ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ޗެއާމަން އޮފް ޓްރާންސިޝަން، އަބްދުﷲ ޝާހިދު މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާދެއްވަން ނިންމަވާފައިވާކަން ހާމަކުރައްވައިފިއެވެ.

ދާދިދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވީ، މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވިނަމަވެސް ރައްޔިތުންގެ ޚިދުމަތުގައި ހުންނަވާނެ ކަމަށެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ، މަޖިލީހުގައި އޭނާ ހޭދަކުރެއްވި އަހަރުތަކުގެ ތެރެއިން "މިހާ ކަޅު އަދިރި ދުވަސްތަކެއް" ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާނީ، އިދިކޮޅު އިއްތިހާދުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ވޯޓުން ކުރި ހޯދި ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުމުން ކަމަށެވެ.

ސަރުކާރުގެ މަޤާމެއް އިބޫ އޭނާއަށް ދެއްވައިފިނަމަ، ރައްޔިތުންގެ ޚިދުމަތުގައި ހުންނަވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ވެރިކަމެއްގައި އޭނާ ޝަޢުޤުވެރިވެ ވަޑައިގަންނަވާ މަޤާމެއް ޝާހިދު ހާމައެއް ނުކުރައްވައެވެ.

ޝާހިދު އިދިކޮޅު ވެރިކަމެއްގެ ސިޔާސީ މަޤާމަކަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވިއިރު، އިދިކޮޅު ސަރުކާރެއްގެ ކެބިނެޓަށް ކުރިމަތިލެއްވުމުގެ ޝަޢުޤުވެރިކަން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އެޑްވައިޒަރު އަބްދުﷲ ޖާބިރު ވަނީ ފާޅުކުރައްވާފައެވެ. ޖާބިރު ވިދާޅުވެފައި ވަނީ އިދިކޮޅު އިއްތިހާދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރ ކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު އޭނާ ގެންގުޅުއްވާ ކަމަށެވެ.

-އިތުރު ތަފްސީލު އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ބޭބެ

  ފޮރިންގް މިނިސްޓަރަކަށް އަންނަން އިބޫގެ!!

 2. ޙހ

  ދެން ޝާހިދުގެ ދާއިރާ އަށް ކުރިމަތިލާނީ ރައީސް ނަޝީދު. ޢޭގެ ފަހުން ބަރުލަމާނީގެ ނިޒާމުގެ މަސައްކަތް ފެށި ބޮޑޮވަޒީރުކަމަށް ރައީސް ނަޝީދު ވަދައިގަންނަވާނެ

 3. ސަލީމް

  ފޮރިން މިނިސްޓަރ ކަމާ ހަވާލުވާން

 4. މީހާ

  ކީއްކުރަން އެއްގޮތަކަށްވެސް ލަސްކުރާނެކަމެއްނެތް. އަވަހަށް އިސްތިއުފާދީ. ދިގު 30 އަހަރުގައި މަނިކުފާނުގެ ލޮލުގެ ފެނުން ރަނގަޅުތޯ؟ މިހާރުދެން ކޮން އަނދިރި ދުވަސްތަކެކޭ ކިޔާކަށްތަ؟؟

  • ހަސީން

   ޝާހިދޫ އަހަރުމެން އަދިހަނދާނެއްނުނެތޭ ތިބޭފުޅާ ރައީސްއޮފީހުގެ މިނިސްޓަރަކަށް ހުރެ ކޯޓްތަކަށް އަތްބާނާ ފަނޑިޔާރުންނައް ބިރުދެއްކިދެއްކުން. މިއީގަގީގަތް. އޭގެފަހުން ފޮރިންމިސްޓަރަކަށް ހުރިއިރު ބޭރުގަުމުތަކުން އެޕާތްމަންޓް ތަށްގަތުމާ މިކަލަ ކިތަންމެ ޖަރީމާއެއް ހިންގިކަން ހަނދާނުގަ އެބަހުރި. އިބޫއައް އަޅުގަނޑު ދަންނަވާނީ ނިމިދިޔަ އެއްވެސް ސަރުކާރެއްގަ ވަޒީރުކަން ކުރިއެއްވެސް މީހަކުވަޒީރުކަމަށް ނުނަގާށޭ.

 5. ސަލީމު

  އެއަރޕޯޓްވިއްކާލަން މަސައްކަތްކުރާ އޮފީހުގެ މިނިސްޓަރކަން ނައިބަކަށް ޕްރިޕެއިޑްޝިއުނާ

 6. އަލީ

  ތިއީ ނިއުސް ހެޑްލައިން އެއް ހަދާލަންވެގެން ދައްކާލި ވާހަކަ އެއް ކަމަށް ވާނީ

 7. ޖަބީން

  އިކޮނޮމިކް މިނިސްޓުރީ އޭ

 8. ހަމީދު

  ފޮރިން މިނިސްޓަރުކަން ބޭނުންވެގެން.

