ރޭ މާލޭގައި މަރާލި އުމުރުން 14 އަހަރުގެ ކުއްޖާ މަރާލުމުގައި ބައިވެރިވި މީހުން ހައްޔަރުކޮށްފިއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ގ. ސަބްދޭރިޔާ މަގުގައި ހިނގި މާރާމާރީއެއްގައި މަރާލާފައި ވަނީ، ށ. ފޭދޫ ހީނާމާގޭ (ގ. ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފެވެ. އޭނާއަކީ ގްރޭޑް 7 ގައި ކިޔަވަމުންދާ ދަރިވަރެކެވެ.

ފުލުހުން މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ބަޔަކު ރޭ ހައްޔަރުކޮށްފައި ވާކަމަށެވެ. އެހެން ނަމަވެސް ހައްޔަރުކޮށްފައި ވަނީ ކިތައް މީހުންނެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

"ރޭގެ މި ހާދިސާ ހިނގައިގެން އޭގެ ކުޑަކުޑައިރުކޮޅެއްގެ ތެރޭގައި.މި ހާދިސާގެ ތުހުމަތު ކުރެވޭ އެކިއެކި ފަރާތްތަށް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި،" ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، ރޭގެ މި ހިނގާދިޔަ ހާދިސާ ހިނގާ ދިއުމުގެ ކުރިން ރޭ އިރާކޮޅުގެ ވަގުތެއްގައި ވަޅިތަކަކާއެކު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ރޭގެ މި ހާދިސާވެސް ހިނގާދިޔައީ މިފަދަ މާރާމާރީތަކާއި، މާލެ އަމާންތަނަކަށް ހެދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ކުރަމުން ދަނިކޮށް ކަންވެސް ޝިފާން ފާހަގަކުރެއްވިއެެވެ.

ޝިފާން ވިދާޅުވިގޮތުގައި، އައްޑޫ ސިޓީ އާއި މާލެއާއެކު މިދިޔަ ދުވަސްތަކުގައި ހިނގި ހަ މާރާމާރީއަކާއި ގުޅިގެން މިހާތަނަށް 32 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މީގެ ތެރޭގައި ތިން ކުޑަކުއްޖަކުވެސް ހިމެނޭކަމަށް ޝިފާން ވިދާޅުވިއެވެ. އަދި މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި 17 މީހަކު ތިބިކަމަށް ފުލުހުން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އާއިލާތަކަށް ނަސޭހަތްތެރިވަން ކުދިން ބޭރަށް ނުކުމެ އުޅޭ އުޅުމުގައި ނުވަތަ މުޖުތަމައު ތެރެއަށް ދޫކޮށްލާއިރުގާ އެ ކުދިންނަކީ ޒިންމާދާރު ބައެެއްކަމަށް ވިސްނައި ދިނުމަށްފަހު މުޖުތަމައު ތެރޭގައި އެކިކަންކަމުގައި އެންގޭޖްވުމަށް ދޫކުރުމަށް" ޝިފާން ވިދާޅުވިއެވެ.

މި އަހަރު ތެރޭގައި މިހާތަނަށް މާރާމާރީގެ އެކި ހާދިސާތަކުގައި ތިން މީހަކު ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ހަސަނު

  ތިންދުވަހުގެ ތެރޭ ހާމަކަންބޮޑުތަނެއްގައި ޝަރީއަތްކޮށް ހުކުމް އިއްވާ އަވަހަށް ދަންޖައްސާ...

  • ުުއެކުވެރިޔާ....

   ޝައްފާން މަރާލި ހުރިހާ އެންމެން ދަންޖައްސާ..އެއީ އިންސާފް...

 2. ޑަރޭ

  މިރައީސް ދައުރުނިންމައިފި.....މަރުގެހުކުމް ތަންފީޒެއްނުވި...ބޮޑުބަސްބުނުމުގަ އެވަރެއްނެރް

 3. ސާނީ

  ތިހެން ބުނާނެ ! ދެން ދޫކޮލާ!!!!!

 4. އަބޫ

  މަރާލާ ތި އެންމެން

 5. ީުުޝިފާން

  ހުއްޓުވަންވެސް ތިބީ ހަމަ ފުލުހުން، ކުއްވެރިން ނިކުމެ ހުސްކުރަން ތިބިއްޔާ ކަލޭމެން ވެސް ކަތިލާ ހުސްކުރާނެ. ތި ޔުނިފޯމަކުން ވާކަމެއް ހަރާމް ?

 6. ީުުޔާމީން

  ހުއްޓުވަންވެސް ތިބީ ހަމަ ފުލުހުން، ކުއްވެރިން ނިކުމެ ހުސްކުރަން ތިބިއްޔާ ކަލޭމެން ވެސް ކަތިލާ ހުސްކުރާނެ. ތި ޔުނިފޯމަކުން ވާކަމެއް ހަރާމް ?

 7. ކައުންސިލަރު

  ދެން އަވަހަށް ދޫކޮށްލާ! ފުލުހުންގެ ވާޖިބު އަދާކުރެވިއްޖެ. ނޫސްކޮންފަރެސްބާއްވާ ނޫސްތަކުގައި ތި ޚަބަރު ލިޔެފި. ވަރަށް ސަލާމް!

 8. އަފްލާ

  މިރައީސް މަރުގެ ޙުކުމް ތަންފީޒް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމުން އެކަމާ ދެކޅަށް އެންމެ އަޑު ގަދަ ކުރީ އެމްޑީޕީ ބައިގަނޑު މިގައުމަށް ފިޔަވަޅު އަޅަން ގޮވީ

 9. ?‍♀️

  ބޭކާރު ގޮތުގަ ބޮޑު މުސާރަ ދީފަ ތިބޭ ބަަައެއް.ލަދުގަނޭ ދިވެހިފުލުހުންދެެކެ

 10. ޥިސްނާ

  ކަމެއް ދިމާވުމުން އެކަކު އަނެކެއްކެ ބޮލުގައި އިލްޒާމް އެޅުވުމުން މިކަން އެބަ ޙައްލު ވޭބާ! މި ކުދިން ކުއްތަކުގެ ތެރެއަށް ވަނުމުގެ ކުރިން މައިން ބަފައިން އަދި މުޖްތަމައުން ވެސް އަދާ ކުރަން ޖެހޭ ޒިންމާ ތަކެއް އެބަވޭ. ކުށެއް ކުރީމަ ހިފާ ހައްޔަރު ކުރަންޖެހޭ. އެކަމަކު ތިޔަ ކުދިންނަށް ބޭނުންވާ ތަރުބިއްޔަތުގެ މައްސަލައަކަށް ތިކަން ނުވެދާނެބާ!!!!

 11. މުހައްމައިދީ

  ހައްޔަރު ކުރެވުނީނު. ދެން އެއެންމެންތައް ހެކިނުލިބުނީއޭ ކިޔާފަ ދޫކޮށްލާ. ދުވަހަކުވެސް ހެއްކެއް ފެންނަ ބައެއް ނޫންތީކީ