެ!! މިހާރު މިބަލަނީ ފުރަތަމަ ތިމާއަށް ލިބެނީ ކޯޗެއްތޯ!! ދެން ކިހިނެތްވާނީ!!

 22. ބޭބީ

  މީ އަންނި އަންނަންއުޅޭތީ ވޯމްއަޕް ކޮށްލަނީ. އަދި އައިމަ އޮންނާނީ އަސްލު ލޭގެ ކޯރުތަކާއި އަލިފާން ރޯކުރުމާއި ކަންތައް. މިއޮއް އަމާންކޮށް އޮއްވާ ރައްޔިތުން އަމިއްލައަށް މިކަންކުރީ

 23. ބޭބީ

  އިބޫ އަގައިން ނުބުނޭ. މާރިޔާ ވިދާޅުވާނެ ނޭވާއަކަށް ހުއްޓާނުލާ ހުރިހާ ވާހަކައެއްވެސް.

 24. އަސް

  ކުޑަކުދިންނާ އެހެންމީހުން މަގުތަކުގައި މަރަނީ ސަރުކާރުންތޯ. އެކަންކަން ހުއްޓުވަން އެންމެނަށްވެސް (ޚާއްސަކޮށް ފުލުހުންނަށް) ކުރެވޭނީ މަސައްކަތް. ގޭންގުތައް މިތާ އުފެއްދިޔަދީ މަސްތުވާތަކެތި އާންމުކުރި މީހުން މިކަމާ ވިސްނާލަން ރަނގަޅު.

 25. އެމް ޑީޕީ

  ކަލޭމެން ތިޔަ މަސައްކަތް ކުރަނީ ކަންކަން ފާލުން ނައްޓުވާކަށްނޫންތަ ތިވާހަކަ ތި ދައްކަނީ!!!!!!!!!!!!!!!!!!!!!

 26. ޢަފްލާ

  އަިބޫ ވެރިކަމަށް އަރާފަ ފުރަތަމަވެސް އަހަރެމެންގެ އިސްލާމް ދީން ފުނޑާލަން އުޅެނީ އެއީ ޔަގީންވާކަމެއް އެހެންޏާ މީނައަށް ވެރިކަން ލިބުނީމަ ހުރިހާ ފާދިރީންތަށް މީނަޔަށް މަރުހަބާ ކިޔާނީ ކޮންމެވެސް ކަމެއް ވީމައެއް ނުން ގައުމުތަކުން މަރހަބާ ކިޔަސް ފާދިރީ ޖަމްއިއްޔާ ތަކުން މަރުހަބާ ކީމަ ސުވާލު އުފެދޭނެ

 27. އަފީ

  ކެނެރީގޭ ނަސީދު ގޮވީ ތަޅާނެ ބަޔަކު ހޯދުމަށް....މީ ފާލުން ނެއްޓުން ނޫންތޯ؟

 28. ދޮންކަލޯ

  މިވަގުތައް މުހިއްމު ވާހަކައެއް ނޫން. ޢިރާދަކުރެއްވިއްޔާ ކައިރި މުސްތަގުބަލެއްގައި ރައީސްކަމާހަވާލުވެ ކަންކަން ރަގަޅުކޮއްލީމަ ރައްޔިތުން ވަރަށް އުފާވާނެ. ބަލައިވެސް ގަންނާނެ. ޢަގަގަދަ މިތުރު ހެދޭކަށް ނުވާނެ.

 29. އަހްމަދުބޭ

  އިންތިގާލީމަރުހަލާގަ ވަރައްގިނަކަންކަން އަންނާނެ

  • ހަމަ ހިނިއަންނަނީ

   ޖެހޭނީ ކުޑަކޮށް ކެއްތެރިވެލަންދޯ އަހުމަދުބޭ

 30. އަބްދުއްލާ

  ގާނޫނުއަސާސީގެ 52 އުވާލާފަ ފުލުހުންނަށް ބާރުދީބަލަ މި ގައުމުފަދަ އަމާންގައުމެއް ދުނިޔޭގަ ވެސް ނޯންނާނެ.