އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ކުރި ޓްވީޓަކާއި ގުޅިގެން އެމްޑީޕީ ސަޕޯޓަރުން ރުޅިގަދަވެ އަނެއްކާވެސް ކޯޅެން ފަށައިފިއެވެ.

އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަތަރު ލީޑަރުންނާއި ހަތަރު ޕާޓީ ގުޅިގެން ފެށި މަސައްކަތް ނިމެން އަދި ގާތްވެސް ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ ޔާމީން ބަލި ކުރުމެއް ނޫން. އޭނާ ހަރާބު ކޮށްފައިވާ މުޅި ނިޒާމް އިސްލާހު ކުރުން. އަދާލަތު ޕާޓީ ލީޑަރު ވެސް އަދިވެސް އޮންނެވީ "ޖަލުގައި" އަދި ލަސްވެގެން އުޅޭކަށް ނުވޭ. ކެތްތެރިކަމާއި ހިކުމަތް އިސްކުރައްވާ." އަލީ ޒާހިރު ވިދާޅުވިއެވެ.

އެމްޑީޕީ ސަޕޯޓަރުން ރުޅިގަދަވީ އަލީ ޒާހިރުގެ ޓްވީޓްގައި އިޝާރާތް ކޮށްފައި ވަނީ ރައީސް ނަޝީދު މިނިވަން ނުވެގެން އަދި އުޅޭކަށް ނުޖެހޭ ކަމަށް ނުސީދާކޮށް އިޝާރާތް ކޮށްފައި ވާތީއެވެ.

އެމްޑީޕީ ސަޕޯޓަރަކު ބުނީ ކަންކަން އޮޅިގެން އުޅެނީ އެމްޑީޕީ އަށް ނޫން ކަމަށާއި ކަންކަން އޮޅިގެން އުޅެނީ އަދާލަތު ޕާޓީއަށް ކަމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓަކު ކޮންމެ ނަމެއްގައި ވެރިކަމަށް ގެނައި ނަމަވެސް ވާނީ އެމްޑީޕީގެ ވެރިކަމަށް ކަމަށް އޭނާ ބުންޏެވެ.

އެމްޑީޕީގެ އިތުރު ސަޕޯޓަރަކު ބުނީ އިންތިޚާބު ކާމިޔާބު ކުރަން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ ސަޕޯޓަރުން ކުރި ކަމެއް ނެތް ކަމަށާއި ކާމިޔާބުވީ އެމްޑީޕީ ސަޕޯޓަރުން ކުރި މަސައްކަތުން ކަމަށެވެ. ރައީސް ނަޝީދު އެކަނި ނިކުތަސް އިންތިޚާބު ކާމިޔާބު ވާނެ ކަމަށް އޭނާ ބުންޏެވެ.

އެމްޑީޕީ ސަޕޯޓަރަކު ބުނީ މިއީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެކަން ހަޖަމް ކުރަން ޖެހޭނެ ކަމަށެވެ.

އަލީ ޒާހިރުގެ ޓްވީޓަށް ޖަވާބު ދިން މީހަކު ބުނީ ގާސިމް އިބްރާހިމަކީ ގައުމަށް އެންމެ ބޮޑަށް ގައްދާރުވި އެކަކު ކަމަށެވެ.

އިންތިޚާބު ކާމިޔާބު ކުރެވުނު ނަމަވެސް އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް އަދި މަގާމާއި ހަވާލު ނުވެވިގެން އުޅެނިކޮށް ކޯލިޝަންގެ ތެރޭގައި މިހާރު ވަނީ ހުޅު ރޯވެފައެވެ. ހާއްސަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އޭނާގެ އަނބިކަނބަލުން އައިޝަތު ނަހްލާ އަށް އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިހާރު ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި އިބޫ މަގާމާއި ހަވާލުވުމުގެ ކުރިން ކޯލިޝަން ރޫޅިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޢަފްލާ

