ސުޕްރީމް ކޯޓަށް ރައީސް ޔާމީންގެ ފަރާތުން އިއްޔެ ހުށަހެޅުއްވި މައްސަލައަކީ މާބޮޑު ބުރަދަނެއް ނެތް މައްސަލައެއް ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައަކީ ރައީސް ޔާމީން ބުނެގެން މުޒާހަރާ ކުރި ކުދިންކޮޅު ހިތްހަމަ ޖެއްސުމަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ.

"ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައަކީ ރައީސް ޔާމީން ބުނެގެން މުޒާހަރާ ކުރި ކުދިންކޮޅު ހިތްހަމަ ޖެއްސުމަށް ލެވުނު މައްސަލައެއް, ވަރަށް ވީކް ކޭސް އެއް, އެ މައްސަލަ ކޯޓަށް ލައްވާފައި ވަނީ ލޯޔަރުންގެ ލަފަޔާ ދެކޮޅަށް" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު މި ގޮތަށް ވިދާޅުވިއިރު ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ސްޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ. ސުޕްރީމް ކޯޓާއި ހަވާލާ ދެއްވާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅިގެން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި، ހުށަހެޅުމުގެ ހުއްދަ ދޭން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅުންހުރި މައްސަލަތައް ކޯޓުތަކަށް ހުށަހެޅީ ފުލުހުން ދިން ޖަވާބަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށް ޕީޕީއެމް އިން އިއްޔެ ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ހިނގަމުންދިޔައިރު ކުރިމަތިވި ތަފާތު މައްސަލަތަކާއި ގުޅޭގޮތުން އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން ގިނަ ޝަކުވާތަކެއް އެ ޕާޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ޝަކުވާތަކަށް ރިއާޔަތް ޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ އިންތިހާބީ ހައްގުތަށް ގެއްލިފައިވާކަމަށް ގަބޫލުކުރެވޭނަމަ އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެގޮތުން އެ މައްސަލަތައް ފުލުހަށް ހުށަހަޅައި، އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ އިންތިހާބީ ހައްގު ހޯދުމަށް އެ މައްސަލަ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ޕީޕީއެމް އިން ބުނިގޮތުގައ ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރަންނަމާރި

    ސައިޒުގައި ހުރޭ ބާގީ. އެނގިދާނެ

  2. ފަރުދާ

    ބުރަދަން ހުރިތޯ ނިންމަނީ ރިޔާޒުތޯ، މިހާރު ވެއްޖެ ދެއްްތޯ މަގުމަތީ ޙުކުމްކުރަން ނިމުމަކަށް ގެންނަން،

  3. ތިމަރަ

    މީ އަނެއްކާ ސެޓިފިކެޓް ނެތް ޤާނޫނީ ވަކީލެއްތަ؟ މީނާ އަކީ ޤާސިމުގެ ހަލާކު މީނާ ޖޭޕީ އަށް ވަނީއްސުރެ މި އުޅެނީ މިހާލެއްގަ. މީނަ މިއުޅެނީ ޤާސިމުގެ ތަނަވަސްކަން ހައްޕަޅާލަން

  4. Anonymous

    ބާޣީ ރިޔާޒު މައިތިރިވޭ

  5. Miadhu

    ކަލޯ ރިޔާޒޫ މައްސަލަ ވެއްދީމަ ކޮޝަ ވީދޯ ދެން މަޑުން ހުރޭ ޝަރީޢަތުގަ އެއޮތް މައްސަލަ ނިމެންދެން މަޑުން ހުރެވޭތޯ ބަލާ

  6. Anonymous

    ގާފުރޮޅާ ބާޢީރިޔާޒު، ކަލޭ ތިއަނގައުކަނީ ކަލެއަށް ކާންދޭ ބުރުމާ ގާއްބޭ ހިތްހަމަޖައްސަންވެގެންކަން އިގޭ، ކަލޭ ކޯލިޝަނޭ ވެރިކަމޭކިޔާފަ އާސަރުކާރުގެ މަގާމަށް މީހުން އައްޔަންކުރާނެގޮތޭ ކިޔައިގެން އެއްމެފަހަރަކު އިންޓަވިއު ދިންތަނާ އެމްޑީޕީގެ އިސްފަރާތްރަކުން ކަލޭ ރަކިކޮށް ސައިޒުކޮށްފައިވަނީ. ރައީސު ޔާމީނަށް ކަލޭ ހަސަދަވެރިވެގެން އުޅެނީ އެމަނިކުފާނަށް ރައީސުކަން ލިބުނު ހިސާބުން،އެއިރުވެސް ކަލޭ ބޭނުންވީ ނާއިބުރައީސުކަން ނުވަތަ ކޮމިޝަނާ އޮފް ޕޮލސް މަގާމު، ކަލޭ މަޖިލިސް މެމްބަރުކަމަށް ހޮވާދޭންވެސް ބޮޑަށް މަސައްކަތްކުރީ އެމްޑީޕީން ރައީސު ޔާމީނު، ކާންދޭއަތުގަ ދަތްއަޅާ ބާޢީ، ލަދެއްނުގަނޭ

  7. ޕޮލިސް

    މަބުނީ ޕޮލިސް ލޯޗް ތައް ކަލޭވަނީ ވަގަށް ނަގާފަ. ވަރަށް އަވަހަށް އެމައްސަލަތައް ބަލާނެ އިނގޭ..ވަރަށް ވާހަކަ މީ..

  8. ލޮލް

    ހައްހައްހާ.ކަލޭ ކިޔާނެ އެއްޗެއް ނެތުނީ

  9. ޜަށުމީހާ

    ތިކާކުތަ ތި ބޮޑު މުނާފިގެއް

  10. ާއަދުނާނު

    ކަލޭ ތަންކޮޅެެއް މައިތިރިވާން މަށަށް ފެނޭ

  11. ފާއިޒާ

    ބާޤީ ރިޔާޒު މަޑުން ހުރޭ. އެމްޑީޕީގެ ވެރިކަނ ހަފުސްކޮށްލި ހަނދާން ނުނެތޭނެ.

  12. ދދދދ

    ބާޣީން ރުޅި އަރުވަން ކަމަށްވެސް ވެދާނެނު.

  13. ޙަފްޞާ / މާލެ

    ސްޕްރީމްކޯޓަށް ހުށައެޅީ ހުރި މައްސަލަތައް! ގޮތެއް ނިންމާނީ އެ ކޯޓުން! ކޮންމެ ގޮތަކަށް ނިންމިޔަސް ރައީސް ޔާމީން އެގޮތް ޤަބޫލުކުރައްވާނެ! ދެން ރައީސްޔާމީންއާ ޕީޕީއެމް ތިބޭނީ ކުޅިބަލަން! ރިޔާޟުވެސް ޤާސިމުވެސް ދާދި އަވަހަށް ރައީސް ޔާމީނަށް ބައިޢަތު ހިފާނެ!

  14. ސޭކުސްތާން

    މީނަ ހާދަ މަޝްހޫރޭ މިހާރު. އިބޫއަށްވުރެން ގިނަ ވާހަކަ އެބަހުރި.