ހުޅުމާލެ އިން ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިހާރު ކުރިއަށްގެންދާ މަސައްކަތްތައް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އަމިއްލަ މީހަކު ސިވިލް ކޯޓުގައި އެދިއްޖެ އެވެ.

މި މައްސަލަ ސިވިލް ކޯޓަށް މިއަދު ހުށަހަޅާފައިވަނީ ކުރިން އެޓާނީ ޖެނަރަލްގެ އޮފީހުގައި މަސައްކަތްކުރެއްވި ވަކީލް މަރިޔަމް ޝުނާނާއެވެ.

ޝުނާނާ ކޯޓުގައި އެދިފައި ވަނީ ހައުސިން މިނިސްޓްރީއިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުލުމާލެއިން ގޯއްޗަށް އެދުމަށް ފޯމް ބަލައިގަންނަން ނިންމާފައިވާ އުސޫލަކީ ގާނޫނުއަސާސީއާއި އުސޫލުތަކާ ހިލާފަށް ބޯހިޔާވަހިކަމަށް ބޭނުންވާ އެތައް ބައެއް ހައްގުން މަހުރޫމްވާ ގޮތަށް ކަނޑައަޅާފައިވާ އުސޫލެއް ކަމަށް ބުނެފަ އެވެ.

އެއީ އެތައް ބައެއްގެ މަޖުބޫރީ ހާލަތުގެ ނާޖާއިޒު މަންފާ ނަގައި، އެކަށީގެންވާ ވަރަށް ވުރެ ބޮޑު ތަކުލީފެއް މީހުން އުފުލަންޖެހޭ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކެއް ކަމަށް ވާތީ، ގޯއްޗަށް އެދުމަށް ޝަރުތު ހަމަވާ ހުރިހާ އެންމެނަށް އެ ފުރުސަތު ހަމަހަމަކަމާއެކު ލިބޭނެ ގޮތަށް އެކަށީގެންވާ މުއްދަތަކަށް ފޯމް ބަލައިގަތުމުގެ އިންިޒާމް ހަމަޖައްސައިދިނުމަށް އަމުރު ކޮށްދިނުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

މީގެ އިތުރުން ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ފޯމްތައް އިވެލުއޭޓްކޮށް، ގުރުއަތުލުމުގެ ކަންކަން ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށްވެސް އެ ދައުވާގައި އެދިފައިވެ އެވެ.

ޝުނާނާ މިފަދަ އަމުރަކަށް އެދުނު އިރު ގޯތި ގަންނަން ބޭނުންވާ ފަރާތްތަކުގެ ފޯމް ބަލައި ގަތުން އަންނަ އާދީއްތަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ހަފިއްޓޭ

  އަމިއްލަ މީހަކުތަ ނޫނީ އެމްޑީޕީ މަރުމޯލެއްތަ

  • ހީވަނީ

   ބޮޑަށް ވައްތަރީ މަރުމޯލަކާ

 2. ފާއިޒާ

  އަމުރު ނެރެވޭނެ ގާނޫނީ ހަމައެއް ނޯންނާނެ. އެކަމަކު މައުމޫނު މެންފަދަ މީސްމީހުން މިނިވަން ކުރި ގޮތަށް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހުއްޓުވިދާނެ. އަމިއްލަ އެދުމާއިގެން ނަރަކައަށް ދާން ތަންމަތި ބަނދެގެން ތިބޭތި.

 3. Anonymous

  ފޯމްތައް އިވެލުއޭޓް ކުރާއިރު މާލޭގައި ގޯތިގެދޮރު ތިބި މީހުންނަށާއި މުއްސަދިން ނުހިމެނުމަށް ދަންނަވަން، ސަބަބަކީ މާލޭގައި ބޮޑެތި ގޯތިގެދޮރު ތިބި މީހުންނާއި މުއްސަދިންވެސް މި ސޯޝަލް ކެޓެގަރީން ގޯތި ގަންނަންނަން ފޯމުލަމުންދާތަން ފެނަނާތީ އެވެ.

 4. ެޭެއޭނަ

  ދަފުތަރު އުވާލުމަށް ޕެޓިޝަނެއް ހުށަހަޅަން ފެނޭ.. އޭގެ ސަބަބުން މާލޭގެ ދަތިހާލުގައި ދިރިޢުޅޭ ރައްޔިތުން ނިކަމެތިވެއްޖެ.. މިކަމާ ވިސްނާނެ ފަރާތެއް ނެއްތޯހަމަ؟

 5. އަލީ

  ސުނައިނާ އެކަނި ގާނޫނު އަސާސީ ދަންނަނީ ހާދަފެންމަތިވެގެން ތިޔަތެޅެބައިލީ

 6. މލ

  އިތުބާރުގެއްލި ކޮރަޕްޓ ވެފައިވަ ޣައްދާރުންގެ ވަކީލްކަމުގެ ހުއްދަ ބާތިލްކުރުމަށް ގޮވާލަމެވެ މިފަދަ މީހިންގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި މުސީބާތްތައް އުފުލަން ޖެހެއެވެ

 7. ނުރަބޯ

  ގޯތި ވިއްކުމުގައި ގެންގުޅެންވީ އެކަކުވެސް ބާކީނުކޮށް އެދޭ އެންމެނަށް ވެސް ގޯތިދޭ ސިޔާސަތެވެ. އޭރުން ހައުސިން މިނިސްޓްރީ ކައިރީގައި ކިޔޫ ޖައްސައިގެން ވެހޭހާ ވާރެއެއްގައި ތެމިފޯވެގެންނާ ދިއްލާހައި އަތްވެއް ގައި ލޯބޯފިއްސައިގެން، ނުކައި ނުބޮއި ފަރުޟު ނަމާދެއް ނުކޮށް ނުނިދާ ތިބޭކަށް ނުޖެހޭނެ އެވެ.

 8. ޖޮއްބެ

  އެކަމަނާ އެ ވިދާޅުވީ ތެދެއް. ބަކަރި ކޮށްޓެއްގެ ތެރެއަށް އެންމެ ފަތް ކޯޅި އެއް އެއްލީމާ ހުރިހާ ބަކަރިތަކުގެ ހައިހޫނު ކަމެއް ނުފިލާނެއެވެ.

 9. ާަަެަަަަަ

  އެންމެންވެސްބޭނުންވާާނެ އެގޮޮތްރަނގަޅީ