    މިހަކު ތެދެއްބުނެފިޔޔާ އެވީ ތެޅިބާލަން ކޮންމެވެސް ކަމެއް އޮންނާނެ އަދާލަތަށް ނޭނގި ނަމަވެސް އެމްޑީޕީ އަށް ވެވިފަ ރިޝްވަތުގެ ކަޅު ފައިސާ ގެ ކަމެއް

  2. އަލީ

    ބާތިލް އެއްޗަކަށް ދިރިހުރުމުގެ ޙައްގުއެއްނެތް/ ވަރަށް އަވަހަށް ރޫޅޭނެ

  3. ސާބަސް

    ޙައްތަހާވެސް ވެރިކަން ބޭނުން މީހުން....މިއޮތީވާ ގާއުމެއް

  4. އެމް ޑީޕީ

    އަދާލަތު މައިތިރިވުމަށް އަހަރެންވެސް އެދެން އަހަރެމެން ވޯޓުދިނީކީ އަދާލަތަށްނޫން. ވަރަށް ސާފު.

    • ސާފު

      އަހަރެން ވޯޓް ދިނީ އެމް ޑީީ ޕީ އަކައްނޫން

  5. ބ

    މީ ފިތުނަ ފަސާދަ އުފައްދާ ލިޔުމެއް

  6. ހަކުރު

    ޢަލީ ޒާހިރުއަށް އެނގިވަޑައި ނުގަންނަވާތޯ އެމް.ޑީ.ޕީ.... ފިތުނަވެރި ބަޔަކާއެކު ޢަލީ ޒާހިރުމެންނަށް ކޮން ކަންކަމެއްތޯ ރަނގަޅުކުރެވޭނީ... އަޖައިބު

  7. ކައުންސެލަރު

    ތިޔާތިބީ ވެރިކަން ކުރެވިފޭ! ވެރިކަމާހެދި ހޭބަލިވާމީހުން ފެނޭނު. މޑޕ މީހުން ދުވަހަކުވެސް ދިވެހި ޤައުމަށް ހެވެއްނޭދޭނެ. އަދި ފޯރިހުންނާނީ މިނިސްޓަރުން ނަގާއިރު. ކަލޯ މަގެންދާއްޗެ އެތަނަށް. ހަމަ ބިނދިބިނދިފައި ބަނޑުގަ އަތްއަޅާފަހޭން. އެހެންކަމަކުނޫން..

  8. ބޮނބި

    އެމް.ޑީ.ޕީ އަކީ އަބަދުވެސް ހާޑުވެފައި ތިބޭ ބައެއް.

  9. ގާއްޓޭ

    މަ ކުރިންވެސް ބުނިންއެމްޑީޕީ ވަނީ އެމްޑީޕީ އަށޭ. މާ ފުއްޕަންޏާ އަނެއްކާ ވައްޓާލަނީ. ޓި ގޮލާ އިނދަޖެހިފައި އޮއްވައި ނަގައި ކޮޅަށްޖެހީ މަމެން

  10. މުޙާވިން

    އިބޫ ވިދާޅުވީ ނުޙައްޤުން ޖަލަށްލެވިފައިވާ ސިޔާސީ ހުރިހައި ޤައިދީން މިނިވަންކުރައްވަން. އަދި މިއުޅެނީ އިބޫ ވެރިކަމާ ހަވާލުވެވަޑައިނުގެން. ނަމަވެސް ބައެއްބޭފުޅުން މިނިވަންވެފައި އަނެއްބައިބޭފުޅުން މިނިވަންނުވުމަކީ އަދި މައްސަލަޔަކަށް ބަލަންޖެހޭ ކަމެއްނޫން. މައްސަލަޔަކަށްވާންވާނީ އިބޫ ވަޑައިގެން އެކަން ނުކުރެއްވިއްޖެނަމަ ނޫންތޯ؟ ކުރީން މިނިވަންވީ ބަޔަކު މިނިވަންވީތީވެސް އިބޫއަށް ޝުކުރު ޙައްޤުވާނެ! އެކަން ވިދާޅުވީ އިބޫކަމުގައިވާތީ...... ކެތްތެރިވެވަޑައިގަންނަވާ! إن الله مع الصابرين

