މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށާއި ޑިމޮކްރެޓިކް ނިޒާމް ގަޑުބަޑުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "އިންޑިއަން އެކްސްޕްރެސް" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިން މިހެން ބުނެފައި ވަނީ އިއްޔެ ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ އިސް ޑިޕްލޮމޭޓް, ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ ފޯރ ސައުތު އެންޑް ސެންޓްރަލް އޭޝިއާގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އެލިސް ވެލްސް ރާއްޖޭގެ އިދިކޮޅު ލީޑަރުންނާއި އެކު ބޭއްވެވި ބައްދަލުވުންތަކުގައެވެ.

އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް އުޅޭކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތްޕުޅުން އިއްޔެ ސްޕްރީމް ކޯޓަށް އިންތިހާބާއި ގުޅޭ ދުސްތޫރީ މައްސަލައެއް ވެއްދުމާއި ގުޅިގެން އެމްބެސެޑަރ ވެލްސް ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ފަރާތުން ދުސްތޫރީ މައްސަލައެއް ބުދަ ދުވަހު ހުށަހަޅާފައިވާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ މައްސަލައިގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އިންތިހާބުގެ ކުރިންވެސް ރާއްޖޭގެ ޑިމޮކުރަސީއަށް ހުރަސް އަޅާފަރާތްތަކާއި ދެކޮޅަށް ވަކިވަކިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ވާނީ ދީފައި ކަމަށާއި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ގަޑުބަޑުކުރާނަމަ އެމެރިކާ އާއި އެ ގައުމުގެ ބަިއވެރިން ވަރަށް ކަންބޮޑުވާނެ ކަމަށް އެމެރިކާ އިން ބުނެއެވެ.

"ދިވެހި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރެވެންޖެހޭނެ އަދި އެ ނިންމުން ދިފާއުކުރެވޭނެ،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެލައިސް އިބޫ އާއި ބައްދަލުކުރައްވާފައިވާއިރު، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ މިދިޔަ ހަފުތާގައި ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ވިދާޅުވެފައެވެ.

އިބޫގެ އިތުރުން އެލައިސް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނާއި ވެސް ބައްދަލުކުރައްވާފައެވެ. އޭގެތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި ހަފްތާގައި ވަނީ ކަނޑައަޅާފައެވެ.

އެލައިސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންނާއި މަދަނީ ޖަމިއްޔާތަކާއި ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާއިން ވަނީ ރައްޔިތުން ނިންމިގޮތް ގަބޫލުކޮށް، ނޮވެމްބަރު 17 ގެ ކުރިން ވެރިކަމުގެ ބާރުތައް ސުލްހަވެރި މަގުން ބަދަލުކުރުމުގައި ހުރިހާ ފަރާތަކުންވެސް ތާއީދު ދޭނޭކަމަށް އުންމީދު ކުރައްވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. ޢައްދޫ

    އެމެރިކާ ފިޔަވަޅު އަޅާނެ ކަމަށް ބިރުން އުޅޭ ބަޔަކު އެބަ އުޅޭތަ.

    • ރުޒާނާ ޗޮއްޕަޓު

      އާނ އަހަރުމެން ވަރަށް ބިރުގަނޭ. އެހެންވެ އިންތިގާލީ ރައީސެއް ހޮވީ. ދުވަސްކިޮޅަކުން އަހަރުމެންގެ ބޮޑު ޓެރަރިސްޓާ ވެރިކަން ހަވާލު ކުރާނީ. ދެން ދެރަވެފަ ތިބޭ.

      • މީމުޑީ

        ތިކަހަލަ ބޮލު ރޮދިން ގިނަ ވީމަ ގަޣުމު ފަސާދަ ވަނީ

  2. މަރީ

    އަނެއްކާ ގުވަންޓަނާމޯ ބޭ އަށް ބަޔަކު ފޮނުވަން ރާވަނީބާ؟

  3. ޞސހސހ

    ރިޒްގު ވަނީ ކަލޭމެންގެ ފައިތިލަ ދަށުގައި ތަ. ލާދީނީ ގޮލައިން ކޮޅު އެގޮތަށް ގަބޫލުކޮށް. ޔަހޫދީންގެ ކިބައިން މަދަދަށް އެދުނަށް، އަހަރުމެން ވަކީލް ކުރަނީ ﷲ އަށް.

