ރިޔާސީ އިންތިހާބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވާން އިލެކްޝަންސް ކޮމިޝަނަށް އަންގައިފިއެވެ.

އީސީ އަށް ސުޕްރީމް ކޯޓުން އަންގާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 11 ގެ ކުރިން ލިޔުމުގް ޖަވާބުދާރީ ވުމަށެވެ. މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ވަނީ ބާއްވާފައެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިއްޔެ އެ މައްސަލަ ޕީޕީއެމް އިން ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނެވެ.

މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.

ޕީޕީއެމް އިން ބުނިގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އިންތިހާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ރައީސް ޔާމީންއާ ވާދަކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އެގޮތުން އިބޫ އަށް ވަނީ 134،705 ވޯޓު (58.4 ޕަސެންޓް) ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ޝަރީފާ ބުނާކަށް ތިކަމުން ބޯދަމާގަނެވޭނެ ގޮތަކީ ރ.ޓީވީއަށް އަރައި ސްޕްރީމްކޯޓާ ދެކޮޅަށް އިންޓަވިއުއެއް ދިނުމަށްފަހު ސްޕްރީމްކޯޓު ގޮވައިގެން އަބުރުގެ ދަޢުވާކޮށްގެން! އަވަހަށް މިކަން ކުރޭ! އެހެންނޫނީ އަނެއް 4 މެމްބަރުން ފަދައިން މަނިކުފާނުވެސް އަވަހަށް ޣައިބުވޭ!

  2. ރައްޔިތުން

    ޔާމީން މައްސަލަ ވެއްދީމާ ދެންވީ އެހެން ހަދާށޯ، މިއީ ހިތާމަވެރިގޮތްތަކެއް ކުރިމަތިވެދާނެ ކަމެއް. އަމިއްލަ އަތުން އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލާ ނުލައްވާ

    • ވޯޓް ވަގު

      ނޫނޭ. މޑޕ އިން ވޯޓު ވައްކަން ކުރިޔަސް އެބެލިގެނެއްވެސް ނުވޭ. ބަޣާވާތެއް ކޮށްގެންވިޔަސް ވެރިކަމަށް އެރޭތޯ ބަލާތި. ޔާމީނުގެ ޙައްޤެއް ނޫނޭ މީ. އަހަރެމެންވެސް ވޯޓުލީމޭ

  3. އަފްލާ

    ކަމެއްވީމަ ދޯ މި ރިންގް ރޯޑް ޝަރީފް ތެޅިގަނެފަ ފުއްޕާލީ ދަ ލޯޑް އޮފް ދަ ރިންގް ލޯޑް

  4. ޓިނޭ

    ސުޕްރީމް ކޯޓަކީ ބޮޑާ ހާކާ ކުދިންނަށް ބުއްފުޅި ޖައްސަދޭ ތަނަކަށް ވެގެން ނުވާނެ! ރައްޔިތުންގެ ނިންމުމާ ކުޅެން ނޫޅެ ފެއްސޭ!

  5. ޢަބްދުﷲ

    މުޠުލަޤަށް އިންކާރު ނުކުރެވޭ ޒާތުގެ ކަންކަން އިންތިޚާބުގެ ތެރޭގައި ހިނގާފައިވާ ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމަށްވާނަމަ، ކުރު ޖުމުލައަކުން ފުއްދައި ނުލެވޭނެއެވެ. ތަފްޞީލީ ޖަވާބުފުޅެއް ލިބޭނެއެވެ. އީސީގެ ސާވާއަކީ، މަޢުލޫމާތު މުއްސަނދި ސާވާއަކަށްވާނެއެވެ. އީސީގައި ޑޮކިޔުމެންޓަރީ ހެކި ހުންނަށް ޖެހޭނެއެވެ.