  11. ބޮސް

    ތީ ބޮޑުވަރު އެމްޑީޕީއަކަސް ޖޭޕީއަކަސް އަދާލަތަކަސް އަދި ޕީޕީއެމްއަކަސް. ހުދު އަޅުގަނޑަކީވެސް އެމްޑީޕީ މެމްބަރެއް. ކޮންމެމީހަކު ކޮންމެ އެއްޗެއްކިއަސް ރަނގަޅުވާހަކައެއް ދެކެވިއްޖެނަމަ އެކަން ހެޔޮހިތުން ގަބޫލުކުރަންދަންނަ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އަޅުގަނޑުވެސް އިންތިހާއަށް ދެރަވެ ހިތާމަކުރާނަން ރައީސް ނަޝީދު މިގައުމަށް އެނބުރި ވަޑައިގަންނަވާ ވަގުތު އަނބުރާ ޖަލަށް ގެންގޮސްފިނަމަ. ސަބަބަކީ ރައީސް ނަޝީދަކީ މިގައުމުގެ ސާފު އަގުލަބިއްޔަތު އަޅުގަނޑުވެސް ހިއްސާވާ ގޮތަށް އެންމެ ލޯބިވާ އަދި އެންމެ ތާއީދުކުރާ އަދި އެންމެ ފަޚްރުވެރިވާ ރައީސް. އެކަމަކު ހެވާއި ނުބައި ވަކިކުރަންދަންނަ މީހެއްކަމަށް ވެއްޖިއްޔާ ގަބޫލުކުރާނެ މިގައުމުގެ ކޯޓުތަކުން ނުހައްގުން ކުރިނަމަވެސް އެމަނިކުފާނަށް ހުކުމެއް ކޮށްފަ އެބައޮތްކަން. އެހުކުމް ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނާއި ދޭތެރޭކަންތައްވާނެ ގޮތެއް ޔަގީނަށް ދަންނަވަންދަތި. އެހެންވީމަ ޗެއާޕާސަން އުސްތާޒު ހަސަންލަތީފުވެސް ބަސްމަގު ހުރިގޮތް ތަންކޮޅެއް ހަރުކަށިކަމުން އެހެންޕާޓީތަކުގެ މެމްބަރުންވެސް ހޫނުވީކަމަށް ބެލެވެނީ. އަޅުގަނޑުވެސް އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވަނީ ހިނގާށޭ މާޒީހަނދާން ނައްތާލާފަ ކުރިމަގާއިދޭތެރޭ ފުންކޮށްވިސްނަން. އަޅުގަނޑުވެސް ހިތުގެ އަޑިން ގަބޫލުކުރަން އަޅުގަނޑުމެންނާއިއެކު މިތިބަ އިއްތިހާދުގެ ބޭފުޅުން މާޒީގަ އަޅުގަނޑުމެންނާއި ދޭތެރޭ ދެކުނީ ރަނގަޅަކަށް ނޫންކަން. ނަމަވެސް ގަބޫލުކުރާހިތް އޮތީ އެބޭފުޅުންގެވެސް ނިޔަތް ރަނގަޅުވީމައޭ ގުޅިގެން މަސައްކަތްކުރަން އައިސް އެތިބީ.

    • ދޮނާ

      ވަރަށް ރީތި ކޮށް ލިޔެފައޮތް ހީލަތްތެރި ވާހަކައެއް. ތިޔަބުނިގޮތަށް މާޒީ ހަދާންނައްތާލައިގެން ނޫނީ އަންނި ސަލާމަތަކުން ނުބެހެއްޓޭނެ. ހަމަ މިސަބަބާހުރެ އިބޫއަށް އޭނާގެ ވައުދު ނުފުއްދޭނީ. ފިސާރި ބަލަންހުންނާތި.

