ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި އެދިފައިވަނީ ރިޔާސީ އިންތިހާބު ބާތިލުކުރަންކަން އެނގިއްޖެއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިއްޔެއެވެ. އަދި ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓުން ވަނީ މި މައްސަލައި ބަލައިގެންފައެވެ. އަދި މި ހެނދުނު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް އެ ކޯޓުގައި ވަނީ ބާއްވާފައެވެ.

މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ޕީޕީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

އިންތިޚާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާއިރު ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ފިޔަވައި އެހެން ހުރިހާ މެންބަރުން މިހާރު ތިއްބެވީ ސްރީލަންކާގައެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

 1. ބަލާބޮޑު މީހާ

  އައްޗީޑި.ދެން ކިކޭ އެވީދުނީ ތިމަންނަ ރައްޔިތުންގެ ނިންމުން ގަބޫލު ކުރަމޭ ކިޔާފަ. ބުނަން ތީ ހަމަ ބޮޑު ލުއްޗާއެއް. ތީތި ވީ ހަމަ ހަވަރަށް ދޭން

  • ކިހިނެތްވެގެން

   މައސަލަ އޮތިއްތާ ބެލެން ޖެހޭ

 2. ބޭބެ

  އިންތިޚާބުގައި ބޮޑެތި ގޯސްތަކެއް ހަދާ އިންތިޚާބުން ވައްކަންކޮށްފައިވާނަމަ އިންތިޚާބު ބާޠިލްކުރަން ހުށަ ނާޅަންވީ އެއްވެސް ސަބަބެއް ނެތް!! ދެން ގޯސްތަކެއް ނަހަދާނަމަ އިލެކްޝަންކަމިޝަންގެ ރައިސް ފިޔަވާ ހުރިހާ މެމްބަރުން އިންތިޚާބު ނިމުނުތާ ހަފްތާއެއްގެ ތެރޭ ފުރައިގެން ބޭރަށްގޮސް ނިޒާމުގެތެރެއިން ފިލަންވީ އެއްވެސް ސަބަބެއް ނެތް!! މިމީހުން ބޭރަށް ކުއްލިއަކަށް ފުރައިގެން މިދިޔައީ އިންތިޚާބުގައި ވޯޓް އޮޅުވާލިކަމުގެ ތުހުމަތުގެ އިނގިލި ދިއްކޮށް އޯޑިއޯ ތަކެއް ލީކްވި ހިސާބުންކަން ފާހަގަކުރަން.!! ގޯސްތަކެއް ހަދާފައިވާކަމަށް ވަރަށްބޮޑަށް ތުހުމަތުކުރެވޭ!!

 3. ބާތިލޭ

  ތަމެންނަށް ރައްޔިތުން ވޯޓް ނުދޭނެ ކަން ޔަގީން ވުމުން ޕްރިންޓޭ މެންނާއި އީސީއަނޭ މެންގެ 5 ބޮޑޭ މެންނަށް ސުޕާރީ މިލިއަނުން ދީގެން ތަމެން ބެލީ ވޯޓް ކަރުދާސް ޕްރިންޓް ކުރިއިރު ނަމްބަރު އެކެއްގައި ޖަހާ ފާހަގަ ފުހެވި ނަމްބަރު 2 ގައި އަމިއްލަ އަށް ފާހަގަ ޖެހެވޭ ގޮތަށް ދޯ ތަމެން މިފަހަރު ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާހުގައި ޕްރިންޓޭ މެންނާއި ގުޅިގެން ވޯޓް އިން ވައްކަން ކޮށްފައިވެއޭ މަމެން ބުނަން ނެތީމު ދޯ އިންތިޚާބުގެ ނަތީޖާ ބާތިލް ކުރޭ ހަމަ މިހާރު...

 4. ޑިވެހި ގޭންގް

  ބާތިލް ކޮށްފައި ބާއްވާ އިންތިހާބެއްގައި ދިވެހި ރައްޔިތުން ވޯޓު ނުލުމަށް ގޮވާލަން. ޔާމިނު އާއި ޖެހުނީމައި ހުރިހާ ކަމެއް ބަދަލުވާކަށް ނުޖެހޭނެ. މި ގައުމަކީ ޔާމިނުގެ އެކަނި ގައުމެއް ނޫން.