    • Anonymous

      ސޭހް އިލްޔާސާ އިޔާޒަށް އެނގޭނީ. އެމެރިކާއިން އެ އަންނަނީ ހުސް ސޭހުން.

    • ހަސީން

      އަހަރުމެން ކުޑަކޮށްވެސް އެމެރިކާއިން ދޭއިންޒާރަކަށް ބިރެއް ނުގަނޭ އަހަރުމެން ބިރުވެތިވަނީ ޚާލުވަންތަﷲއަށް.

  4. ފަޅުވެރިން

    އެމެރިކާއިން ރާއްޖެއާ މެދު އަޅަންޖެހޭ ފިޔަވަޅެއް ނޯންނާނެ! ރާއްޖޭގެ ކަންކަން ނިންމާނީ ދިވެހި ރައްޔިތުން؛ ދިވެހި ރައްޔިތުންގެ ނިންމުން އަދި ނުނިމޭ! 2013 ގައިވެސް ތިންބުރަށް ވަނީ ވޯޓުލާފައި، މިކަން އަދި ނުނިމޭ!!

    • ރައްޔަތުމީހާ

      ރައްޔަތުންނޭ ! އެއީ ކޮންބައެއް!

  5. ނޫރާ

    ޑިމޮކްރަސީގަ ތިކަހަލަ ބިރުދައްކާތަ؟

  6. އައިޝާ

    ރިޒުޤު ދެއްވަނީ ﷲ އެމެރިކާ އަކުން ނޫން

  7. ސައިބޯނި

    ދުވާ ކުރިކުރީނުން ތިމީހުން ބަލިކުރާނަން

    • ބަސްމަދު

      އިން ޝާ ﷲ

  8. ވަހީދު

    ދިވެހިންނަށް ވެސް ކުރެވޭނެ ކަންކަން ހުންނާނެ. އުތުރާއި ދެކުނުގައި ޗައިނާގެ އަސްކަރީ މަރުކަޒުތައް ހަދާފައި ދިވެހިން އުޅޭނީ ކާފު އަތޮޅުގައި.

  9. ފާއިޒް

    ކަލޭމެން ހޭބަލިވެފަ ނޫނީ ދެލޯކަނުވެފަތަ ތި ތިބޭނީ ގައުމުތައް ހަލާކުކުރަން ތިތެޅެނީ...

  10. ސައިބޯނި

    އައްނި އެކަނި ކަލޭމެންދެކެ ބިރުގައްނާނީ

  11. ގުއި ރޯނު

    ކަލޭމެންގެ ގައުމު ހަމައަކަށް އަޅުވަބަލަ މިތާ އުޅޭ ގައުމަށް ގައްދާރު ބަޔަކު ބުނާހާ ގޮތަކަށް ކަލޭމެން ނުޖެހޭ ބަސް ކިޔާކަށް
    ފުރަތަމަ އެމެރިކާގެ މިހާރުގެ ރައީސް އިންތިޚާބް ވި އިރު ކިހިނެއް ދިޔައީ ހަމަ އެ ވޯޓް ވެސް ގަބޫލް ނުކުރާ ބަޔަކު އަދިވެސް އެބަ ތިބި އެމެރިކާގަ ވީމާ އެކަން ނަމޫނާ އަކަށް ބަލާ ބަލަ

  12. ދިވެހިން

    ދިވެހިންނެތް ނުސިހޭނެ...

  13. އިބޫ

    ހެހެެހެހެހެ

  14. ހުސޭނުބޭ

    ދުނިޔެއަށް ނުތަކާވަރުގެ ތި މުހިއްމު ވާހަކަ ކީއްވެ ހަމައެކަނި އިންޑިޔާ ނޫހެއްގައި އޮންނަންވީ! ސަތޭކަ ސުވާލު މިކުރީ!