  12. ބޭބެ

    ކޯލިޝަނޭ ކިޔައިގެން މައުމޫނާ ގާސިމާ އަދާލަތާ މިއެންމެން ވެގެން އެމްޑީޕީއާ ގުޅިގެން ޔާމީންގެ ހެޔޮވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ނުކުރާކަށް މަސައްކަތެއް ނެތް!! އެއްގޮތުން ނުވިއްޔާ އަނެއްގޮތުން އެކަން ދިޔައީ ކުރަމުން!! ނިޒާމުގެ އެތެރެއިންނާ ބޭރުން!! ކޯލިޝަންއިން ރައިސްކަމަށް މިއައީ އެމްޑީޕީގެ ކެންޑިޑޭޓް އިބޫ!! ނަމަވެސް މިއަދު މިވީ ނުވަތަ މިވަނީ ކިހިނެތްތޯ!! ގާސިމް ކުރި މަސައްކަތެއް ނެތް!! މައުމޫނު ކުރި މަސައްކަތެއް ނެތް!! އަދާލަތުން ކުރި މަސައްކަތެއް ނެތް!! ދެންވެސް ތިބިއްޔާ ތިބި ބަޔަކު ކުރި މަސައްކަތެއް ނެތް!! ނުވަތަ މިމީހުން މަސައްކަތެއް ކުރިކަމަކަށް އެމްޑީޕީގެ ގިނަ ބަޔަކާ އިސް އެކްޓިވިސްޓުން ބަލައި ނުގަނޭ!! މިއީ އެމްޑީޕީގެ ވެރިކަމެއް ކަމަށް މިޖަހަނީ ސިއްކަ!! ކޯލިޝަނެއް ނޫނޭ!! އެމްޑީޕީ ވާނީ ހަމަ އެމްޑީޕީއަށް!! އެޕާޓީގެ ފިކުރެއް ބަދަލެއްނުވާނެ ޔާމީން ބުނިގޮތަށް!! އެމީހުންނަކީ ހަމަ "ހިޔަޅު" ވިސްނުން ގެންގުޅޭ ބައެއް!! ޒާތީ ކަންކަން ކުރިއަށް ނެރެގެން ޔާމީންގެ ވެރިކަން ބަދަލުކުރަން މައުމޫނާ ގާސިމާ ދެމީހުން އިސްކޮށް މިއުޅުނީ އެމްޑީޕީ ގޮވައިގެން!! އަދިވެސް މިމީހުން ވިސްނާކަށް ނުވޭތޯ!! ގައުމު ހަލާކުގެތެރެއަށް ދާން ފުރުސަތުނުދީ އަދިވެސް ކުރިއަށްދާން ވަގުތު ހަމަ އެބައޮތް!! އަޅުގަނޑު އެދެނީ އެންމެ ފުރަތަމަ ގައުމު އިސްކުރަން މިބޭފުޅުންވެސް!!

  13. ނައިބުތުއްތު

    ކޯލިޝަނެއްގައިވެސް ވެރިކަންކުރާ ޕާޓީއެއް އޮންނާނެ. ދެންތިބޭނީ ސަޕޯޓަރުން.ހެހެހެހެހެ

  14. ޙުސައިން މ. މުލި

    އަހަރެންވެސް ހަމަ ކޮސްވެއްޖެ އަދާލަތު މިއުޅެނީ މޮޔަވެގެންތަ ކާކު ކޯލިޝަނަށް ވޯޓް ދިނީ ވޯޓް ކަރުދާހުގައި އޮތީ ޕީ ޕީ އެމް އާ އެމް ޑީ ޕީ ވާހަކަ އަދާލަތު ވާހަކައެއް ޖުމްހޫރީ ޕާޓީ ވާހަކައެއްނެތް
    އަދާލަތާ ޖުމްހޫރީ ޕާޓީ ދުރަށްޖައްސާލާ އެމީހުން މައިތިރި ކުރޭ އެމް ޑީ ޕީ މިތިބެނީ ކިޔެއްވެފާތަ

  15. ނަސޭހަތް

    ކޯލިޝަން ރޫޅާލުން ވަަރަށްމުހިއްމެވެ އެހެން
    ނުވެއްޖެނަމަ އމޑޕގެ ހީލަތްތެރި ރޭވުމުގެ
    ތެރެއިން ހިއްސާދާރުން ބާކީކޮށް ހަރާންކޯރު
    ވާނެކަން ކަށަވަރެވެ އެޕާޓީގެ އިސް މީހުންނަކީ ސައިތާނީ ފިކުރުގެ ބައެކެވެ އަދާލަތު ތިޔައޮތީ
    ސައިޚުންނާއެކު ނގ ފިތިފައެވެ.