 5. ކްލޯސްޑް

  ރިޔާސީ އިންތިޚާބުގެ ވޯޓް އިން ތަމެން 2008 ގައި މަކަރު ހަދައިގެން ގޮނޑި ފޭރިގަތް ގޮތަށް ތަމެން މިފަހަރު ވެސް ތިޔާ އުޅުނީ މަމެން އަތުން ގޮނޑި ފޭރިގަންނާން ދޯ ބުއްދީގެ ހަމަ ތަކުން ގަބޫލެއް ނުކުރެވޭ އެއްގޮތަަކަށް ވެސް ހިނގަ ހިނގާ އޮތް ވެރިކަމެއް ގައި ރާއްޖޭގެ ކުޑަ ކުޑަ އާބާދީ އެއް އޮންނަ ދެ އަތޮޅު އެކަނި ކަމަށް ސަރުކާރަށް ލިބޭނީ އެއީ ގަބޫލުކުރަން ދަތި ކަމެކޭ މިފަހަރު ރިޔާސީ އިންތިޚާބުގައި ވޯޓް ކަރުދާހުގައި ވަނީ ވަރަށް ބޮޑަށް ފްރޯޑް އެން ވައްކަންއޭ މަމެން ގަބޫލެއް ނުކުރާނަމޭ އެއްގޮތަކަށް ވެސް މިފަހަރު ރިޔާސީ އިންތިޚާބުގެ ނަތީޖާ އެއް ގޮތަކަށް ވެސް ގަބޫލެއް ނުކުރާނަމޭ އީސީގެ 5 މެމްބަރުން ވެސް ވަނީ ރިޝްވަތުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވިފައޭ އެމެންގެ 4 މެމްބަރުން ލަންކާ ގައި ގޮސް ކެނެރީގެ ނަޝީދު އާއި އެކު ސައްލާ ކޮށް މިކަން އޮޅުވާލާނެ ގޮތް މޮޅަށް ރާވަނީ ވެސް އެހެންވެގެންނޭ މިފަހަރު ޖެހޭނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލްވާން އެ ނޫން އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއޭ މިމަގުން މިކަން ހިނގަން ޖެހޭނެއޭ ޗެޕްޓަރ ކްލޯސްޑް...

 6. ޙައްވަ

  ކަލޭނޭ ތިޔާމިނު ނޭވާހޮޅިއަށް އެޅުނަސް ވެރިކަންދޫކޮށެއް ނުލާނެ. ޜައްޔިތުން މަރާފަވިޔަސް ވެރިކަމަށް ކޫފޫހަމަޥާނީ ވަގުކަލޭގެ އެކަނި.

  • ކެނެރީ

   ނޫނޭ. ރޫޙާނީ ކަލާނގެ ވެރިކަމަށް އެރުވީމަ އެއްވެސް މައްސަލައެއް ނޯންނާނެ

 7. ނެތީމޭ

  ތަމެން ރަންރީނދުލޭ މެންގެ ވެރިކަމުގައި ހުޅުމާލެ އިންޑިއާ އެއްޗިއްސަށް ވިއްކަން ޑީލް ހަދާފައިވާތީވެ ދިވެހި ރައްޔިތުންނަށް އެކަން ފަހިވުމުން ތަމެން ދިވެހި ރައްޔިތުން ދެކެވާ ޖެލަސީގެ ސަބަބުން ދިމާވާ ކަންކަމޭ މިފެނިގެން ދަނީ ތަމެން ތިޔާ ތިބީ ދިވެހި ރައްޔިތުން ހާލުގައި ޖައްސަން ވަޖިދުވަދެފައިވާ މިންވަރު ބޮޑު ކަމުން ތަމެންގެ ބުއްދިފިލާ ގޮސްފައޭ މަމެން ބުނަން ނެތީމު ދޯ. ނެތީމޭ އިނގޭތޭ...