  15. ޗ

    ބަލަ އަހަރުމެންވެސް މީ މިނިވަން ގައުމެކޭ ހަމަ ކަލޭމެން ބޭނުންހާ ގޮތެއް ނުހެދޭނެ ދޯ
    ހީވަނީ އެމެރިކާ މީހުން ނޫނީ އެހެން ބަޔަކު މި ދުނިޔޭގަ އުޅެގެން ނުވަނީހެން
    ކަލޭމެން ކުރާ ކަންތަކަށް އަހަރުމެންވެސް އަނގައެއް ނުގަޅަން ދޯ އެހެންވީމާ ކަލޭމެންވެސް މަޑުން ތިބޭ.. މި ގައުމުގެ ކަންތައް ނިންމާނީ ދިވެހިން ގޮތް ކިޔާނީ ވެސް ދިވެހިން..

  16. ހުސްނީ

    ފުރަތަމަ ޤަުމު ތެރޭގައި އޮތް ކޯޅުން ގަނޑު ރަނގަޅު ކޮށްބަލަ! އެހެން މީހުންނާއި

    ބެހުމުގެ ކުރިން.

  17. ހުސްނީ

    އެންމެ ފުރަތަމަ ޤައުމު ތެރޭގައި އޮތް ކޯޅުން ގަނޑު ރަނގަޅު ކޮށް ބަލަ! އެެހެން

    މީހުންގެ ކަންތައްތައް ތަކާއި ބެހުމުގެ ކުރިން.

  18. ޖިމީ

    ކަލޯ ރަންރީދޫ ސޮރުމެން ތިކަމާ ބިރުން ސިހިގެން އެމެރިކާ ގޮވަމުން ދުވާނީ ، މިގައުމުގެ އެތެރޭގެ ކަންކަމާ ބެހެން މީކޮންބައެއް.

  19. ދޮންބަފާ

    ޢެމެރިކާގެ ރައްޔިތުން ނިންމި ގޮތައްތޯ ކަންތައް ކުރައްވައިގެން ތި އުޅުއްވަނީ. ވޯޓުން ކުރި ހޯއްދެވީ ހިލަރީ ހުވާކުރެއްވީ ރައްޔިތުން ނޫނެކޭބުނި ބޭފުޅާ. ފުރަތަމަ ތިމާމެންގެ ކިބައިގާ ހުރި ނުކުޅެދޭ ކަންކަން ރަނގަޅު ކުރެވޭތޯ ބެލުން މާ ރަނގަޅު ކަމައް ފެނޭ.

  20. އަލީ

    މުޅިދުނިޔެއަށް ނުފުއްޕާންކުރާ ޒައިނިސްޓް އިޒުރޭލާ ދެކޮޅަށް ފިޔަވަޅު އެޅުން މާރަގަޅުވާނެ! އެމެރިކާއިން ފިޔަވަޅު އަޅަނީ ކިނިނެއްތަ މިއަދާހަމައަށް މިގައުގެ އެއްވެސް ރައްޔިތަކަށް ކާއެތިކޮޅެއްވެސް ދިންބއެއްނޫން/ ހުރިހާވެސް މައްސަލައަކީ މިގައުމަކީ 100 ޕަސެންޓް މުސްލިމުގައުމަކަށްވާ އެކަމުގެ ދުވަސް ދުއްވާލުން/ ނޫނިއްޔާ އެމެރިކާ މީހުންނަކީ އިންސާނިއްޔަތައް ހެވަށް އެދޭބައެއްވެސް ނުޏް/ އިރާގު،ސޫރިޔާ އަފުގާނިސްތާނު، ލީބިޔާ މިހިރީ ހައްތާވެސް އެމެރިކާ އަތްގަދަކުރި ގައުމުތައް މިގަމުތަކުގެ ހާލަތު ބައްލަވާލައްވާ

  21. Anonymous

    ކީއްވީތަ އިޒުރޭލަށް ފިޔަވަޅުނައަޅަނީ، ފަލަސްތީނުގަ ދިރިއުޅޭ އިންސާނުންނަށް ދަތިތަކާއި ބަލާ ޖައްސަމުން ގަތުލުކުރަމުން ދާއިރުވެސް ތިޔަ އެމެރިކާމެން ތިޔަތިބެނީ ހެވިފަ އެބައިގަނޑަށް ހިތްވަރުދީ މަގުފަހިކޮށްދެމުންދަނީ، މިގައުމަށް ފިޔަވަޅު އަޅަން އުޅުމަކީ އަހަރެމެން ދިވެހިން ގުންކޮށް ވިސްނަންޖެހޭކަމެއް