 9. އެހެންތޭ

  ތަމެން ފައި ނަގަނީ ފޮރިނޭ ކަމަށް އަންނަން ދޯ ތަމެން އަނެއްކާ އަނެއް ޖީއެމްއާރާއި އެކު 20 މިލިއަން ކަޓެއް ޖައްސަން ތައްޔާރުވާނެއޭ ބުނަން މަމެން ނެތީމު ދޯ ތަމެން ތިޔާ ތިބީ ސްޓޭޓް ފަންޑް މޭޒު ދަށުން ދަމައިގެން ކައި ކައި ކައި ކައި ބުއްދި ގޯސްވެފައޭ މަމެން ބުނަން ނެތީމު ދޯ މަމެން ކިޔާ އެއްޗެއް ނޫން މީ ގޮސިޕްސް ދައްކާ ވާހަކަ ދޯ. އައި ޑޯން ނޯ ވަޓް ޓު ސޭ...

 10. ހުސޭނުބޭ

  ފަސްޓް ލޭޑީ ކަމުގެ މަޤާމު ރަގަޅުނޫންތޯއެވެ!

 11. Miadhu

  އަދިވެސް ލިބޭވަރު ކުޑަވެގެން އެހެންމީހަކަށް މިނިސްޓަރ ކަމެއްވެސް ލިބުނަ ނުދޭތި މުޅިދައުލަތުގައި ބަގުޑި ބައްދައިގެން އޮވޭ

 12. ޢަބްދުﷲ

  އުދުހި ގަތުމުގެ ކުރިން އިށީއްނާނެ މަންޒިލެއް ބަލާނެއެވެ. ޢަބްދުﷲ ޝާހިދަކީވެސް ސިޔާސީ ބޭފުޅެކެވެ. ސިޔާސީ މައިދާނުގައި ދޫނޯޅޭ، އަތްނޯޅޭ ބޭފުޅެކެވެ. ކަނޑައެޅިގެން ވަކިލިމިޓެއްގައި ލިމިޓްކުރަން ދަންނަބޭފުޅެކެވެ. ދައުލަތަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހަރުދަނާ ޤާބިލު ހުނަރުވެރި ޙިކުމަތްތެރި ވިސްނުންތޫނު ބޭފުޅެކެވެ. ސަމުގާއާއި ޗާޓަށް ފަރިތަބޭފުޅެކެވެ.

 13. ރާއްޖެ

  ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ކުލަވެސް ނެތްމީހެކެވެ ރައްޔިތުންނަށް ޚިދުމަތްކުރަންޖެހޭ
  އެއްވެސް މަގާމެއް ނުދިނުމަށް ގޮވާލަމެވެ.

 14. ދދދދދދ

  "ޖީވަންޓޭ ފޮރިން މިނިސްޓަރު ކަމަށް އަންނަން ފޫގަޅައިފި" މިއެއް ނޫންތަ ތި ޚަބަރުގެ ސުރުޚީ އަކީ؟

 15. ވައިރަސް

  ެދާއިރާގެ ރައްޔިތު މިހަާރު ހަދާނެށް ނެތް

 16. ނަސީމް

  ޝާހިދޫ އަހަރުމެން އަދިހަނދާނެއްނުނެތޭ ތިބޭފުޅާ ރައީސްއޮފީހުގެ މިނިސްޓަރަކަށް ހުރެ ކޯޓްތަކަށް އަތްބާނާ ފަނޑިޔާރުންނައް ބިރުދެއްކިދެއްކުން. މިއީގަގީގަތް. އޭގެފަހުން ފޮރިންމިސްޓަރަކަށް ހުރިއިރު ބޭރުގަުމުތަކުން އެޕާތްމަންޓް ތަށްގަތުމާ މިކަލަ ކިތަންމެ ޖަރީމާއެއް ހިންގިކަން ހަނދާނުގަ އެބަހުރި. އިބޫއައް އަޅުގަނޑު ދަންނަވާނީ ނިމިދިޔަ އެއްވެސް ސަރުކާރެއްގަ ވަޒީރުކަން ކުރިއެއްވެސް މީހަކުވަޒީރުކަމަށް ނުނަގާށޭ.

 17. ސ

  ދެންފައިސަލުބޭރުކޮއްލާފަ އެމަގާމައްލާނީ ސާހިދު މީމިކަން ވާނެގޮތް

 18. އަހުމަދު

  ޖާބިރު އެހާކަމުދާ މީހެއް ނޫން އިކޮނޮމިކް

  މިނިސްޓަރަކަށް