 8. ރައްޔިތުން

  މި މައްސަލައަށް ކޮލި ޝަނުގެ ފަރާތުން ތަދައްޚުލުވާންޖެހޭ

 9. އެއްލާލާ

  މަމެން ޕިންކީންނަށް ވޯޓް ދިން 2 ލައްކަ މީހުންގެ ތެރޭން 1 ލައްކަ ހަތަރުހާސް ވޯޓް ވަނީ ވަގަށް ނަގާފައި މަމެން އޮބާބާއްވާފައި މަމެން އަތުން އެމެން ވަނީ ވޯޓް ފޭރިގެންފައޭ ވަގު ވޯޓް ކަރުދާސް ތަކެއް ޗާޕް ކޮށްގެން މަމެން ގެ 2 ލައްކަ މީހުންގެ ހައްގޭ ބައްލަވާ މިގެއްލެނީ ބައްލަވާ މަމެން 2 ލައްކަ މީހުންގެ ހައްގޭ ހައްގޭ ގެއްލެނީ ހެޔޮނުވާނެއޭ ބައްލަވާ އިންތިޚާބު ބާތިލް ކޮށްދެއްވާ ނޯޗޮއިސް އިނގޭތޭ ބާތިލް ކޮށްލާ ކޯއްޗެއް ބަލަންތޭ ބާތިލް އަރުވާލާ ނިންމާލާ..

 10. އަވަސް.

  މަވެސް ބޭނުންވަނީ ތިޔަ ވޯޓު ބާތިލްކުރަން.

 11. ދިއެންޑް

  މަމެން ޕިންކީންގެ ސީދާ ތެދަށް ތިބި ތެދުވެރި އަމާނާތް ތެރި ޚުލްޤުވެރި ރީތި ތިއްތި އަބަދުވެސް ރީތި 2 ލައްކަ ކުދިން ލި ވޯޓްގެ ތެރޭން ވަނީ 1 ލައްކަ 4 ހާސް ވޯޓް ގެއްލިފައޭ ވޯޓް ގުނާ ކުދިން ވޯޓް ގުނިއިރު ކަން މިހެން ހުރުމުން ޖެހޭނެއޭ ވޯޓް ބާތިލް ކުރަން މިކަމުގައި އޮވެގެން ނުވާނެއޭ އިތުރު އެއްވެސް ޗޮއިސް އެއް ވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ސްޓޯރީ އެންޑެޑް...

 12. އަހުމަދު

  ހަމަ ކުރަންވީ..... އިންތިޚާބުގެ ކަންކަން ހިނގައިދިޔައީ އީސީން މަޒުކަޒުތަކުގެ ވެރިންނަށް ދިން އިރުޝާދުތަކާވެސް ޚިލާފަށް..... ދާއިރާތަކުގެ ވެރިންނާ އެންމެ ފަހުން ބައްދަލުކޮށް އީސީގެ ރައީސް ދެއްކެވި ވާހަކައިގައި ވިދާޅުވި...
  "ވޯޓުލާ ދުވަހު މެންދުރެއްހައި އިރު ފޮށިތަކުގެ ވެރިންނަށް ޚާއްޞަ އެންގުންތަކެއް އައުމަކީ ވެސް އެކަށީގެންވާކަމެއް. އެހެންކަމުން މިއެންގުންތަކަށް ޖެހިލުންވުމެއްނެތި ޢަމަލުކިުރަންކެރޭފަދަ ހިތްވަރު ގަދަ ބަޔަކަށް ފޮށިތަކުގެ ވެރިން ވާންޖެހޭނެ."
  މިވާހަކައަދި ކިރިޔާ މިމޭރުންވީ އެގޮތަށް ހިނގައިދިޔަ ކަންކަން އެބަހުރި.

 13. މުހައްމަދު

  އެމީހުން ފިލީދޯ.

 14. ފާތުން

  އެގިދާނެތާ، ފުރަތަމަފަހަރު ނުލެވުނަސް މިފަހަރު މިހިރީ ވޯޓްލާން ދާން ތައްޔާރަށް! ޔާމީން އާ ދެކޮޅަށް، ﷲގެ އިރާދަފުޅާ އެއްކޮށް.