  22. ޖަޒީރާ

    ބިރެއްނުގަނޭ ޜިިޒުުގްް ދެއްވަނީ ﷲ

  23. ރައްޔިތުން

    ދައުލަތުގެ ވެރިން ކުރާ ނުހަމަ ކަންކަމާއި މެދު އާންމުންގެ ވިސްނުން އެހެންދީމަލަކަށް އަނބުރާލަން ކުރާ ހީލަތްތެރި ނަތީޖާ އެއްނުކުންނާނެ ދައުވާއެއް. ރައްޔިތުން ތިބެންވާނީ ވަރަށްބޮޑަށް ލޯހުޅުވާލާއިގެން.

  24. ބޭބެ

    ފިޔަވަޅުގެ ވާހަކަ!! މީ ދެން ދެރަކަމެއް!! ގައުމުގެ އެތެރެއާއި ބޭރުން ރައިސް ޔާމީން ބަލިކުރަން އުޅޭތާ ލައްކަ ދުވަސްވެއްޖެކަން އެނގޭ!! އިިސްލާމީ ގައުމެއްގައި ހަރުދަނާ ވެރިއަކު ހުރެއްޖެނަމަ ކޮންމެވެސް ގޮތަކުން އެމީހަކު އިނދަ ޖައްސާލާ!!އެކަން ކުރަނީ އެތެރެއިންވެސް ގުޅިގެން!! ރިޔާސީ އިންތިޚާބުގައި ވާދަކުރީ ދެ ކެންޑިޑޭޓުން!! އަދި އިންތިޚާބު ކޮންމެ މީހަކު ކަމިޔާބު ކުރިޔަސް އިންތިޚާބުގައި އެއްވެސް ކަހަލަ މައްސަލައެއް އުޅޭކަމަށް ކެންޑިޑޭޓަކަށް ފާހަގަކުރެވޭނަމަ ނުވަތަ ތުހުމަތުކުރެވޭ ވަރުގެ ކަންތައްތަކެއް ހުރިނަމަ ގާނޫނު އެބަ ބުނޭ އެކަމެއް ބެލޭނެ މަގު ހުޅުވިފައި އޮތްކަމަށް!! ގާނޫނު ބުނާގޮތުން ދާއިމީ ނަތީޖާ އިޢުލާން ކުރާ ދުވަހުން ފެށިގެން 14 ދުވަސްތެރޭ އެފަދަ މައްސަލައެއް ވާނަމަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެކަމަށް!! އެހެންވީމަ ޔާމީންގެ ފަރާތުން އެހިގަނީ ގާނޫނުގައި ބުނެފައިވާ މަގުން!! ދެން ކޯޓުން ފައިސަލާކޮށް ގޮތެއް ނިންމާނީ!! ހަމަ 2013 ވަނަ އަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ އޭރުގެ ކެންޑިޑޭޓަށް ކަމަށްވާ ގާސިމް އިބްރާހިމްވެސް ކޯޓަށް މައްސަލައެއް ވެއްދި!! މިއީ އާކަމެއްނޫން ވާނުވާ ނޭގި ކޮޅުކޮޅު މައްޗަށް ދުވަން!! ޙަގީގަތަކީ ރައިސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމަކީ ގައުމަށް ވަރަށް އުޖާލާ ދުވަސްތަކެއް ގެނުވައިދިން ގައުމީ ވަންތަ ވެރިކަމެއް ކުރި ފަސް އަހަރުކަމުގައިވާނެ!!

  25. ހުސެން

    މައްސަލައެއް އުޅޭ ކަމައްފާހަގަ ކުރެވިއްޖެނަމަ އެމައްސަލަބަލައި ދިނުމައް އެދުމަކީ ރައްޔިތުންގެ ނިންމުމައް އިހްތިރާމް ނުކުރުމެއްނޫން އަދި ކަމެއް ގަޑުބަޑު ކުރުމެއްވެސް ނޫން. އެމެރިކާގެ ތިފިޔަވަޅުން އެންގެނީ ވަކި ބަޔަކައް މޮޅެއްލިބެންޔާ އެނިމުނީ އެއީ އިންސާފް. ތީހަމަ އަސްލުސޫރަ ތިފެންނަނީ

