ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފައްޓަވާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު ކަމަށްވާ "ހިޔާ މަޝްރޫޢު"ގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަން ހާމަކުރައްވާ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަޝްރޫއުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅާފައިވާކަަމަށެވެ.

ހިޔާ މަޝްރޫއުގެ ބައެއް ފްލެޓްތަކަށް ހޮވުނު މީހުންގެ ވަގުތީ ލިސްޓު ކެޓަގަރީ ވައިސްކޮށް ވަނީ ނެރެފައެވެ. މިދިޔަ އޮގަސްޓް މަހުގެ 30 ގެ ނިޔަލަށް ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެދުމުގެ ފުުރުސަތު ހުޅުވާލިއިރު، އެކަމަށް އެދި އެތައް ހާސް ބަޔަަކު ވަނީ ކުރިމަތިލާފައެވެ. އަދި އެ ކުރިމަތިލި އެންމެންނަށްވެސް ފްލެޓް ދޭނެކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން ވަނީ ދެއްވާފައެވެ.

ހުޅުމާލޭގައި މިހާރު ވެސް 7000 ފްލެޓް އިމާރާތްކުރަމުން އެބަ ގެންދެ އެވެ. އެ ފްލެޓްތައް މުޅިން ނިމޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢިބޫ

  ޥެރިކަން މިޤައުމުގަ ކުރެވޭނީ ނިކަން ކެރިގެން ،ގަޓު ހުންނަ މީހުންނަށް،ހަޤީގަތަކީ މިފަސް އަހަރު ތެރޭ ޔާމީން ކަންތަށް ތަކެއް ކޮށްދީފި،

 2. ޙައްވަ

  ޙިޔާ ކަރަޕްޝަން.

 3. ޢަބްދުﷲ

  އެމީހެއްގެ އަމިއްލަ ނަމުގައި އެއްވެސް ރަށެއްގައި ގެއެއް، ގޯއްޗެއް، ފްލެޓް، އޮވެއްޖެނަމަ، ނުވަތަ އެމީހެއްގެ އަމިއްލަ ނަމުގައި ގެއެއް، ގޯއްޗެއް، ފްލެޓެއް، ގަތުމަށް އެއްބަސްވުމެއް ހަދައި ފައިސާ ދައްކާފައިވާނަމަ، އެމީހަކީ، ދިރިއުޅުމުގެ ޙާލަތު ރަނގަޅު މީހެއްކަމަށް ބެލޭނެއެވެ. އަދި އެމީހެއްގެ އަނބިމީހާގެ ނަމުގައި ގެއެއް، ގޯއްޗެއް، ފްލެޓް، އޮވެއްޖެނަމަ، ނުވަތަ އެމީހެއްގެ އަނބިމީހާގެ ނަމުގައި ގެއެއް، ގޯއްޗެއް، ފްލެޓެއް، ގަތުމަށް އެއްބަސްވުމެއް ހަދައި ފައިސާ ދައްކާފައިވާނަމަ އެމީހަކީ، ދިރިއުޅުމުގެ ޙާލަތު ރަނގަޅު މީހެއްކަމަށް ބެލޭނެއެވެ. އަދި މީގެއިތުރުން، އެމީހެއްގެ މަންމަ ނުވަތަ ބައްޕަގެ ފަރާތުން ގެއެއް، ގޯއްޗެއް، ފްލެޓެއް ލިބެން އޮވެއްޖެނަމަ، އެމީހަކީ، ދިރިއުޅުމުގެ ޙާލަތު ރަނގަޅު މީހެއްކަމަށް ބެލޭނެއެވެ. އެހެންނަމަވެސް، އެމީހަކު ކުރަމުންގެންދާ މަސައްކަތެއްގެ ސަބަބުން ލިބެމުންދާ ޢާންމުދަނީގެ، ނިޞްބަތުން އެމީހަކު އުޅެނީ 3 ކޮޓަރީގެ އެޕާޓްމެންޓެއްގައި ކަމަށް ބަލައި އެމީހަކީ، ދިރިއުޅުމުގެ ޙާލަތު ރަނގަޅު މީހެއްކަމަށް ނުބެލޭނެއެވެ. އެހެނީ، އެއްވެސް މީހަކަށް އަބަދާއި އަބަދު ބުރަ މަސައްކަތުން މާލީނަފާ ހޯދައި ލިބިގަތުމުގައި ދެމި ނުހުރެވޭނެއެވެ. އެބަހީ، ލިބޭ ޢާންމުދަނީގެ ސަބަބުން ގެއެއް، ގޯއްޗެއް، ފްލެޓެއް ނުގަނެވޭ ޙާލަތުގައި ތަންތަނުގައި ކުއްޔަށް އުޅެމުންދާއިރު، އެމީހަކު ހިމެނޭނީ ފަޤީރުންގެ ލިސްޓުގައެވެ. ނުވަތަ މިސްކީނުންގެ ކެޓަގަރީގައެވެ. ވީމާ، ގެއެއް، ގޯއްޗެއް، ފްލެޓެއް ލިބޭތޯ ފޯމުލުމަކީ، ފަސޭހަކަމަކަށް ނުވާއިރުގައިވެސް ގެއެއް، ގޯއްޗެއް، ފްލެޓެއް ލިބޭތޯ ފޯމުލާ މީހުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަމުންގެންދާ ކަމަށް ޤަބޫލުކުރެވޭނީ، ގެއެއް، ގޯއްޗެއް، ފްލެޓެއް ލިބިފައިނުވާ ނުވަތަ ލިބެން ނެތްނަމަ، މީހަކީ ދިރިއުޅުމުގެ ޙާލަތު ވަރަށް ދަށު ދަރަޖައެއް ގައިވާ މީހަކު ކަމަށް ނުބަލައި ފަރުޖެހޭކަށް ނޯންނާނެއެވެ.

 4. ހޫމް

  ކޮބާތަ އަލަތު ކައިވެނީގެ ލިސްޓް