  16. އަޑުއަހާ ކިޔާ

    ޕާޓީ ސިސްޓަމް އައިފަހުން ކޯލިޝަން ނަހަދާ އެއްދައުރަކުވެސް އިންތިޚާބު އެއްބަޔަކަށްވެސް ކާމިޔާބެއްނުވޭ ފުރަތަމަ ނަޝީދު ދެން ޔާމީނު މިފަހަރު އިބޫ މިއިން ކޮށްފަހަރަކުވެސް ކާމިޔާބުވީ ކޯލިޝަނަށް ވިސްނާ 2013 ގައި އެއްކޮޅުން ނަޝީދު އަނެއްކޮޅުން ޔާމީނު ދެންގާސިމު އެކަކަށްވެސް ކާމިޔާބެއްނުވި ދެން ޔާމީނު ގާސިމާ އަދާލަތާއެކު ކޯލިޝަންހެދީ އެފަހަރު ކާމިޔާބުވީ ޔާމީނު އެކަމަކު ޔާމީނުވެސް ހެދިގޮތަކީ މިހާރު އެމްޑީޕީއިން އެހަދާގޮތަށް ތިމާ އަމިއްލަ އެއްޗެއްކަމަށްހެދީ ކޮށްމީހަކުވެސް ވެރިކަން ހޯދަންވީމާ ގާސިމް ވަރެއްނެތް ލިބުނީމާ ގާސިމަށްވުރެ ނުބައިމީހަކުނެތް ؟

  17. ހުސޭނުބޭ

    މި މީހުން އެކަކު އަނެކަކަށް ރާކަނިމަސް ކާންދޭނީ! އަޅެ އެހެންނު ވާނީ! ހުސް މުނާފިގުން ތިބީ! ރައްޔިތުންނަށް މުޅިންވެސް ހެދީ ދޮގު! މިހާރު މި އިންތިޒާރުކުރަނީ މައުމޫނާއި އޭނާގެ އަނބިދަރިން ބަޑިފަޅައިގެން ދާނޭ އިރަކަށް!

  18. މާމިގިލީ މީހާ

    ރާއްޖެ ހަލާކު ކުރީ ގާސިމް އާ އަދާލަތުން..؟ ގައުމު އިސްލާހުކުރަން އަބަދުވެސް އުޅޭ ބަޔަކީ އެމްޑީޕީ. މާލަސް ތަކެއް ނުވެ ކޯލިސަން ބައިބައި ވެގެން ދާނެ... ގާސިމް ބަގާވާތް ކުރާނީ... މިހާރު އެއުޅެނީ ބަގާވާތް ކުރުމުގެ މަގުމަތީގައި....! 5 އަހަރަކު އިބޫއަކަށް ވެރިކަމެއް ނުކުރެވޭނެ ގާސިމް ދޫކޮއްފަ ހުރެގެނެއް... ބޮޑު ބަގާވާތް ދެން އަންނާނީ...

  19. ޢަޒީޒު

    ކޯލިސަންގެ ވެރިކަމެއްގެންނަން އަދާލަތުންކުރިކަމެއް ނެތެވެ. ޓްވީޓަކުން ނިންމާލައިގެން ތިބީއެވެ. ބަޔަކު ރުފިޔާ ޚަރަދުކޮށްގެން ގެނައި މި ވެރިކަމުގެތެރެޔަށް އަދާލަތުން އަތްބޭނޭނޭގޮތެއް ނޯންނާނެއެވެ.