  26. ޢަލީ

    މީހެއްގެ ނުވަތަ ބަޔެއްގެ ޙައްޤުގެއްލިއްޖެކަމަށް ބަޔާންކޮށް، އެމަސައްކަތް ހިންގިފަރާތުގެ މައްސަލަތަކެއް އުޅޭކަމަށް ތުހިމަތުކޮށް، އެމީހެއްގެ ނުވަތަ ބަޔެއްގެ ޙައްޤުހޯދުމަށް ދައުލަތުގެ ކަމާބެހޭ ކޯޓަށް ހުށައެޅުން އެއީ ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑުޑު ކުރުން ކަމުގައި ދެކުމަކީ ކޮން ޑިމޮކްރެސީއެއްގައި އޮންނަ ކެމެއްތޯ؟ މިއީ ބަޔަކު ބިރު ގަންނަވަން ދައްކާ ވާހަކައެއްތޯ؟ ނުވަތަ މިސްކިތު ހުޅުޖެހި މީހާއަށް ވީ ގޮތް ވަނީތޯ ސުވާލު އުފެދޭ.

  27. ދުރުމި

    ރައިސްޔާމިން މާތްކަލާކޮއްޓަކައި އަމެރިކާއާއި ޔޫރަޕިއަން ޔޫނިއަން ގެ މީހުންނާއި އެއްބަސްވެބަލަ އެމީހުން ބުނާ ތަނެއްގައި ފައްޅި އަޅާދޭނަމެވެ. އަދި އިންޑިއާމީހުންނާއި އެއްބަސް ވާންވީ އެއާރޕޯޓްއާއި ދަރުމަވަންތަ ހޮސްޕިޓަލް އާއި އަދި އެމީހުން ބޭނުން ވަރަކަށް ރިސޯޓްތަށް ދޭން އޭރުން އެމީހުން ރައިސް ޔާމިން އަކާ ދެކޮޅެއް ނަހަދާނެ އަދި އިންތިހާބުން މަކަރު ހެދިކަމަށް ގަބޫލުކުރާނެ.

  28. ހުސައިން

    ހުރިހާ ޔަހޫދީން ކީއްވެތަ ރާއްޖޭގެ މިއިންތިޚާބަށް އެހާ ބޮޑަށް ވަދެގަންނަން އެއުޅެނީ އެންމެން ބައިވެރިވެގެން ( ހުރިހާ ޔަހޫދީން ) ވޯޓް އޮޅުވާލާފަ އޮތީމަތާ އެހާވަރުން އެއުޅެނީ އެމީހުންނާ ކޮން ބެހޭކަމެއް ބަލަ އެމެރިކާގެ އިންތިޚާބު ދިޔައީ ކިހިނެއްތަ؟؟؟؟؟އެކަން ބަލަންވީނުން ހުރިހާ ޔަހޫދީން

  29. ބޮޑު ދެލޯ

    ރާއްޖެއާއިއެކު ގާތް ގުޅުމެއް އުފައްދައި އެހީތެރި ކަން ފޯރުކޮށްދޭނެކަމަށް އެމެރިކާއިން އިޢްލާން ކުރީ އިހައްދުވަހުއެވެ!! މިހާރުގޮވަނީ ދެކޮޅަށް ފިޔަވަޅު އަޅާނެވާހަކައެވެ. ޙައިރާނެއްނުވެއެވެ! އެމެރިކާއާއި އިނގިރޭސީންނާއި ޑެންމާކާއި އަދި "މިހާރުގެ" އިންޑިޔާއާއި މިފަދަ
    ޤަވްމުތަކުގެ ފަނޑިޔާރުން ރާއްޖޭގެ ޝަރްޢީ ދާއިރާއަށް ހަމަޖެހި އަދި އެފަރާތްތަކުން ދައްކާ އަދި ރުހޭ މީހަކު ރައްޖޭގެ ވެރިކަމަށް (ރައީސްކަމަށް) ހަމަނުޖެހޭހާހިނދަކު ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު ނައަޅާނެ ގޮތެއް ދެއްކޭނެ ޙުއްޖަތެއް ނޯންނާނެކަމީ މަރު ގައިމިއްޔާ ޔަޤީން ކަމެކެވެ. މިކަންކަން ހަމަޖައްސަން ޖަޒީރާ ރާއްޖޭގެ ރައީސް،، ޡޫފާނެއްހެން އެއޮތް ވަޑައިގަންނަވަނީއެވެ.!!!!??

