ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އިންތިހާބީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިބޫގެ ތަރުޖަމާނު މާރިއާ އަހްމަދު ދީދީ ވިދާޅުވީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަދި ޖަރުމަން ވިލާތުގެ ދެކުނު އޭޝިއާގެ ޑިރެކްޓަރު އަދި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އިބޫ އަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކި ގައުމުތަކުގެ ލީޑަރުން ގެންދަވަނީ އިބޫ އަށް މަރުހަބާ ދަންނަވަމުންނެވެ.

އެގޮތުން ޗައިނާ އާއި އެމެރިކާ އަދި ސައުދީ އަރަބިއްޔާ އިން ވެސް އިބޫ އަށް ވަނީ މަރުހަބާ ދަންނަވާފައެވެ. މީގެއިތުރުން އިނގިރޭސިވިލާތުގެ ސަފީރު ޖޭމްސް ޑޯރިސް އާއި އދ.އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޝޯކޯ ނޯޑާ ވެސް އިބޫއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރަޝިއާގެ ރައީސް ޕޫޓިން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް އިބޫ އަށް މަރުހަބާ ދަންނަވާފައިވާއިރު އިބޫގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ވަނީ ދައުވަތު އަރުވާފައެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ދަނޑުގައި ބާއްވަން ނިންމާފައިވާއިރު މިރަސްމިއްޔާތުގައި ބޭރުގެ ޤައުމު ތަކުގެ މަތީ ފަރާތްތަކަށްވެސް ދަޢުވަތު އަރުވާނެ ކަމަށް އެމްޑީޕީއިން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބު އިބޫ ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 58.4 އިންސައްތަ ހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕުލީސް

    އިބޫގެ ރައީސްކަމުގައި ފަލަސްތީނަށް އެހީތެރިވެ އިސްރާއީލުގެ އަނިޔާވެރިކަން ނިންމުމަށް މަސައްކަތްތަކެއް ކޮއްދެއްވާނެ ކަމަށް އުންމީދުކުރަން

  2. ޢަފްލާ

    އިޒްރޭލަށް ވާގިވެރިވެ އެމެރިކާ އާއި އެއްބައިވެގެން މުސްލިމުން ހަލާކުކޮށަ ނެތިކޮއްލާނެ މީހެއް މިސޮރަކީ