  20. أحمد

    އަޅަމެންގެވެރި ރައްބު މި އަނިޔާވެރި ކޯޅޭސަން ބައިބާ ކުރައްވާ އެބައި މީހުންގެ ނިކަމެތި ކުރައްވާ އަޅަމެންގެ މުސްލިމު ވެރިޔާ ރައީސް عبدالله ޔާމީން ޢަބްދުލް ޤައްޔޫމަށް ނަޞްރު ދެއްވާދޭންވެأمين.

  21. ވިސްނަބަލަ

    ދަހިވެތި ކަމުގެ ހައްދެއްނެތް އެމް.ޑީ.ޕީ ގަމާރުން

  22. ޑިވެހި ގޭންގް

    އެމް.ޑީ.ޕީ އެކަނި ނިކުމެ ކާމިޔާބު ވާނެ ނަމަ 2013 އިން 2018 ހުންނާނީ ރައީސް ނަޝީދު. ީ އެމް.ޑ ީ ޕީ ގައި ތިބި ވާނުވާ ނޭނގެ ބަޔަކަށް ނޭނގެ ކޯލިޝަން އެގްރިމެންޓް ގައި އޮތް އެއްޗެއް. ރައީސް ނަޝީދުއަށް ބާރު ލިބޭކަށް ބޭނުން ނުވާ މީހުން މިގައުމުގައި ގިނަ ވާނީ.. އިބޫ އަށް ވޯޓު ދިނީ ، އިބޫ އާއި ފައިސަލް ގެ އަޙްލާގާއި ، ބެކްގރައުންޑް ރަގަނޅުވީމ އާއި ގާސިމް އާއި މައުމޫން އަދި އަދާލަތު ފަހަތަށް އަރައި ތިބުމުން.

  23. ޢަލީ

    އެމްޑީޕީއަކީ މިރާއްޖޭގަ އޮތް ބޮޑާ ކިބުރުވެރި އެންމެ ގޮތްކުޑަ ޕާޓީ. އެކަން ތިޔަ ކޮއެލިޝަންގެ ބައިވެރިންނަށް ނޭނގުނީތީ ހިތާމަކުރުން.

  24. ޔާމިން

    އިބޫޖެހޭނީމާރިޔާއާހަވާލްވާން

  25. ޝީން

    ތިދަނީ ރަނގަޅަށް.. އަދި މިއުޅެނީ ނުފެށިގެން.. ދެން ލަލަލާ

  26. ހަމަޖެހުން

    ދެރައީ ތިބުނާކޯލިޝަންހެދި ލީޑަރުންނަށް އެމްޑިޕީ އަކީ އަންނި ކަން ނޭނގުނީމަ. އަންނީގެ ފިކުރުބަދަލެއް ނުވާނެ. އިބޫއާއި ފައިސަލްގެ ބާރެއް ނުހިނގާނެ. މިހާރު ޣައިރުދީންތައް ފަތުރަން މަސައްކަތްކުރާ ބޮޑެތިޖަމާއަތް ތަކުން އެްޮށްގެން ގޮވާނަގަނީ އިބޫގެ ވެރިކަމުގައި ރާއްޖޭގައި ކްރިސްޓިއަން ދީންފަތުރަން ފަސޭހަ ވާނެވާހަކައާއި، އިބޫގެ 5 އަހަރު ނިމުމުގެ ކުރިން ރާއްޖޭގަ ޗާޗޮ އަޅާނެވާހަކަ. އެހާ ޔަގީންކަމާއެކު އެމީހުން އެހެންބުނާނީ ކަމެއްވީމަތާދޯ! އެޚަބަރުތަކަށް ކޮމެންޓްކޮށްފަހުރި ދިވެހިދަރިން އެއީ މައްސަލައެއް ނޫންކަމަށްނުނެ. ކިޔާލާފަ ލޮލުންކަރުހިލުނު. ﷲއަށް ޝަރީކްކުރުމަށްވުރެ ބޮޑުފާފައަކީ ކޮބައިތޯ. އަދި ﷲ އަށް ޝަރީކް ކުރުމަށް މަގުފަހިކޮށްދިނުމަކީ ކިހާވަރެއްގެ ކަމެއްތޯ؟