  • ރާ

   ﷲގެ އިރާދަފުޅާއެކު ލާދީނީ ބައިގަނޑަށް ދޯ. ސާބަސް. ދެއްކޭ ނުދެއްކޭ ވާހަކައެއް ވެސް މި ބައިގަނޑަށް އެނގޭ ބާއޭ ހިތަށް އަރާ

 15. ރައްޔިތުން

  ޔާމީން މައްސަލަ ވެއްދީމާ ދެންވީ އެހެން ހަދާށޯ، މިއީ ހިތާމަވެރިގޮތްތަކެއް ކުރިމަތިވެދާނެ ކަމެއް. އަމިއްލަ އަތުން އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލާ ނުލައްވާ

 16. ޑިމާންދޭ

  މީ ޔާނުގެ ގައުމެއް އުމުރަށް ދޭން ފެނޭ.ރޯމާ ދުވާލު ޕީޕީ އެމް އެކްވިސްޓޫން ލައްވާ ކުރި ކަންތައް އަތައް ގޮވީ

 17. ރައްޔިތުން

  ޔާމީން ފޮނުވި އަގޮޓީންވެސް އަދި ފައިސާއިން ޝައިނީ ހަވާލުކުރި ކަޅުފޮށިތަކުންވެސް ވޯޓް ކާމިޔާބު ނުވީމާ ސުޕްރީމް ކޯޓް، ތިކަން ތިމަގުންވެސް ނުވާނެ. އިންޝާﷲ

 18. ލަޔާލް

  ދެންވެސް ފަހުން ވެސް ހަމަ ވޯޓު ލާނީ އިބޫ އަށް. ޕިންކީޒް ހަޖަމް ޕްލީސް.

  • ބާޤީ

   މަމެންގެ ވޯޓް ހަމަ އިބޫއަށް

 19. ތަމެން

  ޔާމީނު އަކައް ނެތޭ ތާއީދެއް ހަހާ

  • މަމެން

   އިބޫ ހަމަ ހޮވާނީ،، ހަޖަމް ކުރޭ ޕިންކީން

 20. ޙަ ޤީގަތް އެގިގެން ވާހަކަ ދައްކާ

  ޙަޖަމު ނުވަންޔާ ހަޖަމް ކޮއްލާ.... އަހަރެންމީ އިލެކްޝަން ކޮމިޝަންގެ ފަރާތުން އޮފީޝަލެއްގެ ގޮތުގައި ވޯކް ކުރި މީހެއް. ޢެ ވޯޓް ފޮށި ބަންދުކުރީ ވޯޓް ކަރުދާސް ވެސް މަދުކޮށް. މިއީ ކަނޑައެޅުގެން މަނާ ކަމެއް . ޢެ ވޯޓް ފޮށީގެ ވެރިޔާ ޤާނޫނާއި ހިލާފް އެތައް ކަމެއް ވަނީ ކޮއްފަ. މިހެން ކިތައް ފޮށިން ވައްކަން ކުރާނެ.

  • ވަރަށް އެގިފަ

   ކަލޭ ތީ ސީދާ ޕިންކީ އެއް

  • ޓިނޭ

   ތީ ބަލަން ޖެހޭ ކަމެއް ނޫން. ތި ތަނަށް މީހުން ހަމަ ޖެއްސީ ކަދުރު ފާތުމަ

   • Anonymous

    ނޫނޭ. އަހަރެމެންވެސް ބާޣީ ބާޣީ ގޮވަމުން ހުޅުޖަހަމުން ދުވަންވީ

 21. ޓިނޭ

  ރޯމަހެއް ތެޅޭހެން ތެޅެނީ ހަމަ

 22. ކަޜީ

  ޝުކުރިޔާ ރައީސް ޔާމީން.

 23. ޕާޓޭ

  ކަލޭ ވީ ވަޅުލާން ބިންމަތީގައި

 24. އަބޭ

  ކޮބާ ކޯލިޝަން ބޮޑެތި މީހުން މައުމޫން ގާސީމް

 25. ސާރާ

  އަޅެ އަޖާއިބެއް މީހަކު ނުވާނެތަ؟ އެންމެ ފުރަތަމަ އީސީން ވޯޓާސް ލިސްޓް މައްސަލަ ހުރިވާހަކަ ބުނީމާ އޯކޭ. އެއްވެސް ޝަކުވާ އެއް ޕީޕީއެމް އިން ކޮށްފައެއް ނެތް. ވޯޓުގެ ހުރިހާކަމެއް ކުރީ ޕީޕީއެން އަށް ތާއީދުކުރާ މީހުން. ވޯޓު ފޮށީކައިރީ ތިބީއެމީހުންގެ މީހުން ދެން މިހާރު ކޮން ވާހަކައެއް.