  30. އަހުމަދު

    މިގައުމުގަ އުޅެނީ ޓެރަރިސްޓުންނަށް ހަދާ އެންމެން ގުއަންޓަނާމޯބޭ ޖަލަށް ލާން ރާވަނީތަ؟

  31. ގަލޮޅު މީހާ

    ބިރެއް ނުފެނޭ.

    ﷲ ވޮޑިގެން ވަނީ ހެޔޮގޮތުގައި އުޅޭ މުސްލިމުން އެކީ.

  32. އަފްލާ

    ކަލޭމެން ގެ ޑިމޮކް ރަސީ ހަލާކު ވެދާނެ ކަމަށް ކަލޭމެން ބިރުގަންނަ ފަދައިން އަހަރެމެންގެ ދީން ކަލޭމެން ހަލާކު ކުރާތީ އަހަރެމެންވެަް ސް ދެރަވެ ރުޅި އާދޭ

  33. ނިސީ

    މިއައްނީ އަޑީގައި ހުރެގެން ޖަހާ މަޅި ފަތިތަކަށް ކިޔަމަންވެ ބޯމަހަން އުޅެނީ ކޮންބަޔެއްތަ؟ މިއެމެރިކާ މިރާއްޖޭގެ ކަންކަމަށް ވަދެގެން މިއުޅެނީ މިރާއްޖެއަށް އެއްވެސް އެޗެއްދޭ ބަޔެއްތަ މީ

  34. އަޙްމަދު

    އެމެރިކާއަށް ކޮންކަމަކޯ. ރާއްޖޭގެ ކަންކަމާ އެމެރިކާއިން ބެހޭކަށްނުޖެހޭ. ފުރަތަމަ އެމެރިކާއިން އިންސާނުންނަށް އަނިޔާކުރުން ހުއްޓާލަންފެނޭ... އެމެރިކާއިން ކިއްވެގެން ބާ މިއުޅެނީ މޮޔަވެގެން،

  35. އަދީބު

    އަމިއްލަ ޤައުމު ނުބެލެހެއްޓިގެން އުޅޭއިރު އެހެން މީހުންނަށް ކޮން ދުއްޕާނެއް ކުރާކަށްތަ؟ ޓްރަމްޕް އާ ދޭތެރޭ ކަލޭމެން ފިޔަވަޅު އަޅާބަލަ. މުސީބާތެއްނު ގައިމު. ކަލޭމެން ތިހެން ބުނެގެން ބިރުގަންނާނީ ޤާސިމުމެން ސިޔާމުމެން އޭ.ޑީ.ކޭ ނާޝިދު މެން މީހުން. އަހަރެމެން ބިރެއް ނުގަންނާނެ.

  36. ސަލީމް

    ތީ ރާއްޖޭގައި ޣައިރުދީން ފަތުރަން ކުރާނެކަމެއް ނޭގިގެން އުޅޭ ބައެއް. އިރާދަކުރެއްވިއްޔާ މިޤައުމު އޮންނާނީ 100 އިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގަ އބަދަށްވެސް.. ﷲގެ ރަހްމަތް ފުޅުން އަހަރުމެން އުއްމީދު ކަނޑައެއް ނުލާނަން. މީ ދިވެހިން. ތިކަހަލަ ކިތަންމެ ބިރުވެރިކަމަކާ ދިމާވެ، ﷲ ގެ ހެޔޮ ރަޙްމަތުން ވަނީ ސަލާމަތަާ މަދަދު ލިބިފަ.

  37. ޢަލީ

    އެމެރިކާ ހާ ދެފުއްދެގޮތް ގައުމެއް މިދުނިޔޭގަ ީނޯންނާނެ . ތިއީމިއަދު އެމްޑީޕީއިން ހުށައެޅި އެއްޗެއް ނަމަ ތިއަށް ތާއީދުކޮށް ތިމައްސަލަ ކޯޓުން ނުބަލައިފިއްޔާ ރާއްޖެއަށް ފިޔަވަޅު އަޅާނަމޭ ބުނީސް.

  38. ދިވެހިން

    އެހެން ގައުމުތަކާ ނުގެޅި އަމިއްލަ ގައުމާ އެޅިލަ އެޅިލާ ތިބެބަލަ. އުދަގުލެއްނު ދޯ....ތީ ވެސް ދެން ކިޔަން ވީ ޑިމަކޮރަސީ ހޭ......... ވަރެއް ވެއްޖެ އެއްނު އިބު ވެރިކަމައް އެރީމަ ދުވަސް ކޮޅަކުން އިބޫލަށް ވޯޓް ދިންމީހުން ތިބޭނެ މޮޔަ ހިތައް އަރާފަ.. އެހެއްނު ވާނީ ވޯޓް ދިނުމުގެ ކުރިން ވެސް ވިސްނާލަނީ އެތް ނުން ވިއްޔާ......

  39. އިބުރާހިމް

    ޑިމޮކުރަސީއޭ ކިޔާފަ އަނގަ ތަޅަނީ ފުރަތަމަ އެމެރިކާ ޑިމޮކުރަސީއައް އަމަލު ކޮއްބަލަ

  40. ދިވެހިން

    ރާއްޖެ އަށް ކަމެއް ކޮއްދޭ ބައެއް ނަމަ ވެސް ރަނގަޅެ......................ރާއްޖޭގަ ކަން ކަމާ ނުވެބަލަ،،،،މީ ދިވެހިން ގެ ބަސް އަންނި ބުނެގެން ކައެމެން ކުރާ ކަމެއް ދޯތީ....

  41. ދަތްދޫނި

    މާގިނަ ބަހަނާ ތަކެއް ދައްކާނެ ކަމެއްނެތް. އެވެރިން އެ ބުނަނީ ސްވިފްޓް ކޯޑު ތަކާއި ދެންވެސް ކުރެވެން ހުރި ކަންކަން ކުރާނެ ކަމަށް. ސްވިފްޓް ކޯޑު ކޮލޮކް ކުރުމުން ވާނެގޮތް ވަރަށް ރަގަލަށް ކައްޕު އަށް އެނގޭނެ.

  42. ޝަހާމް

    އެމެެެިކއާއިން ބޮން އެޅަން ދިމާކުރިއަސް އަހަރުމެންގެ މާތްވެގެންވާ އިސްލާމްދީނާއި، އަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކާ ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން. އަހަރުމެން ބޭނުމެއް ނުވޭ މިގައުމަކަށް ހުޅަނގު ގެ ސްޓައިލްގެ ޑިމޮކްރަސީއެއް ގެންނާކަށް. ރައްޔިތުންނަށް ސަރުކާރުގެ ކުންފުނިތަކުން އެހާ މެ ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ގެދޮރުދީ، ފްލެޓްތައް ދީ، މަގުތައް ހަދާ ބްރިޖްތައް ބިނާކޮށް، ބޮޑެތި ޢިމާރާތްތައްކޮށް، އެއަރޕޯޓް ތައްހަދާ، މިހުރިހާކަމެއް މިކުރީ، ހުޅަނގުން ދެކޭގޮތުގައި "މިޑިކްޓޭޓަރޝިޕް" ސަރުކާރު. އަހަރުމެންނަށް ވަރިހަމަ. މިފަހަރު ހަމަ އިންތިހާބު ބާތިލު ކޮށްފައި، ސައްހަ އިންތިހާބެއްގައި އެމްޑީޕީއާއި އެމީހުންގެ ލާދީނީ ބައިވެރިން ބަލިކުރާނަން.

  43. ހޮނޑާފުށީސޮރު

    މާއިނގިރޭސިވެފަ ކީކޭކިޔާކަށް؟ ދަތްދޫނި އެއްޗެއް ބޮއިބަލަ.

  44. މިސުރު.ހަނަފަސް

    ސޭކު އިލިޔާސް ބޭއަށް ވވވވވ ސަލާމް

  45. ޙަަމިދު

    ދިވެހިރައްޔިތުންގެ ނިމްމުމަ އިހްތިރަމްކުރުމަަައް ކުރިިގެރައިިިީސްޔަަާމިނައް ގޮވަާލަން