  • ވޯޓު

   ކިހިނެތް އިގެނީ .

   • ސާރާ

    މިރަށުން ތިބީ ޕީޕީއެމް މީހުން ހުސް. އިއުލާނު ކޮށްގެން ފޯމުލީ އެކަކުވެސްނެތް. އެހެންވެ އިނގެނީ

 26. ކެރޭ އަބްދުﷲ

  މި އިތިހާބު ޖެހޭނީ ބާތިލް ކުރަން. މަވެސް މީ މޮނީޓަރެއްގެ ގޮތުގަ މަސަކަތް ކުރި ފަރާތެއް. މަހުރީ މެދުހެންވޭރު ވޯޓް ފޮޓެއް ކާރީގަ. 4 ޖަހަން ކައިރި ވީ ތަނާ ބުނީ 7 ޖަހާ އިރައް ވޯޓް ލާ ވަގުތު ދިގު ކުރި ވާހަކަ. ނަމަވެސް 4 ކާ 7 އެދޭ ތެރޭ ބަރާބަރު 2 މީހުން ވޯޓް ލީ. މި އިލެކްސަން ކޮމިސަނުން ހިގާފަ ވާ ބޮޑު ޖަރީމާ އެއް. މިފަދަ އެތައް ކަމެއް ވަނީ ވޯޓް އޮޅުވާލަން ހިގާފަ. މި ބުނަނީ މި ވޯޓް ޖެހޭނީ ބާތިލު ކުރަން. މަ ވޯޓް ދެވެސް ދޭނީ ރައީސް ޔާމީން އައް.

 27. ވަގު

  ޔާމީން ވީ ބާތިލް ކުރަން.ވަގު ޔާމީން

 28. އިބޫ

  ހެހެ ތި އުޅެނީ މިހާރު ޔާމިނު އާއި ، މައުމޫނު އާއި ގާސިމު އާއި ޑީލް ހަދާގެން އަލުނ ވޯޓު ލާންވެގެން.އިބޫ ބާކީ ކޮއްލަނީ. އިބޫ ސަމާލުވޭ!

 29. ޒީ

  ކެރެންޏާ އިންތިޚާބް ބާތިލު ކުރޭ. ދެވަނަ ފަހަރަށް ވަރަށް ރިތި ނަތީޖާ އެއް ދައްކުވާ ދޭނަން ތިބޭފުޅާ އަށް . ލިބުނު 40 ޕސ އާއި އެކީ ޤައުމުގެ މަސްލަހަތު ނަގާނުލުމަށް ނަސޭހަތް ދެން

 30. ފޭކު

  މޮޔަވެބަލަ ޔާމިން.. ބަލި ވީމަ ދެން އިންތިހާބު ބާތިލް ނުކުރެވޭނެ.

 31. ހަސަން

  ކޯލިޝަން އުވިއްޖެ! ނަތީޖާ ވަރަށް ސާފް!

 32. ޢަބްދުﷲ

  ނަތީޖާ ޤަބޫލުކޮށް ބަލައިގަތުމަށްފަހު އިންތިޚާބު ބާޠިލުކުރުމަށް އެދިފައިވާނަމަ، ސުވާލުއުފެދޭނެއެވެ. ތިޔަ މައްސަލާގައި ތަދައްޚުލު ވުމުގެ ފުރުޞަތު އިންތިޚާބީ ރައީސަށް ލިބިގެންވޭތޯ ސުވާލުއުފެދެއެވެ.

 33. ޙަސަން

  ޢަހަންނަކީ ޕީޕީއެމް ގެ މީހެއް، ނަމަވެސް ދެން ވޯޓްލައިފިއްޔާ ވޯޓްދޭނީ އެމްޑީޕީ އަށް. އެއީ އެއްވަރަކަށްވެސް އިންސާފު ނެތީމަ..